ޔާމީންގެ އިސްތިއުނާފީ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށު މައްސަލައިގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް އިސްތިއުނާފްކުރުމަށް ވަނީ ހުށަހަޅާފައެވެ. މާދަމާ މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުން ވަނީ ތާވަލްކޮށްފައެވެ. އެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ. މި މައްސަލައިގެ […]
މަދުން ނޫނީ ނުފެންނަ ”ގޯޝޭ“ ބަލި ޖެހިފައިވާ ފަސް މީހުން ރާއްޖޭގައި

ދުނިޔެއިން މަދުން ނޫނީ ނުފެންނަ އިން ނުފެންނަ ”ގޯޝޭ“ ބަލި ޖެހިފައިވާ ފަސް މީހުން ރާއްޖޭގައި އެބަތިބި ކަމަށް ކުޑަކުދިންގެ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޯޝޭ ބައްޔަކީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ނަމަވެސް އެ ބަލި ރާއްޖެއިން ފެންނަނީ މަދުން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. އެގޮތުން މިހާރުވެސް އެ އެބަލި ޖެހިފައިވާ ފަސް މީހަކު ރާއްޖޭގައި އެބަތިބި ކަމަށް އޭނާ […]
އަލީ ވަހީދަށް ކުށް ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ދައުވާތައް ގެންގޮސްފި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތް ކަމަށް ބަލައި އެ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ ވެސް އުފުލި އެވެ. އެ ދައުވާތައް ކުރިއަށްދަނިކޮށް އޭނާ ވަނީ […]
’ދެ ފުޅި ރާ ބުއިއްޔާމު އަނެކަކު ހަތަރު ފުޅި ބޯނެ‘ ރަލުގެ ވާހަކައިން މަޖިލިސް ކިލަނބުގެ މަޖިލިސް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ، މެމްބަރުން އަވަގުރާނަ ގޮވައި އެއް ބަޔަކު އަނެއް ބަޔަކަށް ރާ ބޯ ކަމަށް ތުހުމަތުކޮށްފި އެވެ. މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާ އެ ކުއްލި މައްސަލަ ހުށަހެޅުމަށް ރިޔާސަތުން ފުުރުސަތު ދިނުމާ އެކު، މެންބަރުން ދިޔައީ އަޑުގަދަކުރައްވަމުންނެވެ. ޝަރީފް އެ މައްސަލަ ހުށަހަޅުއްވަމުން ދިޔައިިރު ވެސް، މެންބަރުން އެކަކު އަނެކަަކަށް ހަޑި ހުތުރު ބަހުން ވާހަކަ ދެއްކި އަޑު […]
ބުރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށްފި

ސިނަމާލެ ބުރިޖުމަތިން ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު ބުނީ އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 8:44 ހާއިރުކަމަށެވެ. ފުލުހުން ބުނީ ކަނޑަށް ފުންމާލާފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ސަލާމަތްކޮށްފައިވަނީ އެ ސަރަހައްދުން އެވަގުތު ދަތުރުކުރި ލޯންޗަކުން ކަމަށެވެ. ”ޕޮލިސް ލޯންޗުގައި މާލެ ގެނެސް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ“ ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި އެ މީހާގެ ހާލު ރަނގަޅެވެ.
ހަންޏާސް ވިމެންސް ފުޓްސަލް ކަޕް ކާމިޔާބު ކަމާއެކު ނިންމާލައިފި، ޗެމްޕިއަންކަން ޓީމް އަސުރުމާއަށް!

ހަންޏާސް ވިމެންސް ފުޓްސަލް ކަޕް 2023 ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި މުބާރާތަކީ، އދ. ހަންޏާމީދޫގެ ކްލަބް ޖަމިއްޔާއެއްކަމަށްވާ ”ހަންޏާސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް“ގެ ފަރާތުން އިންތިޒާމުކޮށްގެން އެ ރަށުގެ އަންހެނުންނަށް ހާއްސަކޮށްގެން މި އަހަރުގެ ފިތުރު އީދު ދުވަހާ ދިމާކޮށް ބޭއްވި މުބާރާތެވެ. މިއީ ހަންޏާމީދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގައި ޖުމްލަ 45 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. ވަޅު އީދު ދުވަހު ހަވީރު ފެށި މި މުބާރާތުގައި ޖުމްލަ […]
ޓެކްނިކަލް މައްސަލައެއް ޖެހި ކައްދުއަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް އަނބުރާ ވީއައިއޭއަށް ޖައްސައިފި

ލ. ކައްދު އަށް ފުރި މޯލްޑިވިއަންގެ ފްލައިޓެއް ޓެކްނިކަލް މައްސަލައެއް ޖެހި، އިމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސައިފިއެވެ. މިއަދު ހެނދުނު ހުޅުލެއިން ކައްދުއަށް ފުރި ފްލައިޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. އަދި މިއަދު މެންދުރު ފަހު އެކެއްގެ ކުރިން މައްސަލަ ހައްލުކޮށް ފްލައިޓްގެ ދަތުރު ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. […]
ރާއްޖޭގައި އުފެއްދި ފުރަތަމަ ވޯޓާ ކާރު ދުއްވާލަން ބޭނުންތަ؟ މިއޮތީ ފުރުސަތު!

ރާއްޖޭގައި އުފެއްދި ފުރަތަމަ މޫދުގައި ދުއްވާ ކާރު (ވޯޓަ ކާރު) އަންނަ އޭޕްރީލް މަހު ލޯންޗު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ. ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޔުނިކް ސްޕޯޓިންގެ ފަރާތުން ތައާރަފްކުރާ އެ ކާރު ދައްކާލާނީ އެ ކުންފުނިން އަންނަ އޭޕްރީލް މަހުގެ 27 އިން 29 އަށް ހުޅުމާލޭގައި ކުރިއަށްގެންދަން ހަމަޖައްސާފައިވާ މޯލްޑިވްސް ވޯޓާ ސްޕޯޓްސް ފެސްޓިވަލް 2023 ގައެވެ. ޔުނިކް ސްޕޯޓިން އިން ބުނި ގޮތުގައި އެ ކާރަކީ ރިސޯޓްތަކަށް އަމާޒުކޮށްގެން ތައާރަފްކުރާ ކާރެކެވެ. އަދި […]
ފްލޯޓިން ސިޓީއެއް އަޅަން އުޅޭތާ 12 އަހަރު، އެންމެ ފަހުން ފަޅުތައް ވިއްކައި މަޝްރޫއު ”ޗޮކުން“!

ފަޅެއްގެ މަތީގައި ގެތައް އަތުރާލައި އެ ގެތަކުގައި ދިރިއުޅުމަކީ ދިވެހިންނަށް މުޅީން އާ ކަމެކެވެ. ނަމަވެސް އެއީ، ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގައި ކުރެވިދާނެ ކަމެކެވެ. އެހެންވެ އެ ވިސްނުން ނެރެ ދުނިޔޭގެ ފުރަތަމަ ފްލޯޓިން ސިޓީ ރާއްޖޭގައި ހެދުމަށް، އެންމެ ފުރަތަމަ ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރުގަ އެވެ. އެ އެއްބަސްވުމުގައި އޭރުގެ ސޮއި ކުރެއްވީ ނަޝީދު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހަންމަދު ރަޝީދެވެ. ނަމަވެސް […]
އިޒްރޭލުން ރާއްޖެއަށް ދަތުރުތައް ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން: ސަރުކާރު

ރާއްޖެއާއި އިޒްރޭލާ ދެމެދު ދަތުރުތައް ކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަރުކާރުން ބުނެފިއެވެ. އިޒްރޭލުގެ ”އެލް އަލް އިސްރާއީލް އެއާލައިން“ އިން ރާއްޖެއަށް ސީދާ ދަތުރުތައް ކުރަން ވިސްނަމުންދާކަމަށް އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް ވަނީ ރޮއިޓާސްއަށް މިދިޔަ ހަފްތާގައި ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވެފައެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އިޒްރޭލާއި ރާއްޖެއާއި ދެމެދު ދަތުރުކުރުމާއި ގުޅޭ އެއްވެސް ވާހަކައެއް ދެކެވިފައި ނުވާކަމަށާއި އެފަދަ ހުށަހެޅުމެއް އެގައުމުގެ […]