ޕާކިސްތާނުގެ އެއަރފޯސް ބޭސްއަކަށް ބޮމުގެ ހަމަލާތަކެއް ދީފި

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތުގައި ޕަންޖާބުގެ މިއަންވަލީގައި ހުންނަ ޕާކިސްތާނުގެ އެއަރފޯސް ބޭސްއަކަށް ގިނަ ޖިހާދީންތަކަކާއި، ސުއިސައިޑް ބޮމްބަރުން ގުޅިގެން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ތެހްރީކް-އޭ-ޖިހާދް އިން މި ހަމަލާގެ ޒިންމާ ނަގާފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން ހަމަލާދީފައިވަނީ 9 ޖިހާދީންގެ ވަފުދަކުންނެވެ. އަދި މި ހަމަލާގެ ތަސްވީރުތަކާއި ވީޑިއޯތައް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ޕާކިސްތާނުގެ މީޑިއާ ވިންގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާދިން 9 ޖިހާދީންވެސް މަރާލާފައިވާ ކަމަށާއި، އަސްކަރީ ބޭސްގައި ހަރަކާތްތެރިވި ސިފައިންގެ އެއް އޮފިސަރަކަށް […]
އީލޮން މަސްކުގެ ގްރޮކް: ”ސިޔާސަ“ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓެއް

ދަ ހިޗްހައިކާސް ގައިޑް ޓު ދަ ގެލެކްސީއިން މިސާލު ނަގައިގެން އީލޮން މަސްކް ފަރުމާކޮށްފައިވާ ”ސިޔާސަ“ އާޓިފިޝަލް އިންޓެލިޖެންސް ޗެޓްބޮޓް، ”ގްރޮކް“ ތައާރަފު ކޮށްފިއެވެ. އާޓިފިޝަލް އިންޓެލިޖެންސަކީ އިންސާނިއްޔަތަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ބުނެ އިންޒާރުދިން ޓެސްލާގެ ސީއީއޯ، އީލޮން މަސްކް ބުނެފައިވަނީ، ތަހުލީލީ މަރުހަލާ ނިމުނުހައި އަވަހަކަށް ޗެޓްޖީޕީޓީގެ ވާދަވެރި މި ޗެޓްބޮޓް އޭނާގެ ”އެކްސް“ ޕްލެޓްފޯމްގެ ޕްރީމިއަމް ސަބްސްކްރައިބަރުންނަށް ބޭނުންކުރެވޭ ގޮތަށް ނެރޭނެ ކަމަށެވެ. ”އެކްސް“ގައި ލިޔެފައި ހުންނަ ޕޯސްޓުތައް ގްރޮކްއަށް ބެލޭނެ […]
އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ އެ ސަރަޙައްދަށް ފެތުރިގެން ދިއުން!

އީރާނުގެ މިލިޓަރީ ތައްޔާރީ ޙާލަތަށް ގެނެސްފާ : އެން. ބީ. ސީ.ގެ ފަރާތުން އިސްރާއީލާއި ފަލަސްތީނުގެ މުޖާހިދު ޙަމާސްގެ ހަނގުރާމައާއި ބެހޭގޮތުން ހާމަކޮށްފައިވާ ދިރާސާއެއް ސަންދާނުގެ ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ގެނެސްދިނުމަށް މިފުރުސަތުގެ ބޭނުންކުރަމެވެ. މިއީ ތަޖްރިބާކާރުންގެ ދިރާސާއެކެވެ. މިގޮތަށް ކަންތައް ނުދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. ކޮންމެ ހަނގުރާމަޔަކީ ކާރިސާއެކެވެ. އޭގެ ގެއްލުން އެންމެ ބޮޑަށް ލިބެނީ ނިކަމެތި އާންމު ރައްޔަތުމީހާއަށެވެ. ޙަމާސްގެ ހަނގުރާމަވެރިންނާއި ޔަހޫދީ ޒައަނިސްޓް ހަރުކަށީ ފިކުރުގެ ނަތަންޔާހޫގެ ސަރުކާރާއި ދެމެދު ކުރެވެމުން މިދާ […]
ހަމާސް މުޖާހިދުންގެ ހަރަކާތްތައް ހުއްޓާލައި، ޖަމިއްޔާ އުވައިލުމަށް ޖަރުމަނުން ގޮވާލައިފި

ފަލަސްތީނުގެ މުޖާހިދުންގެ ޖަމިއްޔާ، ހަމާސްގެ ހުރިހާ ހަރަކާތެއް މުޅިން ހުއްޓާލަން ޖެހޭކަމަށާއި، އިސްރާއީލާ ދެކޮޅު އެންޓި-ސެމިޓިކް ޚިޔާލުތައް ފަތުރާތީ އެ ޖަމިއްޔާ އުވައިލަން ޖެހޭކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ. ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، ޖަރުމަނުވިލާތުގެ އިންޓީރިއަރ މިނިސްޓަރު، ނޭންސީ ފޭސަރ ވިދާޅުވީ، ހަމާސްގެ ހަރަކާތްތަކާއި، ހަމާސްއަށް ތާއީދުކުރުމުގެ ގޮތުން ހިންގާ ހަރަކާތްތައް ރަސްމީކޮށް މަނާކޮށްފައިވާނެކަމަށާއި، ހަމާސްއަކީ ޓެރަރިސްޓް ޖަމިއްޔާއެއްކަމަށް ޖަރުމަނު ވިލާތުން ދެކޭކަމަށެވެ. ”ހަމާސްއަކީ އިސްރާއީލު ނައްތާލުމަށް މަސައްކަތްކުރާ ޓެރަރިސްޓު ޖަމާއަތެއްކަމުން، އެ ޖަމިއްޔާގެ ހުރިހާ ހަރަކާތެއް […]
ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ކިމް ޖޮންގް އުން ބޭނުންކުރައްވަނީ އިޒްރޭލް ދިދައިގެ ޓޮއިލެޓް ޕޭޕަރު

ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ނޯތު ކޮރެއާގެ ލީޑަރު، ކިމް ޖޮންގް އުން ގަޟާހާޖާކުރައްވަން ބޭނުންފުޅުކުރައްވަނީ އިސްރާއީލުގެ ދިދަ ކުރަހާފައި ހުންނަ ޓޮއިލެޓް ޕޭޕަރުކަމަށް މީސް މީޑިއާގައި ޚަބަރުތައް ފެތުރިއްޖެއެވެ. ހަމާސްއަށް ހަތިޔާރު ފޮނުވައި، ވެވެން އޮތްގޮތަކަށް އެހީތެރިކަން ފޯރުކޯށްދިނުމަށްވެސް ކިމް ޖޮންގް އުން ވަނީ އޭނާ ކޮމާންޑްކުރާ އަސްކަރީ ސިފައިންނަށް އަންގާފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަރަބި ގައުމުތަކުން ތިބީ އެފަދަ ކަމެއް ކުރާވަރަށްވުރެ ބިރުންނެވެ. ނޯތު ކޮރެއާގެ ލީޑަރަށް ތާއީދުކުރާ ރަޝިއާއިންވެސް އަންނަނީ ފަލަސްޠީނުގެ ހަމާސްއަށާއި […]
އެމެރިކާއަކީ ހަނގުރާމަ އަށް ދެވިހިފާފައި އޮތް ގައުމެއް: ޗައިނާ

އެމެރިކާ އޮތީ ހަނގުރާމައަށް ދެވި ހިފާފައިކަމަށް ޗައިނާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ. ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ އެމެރިކާގެ ތާރީޚަކީ 240 އަހަރުވީ ތާރީޚެއް ކަމަށާއި، އެ ގައުމުން ހަނގުރާމައެއްގެ މަތީގައި ނެތީ އޭގެތެރެއިން އެންމެ 16 އަހަރު ދުވަހުކަމުގައެވެ. ޗައިނާގެ ދިފާއީ ވުޒާރާއިން އިތުރަށް ބުނީ އެމެރިކާއިން ދުނިޔޭގެ 80 ގައުމެއްގައި 800 އަށްވުރެ ގިނަ އަސްކަރީ ބޭސް ބިނާކޮށްފައިވާ ކަމަށާއި، އެމެރިކާގެ އަސްކަރީ މެޝިންތައް ގެންދާ ދުނިޔޭގެ ކޮންމެ ހިސާބަކަށް […]
ދެކުނު އެމެރިކާގެ ގައުމުތަކުން ސަފީރުން އަނބުރާ ގެނެސް އިސްރާއީލާއި ގުޅުން ކަނޑާލައިފި

އިސްރާއީލުން ހަމާސްއާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުން އިސްރާއީލުގައި ތިބި އެ ގައުމުތަކުގެ ސަފީރުން އަނބުރާ ގެނެސް، އިސްރާއީލާއެކު ބާއްވަމުން އައި ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފިއެވެ. މިގޮތުން، އިސްރާއީލުން ޣައްޒާގައި އިންސާނީ ހައްޤުތަކާއި ޚިލާފު ހަނގުރާމަމަތީ އެތައް ކުށެއް ހިންގަމުން އަންނަ ކަމަށާއި، މި ސަބަބާހުރެ އިސްރާއީލާއެކު އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށް ބުނެ ބޮލިވިއާއިން ވަނީ އެކަން އިއުލާނުކޮށްފައެވެ. ބޮލިވިއާގެ ރައީސް، ލުއިސް އާރކޭގެ ކެބިނެޓް ވަޒީރެއްކަމަށްވާ […]
ޔަމަނުން ދޭ ހަމަލާތަކާ ދެކޮޅަށް ސައުދީއާއި ޖޯޑަނުން އިސްރާއީލަށް އެހީތެރިވަނީ

ޔަމަނުގެ އަސްކަރީ ސިފައިންގެ ފަރާތުން އިސްރާއީލާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުން ދިފާއުވުމަށް ސައުދީ އަރަބިއްޔާއާއި ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެ ގައުމުތަކުގެ ސަރުކާރުން ދީފައިވާ ކަމަށް ޚަބަރުތަކުން ބުނެފިއެވެ. ހަމައެއާއެކު، ސައުދީ އަރަބިއްޔާއާއި ޖޯޑަންގެ ވައިގެ ސަރަހައްދު ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާދިނުމަށް ޔަމަނުން އެދުނު އެދުމަށް އެ ގައުމުތަކުން ވަނީ ނޫނެކޭ ބުނެފައެވެ. އެމެރިކާގެ ޚާއްސަ ވައިމަތީގެ ދިފާޢީ ނިޒާމުތައް ސައުދީ އަރަބިއްޔާގެ ބޯޑަރުގެ ތެރޭގައި ބެހެއްޓުމަށް އެ ގައުމުން ހުއްދަ ދީފައިވާއިރު، […]
ޔަމަނުގެ ހޫތީން އިސްރާއީލަށް ބަލިސްޓިކް މިސައިލު ހަމަލާތަކެއް ދީފި

އިސްރާއީލާއި ދިމާއަށް ގިނަ އަދަދެއްގެ ބަލިސްޓިކް މިސައިލުތަކަކާއި ޑްރޯންތަކެއް ފޮނުވާލައި އިސްރާއީލަށް ހަމަލާ ދީފައިވާނެ ކަމަށާއި، އިތުރު ހަމަލާތައް ދޭން ތައްޔާރުވަމުން އަންނަކަމަށް ޔަމަންގެ ހޫތީ މުޖާހިދުން ބުނެފިއެވެ. ރަތް ކަނޑުގެ މަތިން ދަތުރުކުރި ގޮތްނޭނގޭ އޭރިއަލް ޓާގެޓެއް ނައްތާލާފައިވާ ކަމަށް އިސްރާއީލުން ކުރިން ބުނެފައިވެއެވެ. އޮކްޓޯބަރު 7 ގައި ކުރިމަތިލުންތަން ފެށުނު ފަހުން ފުރަތަމަ ފަހަރަށް އިސްރާއީލުގެ ”އެރޯ“ އޭރިއަލް ދިފާއީ ނިޒާމު ބޭނުންކޮށްފައިވާއިރު، އެ ނިޒާމު ބޭނުންކޮށް އިސްރާއީލާއި ދިމާއަށް ރަތް ކަނޑު މަތިން […]
އިންޑިއާގެ 800 މިލިއަނަށްވުރެ ގިނަ މީހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލައިފި

އިންޑިއާގެ 800 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ އާދާރްއާއި ޕާސްޕޯޓް މައުލޫމާތު ހިމެނޭގޮތަށް ސިއްރު މައުލޫމާތުތަކެއް ލީކުކޮށްލައި ޑާކްވެބްގައި ބީލަމަށް ލައިފިއެވެ. އިންޑިއާގެ ބޮޑު ޑާޓާ ލީކެއްގެ މައުލޫމާތު ސަމާލުކަމަށް ގެނެސްފައިވަނީ އެމެރިކާއަށް ނިސްބަތްވާ ސައިބަރ ސެކިއުރިޓީ ކުންފުންޏެއް ކަމުގައިވާ، ރީސެކިއުރިޓީއިންނެވެ. އެގޮތުން، އެކުންފުނިން ޝާއިއުކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާ ރައްޔިތުންނަށް ނިސްބަތްވާ ”ޕާސަނަލީ އައިޑެންޓިފަޔަބްލް އިންފޮމޭޝަން (ޕީއައިއައި)“ ތަކެއް އޮކްޓޯބަރު މަހުގެ ކުރީކޮޅު ޑާކްވެބްގައި ވިއްކަން ޖަހާފައި ހުރިކަމަށެވެ. ”pwn0001“ ގެ ނަމުން ޑާކްވެބްގެ ބްރީޗް […]