އަސީރުން ރޭޕުކުރިކަމަށް ބުނެ އިސްރާއީލުން ފަތުރަނީ ދޮގު: ހަމާސް

ހަމާސްއިން އަސީރުކުރި މީހުން ރޭޕުކޮށް ޖިންސީ އަނިޔާކުރިކަމަށް ބުނެ އިސްރާއީލުގެ ހިޞާރުވެރިން ދައްކަނީ ދޮގު ވާހަކަތަކެއްކަމަށާއި، އެއީ މުޖާހިދީންނާއި މެދު ނަފްރަތު އުފައްދާ، އަސީރުންނާއިމެދު ކަންތައްކުރި އިންސާނީ އަދި އަޚްލާޤީ މިންގަނޑު ފަސްއަޅައި ފޮރުވުމަށް ކުރާ މަސައްކަތެއްކަމަށް ޣައްޒާގެ ހަމާސް މުޖާހިދުން ބުނެފިއެވެ.  ހަމާސްއިން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ ދޮގުތައް ގަބޫލުނުކުރާކަމަށާއި، ހުޅަނގުގެ މީޑިއާތަކާއި ގުޅިގެން ޒަޔަނިސްޓުން ފަތުރާ ދޮގުތަކާއި، ކުރަމުންގެންދާ ހަގީގަތެއްނެތް ދައުވާތައް ހަރުއަޑުން ކުށްވެރިކުރާކަމަށެވެ. އެގޮތުން، މިހާރު ފަތުރަމުންދަނީ އޮކްޓޫބަރު 7 […]

ޣައްޒާގެ ގަތުލުއާންމު: އިސްރާއީލާއި އެއްބައިވުމަށްފަހު ހުޅަނގަށް ”މޯރަލްސް“ ގެ ވާހަކަ ދެއްކޭކަށެއް ނެތް

އިސްރާއީލުން ޣައްޒާގައި ކުރަމުންގެންދާ ހަނގުރާމައިގައި އިސްރާއީލާއި އެއްބައިވުމަށްފަހު އެމީހުންގެ ”މޯރަލް ހައިގްރައުންޑް“ ގެއްލިފައިވާކަމަށާއި، އަހުލާޤިއްޔަތުގެ ވާހަކަ ދެއްކުމުގެ ހައްގު އެމީހުންނަށް ނެތްކަމަށް ގޮއިންގް އަންޑަރގްރައުންޑް ޕްރޮގްރާމްގައި އަފްޝިން ރަތަންސީ އާއި ވާހަކަދައްކަމުން ސައުދީ އަރަބިއާގެ ރިޔާދުގެ އަރަބް ނިއުސްގެ އެޑިޓަރ-އިން-ޗީފް ފައިސަލް އައްބާސް ބުނެފިއެވެ. ގައުމެއް ހިޞާރުކޮށްގެން އުޅޭ ބާރަކަށް ނަފްސުގެ ދިފާއުގައި ހަމަލާ ދިނުމުގެ ހައްގެއް ނޯންނާނެކަމަށް ފަލަސްތީނުގެ ހައްގުގައި ޔޫއެންގައި ވަކާލާތުކުރާ އިންސާނީ ހައްގުތަކާއިބެހޭ ވަކީލު، ފްރެންޗެސްކާ އަލްބަނީސް ވިދާޅުވެފައިވާކަން ފައިސަލް ފާހަގަކުރިއެވެ. ފައިސަލް […]

ޗާގޯސް އަނބުރާ މޮރިޝަސްއަށް ރައްދުނުކުރުމަށް އިނގިރޭސިވިލާތުން ނިންމައިފި

ޗާގޯސް އައިލެންޑް އަނބުރައި މޮރިޝަސްއާއި ހަވާލުކުރުމަށް އިނގިރޭސިވިލާތުން ކުރިން ވާހަކަދެއްކި ނަމަވެސް, އެގައުމުގެ ސެކްރެޓަރީ އޮފް ޑިފެންސް، ގްރާންޓް ޝްނަޕްސްގެ ލަފާގެ މަތީން އެވިސްނުން ދޫކޮށްލުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ.  1814 ވަނަ އަހަރުއްސުރެ އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ޗާގޯސް އައިލެންޑްސް މޮރިޝަސްއަށް އަނބުރާ ދިނުމަށް ތައްޔާރުކުރަމުންދިޔަ ”ސައިޕްރަސް ޑީލް“ ހުއްޓުމަކަށް ގެނެސްފައިވަނީ ޚާރިޖީ ވުޒާރާއިން އެކަމަށް ހުރަސްއެޅުމުންނެވެ.  އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮންނަ އޮތުމަކީ ގާނޫނާއި ޚިލާފުކަމެއްކަމަށް ބުނެ އެކުވެރި ދައުލަތުން ވަނީ ޗާގޯސް އަނބުރައި ރައްދުކުރުމަށް […]

ބޮއިކޮޓަށް މޮޅެއް، މޮރޮކޯއިން އެޗްއެންޑްއެމް އާއި ސްޓާބަކްސްގެ ފިހާރަތަކަށް އަލްވަދާއު ކިޔަނީ

އެމެރިކާގެ ކޮފީ ޝޮޕް ފްރެންޗައިޒް، ސްޓާބަކްސްއާއި ސްވީޑެންގެ އަންނައުނު ބްރޭންޑް، އެޗްއެންޑްއެމް އިން މޮރޮކޯގެ ބާޒާރުން އެތަންތަނުގެ ފިހާރަތަކާއި މުދާނަގައި، މޮރޮކޯއަށް އަލްވަދާއު ކިޔުމަށް ތައްޔާރުވެފައިވާކަން ހާމަވެއްޖެއެވެ. މޮރޮކޯގެ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ އެޗްއެންޑްއެމްއާއި ސްޓާބަކްސް ހިންގުމުގެ ރައިޓްސް އޮންނަ ކުވައިތުގެ ފްރެންޗައިޒްގެ މޮރޮކޯ ސަބްސިޑިއަރީ، އަލްޝާޔާ މޮރޮކޯއިން އަންނަނީ މޮރޮކޯ ރައްޔިތުން އެކުންފުނިތަކާއި ދެކޮޅަށް ހިންގަމުންގެންދާ ބޮއިކޮޓްގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިލަމުންކަމަށެވެ. އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި ދެކޮޅަށް ހިންގަމުން އަންނަ އިސްރާއީލުގެ މަސްލަހަތު އޮންނަ […]

އޭޝިއާ ބައްރުގައި އިނގިރޭސި ބަހަށް ތިންވަނައަށް އެންމެ އަހުލުވެރި ގައުމަކީ މެލޭޝިއާ

އޭޝިއާ ބައްރުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިބަހަށް ތިންވަނައަށް އެންމެ އަހުލުވެރި ގައުމަކީ މެލޭޝިއާކަމަށް 2023 ވަނަ އަހަރުގެ އީއެފް އިންގްލިޝް ޕްރޮފިޝެންސީ އިންޑެކްސް (އީއެފް އީޕީއައި) އިން ދައްކައިފިއެވެ.  މާދަރީ ބަހުގެ ގޮތުގައި އިނގިރޭސިބަސް ނޫން އެހެން ބަސްތައް ބޭނުންކުރާ ސަރަހައްދުތައް ދިރާސާކުރާ މި އިންޑެކްސްގެ ދަށުން 113 ގައުމެއް އިވެލުއޭޓް ކުރާއިރު، މެލޭޝިއާއިން ވަނީ ދެވަނައަށް އެންމެ މަތީ ޕްރޮފިޝެންސީ ލެވެލް ހޯދާފައެވެ. އަދި ބައްރުން ތިންވަނަ ޖާގަ މެލޭޝިއާއިން ކަށަވަރުކުރިއިރު، އެންމެ ކުރީގައި އޮތީ […]

