ޤުރުއާން އެންދުމުގެ އަމަލު ޕުޓިން ކުށްވެރި ކުރައްވައިފި

ސްވީޑެންގެ މިސްކިތެއްގެ ބޭރަށް އެއްވެ މުސްލިމުންގެ އެންމެ މަތިވެރި ފޮތްކަމުގައިވާ ކީރިތި ޤުރުއާނުގެ މުސްޙަފެއް އެންދި މައްސަލާގައި ސްވިޑެންއިން އެކަން ހުއްދަކޮށްފައިވާތީ ރަޝިއާގެ ރައީސް ވްލާޑިމިރް ޕުޓިން އެކަން ކުށްވެރިކުރައްވައިފިއެވެ. މީގެކުރިން ހުޅަނގުގެ ބައެއް ގައުމުތަކުން ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނުތަކެއް ކުރަހައި، ނޫސްތަކުގައި ޝާއިއު ކުރުމުގެ މައްސަލައާއި ގުޅުވައިގެން، މުސްލިމުންނަށް މިކަންކަން މައްސަލައަކަށްވަނީ ކީއްވެކަން ޗެޗެން ރިޕަބްލިކްގެ ރައީސް ރަމްޒާން ކަދީރޮވް ވަނީ ޕުޓިންއަށް ސާފުކޮށްދެއްވާފައެވެ. އަދި އެފަދަ ހުރުމަތްތެރިކަންކުޑަ އަމަލު ހިންގާ ފަރާތްތަކާއި ދެކޮޅަށް އެޅި […]
އިންޑޮނޭޝީއާގެ ދިފާޢީ ވުޒާރާއިން ފަލަސްތީނު ދަރިވަރުންނަށް ސްކޮލަޝީޕްތަކެއް ދީފި

ފަލަސްތީނު ދަރިވަރުންގެ ތައުލީމަށް އެއްބާރުލުންދިނުމުގެ ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން ފަރުމާކުރެވިގެން ކުރިއަށް ގެންދެވޭ ސްކޮލަޝިޕް ޕްރޮގްރާމްގެ އެއްބަސްވުމުގައި އިންޑޮނޭޝިއާގެ މިނިސްޓަރ އޮފް ޑިފެންސް ޕްރަބޮވޯ ސުބިއަންތޯ ސޮއިކުރައްވައިފިއެވެ. މި ސްކޮލަރޝިޕްތަކުގެ ދަށުން ފަލަސްތީނު ދަރިވަރުންނަށް އިންޑޮނޭޝިއާގައި ތިބެގެން ކިޔެވުމުގެ އިތުރުން، ކިޔަވަން ތިބޭއިރު ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބޭނެއެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އިންޑެނީޝިއަން ޑިފެންސް ޔުނިވަރސިޓީގެ ފަރާތުން ފަލަސްތީނު ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. އިންޑޮނޭޝިއާގެ ދިފާޢީ ވުޒާރާގެ އަމާޒަކީ ވަކިވަކި ވުޒާރާތަކަށް ވެސް […]
މަދިރިން ރައްކާތެރިވާނެ ގޮތް، ސައިންސްވެރިންގެ ދުލުން

މަދިރި ދަތް އަޅާ ވަގުތު ކުރާކަމަކީ އިންސާނާގެ ހަންގަނޑުގެ ތެރެއަށް އޭގެ އަނގައިގެ ބައެއް ވައްދައިލާ، ލޭނާރެއް ހޯދުމުގެ މަސައްކަތެވެ. އަދި މަދިރީގެ އަނގައިގާ ރަތް ލޭ ޖެހޭ ހިސާބުން، ހޮޅިއަކުން ފިނި ބުއިމެއް ދަމައިލާހެން ލޭގެ ސެލްތަކާއި ޕްލާޒްމާ ދަމައިގަންނާނެއެވެ. އަވަސްއަވަހަށް ލޭބޮއި ނިންމާލާފައި މީހަކަށް ނޭނގޭ ގޮތަށް ރައްކާވުމަކީ މަދިރީގެ ނަފްސުގެ ރައްކާތެރިކަމަށް އެންމެ ރަނގަޅު ގޮތެވެ. މިގޮތުން އޮޅުވައިލުމަށްޓަކައި، ލޭބޮއި ނިންމުމަށްފަހު އެކިވައްތަރުގެ ޕްރޮޓީންތައް އިންސާނާގެ ހަށިގަނޑުތެރެއަށް ދޫކޮށްލައެވެ. މި ޕްރޮޓީންތައް މަސައްކަތްކުރާނީ […]
ނޮކިއާ މެޖިކް މެކްސް: 200 މެގަޕިކްސެލް ކެމެރާ އަދި 12 ޖީބީގެ ރެމް ވެސް!

