ބައިޑަން އަށް 43 އިންސައްތަ ތާއީދު، ޓްރަމްޕަށްވެސް 43 އިންސައްތަ ތާއީދު!

Loading

Facebook
Twitter
WhatsApp

2024 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މިހާރުގެ ރައީސް ޖޯ ބައިޑަންއަށް އޮތް ތާޢީދު މިންކުރުމަށްޓަކައި ޓައިމްސްއިން ހުޅުވާލި ފުރަތަމަ ޕޯލްތަކުން ނުކުތީ ހޫނު ނަތީޖާތަކެކެވެ.

އެގޮތުން، ވޯޓުލާން ރަޖިސްޓްރީ ވެފައި ތިބި މީހުންގެ 43 އިންސައްތަ މީހުން ވޯޓު ދޭނީ ބައިޑަންއަށްކަމަށް ބުނެފައިވާއިރު، ޓްރަމްޕަށް ވޯޓު ދޭނެކަމަށްވެސް 43 އިންސައްތަ މީހުން ވަނީ ބުނެފައެވެ. އަދި ވޯޓުލާން ރަޖިސްޓްރީވެފައިވާ މީހުންގެ ބާކީ 14 އިންސައްތަ މީހުންވަނީ ވަކި ކެނޑިޑޭޓެއް ޚިޔާރުކުރުމަށް ދެކޮޅު ހަދާފައެވެ.

ބައެއް ފަރާތްތަކުން އަންނަ އަހަރުގެ އިންތިޚާބުގައި ވޯޓު ނުލާނެކަމަށް ބުނެފައިވާއިރު، އެހެން ފަރާތްތަކުން ބުނީ ތާއީދުކުރާނީ ތިންވަނަ ކެނޑިޑޭޓެއް ނެރުމުން އެފަރާތަށް ކަމަށެވެ. އަދި ޕޯލަށް ވަކި ޖަވާބެއް ދިނުމަށް އިންކާރުކޮށްފައިވާ ފަރާތްތައްވެސް ތިއްބެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް