ސަރުކާރު ނިމުމަކަށް ގެންނަން ގުޅެން ޖެހުނު ކޮންމެ ބަޔަކާ ގުޅޭނަން: ޕީޕީއެމް

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރު ނިމުމަކަށް ގެނައުމަށް ގުޅެން ޖެހުނު ކޮންމެ ބަޔަކާ ގުޅި މަސައްކަތް ކުރާނެ ކަމަށް
އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، މި ސަރުކާރުން ގަސްތުގައި ރައްޔިތުންނަށް ޖެއްސުންކުރަމުންދާ ކަމަށާއި މި ސަރުކާރު ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.

ސިޔާމް ވިދާޅުވީ، ޕީޕީއެމާ ރައީސް ނަޝީދު އިސްވެ އޮވެ އުފައްދަވަން މަސައްކަތް ކުރައްވާ ”ދަ ޑިމޮކްރެޓްސް“އާ ވިސްނުން އެއްގޮތްވާ ކަންކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި މިނިވަން މުއައްސަސާތަކަށް ހުރަސް އެޅުމާއި މި ސަރުކާރުން ހިންގާ ޖަރީމާތަކާ ދެ ޕާޓީންވެސް ދެކޮޅު ކަމަށް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ، ގުޅެން ޖެހުނު ކޮންމެ ބަޔަކާ ގުޅި މި ސަރުކާރު ޖަވާބުދާރީ ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

”މަޖިލީހުން ބޭރުގައިވެސް މި ސަރުކާރު ޖަވާބުދާރީކުރުމަށްޓަކައި މި ސަރުކާރު ނިމުމަކަށް ގެންނަން ކުރަން ޖެހޭ ހުރިހާކަމެއް ކުރަން އަޅުގަނޑުމެން މިތިބީ ބައިއަތު ހިފައިގެން މިހާރު“ ސިޔާމް ވިދާޅުވިއެވެ.

އިދިކޮޅުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ، ޕީޕީއެމުން ރަސްމީކޮށް ޑިމޮކްރެޓްސްއާއެކި މަޝްވަރާކުރުމަށް ވަކި ޓީމެއް މިހާރު ނަގާފައިވާ ކަމަށެވެ.

Loading

One Response

  1. އަހާ! ޢަދުލު އިންސާފްކޮބާ؟ ވެންޓިލޭޓަރު ވަގުން ކޮބާ؟ އެމްއެމްޕީއަރސީ ވަގުހޯދުން ކޮބާ؟ ވީމާ ދެން ޗާގޯސް އާއި ކަނޑު ވިއްކާލި ބައިގަނޑުވިޔަސް ހެޔޮ، އެއްޖިންސުން ގުޅުންހިންގާ ބަސްޓްވިގުރޫޕް ވިޔަސް ހެޔޮ، އިންޑިޔާއަށް ގައުމުވިއްކާލުމުގެ ހުވަފެން ފެއްޓީ ކުރުސީއާ އެކކުވެސް ހެޔޮ؟ މިވީ ކިހިނެއް. ހަމަ ގައުމީ ލޯތްބާއި ހެޔޮވެރިކަމެއްގެ ފެށުން؟؟!! ދެންކީކޭ ބުނާނީ.
    ހަމަ ހުސް ލަނޑާ….

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް