ބާރުގަދަގައުމުތަކުގެ ކޯޅުންގަނޑުތެރޭގައި ދުނިޔޭގެ މުސްތަގްބަލް ނޭނގުމެއްގެ ތެރެއަށް

ސީ އެން އެން އަދި އޭ ބީ ސީ ގެ އެންމެފަހުގެ ޚަބަރުތަކުގައި ވެނެޒޫލާއިން ޗައިނާއާއި އީރާން އަދި ރަޝިޔާއާއި ކިއުބާއާއެކު އޮންނަ ގުޅުން ކަނޑާލަން އެމެރިކާ ސަރުކާރުން އަންގައިފިއެވެ. އެހެންނަމަވެސް ވައިޓްހައުސް އިން މިކަމާބެހޭގޮތުން ވާހަކަދައްކަން ބޭނުމެއް ނުވެއެވެ. ރައީސް ޓްރަމްޕްގެ ރިޔާސަތުގައި އިސްލާހުކުރެވުނު އެމެރިކާގެ 19 ވަނަ މޮންރޯ ޑޮކްޓްރިން ގައިވާގޮތުން ވެސްޓަރން ހެމިސްފެއަރ އޮންނަންޖެހޭނީ ހަމައެކަނި އެމެރިކާގެ ބާރުގެ ދަށުގައެވެ. މިދިޔަ އަހަރު ފަހުކޮޅު މޮންރޯ ޑޮކްޓްރިން ރައީސް ޓްރަމްޕްގެ ގައުމީ ސަލާމަތާބެހޭ […]
މިހާރު ފުދިއްޖެއެވެ. ގްރީންލޭންޑް މަތިން ހަނދާން ނައްތާލާ

ގްރީންލޭންޑަށް އެމެރިކާގެ ރައީސް ޚާއްސަ މަންދޫބެއް ކަނޑައެޅުއްވި ޚަބަރުތަކާގުޅިގެން އާރޓިކް ކަނޑުގެ ބިޔަ ޖަޒީރާ ގްރީންލޭންޑްގެ ބޮޑުވަޒީރު ޖެން ފްރެޑްރިކް ނީލްސަން ފޭސްބުކްގައި ލިއުއްވާފައިވަނީ “ މިހާރު ފުދިއްޖެ، އިތުރަށް ފިއްތުން ކުރިމަތި ކުރާނެ ވާހަކަތައް ބާއްވާފައި ގްރީން ލޭންޑަކީ އެމެރިކާގެ ބައެއް ކަމަށް ދެކެމުން އަންނަ ހުވަފެނުން ހޭލައި ހަގީގަތާ ކުރިމަތިލާން ތައްޔާރުވެ ބަލަ “ މިފަދަ އިބާރާތެކެވެ. ރައީސް ޓްރަމްޕްގެ ރިޔާސަތުގެ ފުރަތަމަ ދައުރުގައިވެސް ގްރީންލޭންޑަށް އެމެރިކާ ވެރިވެގަތުމުގެ ވިސްނުން ވަރަށްބޮޑަށް ގެންގުޅުއްވިއެވެ. މިހާރު […]
އެމެރިކާއިން ވެނެޒޫލާއަށް އަރައިގަތުން 3 ވަނަ ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަމާދިމާލަށް

ސަންދާނުގެ ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާއިން ވެނެޒޫލާއަށް އަރައިގަތުމުން 3 ވަނަ ބޮޑު ހަނގުރާމައެއް ފެށުމަށް މަގު ހުޅުވިދާނެކަމަށް އިޝާރާތްކޮށް ސީ އައި އޭ ގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައި ބޭފުޅަކު ހާމަކުރައްވާފައިވާ ތަސައްވުރެއްގެ ތަންތަންކޮޅެވެ. ޗައިނާގެ ޚާރިޖީވަޒީރު ދެއްވި އިމަރޖެންސީ ބަސްދީގަތުމަކަށް ރިއާޔަތްކޮށް ވާހަކަތައް ކުރިއަށް ގެންދަވަމުން ދުނިޔެ އަނެއްކާވެސް ބޮޑު ހަނގުރާމައަކާ ދިމާއަށް ދާކަށް އަޅުގަނޑުމެން ހަމައެކަކުވެސް ބޭނުމެއް ނުވާނެއޭބުނެ ސީ އައި އޭގައި އެބޭފުޅާކުރި ތަޖްރިބާއިން ކުޑަތަންކޮޅެއް ހިއްސާކުރައްވާފައިވެއެވެ. ވެނެޒޫލާއަކީ ދުނިޔޭގައި 3 […]
ބައިނަލް އަގްވާމީ ގާނޫނުތަކުގެ ކުރިމަތީގައި ވެނެޒޫލާގެ ރައީސް ކިޑްނެޕް ކުރީ

ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާއިން ވެނެޒޫލާއަށް އަރައިގަނެ އެގައުމުގެ ރައީސް ކިޑްނެޕްކުރުން ބައިނަލް އަގްވާމީ ދުނިޔޭގައި ސިޔާސީ މަސްރަހު ދިރާސާ ކުރައްވަމުން ގެންދާ ފުންނާބު އުސް ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގެ ޚުލާސާއެކެވެ. މިއީ އެމެރިކާއިން ހިންގަމުންގެންދާ ޣައިރުގާނޫނީ ގޮށްމުށުގެ ބާރަށް އިތުރު ކުރެވިގެންދިޔަ ސަފްހާއެކެވެ. ވެނެޒޫލާއަށް އަރައިގަނެ އެ ގައުމު އަތުލުމަކީ 2017 ގައިވެސް ރައީސް ޓްރަމްޕް ގެންގުޅުނު ވިސްނުންފުޅެކެވެ. އެކަމުގައި އޭރުވެސް ރައީސް ޓްރަމްޕްގެ އެންމެ އަރިސް މޭސްތިރިއަކީ ސެނެޓަރ މާރކޯ ރުބިއޯ އަދި މިހާރުގެ […]
ބައިނަލްއަގްވާމީ ގާނޫނުތަކުގެ ކުރިމަތީގައި ވެނެޒޫލާގެ ރައީސް ކިޑްނެޕް ކުރުން

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާއިން ވެނެޒޫލާއަށް އަރައިގަނެ އެގައުމުގެ ރައީސް ކިށްނެޕްކުރުން ބައިނަލް އަގްވާމީ ދުނިޔޭގައި ސިޔާސީ މަސްރަހު ދިރާސާ ކުރައްވަމުންގެންދާ ފުންނާބު އުސް ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގެ ޚުލާސާއެކެވެ. މިއީ އެމެރިކާއިން ހިންގަމުންގެންދާ ޣައިރުގާނޫނީ ގޮށްމުށުގެ ބާރަށް އިތުރު ކުރެވިގެންދިޔަ ސަފްހާއެކެވެ. ވެނެޒޫލާއަށް އަރައިގަނެ އެ ގައުމު އަތުލުމަކީ 2017 ގައިވެސް ރައީސް ޓްރަމްޕް ގެންގުޅުއްވި ވިސްނުންފުޅެކެވެ. އެކަމުގައި އޭރުވެސް ރައީސް ޓްރަމްޕްގެ އެންމެ އަރިސް މޭސްތިރިއަކީ ސެނެޓަރ މާރކޯ ރުބިއޯ އަދި މިހާރުގެ ޚާރިޖީ […]
އިސްރާއީލުން ގައްޒާގައި ކުރާ އެއްވެސް ކަމަކާ ދޭތެރޭ އަހަރެންގެ ފަރުވާލެއްނެތް: ޓްރަމްޕް

ރައީސް ޑޮނާލްޑް ޓްރަމްޕުގެ މަރަ-ލާގޯ ރިސޯޓުގައި އިސްރާއީލުގެ ބޮޑުވަޒީރާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމަށްފަހު މީޑިއާއިން ގައްޒާގެ ދެވަނަ ފޭސްއާބެހޭގޮތުން ކުރިމަތި ކުރި ސުވާލަތަކަށް ޖަވާބުދެއްވަމުން ގައްޒާގައި އިސްރާއީލުން ކޮންމެ ކަމެއް ކުރިއަސް ފަރުވާލެއް ނެތްކަމަށް ވިދާޅުވެއްޖެއެވެ. އަހަރެން ބަލަން ބޭނުންވަނީ ދެންތިބި މީހުންކުރާ ކަމަކާއި ނުކުރާކަމެކެވެ. އިސްރާއީލުން އަހަރެންގެ ހުށައެޅުމަށް ފުރިހަމައަށް އެއްބާރުލުންދޭކަން އަހަރެން ގަބޫލުކުރަމެވެ. އެކަމަކު ( ނުސީދާގޮތެއްގައި ހަމާސްއަށް އަމާޒުކުރައްވައި ) ދެންތިބި މީހުންނަނަކީ ހިތުން މާވަރުގަދަ ބައެކެވެ. އަހަރެމެން ދެވަނަ ފުރުސަތެއް ހުޅުވާދިނީމާވެސް […]
ޔުކްރެއިން ސުލްހައިގެ ވާހަކަތައް ފެށެން ތައްޔާރުވެފައިވަނިކޮށް ރަޝިޔާގެ ވަރުގަދަ ހަމަލާއެއް

ރަޝިޔާއިން އޮތީ ރައީސް ޓްރަމްޕްގެ ހުށައެޅުމާއެއްގޮތަށް ޔޫކްރެއިނާއެކު ސުލްހަ ގާއިމްކުރަން ފުރިހަމައަށް ތައްޔާރަށް ކަމުގައި ޔޫކްރެއިންގެ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ ރައީސް ކަނޑައަޅުއްވާފައިވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޯފް ވިދާޅުވެ ސުލްހައިގެ ވާހަކަތައް ފެށެން ތައްޔާރު ވެފައިވަނިކޮށް ޓްރަމްޕްގެ ހުށައެޅުން ގަބޫލު ނުކުރާކަން ދެއްކުމުގެގޮތުން މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކީވަށް ހަމަލާތަކެއް ދީ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތައް ދިނުމަށް 500 ވަރަކަށް ޑްރޯނާއި ސާޅީހަކަށް ކިންޒަލް މަރުކާގެ މިސައިލް […]
ނިސްްވިއްޔަތު ނުވަތަ ފެމިނިޒަމް އާއި ބެހޭގޮތުން އެ ހަރަކާތުގެ އިސްމީހެއްގެ ދުލުން