ދުވަހެއް ދުވަހަކަށް ބަދަލުވަމުން އަންނަ އެންޑްރޮއިޑް ސްމާޓްފޯނުގެ ކުރިއަރާފައިވާ ދުނިޔޭގައި، އީޖާދީ ރޮނގުން އެންމެ ކުރީ ސަފުގައި ފާހަގަކޮށްލެވޭ ކުންފުންޏަކީ ނޮކިއާއެވެ. ނޮކިއާއަކީ ޒަމާނާއި ގުޅޭގޮތަށް ފަރުމާކޮށް ސާބިތުކަމާއެކު ފަހުގެ ވަސީލަތްތައް ބާޒާރަށްނެރޭ ކުންފުންޏެކެވެ. އަދި ނޮކިއާގެ އީޖާދުތައް ބޭނުންކުރަން އެހާމެ ފަސޭހައިރު، އެކަމުގައި ނޮކިއާއާއި ފައިހަމަކުރެވޭ އެހެން ވަސީލަތެއް ނެތް އީޖާދުތަކެއްކަން ވަނީ ފާހަގަކުރެވިފައެވެ. އީޖާދީ ދުނިޔޭގައި މިފަހުން ފެތުރުނު އެއް ޚަބަރަކީ ”ނޮކިއާ މެޖިކް މެކްސް“ގެ ނަމުގައި އެޗްއެމްޑީ ގްލޯބަލްއިން މުޅިން އައު ސްމާޓްފޯނެއް […]
ތުރުކީގައި ހުންނަވާ އޮނޮރަރީ ކޮންސުލަށް ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްނުދެވުނު؟

ދިވެހި ސަރުކާރުން ދިވެހިރާއްޖޭގެ ފަރާތުން ތުރުކީގެ އިސްތާންބުލްގައި ހުންނަވާ އޮނޮރަރީ ކޮންސުލްގެ މަގާމަށް ޚަލީލް އިބްރާހިމް ބަކާސީ އައްޔަނުކުރީ 12 ފެބުރުވަރީ 2019 ގައެވެ. ތުރުކީއަށްދާ ދިވެހީންނަށް ދިމާވާ އުނދަގޫތަކުގައި އެހީތެރިކަން ފޯރުކޮށްދީ އަޅާލުމަކީ މި މަގާމުގައި ހުންނަވާ ކޮންމެ ދޭސީ އަދި ބިދޭސީ ފަރާތެއްގެ ވެސް ޒިންމާއެކެވެ. އެހެންނަމަވެސް، 2019 ވަނަ އަހަރުން ފެށިގެން ތުރުކީގައި ދިވެހީންނަށް ދިމާވާ އިމިގްރޭޝަނާއި، ވިސާ އަދި ފުލުހުންގެ މައްސަލަތަކާއި އެހެނިހެން ދަތިތަކުގައި ބަކާސީއާއި ބައްދަލުކުރުމަށާއި، ގުޅުމަށާއި، ވާހަކަދެއްކުމަކީ ވަރަށް […]
މުސްލިމަކު ޤަތުލުކުރި އެމެރިކާ ސިފައިންގެ މީހަކު 55 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

އަފްޣާން ރެފިއުޖީއަށް ފުރައްސާރަކޮށް އިސްލާމްދީނަށް ނަފްރަތުވެ ބަސްބުނި އެމެރިކާގެ ކުރީގެ އަސްކަރީ ފުލުހެއް 55 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. ތިންދުވަހުގެ ކޯޓު އަޑުއެހުންތަކަކަށްފަހު އެމެރިކާގެ އިންޑިއާނާ ސްޓޭޓްގެ ކޯޓަކުން ޖަލުހުކުމެއް ނެރެފައިވަނީ ޑަސްޓިން ޕަސަރެލީއާއި ދެކޮޅަށެވެ. އިސްލާމްދީނަށް ނަފުރަތުވެ ޕަސަރެލީ ދިން ހަމަލާގައި މަރާލާފައިވަނީ 32 އަހަރުގެ މުސްޠަފާ އައްޔޫބީ ނަމަކަށް ކިޔާ އަފްޣާނިސްތާނުގެ ރެފިއުޖީއެކެވެ. ބަޑިފަދަ ހަތިޔާރެއް ގެންގުޅުމުގެ ދައުވާ ސާބިތުވުމުން ޕަސަރެލީގެ ހުކުމުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ. ދެމީހުންގެ މެދުގައި މަގުމަތީގައި ހިނގައިދިޔަ ކުރިމަތިލުމަކަށްފަހު، ޕަސަރެލީވަނީ […]
ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޢީދަށް ދިއްލާލަނީ

ބޮޑުޢީދަށް ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ. ސިޓީ ކައުންސިލުން ބުނިގޮތުގައި ބޮޑު ޢީދަށް މާލޭގެ މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގާއި އަދި ބޮޑެތި އެހެން މަގުތަކާއި އަދި ވިލިމާލެ ހިމެނޭ ގޮތަށް ޒީނަތްތެރި ކުރުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބޮޑު އީދަށް މާލޭ ސިޓީ ކައުންސިލުން މަގުތައް ޒީނަތްތެރިކޮށް ކުލަގަދަކޮށް އީދު ފާހަގަ ކުރުން […]
ގުޅުން މެދުކެނޑުނުތާ އަހަރުތަކެއްފަހުން ޔޫއޭއީ އާއި ޤަތަރުގެ އެމްބަސީތައް އަލުން ހުޅުވައިފި

ހަ އަހަރުގެ މެދުކެނޑުމަކަށްފަހު އެކުވެރި އަރަބި އިމާރާތާއި ޤަތަރާއި ދެމެދު އޮތް ގުޅުން ބަދަހިކުރުމަށްޓަކައި ދެ ގައުމުގެ އެމްބަސީތައް އަލުން ހުޅުވާފައިވާކަން އެ ދެ ގައުމުން ހާމަކޮށްފިއެވެ. ހޯމަ ދުވަހު ދެ ގައުމުން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުގައި އަބޫ ދާބީގައި ޤަތަރުގެ އެމްބަސީއަކާއި، ދުބާއީގައި ޤަތަރު ކޮންސުލޭޓެއް މިހާރު ހުޅުވާފައިވާއިރު، ދޯހާގައި އެކުވެރި އަރަބި އިމާރާތުގެ އެމްބަސީއެއް ވެސް މިހާރު ވަނީ ހުޅުވާފައެވެ. 2017 ވަނަ އަހަރު، އެކުވެރި އަރަބި އިމާރާތުންވަނީ ސަޢޫދީ ޢަރަބިއްޔާއާއި، ބަހްރޭން އަދި […]
ހޮންގް ކޮންގްގެ ކަނޑުގެ ސަރަހައްދު ސަލާމަތްކުރުމަށް 3D ކޮށް މުރަކަ ޕްރިންޓުކުރަނީ

އާރކިރީފް ނަމަކަށް ކިޔާ ކުންފުންޏަކުން ކުލޭ އިން ތައްޔާރުކޮށް 3ޑީ ކޮށް ޕްރިންޓުކުރެވިފައިވާ، ތިމާވެށްޓާއި ރައްޓެހި، ކަނޑުގެ މާހައުލުތަކަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ބަދަލުކުރެވޭ، ދުނިޔޭގެ އެންމެ ފުރަތަމަ ”ރީފް ޓައިލް“ ނުވަތަ އާޓިފިޝަލް ފަރު ބިނާކުރުމަށް ބޭނުންކުރާ މުށްޓެއް ތައްޔާރުކޮށްފިއެވެ. މި ކުންފުނީގެ އަމާޒަކީ ގެއްލުންލިބި ފަނާވަމުންދާ ކަނޑުއޮޅިތަކަށް އަލުން ދިރުން ހޯދައިދީ، ގުދުރަތީގޮތުން މުރަކަ އާލާވުމަށް މަގުފަހިކޮށްދިނުމެވެ. އަދި އެހެންތަންތަނުން ގެނެސް އިންދާ މުރަކަތައް ހަރުލެއްވުމާއި، ކަނޑުގެ ސަރަހައްދުތަކަށް އާރޯކަން ގެނެސްދިނުމެވެ. މި މުރަކަތަކަކީ […]
އާލަމީ ސައިބަރ ހަމަލާއެއްގެ އަސަރު އެމެރިކާ ސަރުކާރަށް ވެސް ކޮށްފި

އިންޓަނެޓު މެދުވެރިކޮށް އާންމުކޮށް ބޭނުންކުރާ ސޮފްޓްވެއަރތަކުންގެ ބަލިފައި ހޯދާ، އޭގެ ބޭނުން ހިފުމުގައި ހަރަކާތްތެރިވެ އުޅޭ ރަޝިއާގެ ސައިބަރ ގުރޫޕްތަކުން ކުރިއަށް ގެންދިޔަ ސައިބަރ ހަމަލާތަކެއްގެ އަސަރު އެމެރިކާ ސަރުކާރުގެ އެތައް ވުޒާރާއަކަށް ކޮށްފައިވާކަމަށް އެމެރިކާގެ އެންމެ އިސް އެއް ސައިބަރސެކިއުރިޓީ އޭޖެންސީއިން ބުނެފިއެވެ. ”އެމެރިކާގެ ދައުލަތުގެ އެތައް ވުޒާރާއެއްގެ މަސްނޫއީ ނިޒާމުތަކަށް ދިން ހަމަލާގައި އެތަންތަނުގެ ”މޫވްއިޓް“ އެޕްލިކޭޝަންތަކަށް އަސަރުކޮށްފައިވާތީ ޔޫއެސް ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީއިން މިގެންދަނީ ހަރަކާތްތެރިވަމުން.“ އެ ވުޒާރާގެ […]