ޔުކްރެއިންގެ ހަނގުރާމައާއެކު ފަލަސްތީނުގެ މައްސަލައަށްވެސް ސުލްހަވެރި ހައްލެއް ގެނެވެން ޖެހޭނެއެވެ.

ރަޝިޔާގެ ރައީސް ލަޑިމީރ ޕޫޓިން އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް ނިސްބަތްކޮށް ”ހަނގުރާމައިގެ ޖަރީމާ ހިންގަމުންގެންދާ މީހަކަށް ރަތް ދޫލައިގެ މަރުހަބާ“ ކީ ކަމަށް ބުނެ ޔޫ އެސް އޭ ޓްޑޭ އިން މަލާމާތް ކޮށްފިއެވެ. ދެ ލީޑަރުންގެ އަލަސްކާ ސަމިޓްގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ހުންނެވީ ރައީސް ޕޫޓިން އަރިހުގައި ކިތަންމެހާވެސް ރަނަގަޅަށް ކުޑަކޮށްލާފައިކަން ދޭހަވެގެން ދިޔައެވެ. ރައީސް ޕޫޓިން ގެންދެވީ އެމަނިކުފާނަކީ ރަޝިޔާގެ ރައީސްކަން ފާޅުކުރައްވުމާއެކު ވަރަށް ރަނގަޅަށް އެމަނިކުފާނުގެ ޝަޚްސިއްޔަތު ހާމަކުރައްވަމުންނެވެ. ރައީސް […]
އެމެރިކާ ޑޮލަރު މަރުގެ އެނދުމަތީގައި ވެންޓިލޭޓަރާ ގުޅާފައި!

ޗައިނާއާއި އިންޑިއާއަކީ އިގްތިސާދީގޮތުން ފުދިފައިވާ 2 ގައުމުކަމަށާއި ދުނިޔޭގެ ބާޒާރުން ޖާގަ ކަށަވަރުކުރުމަށްޓަކައި އެ 2 ގައުމުން އެމެރިކާ ޑޮލަރަށް ބަރޯސާވެގެން ތިބޭކަށް ނުޖެހޭނެކަން އެމެރިކާގެ މަސްރަހް ދިރާސާ ކުރާ ޖެރާލްޑް ސެލެސްޓޭގެ ފޯރކާސްޓުގައި ހާމަކޮށްފިއެވެ. މި މޭރުމުން އޭނާ ވާހަކަ ދައްކާފައި ވަނީ ކިއުބާ-އެމެރިކާގެ ނޫސްވެރިޔާ ރިކް ސަންޗޭޒްއާއެކު އެ މައުޟޫއުގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނެފައިވާ އިބާރާތުން ބުނާނަމަ އެމެރިކާ ޑޮލަރ މިހާރު އޮތީ މަރުބަލީގައި ނޭވާހޮޅިއަށް އެޅި ވެންޓިލޭޓަރާ ގުޅާފައެވެ.ދުނިޔޭގެ ބާޒާރުގައި އާންމު […]
އެމެރިކާގެ ޓެރިފަށް އިންޑިއާގެ ރައްދު

އެމެރިކާއަށް އެތެރެކުރާ އިންޑިއާގެ އުފެއްދުންތަކަށް ޓެރިފް ބޮޑުކުރުމާ ގުޅިގެން އިންޑިއާއަށް އެތެރެކުރާ އެމެރިކާއަށް ނިސްބަތްކުރެވޭ އުފެއްދުންތައް މަނާކުރަން ބާރު އަޅުއްވައި އިހްތިޖާޖު ކުރުމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތާއީދު ކުރައްވާ ބިޒްނަސް އެގްޒެކެޓިވް އަކު ގޮވާލައްވައިފިއެވެ. އިންޑިއާގައި ބޭނުންކުރާ އެމެރިކާއަށް ނިސްބަތްކުރެވޭ ބޮޑެތި އުފެއްދުންތަކުގެ ތެރޭގައި މެކް ޑޮނާލްޑް އާއި ކޮކާ ކޯލާއާއި އެމޭޒަން އަދި އެޕަލްގެ އުފެއްދުންތައްވެސް ހިމެނެއެވެ. އިންޑިއާގެ ވޯވް ސްކިން ސައެންސްގެ ކޯ-ފައުންޑަރ މަނިޝް ޗައުދަރީގެ ވީޑިއޯ މެސެޖުގައި އިންޑިއާގެ ދަނޑުވެރިންނަށް […]
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގައި އަރަބި ގައުމުތަކުގެ ނުރުހުން ހަމާސް އަށް

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބައިނަލް އަގްވާމީ ގޮތުން ކުރެވެމުންދާ މަސައްކަތުން ހާސިލު ކުރެވިދާނެ ނަތީޖާއާއި ގުޅޭގޮތުން ތަޖްރިބާކާރުން ފާޅުކުރަމުންގެންދާ ޚިޔާލުތަކާއި ރައުޔުތަކުން ކުޑަމިންވަރެކެވެ. އެ ބޭފުޅުން ފާޅުކޮށްފައިވާ ވިސްނުންފުޅުތަކަށް ބަލާއިރު އެމެރިކާއާއި އިސްރާއީލުން ދެކޮޅު ހަދަމުންގެންދާއިރު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން އައުމަށް އަދިވެސް މުހުލަތެއް ނަގާނެއެވެ. އެންމެ ފަހުގެ ޚަބަރު ތަކުން އެނގޭ ގޮތުގައި މީޑިއާގެ މިނިވަންކަން ލިބިފައިވާ މިޒަމާނުގައިވެސް ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ އަނިޔާވެރިކަން ދުނިޔެއަށް ހާމަކޮށްފާނެތީވެ […]
އެއީ ވާ އެއްޗެކެވެ. އަދި ނުވާ އެއްޗެކެވެ. އަމުދުން ވާ ނުވާ ނޭނގޭ އެއްޗެކެވެ.

މި ދުވަސްވަރު މީޑިއާތަކުން އެންމެ ކުލަ ގަދަކޮށް ފެންނަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމާއި އެ ދައުލަތް ގިނަ ގައުމުތަކަކުން ގަބޫލުކުރަން ރާވަމުން ގެންދާ މައުޟޫއެވެ. އަޅުގަނޑުމެންގެ ކިއުންތެރިން އެކަން ހިނގަމުންދާގޮތް އެނގެން ބޭނުންވާނެ ކަމަށް ދެކެމެވެ. ސުރުޚީގައި އެވަނީ ފަހަކަށް އައިސް ދިވެހިން އުފައްދައިގެން ކިޔާއުޅުނު ފާޑެއްގެ މުހާވަރާ އިބާރާތެކޭ ބުނެވިދާނެއެވެ. އަޅުގަނޑުމެންގެ މިލިއުމާ ގުޅުން ހުރިކަމަށް ފެންނާތީ ބޭނުން ކޮށްލީއެވެ.ފަލަސްތީނުގެ މިނިވަން ދައުލަތެއް މިހާރަކު ނެތެވެ. އެކަމަކު ދުނިޔޭގެ އެންމެ ބާރުގަދަ ޖަމާއަތް ”ދަ […]
ޑިމޮކްރެސީގެ ފުރަތަމަ އެޓޮމިކް ބޮމުން ނާގަސާކީއަށް ލިބުނު ޒަޚަމްތަކުގެ ލަކުނު

ސަންދާނުގެ ކިއުންތެރިންނާއެކު މިއަދު އަނެއްކާވެސް މި ފީނާލަނީ މީގެ 80 ވަރަކަށް އަހަރު ކުރީގެ ތާރީޚެއްގެ ތެރެއަށެވެ.އިއްތިފާގުން ދިމާވިގޮތުން މިއަދަކީ ( 9 އޯގަސްޓް 2025 ) އެ ނުރައްކާތެރި ތާރީޚަށް 80 އަހަރު ފުރުނު ދުވަހެވެ. 1945 ވަނައަހަރު އޯގަސްޓް މަހުގެ 9 ވަނަ ދުވަހަކީ އެމެރިކާގެ ބީ-29 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުން ޖަޕާނުގެ ނާގަސާކީއަށް ފެޓްމޭންގެ ނަންދީފައިވާ ޑިމޮކްރެސީގެ ފުރަތަމަ ޕުލޫޓޯނިއަމް އެޓޮމިކް ބޮން ވައްޓާލި ދުވަހެވެ. ނަތީޖާއަކަށްވީ ހަތްދިހަ ހާހަށްވުރެން ގިނަ އިސްނާނުންގެ […]
ޣައްްޒާއަށް ހަމަލާދޭން ޖަރުމަނުން ހަތިޔާރު ނުވިއްކާނެކަމަށް ބުނުމުން ނަތަންޔާހޫ ރަތަށް

ސީ ބީ އެސް ޝިކާގޯ ޚަބަރު ދީފައިވާ ގޮތުގައި ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިކް މާރޒް އަކީ މުޅިއުމުރުގައިވެސް އިސްރާއީލަށް ތާއީދުކުރުމުގައި ދެމިހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނު ގަބޫލުކުރައްވާގޮތުގައި އިސްރާއީލަށްވެސް އެ ގައުމު ދިފާއުކުރުމުގެ ހައްގު ލިބިފައި ވެއެވެ. އެކަމަކު މި ވަގުތު އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށްވުރެން އިސްކަން ދޭންޖެހޭ އެހެން ކަމެއް އޮތްކަމަށް ގަބޫލެއް ނުކުރައްވައެވެ. މީގެ ކުރިން ބަރލިންގެ ވިސްނުންހުރީ ޔޫރަޕްގެ ބައެއް އެހެންގައުމުތަކުގައި ސަފުގައި އިސްރާއީލް އިތުރަށް އެކަހެރިކުރަން ތައްޔާރަކަށް ނޫނެވެ. […]
އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ނުހުއްޓާނެ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މާލީ އިންޒާރާއެކުގައިވެސް އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ނުހުއްޓާނެކަމަށް އެގައުމުގެ އޮފިޝަލުން ކަށަވަރު ކޮށް ވިދާޅުވެއްޖެއެވެ. އަދި އިންޑިއާގައިހުރި ތެޔޮ ސާފުކުރާ ކާރުޚާނާތަކުން ރަޝިޔާގެ ސާފުނުކުރާތެޔޮ ގަތުން ހުއްޓާލުމަށް ނުވަތަ ގަންނަ މިންވަރު މަދުކުރުމަކަށްވެސް ސަރުކާރުން އަންގާފައި ނުވާނެކަމަށް އިންޑިއާގެ ރަސްމީ ފަރާތްތަކްށް ހަވާލާދީ ނިއު ޔޯރކް ޓައިމްސްގައި ބުނެފައިވެއެވެ. އެމެރިކާގެ ވިސްނުން ހުރިގޮތް އެނގިއްޖެ ކަމަށާއި އެކަމާބެހޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށް އިންޑިއާ ޚާރިޖިއްޔާގެ ތަރުޖަމާނު ޝްރީ ރަންދިރް ޖައިސްވާލް ހުކުރުދުވަހު […]
އިމާމް ޚާމަނާއިގެ ދިރިއުޅުއްވުމުން ލިބިދޭ ފިލާވަޅެއް

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނަމާއި އެއީ ކުރީގެ ފާރިސްކަރަކަން އަޅުގަނޑުމެން ދަންނަމުއެވެ. ދިވެހިރާއްޖެ އިސްލާމް ވުމުގައި ފާރިސްކަރައިގެ އިލްމުވެރިއެއްގެ ހިއްސާ ހިމެނޭކަމަށް ދިވެހިރާއްޖޭގެ ބައެއް ތާރީޚް އިލްމުވެރިން ފާހަގަ ކޮށްފައި ވެއެވެ. އެހެން ބައެއް ތާރީޚީ އިލްމު ވެރިން ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖެ އިސްލާކުރެއްވީ މަޣްރިބް ކަރައިގެ އިލްމުވެރިއެކެވެ. ސައްހަ ރިވާޔަތަކީ ކޮބައިކަން އަޅުގަނޑުމެން ބަހުސް ކުރާކަށް ނެތީމެވެ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި 2 ރިވާޔަތުވެސް ސައްހައެވެ. އަޅުގަނޑުމެންގެ މިއަދުގެ ހާލަތުގައިވެސް ތަފާތު އިލްމުވެރިންގެ ދަރުސްތައް ލިބެމުންދާއިރު […]
ބާކީވެފައިތިބި އަންހެނުންގެ ސުވަރުގެއަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު

ދުނިޔޭގެ ކަންކޮޅުތަކުގައިވާ ގައުމުތަކަށް ބަލާލާއިރު ކޮންމެ ގައުމެއްގެ ރައްޔިތުންގެ ކިބައިގާވެސް ފާހަގަކުރެވޭ ޚާއްސަ ސިފަތަކެއް ހުންނާނެކަން ގަބޫލު ކުރަންޖެހެއެވެ. އެއްބައެއްގެ ސިފަތައް އަނެއްބަޔަކަށް ކަމުދިއުމާ ނުދިއުން އަދި އެއީ މުޅިން އެހެން ކަމެކެވެ. ގައުމެއްގެ ރައްޔިތުންގެ ކިބައިގާ ހުރި އުނިސިފައެއް ނުވަތަ ރަނގަޅު ސިފަތަކެއް އަދި ހަމަ އެފަދައިން އެ ސިފަތައް އެގޮތުގައި ދެމެހެއްޓުމަށާއި ނެތިކޮށްލުމުގައި ވެރިކަމުގެ ފަރާތުން މުހިންމެ ދައުރެއް އަދާކުރެއެވެ. އަޅުގަނޑުމެންގެ މި ލިއުމުގައި ދެ ތިން ގައުމެއްގައި ހުރި ފާހަގަކުރެވޭ ބައެއް […]