ޑިމޮކްރެސީގެ ފުރަތަމަ އެޓޮމިކް ބޮމުން ނާގަސާކީއަށް ލިބުނު ޒަޚަމްތަކުގެ ލަކުނު

ސަންދާނުގެ ކިއުންތެރިންނާއެކު މިއަދު އަނެއްކާވެސް މި ފީނާލަނީ މީގެ 80 ވަރަކަށް އަހަރު ކުރީގެ ތާރީޚެއްގެ ތެރެއަށެވެ.އިއްތިފާގުން ދިމާވިގޮތުން މިއަދަކީ ( 9 އޯގަސްޓް 2025 ) އެ ނުރައްކާތެރި ތާރީޚަށް 80 އަހަރު ފުރުނު ދުވަހެވެ. 1945 ވަނައަހަރު އޯގަސްޓް މަހުގެ 9 ވަނަ ދުވަހަކީ އެމެރިކާގެ ބީ-29 މަރުކާގެ ބޮންއަޅާ މަތިންދާބޯޓުން ޖަޕާނުގެ ނާގަސާކީއަށް ފެޓްމޭންގެ ނަންދީފައިވާ ޑިމޮކްރެސީގެ ފުރަތަމަ ޕުލޫޓޯނިއަމް އެޓޮމިކް ބޮން ވައްޓާލި ދުވަހެވެ. ނަތީޖާއަކަށްވީ ހަތްދިހަ ހާހަށްވުރެން ގިނަ އިސްނާނުންގެ […]
ޣައްްޒާއަށް ހަމަލާދޭން ޖަރުމަނުން ހަތިޔާރު ނުވިއްކާނެކަމަށް ބުނުމުން ނަތަންޔާހޫ ރަތަށް

ސީ ބީ އެސް ޝިކާގޯ ޚަބަރު ދީފައިވާ ގޮތުގައި ޖަރުމަނުގެ ޗާންސެލަރ ފްރެޑްރިކް މާރޒް އަކީ މުޅިއުމުރުގައިވެސް އިސްރާއީލަށް ތާއީދުކުރުމުގައި ދެމިހުންނެވި ބޭފުޅެކެވެ. އެ މަނިކުފާނު ގަބޫލުކުރައްވާގޮތުގައި އިސްރާއީލަށްވެސް އެ ގައުމު ދިފާއުކުރުމުގެ ހައްގު ލިބިފައި ވެއެވެ. އެކަމަކު މި ވަގުތު އިސްރާއީލުން ގައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުމަށްވުރެން އިސްކަން ދޭންޖެހޭ އެހެން ކަމެއް އޮތްކަމަށް ގަބޫލެއް ނުކުރައްވައެވެ. މީގެ ކުރިން ބަރލިންގެ ވިސްނުންހުރީ ޔޫރަޕްގެ ބައެއް އެހެންގައުމުތަކުގައި ސަފުގައި އިސްރާއީލް އިތުރަށް އެކަހެރިކުރަން ތައްޔާރަކަށް ނޫނެވެ. […]
އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ނުހުއްޓާނެ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މާލީ އިންޒާރާއެކުގައިވެސް އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަތުން ނުހުއްޓާނެކަމަށް އެގައުމުގެ އޮފިޝަލުން ކަށަވަރު ކޮށް ވިދާޅުވެއްޖެއެވެ. އަދި އިންޑިއާގައިހުރި ތެޔޮ ސާފުކުރާ ކާރުޚާނާތަކުން ރަޝިޔާގެ ސާފުނުކުރާތެޔޮ ގަތުން ހުއްޓާލުމަށް ނުވަތަ ގަންނަ މިންވަރު މަދުކުރުމަކަށްވެސް ސަރުކާރުން އަންގާފައި ނުވާނެކަމަށް އިންޑިއާގެ ރަސްމީ ފަރާތްތަކްށް ހަވާލާދީ ނިއު ޔޯރކް ޓައިމްސްގައި ބުނެފައިވެއެވެ. އެމެރިކާގެ ވިސްނުން ހުރިގޮތް އެނގިއްޖެ ކަމަށާއި އެކަމާބެހޭގޮތުން މަޝްވަރާ ކުރެވެމުންދާކަމަށް އިންޑިއާ ޚާރިޖިއްޔާގެ ތަރުޖަމާނު ޝްރީ ރަންދިރް ޖައިސްވާލް ހުކުރުދުވަހު […]
އިމާމް ޚާމަނާއިގެ ދިރިއުޅުއްވުމުން ލިބިދޭ ފިލާވަޅެއް

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ނަމާއި އެއީ ކުރީގެ ފާރިސްކަރަކަން އަޅުގަނޑުމެން ދަންނަމުއެވެ. ދިވެހިރާއްޖެ އިސްލާމް ވުމުގައި ފާރިސްކަރައިގެ އިލްމުވެރިއެއްގެ ހިއްސާ ހިމެނޭކަމަށް ދިވެހިރާއްޖޭގެ ބައެއް ތާރީޚް އިލްމުވެރިން ފާހަގަ ކޮށްފައި ވެއެވެ. އެހެން ބައެއް ތާރީޚީ އިލްމު ވެރިން ވިދާޅުވެފައިވާ ގޮތުގައި ދިވެހިރާއްޖެ އިސްލާކުރެއްވީ މަޣްރިބް ކަރައިގެ އިލްމުވެރިއެކެވެ. ސައްހަ ރިވާޔަތަކީ ކޮބައިކަން އަޅުގަނޑުމެން ބަހުސް ކުރާކަށް ނެތީމެވެ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި 2 ރިވާޔަތުވެސް ސައްހައެވެ. އަޅުގަނޑުމެންގެ މިއަދުގެ ހާލަތުގައިވެސް ތަފާތު އިލްމުވެރިންގެ ދަރުސްތައް ލިބެމުންދާއިރު […]
ބާކީވެފައިތިބި އަންހެނުންގެ ސުވަރުގެއަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު

ދުނިޔޭގެ ކަންކޮޅުތަކުގައިވާ ގައުމުތަކަށް ބަލާލާއިރު ކޮންމެ ގައުމެއްގެ ރައްޔިތުންގެ ކިބައިގާވެސް ފާހަގަކުރެވޭ ޚާއްސަ ސިފަތަކެއް ހުންނާނެކަން ގަބޫލު ކުރަންޖެހެއެވެ. އެއްބައެއްގެ ސިފަތައް އަނެއްބަޔަކަށް ކަމުދިއުމާ ނުދިއުން އަދި އެއީ މުޅިން އެހެން ކަމެކެވެ. ގައުމެއްގެ ރައްޔިތުންގެ ކިބައިގާ ހުރި އުނިސިފައެއް ނުވަތަ ރަނގަޅު ސިފަތަކެއް އަދި ހަމަ އެފަދައިން އެ ސިފަތައް އެގޮތުގައި ދެމެހެއްޓުމަށާއި ނެތިކޮށްލުމުގައި ވެރިކަމުގެ ފަރާތުން މުހިންމެ ދައުރެއް އަދާކުރެއެވެ. އަޅުގަނޑުމެންގެ މި ލިއުމުގައި ދެ ތިން ގައުމެއްގައި ހުރި ފާހަގަކުރެވޭ ބައެއް […]
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގައި އަރަބި ގައުމުތަކުގެ ނުރުހުން ހަމާސް އަށް

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ބައިނަލް އަގްވާމީ ގޮތުން ކުރެވެމުންދާ މަސައްކަތުން ހާސިލު ކުރެވިދާނެ ނަތީޖާއާއި ގުޅޭގޮތުން ތަޖްރިބާކާރުން ފާޅުކުރަމުންގެންދާ ޚިޔާލުތަކާއި ރައުޔުތަކުން ކުޑަމިންވަރެކެވެ. އެ ބޭފުޅުން ފާޅުކޮށްފައިވާ ވިސްނުންފުޅުތަކަށް ބަލާއިރު އެމެރިކާއާއި އިސްރާއީލުން ދެކޮޅު ހަދަމުންގެންދާއިރު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެން އައުމަށް އަދިވެސް މުހުލަތެއް ނަގާނެއެވެ. އެންމެ ފަހުގެ ޚަބަރު ތަކުން އެނގޭ ގޮތުގައި މީޑިއާގެ މިނިވަންކަން ލިބިފައިވާ މިޒަމާނުގައިވެސް ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ އަނިޔާވެރިކަން ދުނިޔެއަށް ހާމަކޮށްފާނެތީވެ […]
ބުރުކީނާ ފާސޯގެ މިލިޓްރީ ބޭސްއަކަށް ހަމަލާދީ 50 ސިފައިން މަރާލައިފި

ބުރުކީނާފާސޯގެ ހަތިޔާރު އެޅި ޖަމާއަތަކުން އެ ގައުމުގެ އުތުރު ސަރަހައްދުގެ މިލިޓްރީ ބޭސްއަކަށް ހަމަލާދީ 50 ސިފައިން މަރާލައިފި ކަމަށް އެ ސަރަހައްދުގެ ކޮމިއުނިޓީ ލީޑަރުންނާއި ރައްޔިތުންގެ ފަރާތުން މައުލޫމާތު ދީފިއެވެ. ބައުލްސާ ސަރަހައްދުގެ ޑަރްގޯގެ މިލިޓްރީ ބޭސް އަށް ދިން އެ ހަމަލާއަކީ ޖަމާއަތު ނަސްރުލް އިސްލާމް ވަލް މުސްލިމީން އިން ދީފައިވާ ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭކަމަށްވެސް އެސޯޝިއޭޓެޑް ޕްރެސްއަށް ލިބުނު މައުލޫމާތުގައި ބުނެފައި ވެއެވެ. ޖަމާއަތު ނަސްރުލް އިސްލާމް ވަލް މުސްލިމީން […]
ރެޑްސީ ތެރެއަށް ފައްތާލި އެޓަރނިޓީ ސީއިން ރަހީނުކުރި ފަޅުވެރިން ދައްކާލައިފި

މި މަހު ކުރީކޮޅު ހޫތީ މުޖާހިދުން ދިން ހަމަލާގައި ރެޑްސީތެރެއަށް ފައްތާލި ގުރީކުގެ އެމް. ވީ. އެޓަރނިޓީ ސީ އު=ިން ކަނޑަށް ފުންމާލި ފަޅުވެރިންގެ ތެރެއިން ހޫތީ މުޖާހިދުން ސަލާމަތްކުރި 10 ފަޅުވެރިންގެ ވީޑިއޯ އެއް ހޫތީ މުޖާހިދުންގެ ފަރާތުން 28 ޖުލައިގާ މީޑިއާއަށް ހާމަކޮށްފިއެވެ. ހޫތީ މުޖާހިދުން ދައްކަންބޭނުންވަނީ އިސްރާއީލުން ކިތަންމެ ބާރުގަދަ ހަމަލާތަކެއް ޔަމަނަށް ދިން ކަމުގައި ވިޔަސް އެ ޖަމާއަތުގެ ވިސްނުމަށް ބަދަލެއް ނާންނާނެ ކަމެވެ. އެ ވީޑިއޯ އާ ބެހޭގޮތުން […]
ފަލަސްތީނު މިނިވަން ދައުލަތަކަށް ކުރަމުންގެންދާ ދަތުރު

ފަލަސްތީނުގެ މިނިވަންދައުލަތަކަށްޓަކައި އެންމެ ބޮޑަށް ޖިހާދު ކުރަމުން ގެންދަނީ ހަމާސް އިން ކަމާދޭތެރޭ އެއްވެސް މީހަކު ޝައްކު ނުކުރާނެއެވެ. އެކަމަކު މިއަދު ބައިނަލް އަގްވާމީ ދުނިޔެއިން ފެންނަ މަންޒަރު ތަކަށް ބަލާއިރު ހަމާސް އަކީ ފަލަސްތީނުގެ މިނިވަން ދައުލަތަކަށް މެދުވެރިވެފާ އޮތް ހަމައެކަނި ހުރަސް ކަމަށްވެސް މިއޮތީ ވެފައެވެ. ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދުކޮށް ދެކެވޭ ވާހަކަތަކުގައި އެންމެ ބާރުގަދަ ޝަރުތަކަށް ވެފައި މިއޮތީ ހަމާސް އިން އިސްރާއީލާ ދެކޮޅަށް ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި ކުރަމުން […]
ދޮގުހެދުން ނޫން އެހެން ކަމެއްނުކުރާ މީހަކުގެ ބަސް އަހަރެމެން ގަބޫލެއް ނުކުރާނަން: ހޫތީ މުޖާހިދުން

އިސްރާއީލުން އިއްޔެ ޔަމަނުގެ ހުދައިދާ ބަނދަރަށް ވައިގެ މަގުން ހަމަލާދީފިއެވެ. މިއީ މި މަހުގެ ތެރޭގައި އިސްރާއީލުން ދިން ދެވަނަ ހަމަލާއެވެ. އިސްރާއީލުން އީރާނަށް ހަމަލާ ދިން ގޮތަށް ހޫތީންގެ ޔަމަނަށް ހަމަލާދީ ވިރާނާ ކޮށްލާފާނެކަމުގެ ބިރުވެރިކަން އަނެއްކާވެސް އުފެދިއްޖެއެވެ. އިސްރާއީލުން ހޫތީ މުޖާހިދުންގެ ބާރުގެ ދަށުގައި އޮންނަ ޔަމަނަށް ހަމަލާދެމުންގެންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އިއްޔެގެ ހަމަލާތަކަށފަހު އިސްރާއީލުގެ ދިފާއީ ވަޒީރު ކަރްޒު ބުނެފައިވަނީ ޔަމަނަށްވެސް އިރާނަށް ކޮށްލި ވަރު ކޮށްލާނެ ކަމަށެވެ. އޭނާ އިޝާރާތް މިކުރަނީ […]