ތުރުކީގެ އެތެރޭގެ އިންތިހާބުގައި ސެކިއުލަރ އިދިކޮޅުން ރައީސް އުރުދުޣާންއަށް ވަރުގަދަ ރައްދެއްދީފި

ތުރުކީގެ އެތެރޭގެ އިންތިހާބުގައި ރައީޒް ރަޖަބް ޠައްޔިބް އުރުދުޣާންގެ ސިޔާސީ ވާދަވެރިއެއް ކަމަށްވާ އިސްތާންބުލްގެ މޭޔަރ އަކްރަމް އިމާމޮގްލޫ އާއި ސިޔާސީ އިދިކޮޅަށް ނިސްބަތްވާ ގިނަ ކެނޑިޑޭޓުންނަށް މޭޔަރުގެ މަގާމު ކަށަވަރުކޮށްދިނުމާއެކު ތުރުކީގެ ރައްޔިތުން ގައުމުގެ ރައީސްގެ ކިބައިން ބަދަލު ހިފައިފިއެވެ. ދެބައިކުޅަ އެއްބައި ވޯޓު ގުނާފައިވާއިރު، އިމާމޮގްލޫވަނީ ތުރުކީގެ އެންމެ ބޮޑު ރަށް ކަމުގައިވާ އިސްތާންބުލްއިން 10 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. މީގެއިތުރުން، އޭނާގެ ސެކިއުލާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިންއަންކާރާ ކާމިޔާބުކުރުމުގެ އިތުރުން، […]
މޮސްކޯއަށް ދިން ޙަމަލާގެ ތަޙްގީގު ކުރިއަށްދަނީ

މިދިޔަ ހުކުރު ދުވަހު މޮސްކޯގެ ކޮންސަރޓް ހޯލަށް ޙަމަލާދިނުމުގެ ތުޙުމަތު ކުރެވޭ 8 ވަނަ މީހާ ތަޙްގީގަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓަށް ހާޒިރު ކޮށްފިއެވެ. އޭނާއަކީ ކިރިގިސްތާނަށް ނިސްބަތް ކުރެވޭ ރައްޔިތެކެވެ. އެ ޙަމަލާދިނުމުގައި ބައިވެރިވި 4 މީހަކުގެ އާއިލާގެ ފަރާތުން މަޢުލޫމާތު ހޯދުމަށްޓަކައި ތަޙުގީގު ޓީމެއް މިހާރު ވަނީ ތަޖިކިސްތާނަށް ފޮނުވާފައެވެ. […]
އިސްރާއީލު އެމްބަސީގެ ފޭސްބުކް ޕޯސްޓުން ފިތުނައުފެދޭ :ގަބޫލެއް ނުކުރެވޭނެ – ސިންގަޕޯރ

ސިންގަޕޯރުގައި ހުންނަ އިސްރާއީލުގެ އެމްބަސީގެ ފޭސްބުކް ޕޯސްޓުން ފިތުނެއުފެދޭ ކަމަށްބުނެ އަދި އެއީ ގަބޫލު ނުކުރެވޭނެކަމެއް ކަމަށާއި އެ ޕޯސްޓު ނެގުމަށް ސިންގަޕޯރު ސަރުކާފުން އިސްރާޢީލުގެ އެމްބަސީއަށް އަންގައިފިއެވެ. ބުލޫމްބާރގުން ބުނެފައިވާ ގޮތުގައި ސިންގަޕޯރާއި އިސްރާއީލާ ދެމެދު ވަރަށް ގާތް ރަޙުމަތްތެރި ގުޅުމެއް އުފެދިފައިއޮތް ނަމަވެސް އިސްރާއީލު އެމްބަސީގެ ފޭސްބުކް އެ ޕޯސްޓުގެ ސަބަބުން ސިންގަޕޯރުގެ […]
ޑޮނާލްޑް ޓްރަމްޕް ދަރަނި ދެއްކޭނެގޮތެއްނެތި އިފްލާސް ކުރަންޖެހިފާ

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މައްޗަށް ނިއުޔޯރކުގައި އުފުލާފައިވާ މަކަރާ ޙީލަތް ހެދުމުގެ ދައުވާގެ އިސްތިއނާފް މަރުޙަލާގައި ދައްކަންޖެހޭ ގާތްގަނޑަކަށް ބައި ބިލިއަން ( 454 މިލިއަން ) އެމެރިކާ ޑޮލަރު ދެއްކޭނެ ގޮތެއްނެތި ހާސްވެ ދެލޯ މުދުނަށް އަރައިފިކަމަށް ސީ. އެން. އެން. އިން ޚަބަރު ދީފިއެވެ. ޓްރަމްޕުގެ ގާނޫނީ ވަކީލުން ސީ. އެން. އެން. އަށް ޔަގީންކޮށް ދީފައިވަނީ ކުރީގެ ރައީސް ޓްރަމްޕަށް ދަރަންޏަށްވިޔަސް އެ ފައިސާ ލިބޭނެމަގެއް ފެނޭތޯ ކުރަމުން ގެންދާ މަސައްކަތަށް މިހާތަނަށް އެއްވެސް އަލިމަގެއް އަދި ފެނިފައި ނުވާކަމަށެވެ. […]
ރިޔާސީ އިންތިޚާބު ރައީސް ޕޫޓިންގެ ކާމިޔާބު ކުރެއްވުން: ހުޅަނގުން ބުނީ ގަބޫލުނުކުރާ ކަމަށް!

ރަޝިޔާގެ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް ބޮޑުތަނުން ކާމިޔާބު ކުރައްވައިފައިވާއިރު އެއީ ޑިމޮކްރެސީގެ އުސޫލުތަކާ ޚިލާފް ޚުދުމުޚުތާރު އިންތިޚާބެއް ކަމަށް ހުޅަނގުގެ ގައުމުތަކުން ގޮވަން ފަށައިފިއެވެ. ރަޝިޔާގެ ރައީސަކު ހޮވުމަށް ރަޝިޔާގައި އިންތިޚާބު ބޭއްވިއިރު ހުޅަނގު ބޭނުންވާ މީހަކު ހޮވެންޖެހޭނެ ކަމަށް އެމީހުނަށް ގަބޫލުކުރެވޭކަމީ ޙައިރާންވާންޖެހޭ ކަމެކެވެ. އިތުރު 6 އަހަރު ދުވަހުގެ މުއްދަތަކަށް ރައީސް ޕޫޓިން އިންތިޚާބު ކާމިޔާބު ކުރެއްވުމުން ޗައިނާއާއި އިންޑިއާއި އަދި އީރާނާއި އުތުރު ކޮރެޔާއިން މަރުޙަބާގެ އަތް ދަމާލައިފިއެވެ.ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމަށްފަހު […]
އިސްރާއީލުގެ ހަމަލާތައް ހުއްޓުވަން އެމެރިކާއިން ޔުނައިޓެޑް ނޭޝަންސް އަށް

ޑެއިލީ ބީސްޓުން އިއްޔެ ހަވީރު ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓުވުމަށް އެމެރިކާއިން ޔުނައިޓެޑް ނޭޝަންސް އަށް ހިނގައްޖެއެވެ. މީގެ ކުރިން އިސްރާއީލުގެ ހަމަލާތައް ވަގުތުން ހުއްޓުވުމަށް އަމުރުކޮށްދިނުން އެދި އެތައްފަހަރަކު އެހެން ގައުމުތަކުން ޔުނައިޓެޑް ނޭޝަންސްއަށް ހުށައެޅި ގަރާރުތައް ވީޓޯ ކުރުމަށްފަހު ވަގުތުން ހަމަލާތައް ހުއްޓުވުމުގެ އަމުރަކަށް އެދި މިދިޔަ ބުދަދުވަހު އެމެރިކާއިން ހުށަޅައިފިކަމަށް ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ ވިދާޅުވެފައެވެ. ސައޫދީ އެރޭބިއާގެ ނިއުސް ޗެނަލް އަލް ހަދަސް […]
ސުލްހައިގެ މަޝްވަރާ އިޚްތިޔާރުކުރަން މަޝްވަރާދިނުމުން އިސް ފާދިރީއަށް ރުޅިގަނޑު ބާލައިފި

ޔޫކްރެއިނުން ރަޝިޔާއާއެކު ކުރަމުންގެންދާ ހަނގުރާމަ ކާމިޔާބުނުވާނެކަން އެނގުމުން އަމާންދީ ހުދު ދިދަ ނެގުމުގެ ހިތްވަރު ޔޫކްރެއިންގައި ހުންނަން ޖެހޭނެ ކަމަށް ނަސާރާ ދީނުގެ އެންމެ އިސް ފާދިރީ ޕޯޕް ފްރާންސިސް ވިދާޅުވެއްޖެއެވެ. ވެޓިކަންގައި މެންދުރުގެ އަޅުކަމަށްފަހު އެބޭފުޅާގެ ޚާއްސަ ސްޓޫޑިއޯގައި އިންނަވާފައި ދެއްވި ބަސްދީގަތުމެއްގައި އިސް ފާދިރީ ވިދާޅުވީ ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ހަނގުރާމަ ކާމިޔާބު ނުކުރެވޭނެތީ ރަޝިޔާއާއެކު މަޝްވަރާގެ މޭޒު އިޚްތިޔާރުކޮށް ސުލްޙައިގެ ވާހަކަތަކުން ރަނގަޅު ގޮތެއް ނިންމަން މަސައްކަތްކުރުމަކީ ނާކާމިޔާބީގެ ލަދުވެތިކަމުން އެއްކިބާވުމަށް އޮތް […]
އިސްރާއީލު ސަރުކާރުގެ ރަސްމީ ތަރުޖަމާނު ގެއަށް ފޮނުވާލައިފި

