އައިދިމާލެއްނޭނގޭ ހަތިޔާރަކުންޖެހި އެލް.އެން.ޖީ. ޓޭންކަރެއް ގޮއްވާލައިފި

ކެމަރޫން ދިދައިގާ ދުއްވާ ލިކުވިފައިޑް ނެޗުރަލް ގޭސް ) އުފުލާ އެމް.ވީ ފަލްކަން، ގަލްފު އޮފް އަދަނުގެ ތެރޭގައި އައި ދިމާލެއް ކަށަވަރު ނުކުރެވޭ ހަތިޔާރަކުން ޖެހި ގޮވައިފިއެވެ. އޭރު ބޯޓު ދަތުރުކުރަމުންދަނީ އޮމާނުގެ ސޯހަރުން ފުރައިގެން ޖިބޫޓީއަށް ކަމަށާއި ބޯޓަށް އެރި ހަމަލާ ތަހްގީގުކުރަމުން ގެންދާކަމަށް އިނގިރޭސި ވިލާތުގެ މެރިޓައިމް ސެކިއުރިޓީ ފާރމް، އެމްބްރޭ އިން ބުނެފައިވެއެވެ. އެމް. ވީ. ފަލްކަންގެ %15 ގައި ރޯވެ އަނދަމުންދާ ކަމަށާއި އެހެންނަމަވެސް އެ ބޯޓަށް އެރި ހަމަލާގެ […]

ޖޭސީޕީއޯއޭގެ އެއްބަސްވުން ރަސްމީގޮތުން ނިމުނީކަން އީރާނުން އިއުލާންކޮށްފި

ދުނިޔެއަކީ ފަނާކުރަނިވި ހަތިޔާރުން ރައްކާތެރިކުރެވިފައިވާ ތަނަކަށް ހެދުމުގެ މަގްސަދުގައި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ކުރި އެއްބަސްވުން ރަސްމީގޮތުން ނިމުނީ ކަމަށް އީރާނުން އިއުލާން ކޮށްފިއެވެ. ރަސްމީގޮތުން ”ދަ ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން ނުވަތަ ޖޭސީޕީއޯއޭ“ އަކީ އީރާނުގެ ނިއުކްލިއަރ މަޝްރޫއު ހުއްޓާލުމަށާއި އަދި ބައިނަލް އަގްވާމީގޮތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަކި މިންގަނޑަކަށް ދަށްކުރުމަށް ޗައިނާއާއި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތާއި ޖަރުމަނާއި ރަޝިޔާ އަދި އެމެރިކާއާއެކު ވިއެނާގައި 2015 […]

ޣައްޒާގެ މަގުތަކަށް އަނެއްކާވެސް ހަމާސް ނިކުމެއްޖެ

އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ އަނިޔާވެރި ގަތުލުއާންމު ހުއްޓުވުމަށް އެމެރިކާގެ ރައީސް ކުރިއަށް ނިކުމެ ވަޑައިގެން ހަމާސްއަޢި އިސްރާއީލާދެމެދު ކުރުވި އެގްރީމެންޓްއަށްފަހު ގައްޒާގައި ހަރަކާތްތެރިވަމުންގެންދާ އެ ޝަހަރުގެ ބާރުގަދަ ގަބީލާތަކުން ދާޚިލީ ދެކޮޅުވެރިކަމެއް އުފައްދަން ހަރަކާތްތެރިވާން ފެށުމާއެކު ގައްޒާގެ މަގުތަކަށް ހަމާސްގެ މުޖާހިދުން އަނެއްކާވެސް ނިކުމެއްޖެއެވެ. 2023 އޮކްޓޯބަރ 7 ވަނަދުވަހު ހަމާސްއިން ރަހީނުކުރި އިސްރާއީލުގެ ރަށްވެހިންގެ ތެރެއިން މިހާރު ދިރި ދުނިޔޭގައިތިބި 20 މީހުން ދޫކޮށްލުމާއެކު އޭގެކުރިން އިސްރާއީލުން ތަޅާ ސުންނާފަތި ކުރަމުން ގެންދިޔަ ގައްޒާ […]

އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ ދެކޮޅުވެރިކަން

ޗައިނާގެ އުފެއްދުންތަކުގައި އެ ގައުމުން ލިބޭ މައުދަން އެކުލެވޭ ޚާއްސަ ވެލި ހިމެނޭ ނިސްބަތް 0.1 އިންސައްތައަށްވުރެން އިތުރުވާނަމަ މި އަހަރު ޑިސެމްބަރ 1 އިން ފެށިގެން އެ ފަދަ އުފެއްދުންތަކާއި ޗައިނާގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން އުފައްދާތަކެތި ޗައިނާއިން ބޭރުކުރުމަށްޓަކައި ޚާއްސަ ލައިސަންސެއް ނަގަންޖެހޭނެކަން ވިޔަފާރިއާ ބެހޭ ވުޒާރާއިން އިއުލާން ކޮށްފިއެވެ. ޗައިނާގެ މި ނިންމުމާގުޅިގެން އެމެރިކާއަށް އެތެރެކުރާ ޗައިނާގެ އުފެއްދުންތަކުން %100 ޓެކްސް ނެގުމަށާއި އަދި އެމެރިކާގެ ސޯފްޓް ވެއަރ އުފެއްނުތައް ޗައިނާއަށް އެކްސްޕޯރޓް ކުރުން […]

އަރަބިގައުމުތަކުންވެސް އެމެރިކާގެ އެއްބަސްވުމަށް ތާއީދުކޮށް ހަމާސްގެ ފިޔަތައް ކޮށާލައިފި

ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ހިންގަމުންދިޔަ ގަތުލު އާންމު ހުއްޓުވޭނެ މަގެއް ނުހޯދި 2 އަހަރު ވެގެން ދިޔައިރު ގިނަ ހުށައެޅުންތަކަކާއި ގަރާރުތަކެއް ފާސްވެގެން ދިޔަތަން ފެނުނެވެ. އެކަމުގައި އިސްކޮށް އުޅުނީ ހަމަ އެއް ބައެކެވެ. އެކަމަކު ނެރެވުނު ރަނގަޅު ނަތީޖާއެއް ނުފެނުނެވެ. ދެން މި ފެނުނީ މުޅިން ތަފާތު މަންޒަރުތަކެކެވެ.  އިސްރާއީލުން ގަތަރަށް ހަމަލާ ދިނުމާއި ޔުނައިޓެޑް ނޭޝަންސްގައި ޔޫރަޕުގެ ބައެއް ގައުމުތަކުން ފަލސްތީނުގެ މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް އިއުތިރާފް ވުމެވެ. އަދި އެންމެ […]

ގައްޒާގައި އިސްރާއީލުމް ހިންގަމުން ގެންދިޔަ ލޭ އޮހޮރުވުން ދާއިމީ ނިމުމަކަށްވާނެތޯއެވެ؟

ފަލަސްތީނު ރައްޔިތުންގެ މައްޗަށް އިސްރާޢީލުން ހިންގަމުންގެންދާ އުދުވާނާއި ގަތުލުއާންމަށާއި އަދި ފަލަސްތީނުގެ ރައްޔިތުންގެ އުދާސްތަކުގައި ދުޢާގެ ވަސީލަތުން ނޫނީ ބައިވެރިވެވޭނެ ގޮތެއް ސަންދާނުގެ ގިނަ ކިއުންތެރިނނަށް ލިބިފައި ނުވާކަން ގަބޫލުކުރުމާއެކު ދުވަހުން ދުވަހަށް އެ ޚަބަރުތައް ގެނެސްދިނުމަށް ސަންދާނުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެމުންގެންދާކަން ކިއުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ.                                ގައްޒާގައި އިސްރާއީލުން ހިންގަމުންދިޔަ ގަތުލް އާންމު ދާއިމީ ގޮތެއްގައި ނިމުމަކަށް ގެނެވިއްޖެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފިކަމުގައި އަމިއްލައަށް ގައްޒާއިން ބޭރަށް އަރުވާލެގެން ހުންނެވި ހަމާސްގެ ވެރިޔާ […]

ރައީސް ޓްރަމްޕަށް މިފަހަރުވެސް އިނާމެއް ނުލިބުނު

އަމިއްލައަކަށް އަހަރެންނަކީ ދުނިޔޭގައި އެންމެ މަގްބޫލު ލީޑަރ އޭ ގޮވިޔަކަސް އަދި އެކަމަށް ސަޕޯރޓަރުން ގަތުމަށް ކިތަންމެ ބޮޑު ހޭދައެއް ކުރިއަސް ނޯބެލް އިނާމަކީ ފައިސާއިން އަގު ކަނޑައަޅާފައިވާ އެއްޗެއް ނޫންކަން ނޯރވޭގެ ނޯބެލް ކޮމިޓީން ދުނިޔެއަށް ދައްކައިފިއެވެ. މި ފަހަރުގެ ނޯބެލް އިނާމް ހާސިލުކުރެއްވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންދެވީ ޕާރޓީ ކުދިންކޮޅާއި އަދި އެމެރިކާ ސަރުކާރަށް ލިބިފައިހުރި އެންމެހާ ވަސީލަތްތައްވެސް ބޭނުން ކުރައްވަމުންނެވެ. އެހެންނަމަވެސް ޑިމޮކްރެސީން ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރު ކުރެއްވުމަށާއި […]

ސަޢޫދީ އެރޭބިއާއިން 368 މިލިއަން ޑޮލަރުގެ އެހީއެއް ޔަމަނަށް

އަރަބް ނިއުސްގެ ޚަބަރުތަކަށްބަލާއިރު ބައިނަލް އަގްވާމީގޮތުން ގަބޫލުކުރާ ޔަމަނު ސަރުކާރުގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށާއި އެ ގައުމު އާރާސްތު ކުރުމަށްޓަކައި ސައޫދީ އެރޭބިއާއިން 368 މިލިއަން ޑޮލަރގެ އެހީއެއް ދީފިއެވެ. ސައޫދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެގައުމުން އެހީ ފޯރުކޮށްދެމުންގެންދަނީ ހޫތީ މުޖާހިދުންނާ ދެކޮޅަށް ކުރެވުނު ދިހަވަރަކަށް އަހަރުގެ ދިގު ދާޚިލީ ހަނގުރާމައިގާ ލިބިފައިވާ ބޮޑެތި ގެއްލުންތައް އާރާސްތުކޮށް ގައުމުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައެވެ. ޔަމަނަށް ދެވިފައިވާ ގެއްލުންތަކަކީ ސީދާ ސަޢޫދީ އަރަބިޔާ އިސްނެގުމަތީ ހޫތީން ބަލިކުރުމަށްޓަކައި […]

ޣައްޒާ ހަނގުރާމަ ނިމުމަކަށް އައިސްފި: އިސްރާއީލް މިލިޓްރީ

ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލު އާންމު އިއްޔެ(ހުކުރު ދުވަހު) ހެނދުނު އިނގިރޭސި ވިލާތުގެ ސަމަރ ޓައިމް ( ބީ އެސް ޓީ ) އިން 10 އިން ފެށިގެން ހުއްޓުމަކަށް އާދެވިއްޖެކަމަށް އިސްރާއީލް މިލިޓްރީއަށް ހަވާލާދީ ދި އިންޑެޕެންޑެންޓުން ހާމަކޮށްފިއެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި ހަމާސްގެ ރަހީނުންގެ ގޮތުގައި ތިބި ހުރިހާ އަސީރުން ކުރިއަށްއޮތް 72 ގަޑިއިރު ތެރޭގައި މިނިވަންކުރަން ޖެހޭނެކަމަށް އިސްރާއީލުން ބުނެފައި ވެއެވެ. ބިއްލޫރި ތައްޓެއްފަދަ ނާޒުކު “ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް […]

އަނެއްކަވެސް ގާޒާއަށް ޓުރަމްޕުގެ ޔަހޫދީ އެއްބަސް ވުމެއް

އިޒްރޭލާއި ޙަމާސް ޖަމާޢަތުގެ މެދުގައި ޓުރަމްޕު އުފެއްދެވި އެއްބަސްވުމަކީ އިޒްރޭލުން އަލުން ޤަތުލު ޢާއްމު ނުފަށާނެކަން ނުވަތަ ނޫން ކަމުގެ ޟަމާނަތު ނުވަތަ އެއްބަސްވުމެއް ނޫނެވެ.އެނަސް މިއީ ކުރިއަށް އެޅުނު ފިޔަވަޅެއް ކަމުގައި ފަކަސްތީނުން ދެކެއެވެ. އެއްކަމަކީ މިއެއްބަސް ވުމަކީ ޓްރަމްޕް ގެ އަމިއްލަ ޕްލޭނަކަށްވުމެވެ. އެހެނީ ނަތަންޔާހޫ އހަްވެހުރ ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުކުއާންމުގެ ބޮޑު ޙިއްސާދާރަކީ އޭނާކަމަށް ވާތީެރވެ. އެކަމުން ޓްރަމްޕަށް ސިޔާސީ ގޮތުން ފައިދާތަކެއް މިދަނޑިވަޅުގައި ނެގިދާނެ ކަމަށްވާތީއެވެ. އެހެން ނަމަވެސް ޔަހޫދީ […]