މަދުން ނޫނީ ނުފެންނަ "ގޯޝޭ" ބަލި ޖެހިފައިވާ ފަސް މީހުން ރާއްޖޭގައި

Loading

Facebook
Twitter
WhatsApp

ދުނިޔެއިން މަދުން ނޫނީ ނުފެންނަ އިން ނުފެންނަ ”ގޯޝޭ“ ބަލި ޖެހިފައިވާ ފަސް މީހުން ރާއްޖޭގައި އެބަތިބި ކަމަށް ކުޑަކުދިންގެ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޯޝޭ ބައްޔަކީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ނަމަވެސް އެ ބަލި ރާއްޖެއިން ފެންނަނީ މަދުން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. އެގޮތުން މިހާރުވެސް އެ އެބަލި ޖެހިފައިވާ ފަސް މީހަކު ރާއްޖޭގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

”އެހެންކަމުން ދިވެހިންގެ ވިސްނުން މިހާރަށް ވުރެ ފުޅާ ކުރަން ޖެހޭ“ ފައިސަލް ވިދާޅުވިއެވެ.

ފައިސަލްގެ ޓުވީޓުގައި އެ ބަލި ޖެހިފައިވަނީ ކޮން އުމުރު ފުރައެއްގެ މީހުންނެއް ކަމަށް ވިދާޅުވެއް ނުވެއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެބަލި ކޮންމެ އުމުރުފުރާއަކަށްވެސް ޖެހިދާނެއެވެ.

ގޯޝޭ ބަލި ޖެހުމުން އެކި އެކި ”ފެޓީ“ މާއްދާތައް ހަށިގަނޑުގެ އެކި ގުނަވަންތަކުގައި އަށަގަނެ އެ ގުނަވަންތައް ދުޅަވެ، ކަށިތައް ފީވެ ފަސޭހައިން ބިންދައިގެން ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް