ﷲ އަށް އީމާންވުމުގެ މުހިންމުކަން

ގަސްގަހާގެހި އާރޯކަމާއި ތާޒާކަމާއެކު ދެމިހުރުމަށް ފެނަށް ބޭނުންވާ ފަދައިން، އިންސާނާ އޭނާގެ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި، އީމާންކަމަށް ބޭނުންވެއެވެ. ﷲ އަށް އީމާންވުމަކީ، އިންސާނާގެ ހިތުގައި ދިރިއުޅުމުގެ ޝަޢުގުވެރިކަމާއި އުންމީދު އާާލާކޮށްދޭ ވަރަށް މުހިންމު ބަހާއެކެވެ. ދިރިއުޅުމުގެމަތިން އުންމީދުކެނޑި މާޔޫސްކަމުގެ ކަނޑަށް ގެނބިގެންދަނީ، ﷲ އަށް އީމާންނުވާ މީހުންނެވެ. އީމާންކަމަކީ، ހިތްތައް އުންމީދުން ފުރާލަދޭ ކަމެކެވެ. ހެޔޮފާލުގެ ޝުޢޫރުތުތަކާއި، ބާއްޖަވެރިކަމުގެ އިޙުސާސްތައް އުފައްދާ ކަމެއްވެސްމެއެވެ. އެހެނީ، ﷲ އަށް އީމާންވާ މީހާ ގަބޫލުކުރާ ގޮތުގައި އޭނާވަނީ، ގަދަފަދަ […]