ސަރުކާރުތަކުން ބުނިގޮތަށް ކޯވިޑް ވެކްސިނުން ކޯވިޑް ޖައްސާ ވައިރަސް ފެތުރުން ހުއްޓުވާފައެއް ނުވޭ!

Loading

Facebook
Twitter
WhatsApp

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ޖެހި ވެކްސިނުން ހަގީގަތުގައިވެސް އެބަލި ފެތުރުން ހުއްޓުވޭތޯ ބެލުމަށް އެއްވެސް ތަހުލީލެއް އަދި ދިރާސާއެއް ކުރެވިފައިނުވާކަމަށް ވެކްސިން އުފެއްދި ފަރާތްތަކުން ބުނެފިއެވެ. ވެކްސިން އުފެއްދި ކުންފުނިތަކުން މިހެން ބުނެފައިވާއިރު، މިއީ ދުނިޔޭގެ ގިނަ ސަރުކާރުތަކާއި، ސިއްހީ މާހިރުން އާންމުންނަށް ދިން މައުލޫމާތާ ސީދާ އިދިކޮޅު ވާހަކަތަކެކެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކުން ކޯވިޑް އާލަމީ ވަބާގެ ބޭނުން ހިފައި، ލޮކްޑައުންތައް އިއުލާނުކޮށް، މަގުމައްޗަށް ނުކުމެ، ދަރީންނާއި އެކު ބޭރުގައި، ޕާކުތަކާއި، އަތިރިމަތީގައި، ވަގުތު ހޭދަކުރުމުން މަހުރޫމު ކުރުވާ، އާންމުންގެ މިނިވަންކަން ގެއްލުވާލިއެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެތައް ބަޔަކަށް ނަފްސާނީގޮތުން ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ.

”ދުނިޔޭގެ އެތައް ގައުމެއްގެ އެތައް ސަރުކާރަކުން ކޯވިޑް ވެކްސިނާއި ގުޅޭގޮތުން ސާބިތުކުރެވިފައިނުވާ އެތައް އެއްޗެއް ހަގީގަތްކަމަށް ބުނެ އާންމުންގެ ތެރޭގައި ފެތުރި. އެފަރާތްތައް ގޭގޭގައި ބަންދުކޮށް، އާންމުންގެ އިންސާނީ ހައްގުތަކަށް އަރައިގަނެ، ކުޑަކުދީންނާއި އެކުދިންގެ މައިންބަފައިންނަށް ނަފްސާނީގޮތުން އަސަރުކުރުވި.“ ޔޫރަޕުގެ ޕާރލިމެންޓަރީ މެންބަރެއްކަމަށްވާ ރޮބް ރޫސް ވިދާޅުވިއެވެ.

ޓްވިޓާގައި އެކަނިވެސް 13 މިލިއަން މީހުން ބަލާފައިވާ ވީޑިއޯއެއްގައި ވާހަކަދައްކަމުން ޔޫރަޕުގެ ޑަޗް ޕީއެމް، ރޮބް ރޫސް ބުނެފައިވަނީ، ”ވެކްސިން ތައާރަފު ކުރިއިރު، އޭގައި ބަލިފެތުރުން ހުއްޓުވުމުގެ ގާބިލުކަން ހުރިތޯ ނެތްތޯ ބެލުމަށް ޓެސްޓުކުރެވިފައި ނުވާނެ“ ކަމަށް ފައިޒާއިން އެއްބަސްވެފައިވާ ކަމަށެވެ.

”އެފަދަ މައުލޫމާތަކީ ކޯވިޑް ޕާސްޕޯޓުގެ ގާނޫނީ އަސާސް މުޅިންހެން ގެއްލުވާލާފަދަ މައުލޫމާތެއް.“ އެ ވީޑިއޯގައި އޭނާ ބުނާ އަޑު އިވެއެވެ.

ސޯޝަލް މީޑިއާގައި އާންމުވި އެހެން ވީޑިއޯއެއްގައި ޔޫރަޕިއަން ޕާލިމެންޓުގެ އަޑުއެހުމެއްގައި މާކެޓަށް ނެރުމުގެ ކުރިން ކޯވިޑް ވެކްސިނުން ވައިރަސް ހުއްޓުވާތޯ ބަލާފައި ވާނެތޯ ފައިޒާގެ އިންޓަރނޭޝަނަލް ޑިވެލޮޕްޑް މާކެޓްސްގެ ރައީސާ، ޖަނީން ސްމޯލްއާއި ރޮބް ރޫސް ސުވާލުކުރާތީ ފެނެއެވެ.

އަދި އެސުވާލުގެ ޖަވާބުގައި ސްމޯލް ބުނެފައިވަނީ، ”ނޫނެކެވެ“. އަދި އެކަމާއި ގުޅިގެން ހަދާފައިވާ ފަހުގެ އެހެނިހެން ޓެސްޓުތަކާއި ތަހުލީލުތަކުގެ ނަތީޖާ އީޔޫ ކޮމިޝަނާއި ހިއްސާކުރެވިދާނެކަމަށް އޭނާ ބުންޏެވެ.

ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކާއި ނުލައި ރައްޔިތުންގެ މައްޗަށް ވެކްސިންޖެހުން މަޖުބޫރުކުރުވީތީ އޮސްޓްރޭލިއާ ސަރުކާރުގެ މައްޗަށް މިނިވަން ތަހުގީގެއް ހިންގުމަށް އޮސްޓްރޭލިއާގެ ސެނެޓަރ މެލްކޮމް ރޮބާޓްސް ވަނީ ގޮވާލައިފައެވެ. އޭނާ ވިދާޅުވީ ވެކްސިނަކީ ”ރައްކާތެރި އަދި ވައިރަސް ނައްތާލާ“ އެއްޗެއް ކަމަށް ބުނެ މަޝްހޫރުކުރި މީހުންނަކީ ދޮގުވެރި ބައެއް ކަމަށާއި، ”ގަސްތުގައި ބަޔަކަށް އޮޅުވާލުމުގެ ނިޔަތުގައި ވާހަކަދެއްކި“ ބައެއްކަމަށެވެ.

”މޮޑާނާ ވެކްސިންގެ ބޫސްޓަރ ޝޮޓް ޖެހި ކޮންމެ 35 މީހަކުން އެކަކު ވަނީ މަޔޯކާޑައިޓިސް އާއި ކުރިމަތިލާފަ.“ އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުތަކުން މިހާރު އަންނަނީ އެފަރާތްތަކުން އޭރު އޮޅުވާލި ބޮޑު އޮޅުވާލުން އަދި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތް އަރައިގަތުން ފޫބެއްދުމަށް މަސައްކަތްކުރަމުންނެވެ. އަދި ޖިނާއީ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ ގާނޫނީ އުގޫބާތެއް އަތުވެދާނެފަދަ ކަމެއްގެ ގާނޫނީ ޒިންމާއިން ރެކުމަށް މަސައްކަތްކުރަމުންނެވެ.

އެއިރު ވެކްސިން ކުރިއަރުވާ، ވެކްސިން ޖެހުމަށް ބާރު އެޅި ފަރާތްތަކުން ވެކްސިންގެ ރައްކާތެރިކަމާއި، ވައިރަސް ނައްތާލުމުގެ ކުޅަދާނަކަމާއި މެދު އެއްވެސް ވާހަކައެއް ދައްކާފައިނުވާނެކަމަށް މިއަދު އެގެންދަނީ ދައުވާކުރަމުންނެވެ.

ކޯވިޑް ވެކްސިން ޖެހި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި، ވެކްސިން ޖެހުމާ އޭރު ދެކޮޅު ހެދި ފަރާތްތަކާއި މެދު ނުރުހުންވި ކަމަށާއި، ވެކްސިންގެ ރައްކާތެރިކަމާމެދު ސުވާލު އުފެއްދި ފަރާތްތަކުގެ ވާހަކަތަކަކީ މައުލޫމާތު ނޭނގިތިބެ ދައްކާ ވާހަކަތަކެއް ކަމަށް ގަބޫލުކުރެވުނު ކަމަށެވެ. މިކަމުން އެނގިގެންދަނީ، ސަރުކާރުން ހިންގާ މީޑިއާ ޗެނަލްތަކާއި، ވިއުގަތަކުން ސަރުކާރުގެ އެޖެންޑާތައް ކުރިއަރުވުމަށް ކުރަމުންދާ މަސައްކަތުގެ ބޮޑުމިނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް