އަނިޔާވެރިންނަށް ދެދުނިޔޭގައި ޢުޤޫބާތް ދެއްވުމަކީ އިލާހީ ޤާނޫނެވެ.

الْحَمْدُ للهِ وَالصَّلاَةُ وَالسَّلاَمُ عَلَى مَنْ بَلَّغَ رِسَالَةَ رَبِّه، سَيِّدِنَا مُحَمَّدٍ وَعَلى آلِهِ وَصَحْبِهِ أَجْمَعِيْنَ، وَبَعْدُ: އާދެ! ދުނިޔެމަތީގައި މީހުންކޮށް އުޅޭ ނުބައި ޢަމަލުތަކުގެ ސަބަބުން އެބައިމީހުންނަށް ދުނިޔޭގައި ޢުޤޫބާތް ދެއްވުމަކީ އިލާހީ ޤާނޫނެވެ. އަދި އަބަދީ ޢުޤޫބާތާއި އަބަދީ ކޯފާއަކީ އާޙިރަތް ދުވަހަށް ޚާއްޞަ ވެގެންވާ އެއްޗެއް ކަމުގައި ﷲ ވަނީ ލައްވާފައެވެ. ޝައްކެއް ނެތްގޮތުގައި، ޤިޔާމަތް ދުވަހަކީ، އެނަފްސެއް ކުޅަ ޢަމަލެއްގެ ޖަޒާ އެނަފްސަކަށް ލިބޭނެ ދުވަހެވެ. އައްނަޙުލް […]