ޑރ.ފައުޗީގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ލަފާދީފި

Loading

Facebook
Twitter
WhatsApp

ހުވާމަތީގައި ހުރެ ކޯވިޑް-19 އާލާވެގެން އައިގޮތާއި މެދު ކޯޓުގައި ދޮގު ހެދިކަމަށް ބުނެ، ޑރ. އެންތަނީ ފައުޗީގެ މައްޗަށް ޖިނާއީ ކުށުގެ ދައުވާ އުފުލުމަށް ވޮޝިންގްޓަން ޑީސީގެ އެންމެ ފެންވަރު ރަނގަޅު ޕްރޮސެކިއުޓަރ ގާތަށް ފޮނުވުމަށް ރިޕަބްލިކަން ޕާޓީގެ ސެނެޓަރު، ރޭންޑް ޕޯލް ލަފާދީފިއެވެ.

”އެންއައިއެޗް އިން މިހާރުވެސް އަދި މީގެކުރިން ދުވަހަކުވެސް ވޫހާން އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީގައި ”ގެއިން އޮފް ފަންކްޝަން“ ދިރާސާ ފަންޑުކޮށްފައި ނުވާނެ“ ކަމަށް ޑރ. ފައުޗީ ވަނީ ހެކިބަސް ދީފައެވެ. އެކަމާއި ގުޅިގެން ޕޯލް ލިޔުނު ސިޓީއެއްގައި އޭނާ ލިޔެފައިވާ ގޮތުގައި ކޮންގްރެސްއަށް ދޮގު ހެދުމުގެ ނަތީޖާ ރަނގަޅު ނުވާނެކަން ފާހަގަކޮށް ޑރ. ފައުޗީގެ ހެކިބަސް އަނބުރައި ގެނެސް އިސްލާޙުކުރުމަށް ޕޯލް ލަފާދެއްވިއެވެ.

އެ ސިޓީ ހުށައެޅުމުގެ ދުވަސްކޮޅެއް ކުރިން ޕޯލްވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްއަށް ”އޮފިޝަލް ކްރިމިނަލް ރެފަރަލް“ އެއް ހުށައަޅާފައެވެ. ދޮގުހެކި ދިނުމަކީ ބޮޑު ކުށެއް ކަމުގައިވާއިރު، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް އަތުވެދާނެ ފަދަ ކުށެކެވެ.

”ކޮންގްރެސްގެ އަޑުއެހުމަކީ އާންމުންގެ ޚިދުމަތުގައި މަސައްކަތްކުރާ ޝަޙުސެއް އަރައި ސިޔާސީ ކުޅިވަރުތައް ކުޅެން އޮތް ތަނެއް ނޫން. އަދި ޙާއްސަކޮށް އެމެރިކާ ރައްޔިތުންގެ އާންމު ސިއްޙީ ރައްކާތެރިކަމާއި ގުޅި ލާމެހިފައިވާ މައްސަލައެއްގައި.“ ޕޯލް ބުންޏެވެ.

ޑރ. ފައުޗީ ކޮންގްރެސްގައި ހެކިބަސް ދީފައިވަނީ 2021 ވަނަ އަހަރު ޖުލައި މަހުގައެވެ.

”ގެއިން އޮފް ފަންކްޝަން“ ދިރާސާ މާނަކުރަނީ ވައިރަސް ފެތުރޭ މިންވަރު އިތުރުކުރާނެ ގޮތްތައް ދަސްކުރުމަށް ފެތުރެމުންދާ ވައިރަސްތަކުގެ މައްޗަށް ކުރެވޭ ޢިލްމީ ދިރާސާއަކަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް