ައަހަރެމެން މި އަންނަނީއެވެ. ތައްޔާރަށް ތިބޭށެވެ.

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ދާދިފަހުން ޗައިނާއިން ބޭއްވި މިލިޓްރީ ޕެރޭޑެއް ބެލުމަށްފަހު އެމެރިކާގެ 7 ވަނަ އާރމީގެ ކޮމާންޑިންގ ޖެނެރަލް، ލެފްޓިނެންޓް ޖެނެރަލް މާރކް ހާރޓިން ފާޅުކޮށްފައިވާ އޭނާގެ ޚިޔާލުގެ ތަންތަންކޮޅެވެ. ޗައިނާގެ މިލިޓްރީ ޕެރޭޑް ހިނގަމުންދިޔައިރު އަޑުއިވެމުންދިޔަ ކޮމެންޓްރީއަށް ހުޅަނގުގެ ގައުމުތަކުން ވިސްނަމުން ގެންގޮސްފައިވަނީ ސިޔާސީ ނަޒަރަކުން ކަމުގައި ލަފާކުރެވެއެވެ. ރަޝިޔާގެ ރައީސް އާއި އުތުރު ކޮރެއާގެ ލީޑަރާއި އިންޑިއާގެ ބޮޑު ވަޒީރު އަދި ބައެއް ނޭޓޯ ގައުމުގެ ވެރިން ތިއްބެވުން ފާހަގަ ކުރެވިގެން […]

އެއްގަމު މަގުން ޗައިނާއިން ބިނާކުރާ ސުއޭޒް ކެނެލް

ސުއޭޒް ކެނެލަކީ ދުނިޔޭގައި އެއްތަނުން އަނެއްތަނަށް ކަނޑުމަގުން މުދާއުފުލުމުގައި އެންމެ ގިނައިން ހުރަސްކުރަންޖެހޭ ކަނޑުމަގެވެ. މިސަބަބަށްޓަކައި އެއްތަނުން އަނެއްތަނަށް އަދި އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމަށް ބޭނުންކުރާނެ ޚަރަދު ކުޑަ އަވަސް މަގެއް ހުޅުވުމުން އެތަނަށް ސުއޭޒް ކެނަލޭ ބުނަމަކީ މައުޟޫއުން ބޭރުވެވެނީ ކަމަކަށް ނުވާނެއެވެ.                                            ޗައިނާގެ ޑްރޭގަން ޕްލޭން  ޓްރޭޑް ރޫޓްގެ ސަބަބުން އެމެރިކާއާއި އޭޝިއާ އަދި ޔޫރަޕުން މުދާ އުފުލުމަށްޓަކައި ޝިޕިންގ އަށް ހޭދަކުރެވިގެންދާ ވަގުތު ކުޑަކޮށްލެވިގެންދާނެގޮތް ޗައިނާއިން ވަނީ […]

މިހާތަނަށް ރަޝިޔާއިން ޔޫކްރެއިނަށްދިން އެންމެ ބާރުގަދަ ހަމަލާ ކީވަށް

ރަޝިޔާއާއި ޔޫކްރެއިންގެ ހަނަގުރާމަ ތިން އަހަރަށްވުރެން ދިގުލައި ހަތަރު ވަނަ އަހަރެއް ފެށިގެންދާއިރު އެ ހަނގުރާމަ ހުއްޓުވޭނެގޮތެއް ހޯދަން އެމެރިކާއާއި ޔޫރަޕް އަދި ރަޝިޔާއާއި ޔޫކްރެއިނުންވެސް މަސައްކަތްކުރަމުންދާކަމަށް ބުނާއިރު މިއަދާ ހަމަޔަށްވެސް ހަމަ އެއްވެސް ކަމެއް އެއްބަސްވުމަކަށް ނާދެވެއެވެ. ދިވެހިން ބުނާހެން ކޮނުނު ވަރަކުން ފަސްގިނަވުން ނޫން ނަތީޖާއެއް ނުފެނެއެވެ. ރައީސް ޕޫޓިން ވިދާޅުވަމުން ގެންދަވަނީ މިހާރު ރަޝިޔާގެ ބާރުގެ ދަށުގައިހުރި މީގެކުރިން ޔޫކްރެއިނަށް ނިސްބަތްކުރެވޭ ބިންތަކުގެ އިތުރުން އިރުމަތީ ޔޫކްރެއިން އެއްކޮށް ރަޝިޔާއަށް ލިބެން ޖެހޭނެއެވެ. […]

އަނެއްކާވެސް ރެޑްސީގެ ކަނޑުއަޑީގައި އަޅާފައި ހުރި މުވާސަލާތީ ކޭބަލްތައް ބުރިވެއްޖެ

މެދުއިރުމަތީގެ ގައުމުތަކަށާއި އޭޝިއާގެ ބައެއް ގައުމުތަކަށް އާދީއްތަ ދުވަހުންފެށިގެން އިންޓަރނެޓްގެ މުވާސަލާތަށް ބުރޫއަރައިފިއެވެ. ތުހުމަތު ކުރެވޭގޮތުގައި މިއީ ރެޑްސީގެ ކަނޑުއަޑީގައި އަޅާފައިހުރި މުވާސަލާތީ ކޭބަލްތައް ބުރިކޮށްލުމުގެ ސަބަބުން މެދުވެރިވެފައިވާ ހާދިސާއެކެވެ. މީގެ ކުރިންވެސް ރެޑް ސީގެ ކަނޑު އަޑިގައި ހުރި މުވާސަލާތީ ކޭބަލްތައް ބުރިކޮށްލުމުގެ ތުހުމަތު ހޫތީ މުޖާހިދުންގެ ބޮލުގައިވަނީ އަޅުވާފައެވެ. އެހެންނަމަވެސް ހޫތީ މުޖާހިދުން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ. އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލް އާންމުގެ ސަބަބުން ހޫތީ މުޖާހިދުން އިސްރާއީލާ ދެކޮޅަށް ހިންގާ […]

ކިތަންމެ ބާރުގަދަ ވެރިކަމަކަށްވެސް ނިމުން އަންނާނެ

ދުނިޔޭގެ ތާރީޚުން ފެންނަމުންދާ ހަގީގަތަށް ބަލާއިރު ކިތަންމެ ބާރުގަދަ ވެރިކަމަކަށްވެސް ނިމުން އަންނަކަމަށް އިންކާރު ނުކުރެވޭނެއެވެ. ބާރުގަދަ ގައުމުތަކުން ބައެއްފަހަރު ތާރީޚުގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރަމުން ގެންދިޔަނަމަވެސް ވެރިކަން ނިމިގެން ދަނީ އަނގަވަތަށް ވެއްޓުމާއެކުގައެވެ. އިނގިރޭސި ވިލާތުން އިންޑިއާ އަޅުވެތި ކުރަން ބޭނުންވި ވަގުތު ރައްޔިތުންނާއި ގައުމުގެ ވެރިންނާ ދެމެދު އުފެއްދި ފިތުނަ ފަސާދައަކީ މިސާލެއްގެ ގޮތުގައި ފުދޭނެއެވެ. އިންޑިއާއިން ދުވަހަކުވެސް ނުފައިބާގޮތަށް ފައިހަރުކޮށްގެންތިބި ބްރިޓިޝް ރާޖްގެ ތަޚުތު 200 ވަރަކަށް އަހަރު ފަހުން ވެއްޓުމުން ދުނިޔެއަށް […]

ބްރިކްސް ބޭންކުގެ ވައިސް ގަވަރނަރަކަށް އިންޑިއާގެ ރަޖީވް ރަންޖަން

ބްރިކްސްގެ ނިއު ޑިވެލޮޕްމެންޓް ބޭންކުގެ ވައިސް ޕްރެޒިންޓް އަދި ރިސްކް އޮފިސަރގެ މަގާމަށް އިންޑިއާގެ ޑޮކްޓަރ ރަޖީވް ރަންޖަން 5 އަހަރު ދުވަހުގެ މުއްދަތަށް އައްޔަންކޮށްފިއެވެ. މަރުކަޒީ ބޭންކިންގ ދާއިރާގައި 30 އަހަރުގެ ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ރަޖީވް ރަންޖަން ބޭންކިންގ ދާއިރާއާއި ގުޅިވަޑައިގަތީ 1989 ވަނައަހަރު ރިޒާވް ބޭންކް އޮފް އިންޑިއާގައެވެ. އެންމެފަހުން އޭނާ އަދާކުރައްވާފައިވަނީ ރިޒާވް ބޭންކް އޮފް އިންޑިއާގެ މެމްބަރ އޮފް މަނިޓަރީ ޕޮލިސީ ކޮމިޓީގެ ހައިސިއްޔަތުން އެކޮމިޓީގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމުގައެވެ.   […]

ކުއްތާ ގިނަވުން ހައްލުކުރަން އިންޑިއާ ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އާންމުންގެ ނުރުހުން

އިންޑިއާގެ މަގުތަކުގައި ކުއްތާގިނަވުން ހައްލުކުރަން ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކަށް އާންމު ބައެއް ރައްޔިތުންގެ ނުރުހުމާ ކުރިމަތިލާން ޖެހިއްޖެއެވެ. ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ހިތްހަމަނުޖެހުން ފާޅުކުރަން މުމްބާއިގެ ޖޮގާރސް ޕާރކަށް ޖަމާވި ބަޔަކު ވެހެމުންދިޔަ ވާރޭގައި ތެމި ފޯވަމުންދިޔައިރުވެސް އެމީހުންގެ ގޮވުންތައް ހުއްޓާނުލައި ކުރިއަށް ގެންދިޔަކަމަށް ބުނެއެވެ. ކުޑަތައް ހިފައިގެންތިބެ އެމީހުންގެ ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ލިއެފައިވާ ފިލާތަކައި ބެނާތައް ދައްކަމުން ދިޔައެވެ. އެ ކުއްތާތަކަށް ވާހަކަ ދައްކަން ނޭންގުނު ކަމުގައިވިޔަސް އަހަރެމެން މިތިބީ އެ ސޮރުމެންގެ ދިފާއުގައި […]

ޣައްޒާގެ ހަނގުރާމައާ ގުޅިގެން އެންމެފަހުން ޖަރުމަނުންވެސް އިސްރާއީލާއި ދެކޮޅަށް

ދެވަނަ ބޮޑު ހަނގުރާމައިގާ ނާޒީންގެ އަނިޔާވެރިކަން ޔަހޫދީންގެ މައްޗަށް ހައްދުފަހަނަޅާދިޔަ  ޒަމާނަށްފަހު ޖަރުމަނުން ގެންދަނީ އެދުވަސްވަރު ކިލަނބު ވެފައިވާ އެ ގައުމު ނަމަށް ބައިނަލް އަގްވާމީ ރުހުން ހޯދުމަށްޓަކައި އިސްރާއީލާއެކު ވަރަށް ގާތް ގުޅުމެއް ދަމަހައްޓަމުންނެވެ. އެކަމަކު ކޮންމެ ކަމަކަށްވެސް ހުދޫދަކާއި އުސޫލުތަކެއް އޮންނަން ޖެހޭނެކަމަށް ޖަރުމަނުގެ ވެރިންވެސް ގަބޫލު ކުރެއެވެ. ނަތީޖާއަކަށް ވެގެން މިދިޔައީ އިސްރާއީލާއެކު ޖަރުމަނުން ގެންގުޅޭ ގާތް އެކުވެރިކަމުގެ ސިޔާސަތު އެ ގައުމުން އަލުން މުރާޖިއާ ކުރަން ގަސްދުކުރާކަން ހާމަކުރުމެވެ. ޖަރުމަނުގެ ޗާންސެލަރ […]

އީރާނަށް ދިންކަމަށްބުނާ ގެއްލުންތައް ދޮގުކަން ހާމަކުރި އިސް ޖެނެރަލް ގެއަށް

މަޝްހޫރު 12 ދުވަހުގެ ހަނގުރާމައިގާ އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ދިން ހަމަލާތަކުން އީރާނަށް ލިބިދީފައިވާ ކަމަށް އެމެރިކާއިން ބުނާ ގެއްލުންތަކުގެ ހަގީގަތް ހޯދައި ބަލައި ހާމަކުރުމުން ރައީސް ޓްރަމްޕް ކޯފާ އިސްކުރައްވައި އެ ދިރާސާތަކާއި ތަހްގީގުތައްކުރި އޭޖެންސީގެ ވެރިޔާ އެމެރިކާ ސިފައިންގެ އެންމެ އިސް ޖެނެރަލުންގެ ތެރޭގައި ހިމެނޭ ލެފްޓިނެންޓް ޖެނެރަލް ޖެފްރީ ކުރޫސް ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލައިފިއެވެ. ހުކުރުދުވަހު ވަޒީފާއިން ވަކިކުރި ޖެނެރަލް އާ ބެހޭގޮތުން ދިފާއީ ވަޒީރު ހެގްސެތު ވިދާޅުވެފައިވަނީ އެމެރިކާގެ […]

ޔޫކްރެއިނަށް ދެން ކްރައިމިއާއެއް ނުލިބޭނެ އަދި ނޭޓޯގެ މެމްބަރުކަމެއްވެސް ނުލިބޭނެ: ރައީސް ޓްރަމްޕް

ރަޝިޔާއިން ޔޫކްރެއިންއާއި ދެކޮޅަށް ހިންގަމުން ގެންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ ކުރެވެމުންދާ މަޝްވަރާތަކުގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާއި ޔޫރަޕްގެ އެންމެ ބާރުގަދަ 7 ގައުމުގެ ވެރިން ވައިޓް ހައުސްގައި ރައީސް ޓްރަމްޕް އާއި ބައްދަލުކުރަން ހަމަޖެހިފައިވާ މި ދަނޑިވަޅުގައި ކީވް އަށް ދެން ކްރީމިއާ ނުލިބޭނެ ކަމަށާއި އަދި ނޭޓޯގެ މެމްބަރކަންވެސް ނުލިބޭނެކަމަށް ރައީސް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ. ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯރމްގައި އެމަނިކުފާނު ލިއުއްވާފައި ވެއެވެ. ”ރައީސް ޒެލެންސްކީ ބޭނުންފުޅުނަމަ ހަމަ މިހާރުވެސް […]