ތޭރަވަނަ ގަރުނުގެ މުސްޙަފެއް ސްޕެއިންއިން ފެނިއްޖެ

Loading

Facebook
Twitter
WhatsApp
Spain scroll
Spain scroll

މުޙައްމަދު އަލް-ޔައްޔަރްއަކީ ފަލަކީ ޢިލްމާއި، ހިސާބު އަދި ޅެންވެރިކަމުގެ ދަންނަބޭކަލެކެވެ. އަދި އޭނާއަކީ މުޖްތަހިދެއްގެ އިތުރުން އޭނާގެ ޒަމާނުގެ ވާހަކަތަކާއި، މީހުން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ޚަބަރު ހޯދައި އެކަންކަމަށް ޝައުގުވެރިކަމެއް ގެންގުޅުނު ޢިލްމުވެރިއެކެވެ. ”މުޅި ދުނިޔޭގައިވެސް ދުވަހަކު ނުހިނގާކަމެއް/ އަންދަލުސްގައި ހިނގައިފިއެވެ.“ އޭނާގެ ޅެމެއްގައި ލިޔެފައިވެއެވެ. އަލް-ޔައްޔަރް ސެވިލްގައި ބަންދުވެ ހުންނެވިއިރު އެ ސަހަރުގެ ގަވަރުނަރަށް ފޮތްތައް ނަކަލު ކޮށްދެއްވިއެވެ. އަދި ބަންދުން ސަލާމަތްވުމުން ”އަލްފާޤީ“ ނުވަތަ ޤާނޫނީ މާހިރެއްގެ މަގާމު އޭނާއަށް ލިބިވަޑައިގަތުމުގެ އިތުރުން، އަކޫޓާ މިސްކިތް ނުވަތަ މިހާރުގެ ނަމުންނަމަ ކިއުޓާގެ އިމާމްކަންވެސް އޭނާއަށް ލިބިވަޑައިގަތެވެ.

600 މީހުންގެ އާބާދީއެއް މިހާރު އޮންނަ މަލާގާ ޕްރޮވިންސްގެ މި އަގްޒާކުއާ އަވަށަކީ އޭރު ހަމަ އެ ބޮޑުމިނުގެ ރަށްފުށު ހުއިހައްޕައި އުޅުނު ސަރަހައްދެކެވެ.

އަލް-ޔައްޔަރް އެ އަވަށަށް ވަޑައިގަތީ 9 އޮގަސްޓް، 1490 ގައެވެ. އޭރު ލިޔަން ގެންގުޅޭ ކަރުދާސް، ”ޕެޕައިރަސް“ގައި އޭނާ ގެންދެވީ އަމިއްލަ ދުވަހުނާމާ ލިޔުއްވަމުންނެވެ. މިލިޔުންތަކުގެ ތެރޭގައި ނަސަބުނާމާތަކާއި، ވަރީގެ އަޑުއެހުންތަކާއި، ނަފްސީ ފިކުރުތަކާއި ޚިޔާލުތަކުގެ އިތުރުން، 1492 ވަނަ އަހަރު ގްރަނާޑާ ފަތަޙަކުރުމުގެ ވާހަކަތަކާއި، އެއަށްފަހު މަލާގާއަށް އެރި ބިންހެލުމުގެ ވާހަކަތައްވެސް ލިޔެފައިވެއެވެ.

1500 ގެ އަހަރުތަކުގައި ނަޞާރާދީނަށް ވަނުމަށް ނުވަތަ އަމިއްލަ ރަށް ދޫކޮށްދިޔުމަށް އޭނާއަށް މަޖުބޫރުކުރުމުން، އަލް-ޔައްޔަރްވަނީ އޭނާގެ ރަށް ދޫކޮށް ވަޑައިގެންފައެވެ. އަދި އަނބުރާ އައުމުގެ އުންމީދުގައި އޭނާ ގޮސްފައިވަނީ ގޭގެ ފާރުތެރޭގައި ތިން ފޮތެއް ފޮރުވާފައެވެ. އެއީ އޭނާ އަމިއްލައަށް ލިޔުނު ދެ ފޮތަކާއި، 12 ނުވަތަ 13 ވަނަ ޤަރުނުގެ ޤުރްޢާން މުޞްޙަފެކެވެ. އެފޮތްތަށް ފެނިފައިވަނީ އެގޭގެ މަރާމާތުތަކެއް ކުރުމުގެ ތެރެއިން އެތަނުގައި މަސައްކަތްކުރި ބަޔަކަށެވެ.

500 އަހަރުވާންދެން ރައްކާކޮށްފައި ހުރި މިފޮތްތައް ހޯދާފައިވަނީ ޖޫން 28، 2003 ގައެވެ.

”އެއީ ވަރަށް ހައިރާންކުރުވަނިވި ހޯދުމެއް. އެކަކުވެސް ހިއެއް ނުކުރޭ މިފަދަ އެއްޗެއް ފެންނާނެކަމަކަށް.“ މި ފޮތްތައް ފެނުނުތާ 20 އަހަރު ފުރުނު ދުވަހު، މިހާރު އެ ގޭގެ ވެރި ފަރާތްކަމުގައިވާ މެގްޑަލީނާ ސޭންޓިއާގޯ ބުނެފައިވެއެވެ. އެ ގެއަކީ ހަލާކުވެ ވީރާނާވެފައި ހުރި ގެއެއްކަމަށާއި، ފޮތްތަށް ފެނިފައިވަނީ މި އަންދަލުސް ޒަމާނުގެ ގޭގެ އަސްލު ފާރުތަކުގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިންކަމަށް އޭނާ ކިޔައިދިނެވެ.

އެޒަމާނަށް ނިސްބަތްވާ ކިތަންމެ ފޮތެއް އެތައް ޤަރުނުތަކަކަށްފަހު މިފަދައިން ސްޕެއިންގައި ހުރި އޭރުގެ ގޭގޭގެ ފާރުތަކުގެ ތެރެއިން ހޯދާފައިވާއިރު މި ޤުރުޢާން މުސްޙަފަކީ މިހާތަނަށް ސްޕެއިންއިން ހޯދި އެންމެ ދުވަސްވީ ދެ ޚަތިމްގެ ތެރއިން އެއް ޚަތިމެވެ

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް