ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ޤުރްއާން ކުލާސްތަކަށް ބޮޑު ތަރުޙީބެއް ލިބިއްޖެ

ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީއާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދަން ރާވާފައިވާ ގުރުއާން ކްލާސްތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. ެއެޗްޑީސީން މިއަދު ބުނީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ބުދަ ދުވަހު ހުޅުވާލުމާއެކު، 24 ގަޑިއިރުގެ ތެރޭގައި ވަނީ ހުރިހާ ސްލޮޓްތައް ފުރާލާފައި ކަމަށެވެ.އެގޮތުން، 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން އެ ކްލާސްތަކުގައި ވަނީ […]

އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންނައެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިއްޔެ އީސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެ ފަހުމުނާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދުއެވެ. އެ ފަހުމުނާމާއަކީ […]

ސްޕެޝަލް އެންވޯއީގެ މަގާމުން ޑރ. ވަހީދު އިސްތިއުފާދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވާފައިވާ ކަމަށެވެ. ”އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައި.“ ރައީސް އޮފީހުން ވިދާޅުވިއެވެ.

ހުޅުމާލޭ ޖަލުގައި ދިގު މުއްދަތަކަށް ޙުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގައި ދިގު މުއްދަތަކަށް ޙުކުމް ތަންފީޒު ކުރަމުންދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / ޙަސަން ނިޔާޒް (45އ) މިއަދު މެންދުރު ފަހު ނިޔާވެއްޖެއެވެ. ކަރެކްޝަނުން ބުނީ މިއަދު މެންދުރު ފަހު އޭނާ އަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ގެންގޮސް އަވަސް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.އަދި 14:05 ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވާކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. ޙަސަން […]

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ގައިދީއަކު ނިޔާވެއްޖެ

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ގައިދީއަކު ނިޔާވެއްޖެއެވެ. ނިޔާވެފައި ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް (53އ)އެވެ. ކަރެކްޝަންސް އިން ބުނީ ސުޙެއިލްގެ ސިއްހީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވާ ކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، މިއަދު ހެނދުނު 9:05 ހާއިރުގައެވެ. އޭނާ އަކީ2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް […]

އެއް ދުވަސް ތެރޭ 10,253 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

އެއް ދުވަސް ތެރޭ 10,253 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ފެބްރުއަރީ 1 ވީ އާދީއްތަ ދުވަހު ރާއްޖެއަށް ވަނީ ޖުމްލަ 10,253 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މީގެ ކުރިން ރާއްޖޭގައި ގާއިމުކޮށްފައިވާ އެއް ދުވަހުގެ އެންމެ ގިނަ ފަތުރުވެރިންގެ ރެކޯޑު މުގުރާލި ފަހަރެކެވެ. މީގެ ކުރިން މި ރެކޯޑު އޮތީ 2024 ފެބްރުއަރީ 10 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 10,213 ފަތުރުވެރިންނެވެ. މި އަހަރުގެ ޖެނުއަރީ މަހަކީވެސް […]

ސްޓޮކް މަދުވުމުން 100 ރުފިޔާގެ ނޫޓު އަލުން ޗާޕުކޮށްފި

ދިވެހި ފައިސާގެ ތެރެއިން 100 ރުފިޔާގެ ނޫޓް މަދުވުމާއި ގުޅިގެން އެ ނޫޓު ޗާޕު ކޮށްގެން ގެނެސްފިއެވެ. އެމްއެމްއޭއިން މިއަދު ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް އެ އޮތޯރިޓީއަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން އަލަށް ނެރޭ ނޫޓާއެކު މިހާރު ބޭނުންކުރަމުންދާ 100 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭ އިން ބުނެފައި ވެއެވެ. ރަންދިހަ ފަހެއް“ގެ […]

އިގްތިސާދީ 3 ދާއިރާއަކުން ލަފާދޭ ކޮމިޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ. މިގޮތުން އެކުލަވާލެއްވުމަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް ”ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ،“ އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް ”ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ“ އަދި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް ”ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ“ އެވެ. މި ކޮމިޓީތަކުގެ […]

އެމްއޭސީއެލްގެ ސެކިއުރިