ހަފްތާއަކު 4 ދުވަހު މަސައްކަތްކުރުމުން އުފެއްދުންތެރިކަން އިތުރުވޭ: ދިރާސާ

ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މާބޮޑެތި އަސަރުތަކެއް ކޮށްފައިނުވާ ކުންފުނިތަކުން އެކުންފުނިތަކުގެ މުވައްޒަފުން ހަފްތާގެ 5 ދުވަހު ވަޒީފާއަށް ނެރުމުގެ ބަދަލުގައި ހަފްތާގެ 4 ދުވަހު ނެރޭގޮތަށް ބަދަލުކޮށްފިނަމަ ކުންފުންޏަށާއި، މުވައްޒަފުންނަށްވެސް އޭގެ ހެޔޮ އަސަރުކުރާނެކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއަކީ ހަފްތާގެ 4 ދުވަހު މުވައްޒަފުން ވަޒީފާއަށް ނެރެގެން މަސައްކަތްކުރުވާ އެމެރިކާ، ކެނެޑާ، ޔުނައިޓެޑް ކިންގްޑަމް އަދި އަޔަރލެންގެ ކުންފުނިތަކެއް ހިމެނޭގޮތަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން، މި ދިރާސާ ހިންގި ހިލޭ […]
ބައިޑަން އަށް 43 އިންސައްތަ ތާއީދު، ޓްރަމްޕަށްވެސް 43 އިންސައްތަ ތާއީދު!

2024 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މިހާރުގެ ރައީސް ޖޯ ބައިޑަންއަށް އޮތް ތާޢީދު މިންކުރުމަށްޓަކައި ޓައިމްސްއިން ހުޅުވާލި ފުރަތަމަ ޕޯލްތަކުން ނުކުތީ ހޫނު ނަތީޖާތަކެކެވެ. އެގޮތުން، ވޯޓުލާން ރަޖިސްޓްރީ ވެފައި ތިބި މީހުންގެ 43 އިންސައްތަ މީހުން ވޯޓު ދޭނީ ބައިޑަންއަށްކަމަށް ބުނެފައިވާއިރު، ޓްރަމްޕަށް ވޯޓު ދޭނެކަމަށްވެސް 43 އިންސައްތަ މީހުން ވަނީ ބުނެފައެވެ. އަދި ވޯޓުލާން ރަޖިސްޓްރީވެފައިވާ މީހުންގެ ބާކީ 14 އިންސައްތަ މީހުންވަނީ […]
އަޅުގަނޑުގެ ކުށެއް ނޫން އިސްތިއުނާފް ލަސްވުމަކީ – ޔާމީން

ސްޕްރީމް ކޯޓްގައި މިއަދު އަޑުއަހަމުންދާ މައްސަލައިގާ ރައީސް ޔާމީނު ވިދާޅުވީ ސާބިތު ދަރަނީގެ މައްސަލަ ވަނީ އިސްތިޢުނާފ ްކޮށްފައި ކަމަށާއި އެ މައްސަލަ ލަސްވުމަކީ އެމަނިކުފާނުގެ ކުށެއް ނޫން ކަމަށް ބެެއްލެވުމަށެވެ. 11 އަހަރަށް ޖަލަށްލާންށާއި 5 މިލިޔަން ޑޮލަރުން ދެއްކުމަށް ހުކުމް ކުރެވިފައި ވާއިރު އެ ޙުކުމާއެކުގައި ބުނާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކަންވައިފާ ނުވާކަމަށް ބުނެ އީ.ސީގެ ވަކީލު ކުރެއްވު ސުވާލަަށް ޖަވާބުދާރިވެ ޔާމީން ވިދާޅުވިއެވެ. އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި […]
ޕާކިސްތާނުގެ ދިފާއީ ވަޒީރުގެ ހަވަރު ތުންފުހިން އުފެދުނު ރުޅިވެރިކަން

ކިތަންމެ މަތީ މަގާމެއްގައި ހުއްޓަސް އަދި އެ މީހަކު ވާހަކަ ދައްކަވަން ހުރި ވެށީގެ ސަބަބުން ކޮންމެ ވާހައެއް ދެއްކިއަސް ކުށްވެރި ނުވާނެކަން އެނގޭތީ ބައެއްމީހުންގެ ދޫ ތަންމިނަށް ނިކުންނަ ފަހަރު އާދެއެވެ. ދިވެހީންގެ ރާއްޖޭންވެސް މިފަދަ މަންޒަރުތައް މާގިނައިން ފެންނަމުންދެއެވެ. ޚާއްސަކޮށް ރައްޔިޔުންގެ މަޖިލީސް ތެރޭންނެވެ. އަދި މިނޫނަސް ސިޔާސީގޮތުން ތިމާއަށް ލިބިފައިއޮންނަ ޚާއްސަ އިމްތިޔާޒެއްގެ ބޭނުން ކޮށްގެންވެސް ގޮތެއްފޮތެއް ނެތި ވާހަކަ ދައްކަމުންދާތަން ފެނެއެވެ. އަދި ބައެއްފަހަރު އެއީ އެންމެން ދަންނަ ދިވެހި ބަހުން ދެއްކި ވާހަކައެއްނަމަވެސް ތަރުޖަމާ ކޮށްދީގެން މަގްސަދު ބަދަލު ކުރަމުންވެސް ގެންދެއެވެ. ދިވެހީންގެ ތެރޭގައި […]
ތޭރަވަނަ ގަރުނުގެ މުސްޙަފެއް ސްޕެއިންއިން ފެނިއްޖެ

މުޙައްމަދު އަލް-ޔައްޔަރްއަކީ ފަލަކީ ޢިލްމާއި، ހިސާބު އަދި ޅެންވެރިކަމުގެ ދަންނަބޭކަލެކެވެ. އަދި އޭނާއަކީ މުޖްތަހިދެއްގެ އިތުރުން އޭނާގެ ޒަމާނުގެ ވާހަކަތަކާއި، މީހުން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ޚަބަރު ހޯދައި އެކަންކަމަށް ޝައުގުވެރިކަމެއް ގެންގުޅުނު ޢިލްމުވެރިއެކެވެ. ”މުޅި ދުނިޔޭގައިވެސް ދުވަހަކު ނުހިނގާކަމެއް/ އަންދަލުސްގައި ހިނގައިފިއެވެ.“ އޭނާގެ ޅެމެއްގައި ލިޔެފައިވެއެވެ. އަލް-ޔައްޔަރް ސެވިލްގައި ބަންދުވެ ހުންނެވިއިރު އެ ސަހަރުގެ ގަވަރުނަރަށް ފޮތްތައް ނަކަލު ކޮށްދެއްވިއެވެ. އަދި ބަންދުން ސަލާމަތްވުމުން ”އަލްފާޤީ“ ނުވަތަ ޤާނޫނީ މާހިރެއްގެ މަގާމު އޭނާއަށް ލިބިވަޑައިގަތުމުގެ އިތުރުން، އަކޫޓާ […]
ކަރުބަލާ ހަނގުރާމަ ހިނގައިދިޔަ ދުވަސް ތުރުކީގައި ފާހަގަކޮށްފި

އިސްލާމީ ތާރީޚުގެ ހިތްދަތި ހާދިސާއެއް ކަމުގައިވާ ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން ޝަހީދުކޮށްލެވުނު ކަރުބަލާ ހަނގުރާމަ ތުރުކީގެ ޝީޢާއީންނާއި ސުންނީ މުސްލިމުން ފާހަގަކޮށްފިއެވެ. އެގޮތުން ހުކުރު ދުވަހުގެ ހެނދުނު ތުރުކީގެ މަގުތަކުގައި ޕެރޭޑުތަކާއި، ފޮނިކާތަކެތި ބެހުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މުޙައްރަމް މަހުގެ 10 ވަނަ ދުވަސްކަމުގައިވާ އާޝޫރާ ދުވަހަކީ އިރާޤުގެ ވެރިކަންކުރާ މިހާރުގެ ބަޣްދާދާއި 113 ކިލޯމީޓަރު (70 މޭލު) ބޭރުން އޮންނަ ކަރުބަލާގެ ހަނަފަސް ސަހަރާގައި ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން ހުސައިންގެފާނު […]
ސައާދަތު ހިމާޔަތްކުރުމަށްޓަކައި ދިވެހީން ކުށާއި ކޮރަޕްޝަނުގެ އަމަލުތަކާމެދު ހަރުކަށިވުމަށް މުޢާދް ލަފާދެއްވައިފި

ގައުމެއްގެ އިޤްތިޞާދީ ސައާދަތާއި (prosperity) ފާގަތިކަން ހިމާޔަތްކުރުމަށްޓަކައި ކުށްކުރުމާއި ކޮރަޕްޝަނުގެ އަމަލުތަކާމެދު ހަރުކަށިވުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބުގައި ގައުމީ މަސްލަހަތު އިސްކުރުމަށް ބައިނަލްއަޤްވާމީ ގުޅުންތަކާއި، އިޤްތިޞާދާބެހޭ މާހިރެއްކަމަށްވާ މުޢާދް މުޙައްމަދު ޒަކީ ލަފާދެއްވައިފިއެވެ. ޤާނޫނު ތަންފީޒުކުރުމުގައި ސިންގަޕޫރުން ޚިޔާރުކުރި އައު އުކުޅުގެ ކާމިޔާބީން ފިލާވަޅު ނެގުމަށް މުޢާދް ވަނީ ދިވެހީންނަށް ހިތްވަރުދީފައެވެ. މުޢާދް ވިދާޅުވީ، ކުށުގެ ވެއްޓާ ދެކޮޅަށް ސާބިތުވެ ތިބޭ މުޖުތަމަޢުތަކުގައި ދިރިއުޅޭ އާއިލާތަކަކީ ރައްކާތެރިކަމުގެ އިޙުސާސްކުރެވޭ އާއިލާތައް ކަމުގައިވާއިރު، […]
ހޫނު ގަދަވަމުންދިޔުމާއެކު މެކްސިކޯގެ ވާރޭ އިތުރުކުރުމުގެ މަޝްރޫޢު ކުރިއަށް ޖައްސާލައިފި

ރެކޯޑް މިންވަރަކަށް ހޫނުގަދަވެ ފެންލިބުން ދަތިވުމާއެކު، މެކްސިކޯގެ ސަރުކާރުން ކުރިއަށްގެންދާ ވާރޭ ވިލާ އިތުރުކުރުމުގެ މަޝްރޫއުގެ ފަހު ފިޔަވަހީގެ މަސައްކަތް ކުރިއަށް ޖައްސާލައިފިއެވެ. ޖުލައިމަހުގައި މަސައްކަތް ފެށި މި މަޝްރޫޢުގެ ތެރެއިން، ވިލާތަކުގެ ތެރެއަށް މަތިންދުއްވާ ބޯޓުތަށް ފޮނުވައި، ސޯޑިއަމް އަޔޮޑައިޑްގެ މާއްދާތައް އެ ވިލާތަކުގެ ތެރެއަށް ފޮނުވާލައެވެ. ދިރާސާވެރިންގެ އިލްމީ ހަމައިން ދެކޭގޮތުގައި މިގޮތަށް ސޯޑިއަމް އަޔޮޑައިޑް ޖައްވުތެރެއަށް ފޮނުވުމުން ފެން ތިކިތައް އެވިލާތަކުގައި އިތުރުވެ، ވާރޭ ނުވަތަ ފިނި ފައިބާ މިންވަރު އިތުރު ކޮށްދޭނެއެވެ. […]
މައިކްރޮސޮފްޓްގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ އޮސްޓްރޭލިއާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި

އެމެރިކާގެ ޓެކް ކުންފުންޏެއްކަމަށްވާ މައިކްރޮސޮފްޓުން އެކުންފުނީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މިއަހަރު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާއިރު، މައިކްރޮސޮފްޓްގެ އޮސްޓްރޭލިއާގައި ހުންނަ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 200 އެއްހައި މުވައްޒަފުން މިއަހަރު ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. ޚާއްސަ މަސްދަރަކާ ހަވާލާދީ އޮސްޓްރޭލިއަން ފައިނޭޝަލް ރިވިއުގައި ލިޔެފައިވަނީ އެންމެ ފަހު ވަކިކުރި ބުރުގައިވެސް 50 އެއްހައި މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އެހެންނަމަވެސް، މައިކްރޮސޮފްޓުން މިކަމާ ގުޅިގެން ވަކި އެއްޗެއް ބުނުމަށް ދެކޮޅު ހަދާފައިވުމުން މި އަދަދު ކަށަވަރު […]
ޗައިނާގެ ޚާރިޖީ ވަޒީރުކަމުން ޗިން ވަކިކޮށްފި

ޗައިނާގެ ޚާރިޖީ ވަޒީރުގެ މަގާމުން މިނިސްޓަރު ޗިން ގަންގް އަންގާރަ ދުވަހު ވަކިކުރުމަށްފަހު އެމަގާމު ކުރިން އަދާކުރެއްވި ވޭންގް ޔީ އައްޔަނުކޮށްފިއެވެ. ޗައިނާގެ ގައުމީ ޓީވީއިން ބުނެފައިވާ ގޮތުގައި ޗިން މަގާމުން ވަކިކޮށްފައިވަނީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްމަސްދުވަހު މެދުނުކެނޑި އުޒުރުވެރިވުމުންނެވެ. އުމުރުން 57 އަހަރުގެ ޗިން، ޚާރިޖީ ވުޒާރާއާއި ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރެއްގެ މަގާމުގައެވެ. އެހެންނަމަވެސް، ނިމިދިޔަ ޖޫން މަހުގެ […]