ނިއުޔޯކުގައި ސީކް އެކްޓިވިސްޓަކު މަރާލަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލައިފި

ނިއުޔޯކުގައި ސީކް އެކްޓިވިސްޓަކު މަރާލަން ރޭވިރޭވުން ނާކާމިޔާބުކޯށްލާފައިވާކަމަށް އެމެރިކާގެ ސަރުކާރުން ބުނެފިއެވެ. މަރާލުމަށް ރާވަާފައިވަނީ ސީކް ސެޕަރޭޓިސްޓް ސްޓޭޓަކަށް ތާއީދުކޮށް ގޮވާލާ، އެމެރިކާ ޕާސްޕޯޓު އޮންނަ އެކްޓިވިސްޓެކެވެ. މިމައްސަލާގައި ދައުވާ އުފުލާފައިވަނީ އިންޑިއާ ރައްޔިތެއް ކަމަށްވާ ނިކިލް ގުޕްތާގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ އެއް ލައްކަ އެމެރިކާ ޑޮލަރު ދީގެން މީހަކު މެރުމަށް މަސައްކަތްކުރުމުގެ ދައުވާއެވެ. އެހެންނަމަވެސް، މީހަކު މަރަން އޭނާ ހަވާލުކޮށްފައިވަނީ އަންޑަކަވަރގައި އުޅުނު އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ކަމަށް ޕްރޮސެކިއުޓަރވަނީ ބުނެފައެވެ. އުމުރުން 52 އަހަރުގެ […]

ބައިނަލްއަޤްވާމީ ޤާނޫނު ނަގަހައްޓަންޖެހޭ، ޔޫކްރޭނާއި ޣައްޒާގެ ހަނގުރާމަ ވަރަށް ތަފާތު: ނޭޓޯ

ގައުމުތަކުގެ މެދުގައި ޖެހޭ އެންމެހައި މައްސަލަތަކުގައިވެސް ބައިނަލްއަޤްވާމީ ޤާނޫނު ނަގަހައްޓަންޖެހޭކަމަށާއި، ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައާއި، ޔޫކްރޭނުގައި ހިނގަމުންދާ ހަނގުރާމައަކީ ވަރަށް ތަފާތު ދެހަނގުރާމައެއްކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް ބުނެފިއެވެ.  ނޭޓޯއިން ނެރުނު މިބަޔާނާއެކު، ނޭޓޯއަށް ބޭނުންވާ ގައުމުތައް ދިފާއުކޮށް ބައިނަލްއަޤްވާމީ ޤާނޫނު ނެގެހެއްޓުމަށް ގޮވައިލާނެކަމާއި، ނޭޓޯއިން ބޭނުންނުވާ ގައުމުތަކުގެ ރައްޔިތުން އާންމުކޮށް ޤަތުލުކުރަމުން ދިޔަނަމަވެސް އެމީހުންގެ ހައްގުގައި ނުތެދުވާނެކަން ހާމަވެއްޖެއެވެ. އަދި އާންމު ދުނިޔޭގެ ޚިޔާލަށްވެސް ނޭޓޯގެ ފިކުރެއް ނެތްކަންވެސް ސާފުވެއްޖެއެވެ.  އެމެރިކާގެ […]

އެކުވެރި އަރަބި އިމާރާތުގެ ކާމިޔާބީގެ ދަތުރުން ގިނަ ފިލާވަޅުތަކެއް

ކުރިއަށް އޮތީ ދުބާއީއަށް ހަލަބޮލި ދުވަސްކޮޅެކެވެ. އެކުވެރި ދައުލަތުގެ މޫސުމާއި ބެހޭ މަހާސިންތާގައި ބައިވެރިވުމަށް އެތައް ހާސް ޑިޕްލޮމެޓުންނާއި، އެކްޓިވިސްޓުންނާއި، ވިޔަފާރިވެރިން އެގައުމަށް ދިއުމަށްވަނީ ހަމަޖެހިފައެވެ. ތަފާތު ފިކުރުތަކާއި، މަސްލަހަތުތަކަށް ތަބައަވާ ފަރާތްތައް އެއްކޮށް، ޒުވާބުކޮށްގެންނަމަވެސް މޫސުމާއިބެހޭ މައްސަލަތަކަށް ހައްލުހޯދުމަށް އެފަރާތްތައް ގުޅިގެން މަސައްކަތްކުރުވުމުގައި ޔޫއޭއީގެ ހުނަރުވެރިކަން މުޅި ދުނިޔެއަށް ފެނިގެންދާނެއެވެ. އޔޫއޭއީއަށް ސަމާލުކަން ދޭންވީ ހަމައެކަނި މިހެން ވެގެނެއް ނޫނެވެ. ވަރުގަދަ ބާރުތަކެއްގެ މައްޗަށް އެކުލެވޭ ދުނިޔެއެއްގައި ކުރިއަރައިދާނެ ގޮތުގެ މަގުޗާޓެއް ދައްކުވައިދޭ ގައުމަކަށްވެސް ވާތީއެވެ. […]

އިސްރާއީލުން ސީރިއާގެ ޑަމަސްކަސް އެއާޕޯޓަށް ދިން ހަމަލާ ރަޝިއާއިން ކުށްވެރިކޮށްފި

ސީރިއާގެ ޑަމަސްކަސް އިންޓަނޭޝަނަލް އެއަރޕޯޓަށް އިސްރާއީލުން ދިން ވައިގެ ހަމަލާ އެކުވެރި ރަޝިއާއިން ކުށްވެރިކޮށްފިއެވެ.  ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިޔާ ޒަޚަރޯވާ އާދީއްތަ ދުވަހު ބުނީ، މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ހަނގުރާމައިގެ ސަބަބުން ހަލަބޮލިވެފައިވާ އެ ސަރަހައްދު އިތުރަށް ހަލަބޮލިވެދާނެކަމުގެ ބިރު އޮތްކަމަށެވެ.  ”ހަމަނުޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން އިސްރާއީލުން ސީރިއާގެ އާންމުން އަސާސީ ބޭނުމަކަށް ބޭނުންކުރާ މުހިންމު އިމާރާތަކަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.“ ޒަޚަރޯވާ ދިން ބަޔާނެއްގައި ބުނެފައިވެއެވެ.  […]

އޮސްޓްރޭލިއާގެ ކުއީންސްލޭންޑަށް ހޮނުގުގުރި އެޅުމާއެކު ފެންބޮޑުވާނެކަމުގެ އިންޒާރުދީފި

އޮސްޓްރޭލިއާގެ އިރުމަތީ ސަރަހައްދުގައި އޮންނަ ސްޓޭޓްތަކަށް ބޯވާރެއާއެކު ވައިގަދަވެ ހޮނުއަޅަމުން އަންނައިރު، ނިއު ސައުތު ވޭލްސް (އެންއެސްޑަބްލިއު) ސަރަހައްދުގައި ފެންބޮޑުވާނެކަމުގެ އިންޒާރު ދީފިއެވެ. އެންއެސްޑަބްލިއުގެ ސައުތު ކޯސްޓުގައި 300 މިލިމީޓަރަށް ފެންބޮޑުވާނެކަމަށް ލަފާކޮށްފައިވާއިރު، އެސަރަހައްދުގެ އަވަށްތަކަށްވެސް ވިއްސާރައިގެ އަސަރުކުރާނެކަމަށް މޫސުމާއި ބެހޭ ވުޒާރާތަކުން ލަފާކުރެއެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އޮސްޓްރޭލިއާގެ ސަސަފްރަސްއަށް 231 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އަލަޑަލަ އަށް 196 މިލިމީޓަރު އަދި ޖާވިސް ބޭ އެއަރފީލްޑަށް 225 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން ވަނީ […]