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ދުނިޔޭގައި ނިސްވިއްޔަތު ނުވަތަ މިހާރުގެ ބަހުރުވައިން ފެމިނިޒަމްގެ ހަރަކާތްތައް ފެށިގެން އައިގޮތާއި މިހާތަނަށް ހޯދުނު ކާމިޔާބުގެ ނަތީޖާގެ މައްޗަށް އެ ހަރަކާތުގެ އެންމެ އިސް ސަފުގައި ކޯޗްކޮށްދެމުން ގެންދިޔަ އެޝްލީ އޭން ލީމާ ފާޅުކޮށްފައިވާ އޭނާގެ އަމިއްލަ ރައުޔުގެ ވަރަށްކުރު ޚުލާސާއެކެވެ. މާޒީގެ ފަތްފުށްތަކުން ލިބެންހުރި ހެކިތަކަށްބަލާއިރު ބީ ސީ އީ އިން 3 ވަނަގަރުނުގައިވެސް ނިސްވިއްޔަތު ނުވަތަ މިހާރުގެ ބަހުންނަމަ ފެމިނިޒަމްގެ ހަރަކާތްތައް ކޮންމެވެސް ސިފައެއްގައި ހިންގަމުން ގެންގޮސްފައިވާކަން އެނގެއެވެ. […]
ސޮމާލީ ލޭންޑްގެ ސަރުކާރު އެންމެފުރަތަމަ ގަބޫލުކުރި ސަރުކާރަކަށް އިސްރާއީލް

ތިރީސް އަހަރުވަންދެން ސޮމާލިއާއިން ވަކިވެގަތުމަށް ހަނގުރާކުރަމުންގެންދިޔަ ރައީސް އަބްދިއްރަޙްމާނު މުހަންމަދު އަބްދި ﷲ ގެ ސަރުކާރު އެންމެ ފުރަތަމަ ގަބޫލުކުރި ގައުމަކަށް އިސްރާއީލް ވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހު ސޮމާލީލޭންޑް ސަރުކާރުން އިސްރާއީލު ސަރުކާރާއިއެކު ސޮއިކުރި ސިޔާސީ ގަރާރާބެހޭގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފައިވަނީ ސޮމާލީލޭންޑްގެ ސަރުކާރު އިސްރާއީލުން ބަލައިގަތުމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ އިސްނެގުމާއެކު ބައެއް އަރަބިގައުމުތަކާއެކު އިސްރާއީލުން ސިޔާސީގުޅުން ގާއިމް ކުރުމުގެ ސިލްސިލާއަށް އިތުރުކުރެވުނު ބޮޅެއްކަމަށެވެ. ބައިނަލް އަގްވާމީ މީޑިއާތަކުން ހާމަކުރަމުންގެންދާ ގޮތުގައި […]
ބަޔަކުމީހުން ނިކަމެތި ކޮށްލަން ބޭނުންނަމަ އެބައިމީހުންގެ ދީނީ އަގީދާ ކޮށާލާށެވެ!

މިއީ 15 ވަނަ ގަރުނުގައި ޕޯޗުގީޒުންގެ ބާރު ގަދަވެ ގައުމުތައް އަޅުވެތި ކުރަމުން ދިޔަ ގޮތުގެ ޚުލާސާއެކެވެ. އެ ދުވަސްވަރު ޕޯޗްގީޒުން ދުނިޔޭގެ ކަންކޮޅުތަކަށް ހަންފެތުރުމުގެ ސިޔާސަތުގެ ކޮންމެވެސް މިންވަރެއް އަޅުގަނޑުމެން ދިވެހިންވެސް ވަނީ ތަޖްރިބާކޮށްފައެވެ. އަޅުގަނޑުމެންގެ ނަސީބު ރަނގަޅުކަމުން ޕޯޗްގީޒުންގެ ނުބައި ރޭވުމުން ދިވެހި ބިން ސަލާމަތް ކުރުމަށްޓަކައި މާތް ﷲ މި ގައުމަށް ބޮޑުތަކުރުފާނު މެދުވެރިކުރެއްވީއެވެ. މި ލިއުމަކީ ބޭނުމަކީ ގައުމުތައް އަޅުވެތިކުރުމުގައި ޕޯޗްގީޒުން ނަސޯރާދީން ބޭނުން ކޮށްފައިވާގޮތް ތާރީޚުގެ ސަފަޙާތަކުން ކިއުންތެރިންނަށް ގެނެސްދިނުމެވެ. […]