އިސްރާއީލު ސަރުކާރުގެ ރަސްމީ ތަރުޖަމާނު އީލޯން ލެވީ ސޯޝަލް މީޑިއާގައި އިނގިރޭސި ވިލާތުގެ އޮފިޝަލުންތަކަކާއި ޒުވާބު ކުރުމާގުޅިގެން ވަގުތީ ގޮތުން ގޭގައި މަޑުކުރަން އަންގައިފިކަމަށް ދާދި ދެންމެއަކު ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ހާދިސާއަށްފަހު އިސްރާއީލުން ބޭނުންވާގޮތަށް ޚަބަރުތައް ތަރުޖަމާކޮށް މީޑިއާތަކަށް ހާމަކުރުމުގެ ސަބަބުން ލެވީ އަށް ބޮޑު މަޝްހޫރުކަމެއް ލިބެމުންދިޔައެވެ. ލެވީ ވަގުތީގޮތުން ގެއަށް ފޮނުވާލި ސަބަބު އިސްރާއީލުން ހާމައެއް ނުކުރެއެވެ. އެކަމަކު އޭނާ ގެއަށް ފޮނުވާލާފައިވަނީ އިނގިރޭސި ޚާރިޖީ […]
ޔަމަނު މުޖާހިދުންގެ ނިމުމެއްނެތް ޙަމަލާތަކުގެ ކުރިމަތީގައި އެމެރިކާގެ ނޭވީ ވަރަށް އަވަދިނެތި!

އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ޔޫ. އެސް. އެސް. ޑްވައިޓް ޑީ. އައިޒެންހަވަރ އަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެތެރޭގައި ރެޑް ސީން ދަތުރކުރާ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސި ވިލާތާއި ގުޅުން ހުރި އެއްވެސް އުޅަނދަކަށް ސަލާމަތުން ދަތުރު ނުކުރެވޭނެ ކަމަށްޔަމަނުގެ ހޫތީ މުޖާހިދުން ދިން އިންޒާރާއި ގުޅިގެން އެ ދަތުރުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމެރިކާއާއި ބައިވެރިންގެ ލަޝްކަރުގައި ބައިވެރި ވުމަށް ފޮނުވި އެމެރިކާގެ އެންމެ ބިޔަ އެއަރކްރާފްޓް ކެރިއަރ އެވެ. މިދިޔަ ނޮވެމްބަރ މަހުގެތެރޭގައި ރެޑް ސީގެ ޙަމަލާތައް ފެށި އެމެރިކާއާއި ބައިވެރިންގެ ލަޝްކަރުތައް އެ […]
ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ކެނެޑާގެ ޕާރލަމެންޓުގައި ވޯޓު ނަގަނީ

އޮޓާވާއިން ރޮއިޓާރސްގެ ޑޭވިޑް ޖުންގްރެން ޚަބަރުދީފައިވާގޮތުގައި ކެނެޑާގެ ޕާރލްމެންޓުގައި ފަލަސްތީނުގެ މިނިވަންދައުލަތެއް އުފެއްދުން ގަބޫލުކުރުމާއިމެދު މިއަދު ވޯޓުނަގަން ހަމަޖެހިއްޖެއެވެ. އެހެންނަމަވެސް މި ނެގޭ ވޯޓުގެ ނަތީޖާއަކީ ގާނޫނީ ގޮތުން ތަންފީޒުކުރުން ލާޒިމްކުރާ ވޯޓެއް ނޫނެވެ. ކެނެޑާގެޕާރލަމެންޓުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގަބޫލުކުރުމަށް ވޯޓުނެގުމާއި ދޭތެރޭ އިސްރާއީލުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ މައްސަލައިގާ މިހާރުގެ ސަރުކާރު ހިންގާ ލިބަރަލް ޕާރޓީގެ ތެރޭގައިވެސް ބޮޑެތި ބައިބައިވުންތަކެއް ވަނީ އުފެދިފައެވެ. […]