ސައުދީގައި ތިބި އަރަބި ބަސް ނުދަންނަ ފަރާތްތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފުކޮށްފި

ސައުދީ އަރަބިއާގައި ކޯޓު މަރުޙަލާތަކާއި ކުރިމަތިލާ އަރަބި ބަސް ނުދަންނަ ފަރާތްތަކަށް ޚާއްސަ ޚިދުމަތެއް ތައާރަފުކޮށް އެގައުމުގެ މިނިސްޓަރީ އޮފް ޖަސްޓިސްއިން އެކަން އިއުލާނުކޮށްފިއެވެ. މިގޮތުން، ޖަސްޓިސް މިނިސްޓްރީއިން ތައާރަފުކޮށްފައިވަނީ ޔުނިފައިޑް ޓްރާންސްލޭޝަން ސެންޓަރުގެ އޮންލައިން ވިއުގަ، ”ނަޖިޒް.އެސްއޭ“ މެދުވެރިކޮށް ތަރުޖަމާނަކަށް އެދުމުގެ ޚިދުމަތެވެ. މި ޚިދުމަތް ތައާރަފު ކުރުމުގެ އަމާޒަކީ މާދަރީ ބަހުގެ ގޮތުގައި އަރަބި ބަސް ނުވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ މިނިސްޓްރީއިން ބުނެފައިވާއިރު، ޚިދުމަތަށް އެދުމަށް ކުރަންޖެހޭ ކަންކަން ވެސް […]
ސަރުކާރުތަކުން ބުނިގޮތަށް ކޯވިޑް ވެކްސިނުން ކޯވިޑް ޖައްސާ ވައިރަސް ފެތުރުން ހުއްޓުވާފައެއް ނުވޭ!

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ޖެހި ވެކްސިނުން ހަގީގަތުގައިވެސް އެބަލި ފެތުރުން ހުއްޓުވޭތޯ ބެލުމަށް އެއްވެސް ތަހުލީލެއް އަދި ދިރާސާއެއް ކުރެވިފައިނުވާކަމަށް ވެކްސިން އުފެއްދި ފަރާތްތަކުން ބުނެފިއެވެ. ވެކްސިން އުފެއްދި ކުންފުނިތަކުން މިހެން ބުނެފައިވާއިރު، މިއީ ދުނިޔޭގެ ގިނަ ސަރުކާރުތަކާއި، ސިއްހީ މާހިރުން އާންމުންނަށް ދިން މައުލޫމާތާ ސީދާ އިދިކޮޅު ވާހަކަތަކެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން ކޯވިޑް އާލަމީ ވަބާގެ ބޭނުން ހިފައި، ލޮކްޑައުންތައް އިއުލާނުކޮށް، މަގުމައްޗަށް ނުކުމެ، ދަރީންނާއި އެކު ބޭރުގައި، ޕާކުތަކާއި، އަތިރިމަތީގައި، ވަގުތު […]
ހަމަ ކޮންމެ މީހަކަށް އިސްލާމީ މި ދިވެހިރާއްޖޭގެ ވެރިކަމެއް ނުކުރެވޭނެ

އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތީން ހަމަ ކޮންމެ މީހަކަށް ދިވެހިރާއްޖޭގެ ވެރިކަން ނުކުރެވޭނެކަން މާޒީގައި ވަރަށް ރަނގަޅަށް މިވަނީ އެނގިފައެވެ. ހަމަ ކޮންމެ ކޮންމެ މީހަކީ ވެރިކަމުގެ ޝައުގުވެރިކަން ހުރިނަމަވެސް އިސްލާމީ ގައުމެއްގެ ވަލިއްޔުލް އަމްރުކަން ކުރެވޭނެފަދަ މީހަކަށް ނުވާނެއެވެ. ނަމަވެސް މިއަދު މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެރިކަންކުރަން ޝައުގުވެރިވާ ގިނަފަރާތް ތަކެއް ފެންނަމުންދާ ކަމީ އުފާކުރަން ޖެހޭ ކަމެކެވެ. ތަންކޮޅެއް ކުރީގެ ދުވަސްވަރެއްގައި ވަކިމީހަކު ނެތިއްނަމަ ރާއްޖޭގެ ވެރިކަން ނުކުރެވޭނެ ކަމަށް ގަބޫލްކުރި ދުވަސްވަރެއް ވެސް މާޒީވެހިގައްޖެއެވ. ނަމަވެސް މިއަދު އެވިސްނުމާއި ފިކުރު މިވަނީ ބަދަލުވެފައެވެ. އެތަކެއް ބަޔަކު މިދަނީ ވެރިކަން ކުރުމަށް ފޫގަޅައި ވެރިކަން […]
މައި ކެނޑިޑޭޓެއް ޤަތުލުކުރި އިންތިޚާބުގެ ވޯޓުލުން އިކުއެޑޯރގައި މިއަދު ބާއްވައިފި

ރިޔާސީ އިންތިޚާބުގައި ވާދަކުރި މައި ކެނޑިޑޭޓެއް ޤަތުލުވެގެން ދިޔުމާއެކު ކެމްޕެއިނުގެ މަސްރަޙަށް އައި މާޔޫސްކަމަށްފަހު އިކުއެޑޯރގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ބާއްވައިފިއެވެ. މަސްތުވާތަކެތީގެ ވަގު ވިޔަފާރީގެ އަވައިގައި ޖެހި ގައުމު ހަލަބޮލިވެ ދާޚިލީ ހާލަތު ގޯސްވެފައިވާ އިކުއެޑޯރއަކީ މީގެކުރިން ސުލްޙަވެރި އަމާން ތަނެއްގެ ގޮތުގައި ފާހަގަކުރެވުނު ގައުމެކެވެ. ރިޔާސީ ރޭހުގައި ބައިވެރިވި އަށް ކެނޑިޑޭޓުން ބުލެޓްޕްރޫފް ވެސްޓުގައި ކެމްޕެއިނުކޮށް ނިންމާލި މި އިންތިޚާބުގެ ސުލްޙަވެރިކަން ދެމެހެއްޓުމަށްޓަކައި ނެރެފައިވަނީ ސިފައިންނެވެ. އަދި ދެކުނު އެފްރިކާގެ މި ކުޑަ […]
ސައުދީ އަރަބިއާގައި 2022 ވަނަ އަހަރު 350،000 ވަރި

2022 ވަނަ އަހަރު ސައުދީ އަރަބިއާގައި ރިކޯޑުކުރެވުނު ވަރީގެ އަދަދު 350،000 އަށް އަރާފައިވާކަމަށް އެގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސްޓެޓިސްޓިކްސް އިން ޝާއިއުކޮށް ނެރުނު 2022 ވަނަ އަހަރުގެ ”ސައުދީ ވިމެންސް ރިޕޯޓު“ ން ހާމަވެއްޖެއެވެ. އެ ރިޕޯޓުގައި ލިޔެފައިވާގޮތުގައި، އެންމެ ގިނަ ވަރި ރިކޯޑުކުރެވިފައިވަނީ 30 އަހަރާއި 34 އަހަރާއި ދެމެދުގެ އުމުރުފުރާގެ ބައިވެރިންގެ މެދުގައެވެ. އަދި މި އުމުރުގެ 54،000 އަންހެނުން ވަރިވެފައިވެއެވެ. އެހެންނަމަވެސް، ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް ގެ […]
ފިޑެލް ކާސްޓްރޯއަކީ ކާކުކަން އެނގޭ ހެއްޔެވެ؟

ކިއުބާގެ މަޝްހޫރު އިންގިލާބީ އަދި ސިޔާސީ ލީޑަރެއްކަމަށްވާ ފިޑެލް ކާސްޓްރޯ އުފަންވީ 1926 ވަނަ އަހަރުގެ މި ހަފްތާތެރޭގައެވެ. އޭނާ އިސްވެހުރެ ޗޭ ގުއެވާރާ ފަދަ އެހެން އިންގިލާބީ ލީޑަރުންނާއެކު ގެރިއްލާ ކެމްޕޭނެއް ހިންގާ އޭރު އެމެރިކާގެ ތާއީދު ހޯދައިގެން ހުރި ހުދުމުޚުތާރު ވެރިޔާ، ފުލްގެންސިއޯ ބަޓިސްޓާގެ ވެރިކަން ވައްޓާލިއެވެ. އަދި ކިއުބާގެ އިންގިލާބުގެ ކުރިން، އެމެރިކާގެ ބާރުގެ ދަށުގައި ކިއުބާގެ މައިންތަކުގެ 90 އިންސައްތަ އޮތްއިރު، އާންމު ޚިދުމަތްތަކުގެ 80 އިންސައްތައާއި، ރެއިލްވޭތަކުގެ 50 އިންސައްތަ، […]
އިންފްލޭޝަން މަތިވެ ޑަޗް އިޤްތިޞާދު ރިސެޝަނަށް!

އިންފްލޭޝަން މަތިވުމުގެ ސަބަބުން އިޤްތިޞާދު ދަށްވެ ޑަޗް އިޤްތިޞާދު ރިސެޝަނަކަށް ވެއްޓިއްޖެއެވެ. ސްޓެޓިސްޓިކްސް ނެދަލެންޑްސްގައި ބުދަ ދުވަހު ޝާއިއުކުރި އަންދާޒީ ރިޕޯޓަކުން ދެއްކި ގޮތުގައި، އަހަރުގެ ދެވަނަ ކުއާޓަރަށް ބަލާއިރު ޑަޗް އިޤްތިޞާދު ވަނީ ކޮންމެ ކުއާޓަރަކު 0.3 އިންސައްތައިގެ ވެއްޓުމެއް ވެއްޓިފައެވެ. އަދި އެގައުމުން މިހާރު ރިސެޝަނަކަށް ވެއްޓިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ޔޫރޯ ފައިސާ ބޭނުންކުރާ ސަރަހައްދުގެ ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އޮންނަ ނެދަރލެންޑްސްގެ އިޤްތިޞާދު ވިދިވިދިގެން ދެ ކުއާޓަރުގައި ދަށަށް ގޮސްފައިމިވަނީ، އަހަރުގެ ފުރަތަމަ […]
ޔޫކްރޭނުގައި ކޮރަޕްޝަނުގެ މައްސަލައެއްގައި ސިފައިންގެ ވަޒީފާއާއިބެހޭ މަރުކަޒުތަކުގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި

ކޮރަޕްޝަނުގެ ބޮޑު މައްސަލައަކާއި ގުޅިގެން ޔޫކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ސިފައިންގެ ސަރަހައްދީ ވަޒީފާއާއި ބެހޭ މަރުކަޒުތަކާއި ހަވާލުވެ ތިބި މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފިއެވެ. މިއަހަރުގެ ކުރީކޮޅުގައި އަސްކަރީ ބޭނުމަށް ހޯދާ ތަކެތީގެ ކޮރަޕްޝަނުގެ އެހެން މައްސަލައެއްގައި ޒެލެންސްކީވަނީ އެކަމާއި ހަވާލުވެ ތިބި މުވައްޒަފުންތަކެއްވެސް ވަޒީފާއިން ވަކިކޮށްފައެވެ. އަދި އެކަމާ ގުޅިގެން ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވި ޚަބަރު މީޑިއާގައި ފެތުރުމުން އެގައުމުގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު ވިޗެސްލާވް ޝަޕޮވާލޮވް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. މުވައްޒަފުންތަކެއް ވަޒީފާއިން […]
ސެޕްޓެމްބަރު މަހުގެ އިންތިޚާބު: ”ކިންގްމޭކަރ“ ވިސްނުމުގެ ނުރައްކާތެރިކަން

ކޯލިޝަން ސަރުކާރުތަކުން ދައުލަތުގެ ޒިންމާތަކާއި ހަވާލުވާ ހިސާބުން ވަޒީރުންގެ މަގާމުތަކާއި ސަރުކާރުން ހިންގާ އެކި އެކި ވުޒާރާތަކުގެ ބޮޑެތި މަގާމުތައް ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ބަހައިލާ ތަން 2008 ވަނަ އަހަރުގެ އިންތިޚާބަށްފަހު އައި ކޮންމެ ސަރުކާރަކުން ވެސް ވާނީ ފެނިފައެވެ. އިންތިޚާބުގެ ކުރީންނާއި ފަހުން ވެސް އެއް ޕާޓީއަށްވުރެ އަނެއް ޕާޓީ މޮޅުކަމާއި، އެމީހުންގެ ހައިބަތު އަނެއް ޕާޓީއަށްވުރެ މަތިކަން ދެއްކުމަށް މެދުނުކެނޑި މަސައްކަތްކުރެއެވެ. މިސާލަކަށް، އިސްލާމިކް މިނިސްޓްރީއިން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ކަމެއް […]
ޑރ.ފައުޗީގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ލަފާދީފި

ހުވާމަތީގައި ހުރެ ކޯވިޑް-19 އާލާވެގެން އައިގޮތާއި މެދު ކޯޓުގައި ދޮގު ހެދިކަމަށް ބުނެ، ޑރ. އެންތަނީ ފައުޗީގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ވޮޝިންގްޓަން ޑީސީގެ އެންމެ ފެންވަރު ރަނގަޅު ޕްރޮސެކިއުޓަރ ގާތަށް ފޮނުވުމަށް ރިޕަބްލިކަން ޕާޓީގެ ސެނެޓަރު، ރޭންޑް ޕޯލް ލަފާދީފިއެވެ. ”އެންއައިއެޗް އިން މިހާރުވެސް އަދި މީގެކުރިން ދުވަހަކުވެސް ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ”ގެއިން އޮފް ފަންކްޝަން“ ދިރާސާ ފަންޑުކޮށްފައި ނުވާނެ“ ކަމަށް ޑރ. ފައުޗީ ވަނީ ހެކިބަސް ދީފައެވެ. އެކަމާއި […]