ދުނިޔޭގެ ތާރީޚުގައި މަޝްހޫރު ބައެއް ޝަޚްސިއްޔަތު

ތާރީޚީ ހާދިސާތަކަކީ ތަފާތު ރިވާޔަތުތަކެއްގެ މައްޗަށް ބުރަވެ ލިޔެވިފައިވާ އެހެނަސް ހަގީގަތާ ގާތްކުރާ ވާހަކަތަކެއް ނުވަތަ ލިއުންތަކެއް ކަން ގަބޫލު ކުރަން ޖެހެއެވެ. ހާދިސާތައް ގެނެސް ދިނުމުގައި ލިއުންތެރިޔާއަށް ލިބިފައިވާ މައުލޫމާތާއި ރަހަ މީރުކޮށްލުމަށްޓަކައި ބޭނުންކޮށްފައިވާ އިބާރާތްތަކެއްވެސް ހުންނާނެއެވެ. ސަންދާނުގެ ކިއުންތެރިން ވިސްނާ ފިކުރު ކުރުމަށްޓަކައި އަޅުގަނޑު މި ގެނެސްދެނީ ދުނިޔެ ދެކިފައިވާ ބައެއް މަޝްހޫރު ޝަޚްސިއްޔަތު ތަކުގެ ކުރުކުރު ޚުލާސާއެކެވެ. ބައެއް ކިއުންތެރިންނަށް މި މައުލޫމާތު ކުރިން އެނގިވަޑައިގެންފައި އޮތުމަކީ ވަރަށް ގާތް ކަމެކެވެ. އެހެންނަމަވެސް […]
ޤައުމަކީ އަދި ޤާނޫނަކީވެސް އަހަރެންނެވެ.

ރައީސް ޑޮނާލްޑް ޓްރަމްޕްގެ ބާރުގަދަ އެގްޒެކެޓިވް އޯޑަރތަކުން އިލޯން މަސްކްގެ ބެލުމުގެ ދަށަށް ދޫކޮށްލާފައިވާ ފެޑެރަލް އޭޖެންސީ ތަކާ ބެހޭ މައްސަލަތައް އެމެރިކާގެ ކޯޓުތަކަށް ހުށައެޅެމުންދާތީ ރިޔާސަތުން ލިބެމުންދާ އިންޒާރު ތަކުގެ ސަބަބުން ކޯޓުތަކުގެ އަމުރުތަކަށް އެމެރިކާގައި ގާނޫނީ ކޯޅުންގަނޑަކާ ކުރިމަތިލާން ޖެހިދާނެކަމަށް ބެލެވެން ފަށައިފިއެވެ. ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަމިއްލަ ޓުރުތު ސޯސަލް ޕްލެޓްފޯމާއި އަދި އެކްސް ގައި ލިއުއްވާފައިވެއވެ. “ ގައުމު ސަލާމަތްކުރަން މަސައްކަތްކުރާމީހަކު ގާނޫނުތަކާ ޚިލާފެއް ނުވާނެއެވެ. “ އަދި ވައިޓްހައުސްގެ ރަސްމީ […]
ޔޫ އެސް އެއާރކްރާފްޓް ކެރިއަރ މެޑިޓެރޭނިއަން ކަނޑުގައި އެކްސިޑެންޓް ވެއްޖެ

މިދިޔަ ބުރާސްފަތި ދުވަހު މެޑިޓެރޭނިއަން ކަނޑުގައި ބަސިކްޓާސް އެމް ކިޔާ ކާރގޯ ބޯޓަކާއި އެމެރިކާގެ އެއާރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ހެންރީ ޓްރޫމަން އެކްސިޑެންޓް ވެއްޖެކަމަށް އެމެރިކާގެ ކަނޑު ސިފައިންނަށް ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރު ދީފިއެވެ. މި ހާދިސާއާއި ބެހޭގޮތުން ޔޫ އެސް 6 ވަނަ ފްލީޓްގެ ކޮމާންޑަރ ތަރުޖަމާނު ޓިމޯތީ ގޯރމަން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ވަގުތު އެއާރކްރާފްޓް ކެރިއަރ ދަތުރުކުރަމުން ދިޔައީ މިސްރުގެ ޕޯރޓް ސަޢީދު ކައިރިން ކަމަށާއި […]
އެމެރިކާގެ ސެކިއުރިޓީ އިސްކަން އެހެންދިމާލަކަށް ދިއުމުން ނޭޓޯއަށް މަގު އޮޅިއްޖެ

ނޭޓޯގެ އެންމެ ބާރުގަދަ މެމްބަރ އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު މި ހަފުތާގައި ދެއްކެވި ވާހަކަފުޅަކުން ޔޫރަޕްގެ ސަލާމަތާ ރައްކާތެރިކކަމާ ދޭތެރޭ މިހާތަނަށް އެމެރިކާއިން ދީފައިއޮތް ޔަގީންކަން އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ހިނގައްޖެ ކަމަށް ބްރަސެލްސް އިން އެސޯޝިއޭޓެޑް ޕްރެސް އިން ރިޕޯރޓް ކޮށްފިއެވެ. ޔޫކްރެއިނަށް ތާއީދުކުރާ ހުޅަނގުގެ ގައުމުތަކުގެ ފަންސާހަކަށް މަންދޫބުންނާ މުޚާތަބު ކުރައްވައި އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު ވިދާޅުވެފައި ވަނީ ޔޫރަޕްގެ ސަލާމަތާ ރައްކާތެރިކަމަށް އެންމެ ފުރަތަމަ އިސްކަންދިނުން އެމެރިކާގެ ސިޔާސަތުގައި މިހާރު […]
ހަނގުރާމަ ހުއްޓުވުމުގެ ވާހަކަތަކުގެ ކުރިމައްޗަށް ދަރަނީގެ ވާހަކަ!

ރަނގަޅު ބިންގަލެއްގެ މައްޗަށް ކުރެވޭ ސުލްހައިގެ އެއްބަސްވުމެއްގެ މައްޗަށް ހަނގުރާމަ ނިންމާލުމަށްޓަކައި ޔޫކްރެއިންގެ ބައެއް ސަރަހައްދު ރަޝިޔާއަށް ދޫކޮށްލައްވަން ތައްޔާރަށް ހުންނެވި ކަމުގައި ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ދަ ގާރޑިއަންއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނުން ހިފާފައިވާ ރަޝިޔާގެ ކާރސްކް ޖަޒީރާގެ ސަރަހައްދު، ރަޝިޔާއިން ހިފައިވާ ޔޫކްރެއިންގެ ސަރަހައްދަކަށް އެކްސްޗޭންޖް ކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ކީވުން ބޭނުންވާނީ ރަޝިޔާއިން ހިފާފައިވާ ކޮން ސަރަހައްދެއްކަން ވިދާޅެއް ނުވެއެވެ. ރައީސް ޒެލެންސްކީ ވިދާޅުވީ ހުރިހާ ސަރަހައްދެއްވެސް އަހަރެމެންނަށް […]
އެމެރިކާ ޔޫރަޕަށް ކަނޑައަޅާ ކޮންމެ ޓެރިފަކަށް ފަރަންސޭސި ވިލާތް ތައްޔާރު

އެމެރިކާއިން ޔޫރަޕާ ދެކޮޅަށް އަޅާ އިގްތިސާދީ ކޮންމެ ފިޔަވަޅެއްގެ ސަބަބުން ޔޫރަޕްގެ ދިރިއުޅުމުގެ އަގުތައް މައްޗަށްދާނެކަން ގަބޫލު ކުރައްވާކަމަށާއި އަދި ހަމަ އެ މިންވަރަށް އެމެރިކާގެ އިގްތިސާދަށްވެސް ގެއްލުން ވާނެކަމަށް ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވެއްޖެއެވެ. ޓްރަމްޕްގެ މާލީ އިންޒާރަށް މިހުރީ ފުރިހަމައަށް ތައްޔާރުވެގެންކަން ދޭހަވާ މޭރުމަކުން ރައީސް މެކްރޯން ވަނީ މިދިޔަ ހުކުރު ދުވަހު ވާހަކަ ދައްކަވާފައެވެ. ސީއެންއެން ގައި ވާހަކަ ދައްކަވަމުން މެކްރޯން ވިދާޅުވީ ރައީސް ޓްރަމްޕް މިހާތަނަށް ކެނެޑާއާއި މެކްސިކޯއާއި ޗައިނާއަށް ޓެރިފް […]
ނިއުކްލިއަރ ހަތިޔާރު އުފެއްދުން މަނާކޮށް ނެރެފައިވާ ފަތުވާ އުވާލަން އެދިއްޖެ

ނިއުކްލިއަރ ހަތިޔާރު އުފެއްދުން މަނާކުރައްވައި ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި ނެރުއްވާފައިވާ ފަތުވާ އީރާން ސަލާމަތާ ރައްކާތެރިކަމުގައި ދެމިއޮތުމަށްޓަކައި އުވާލަ ދެއްވުން އެދި އެ ގައުމުގެ މިލިޓްރީގެ އެންމެ އިސް ވެރިން އާޔަތު ﷲ އަށް ދަންނަވައިފިއެވެ. ހުޅަނގުގެ ގައުމުތަކުން އީރާނަށް އަމާޒު ކުރަމުން ގެންދާ ބަހުގެ ނުރައްކާތެރި ހަމަލާތައް ކޮންމެ ވަގުތެއްގައިވެސް ހަނގުރާމަވެރި ހަމަލާތަކަކަށް ބަދަލު ވެދާނެތީ އީރާނު ދިފާއުކުރުމަށްޓަކައި މިހާރު އީރާނަށް ނިއުކްލިއަރ ހަތިޔާރު ލިބިފައިހުރުން ނޫންއެހެން ގޮތެއް ނެތްކަމަށް އެ ބޭފުޅުން […]
ޔޫކްރެއިން އޮތީ ރަޝިޔާއާއެކު މަޝްވަރާއަށް ހުޅުވާލާފައި

ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމައިގާ މިހާތަނަށް ޔޫކްރެއިންގެ 45100 ސިފައިން މަރުވެފައިވާ ކަމަށާއި އަދި 390000 ސިފައިން ޒަޚަމް ވެފައިވާކަމަށް މީޑިއާއަށް ރައީސް ޒެލެންސްކީ ހާމަކުރައްވައިފިއެވެ. އެހެން ނަމަވެސް ހުޅަނގުގެ އިންޓެލިޖެންސުން ބުނެފައިވަނީ މަދުވެގެން ޔޫކްރެއިންގެ އެއްލައްކަ ސިފައިން މިހާތަނަށް މަރުވެފައިވާ ކަމަށެވެ. އަދި ޔޫކްރެއިނުގެ އާންމު ރައްޔިތުންގެ ވަރަށް ގިނަ ބަޔަކުވެސް ވަނީ މަރުވެފައެވެ. ރަޝިޔާ ސިފައިން މަރުވެފައިވާ އަދަދު އޭގެ 2 ގުނައަށް އަރާނެކަމަށްވެސް ހުޅަނގުގެ އިންޓެލިޖެންސް އިން އަންދާޒާކުރެއެވެ. ރައީސް ޒެލެންސްކީ […]
ކެލިފޯނިޔާގެ ގޮނޑުދޮށުން ބައެއް ސަރަހައްދުތަކަށް ރަށްގިރުމުގެ ނުރައްކާ

މިހުސްވި ޑިސެމްބަރު މަހުގެ ތެރޭގައި މެދުވެރިވި އަލިފާނުގެ ހިތާމަވެރި ކާރިސާއަށްފަހު ލޮސް އެންޖްސްގެ ގޮނޑުދޮށު ބައެއް ސަރަހައްދުތައް އާދަޔާ ޚިލާފުބާރުމިނެއްގައި ކަނޑުތެރެއަށް ރަށްގިރަން ފެށުމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަންޖެހިއްޖެ ކަމަށް ޔޫ އެސް އޭ ޓުޑޭ އިން ހާމަކޮށްފިއެވެ. ނާސާގެ ދިރާސާތަކަށް ހަވާލާ އެ ނޫހުން ބުނެފައިވަނީ މިއީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ގެ ދޮރާއި މުދާ ސަލާމަތްކުރަން އަވަސްވެގަންނަން ޖެހޭ ވަގުތެއް ކަމަށެވެ. މި ނުރައްކާތެރި ކަމުގެ ބިރު ދެކުނު ކެލިފޯރނިޔާގެ ޕާލޮސް […]
ސީއައިއޭގެ މުއައްޒަފުންގެ ވަޒީފާއާ ދޭތެރޭ ގޮތެއް އިޚްތިޔާރުކުރަން ޖެހިއްޖެ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އެޖެންޑާއާއި އެއްގޮތަށް ސަރުކާރުގެ ސައިޒް ކުޑަކުރުމުގެގޮތުން ކަމަށްބުނެ އެމެރިކާގެ ތާރީޚުގައި އެންމެފުރަތަމަ ބައްޓަންކުރެވޭ އިދާރާއަކަށް ސީއައިއޭ(ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ) ވެއްޖެކަމަށް ސީއެންއެންގެ ޚަބަރުގައި ބުނެފިއެވެ. މި ކަމާގުޅޭގޮތުން ސީއައިއޭ ގެ ހުރިހާ މުއައްޒިފުންނަށް “ ބައިއައުޓް އޮފަރ “ ފޮނުވާފައިވާކަމަށް އެ އޭޖެންސީގެ ތަރުޖަމާނު ހާމަކޮށްފައިވެއެވެ. ބައިއައުޓް އޮފަރ ގައި ވަޒީފާއިން އަމިއްލައަށް ވަކިވާ މުއައްޒިފުންނަށް 8 މަސްދުވަހުގެ މުސާރައާއި ހުރިހާ އިނާޔަތެއް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް ގައުމުގެ […]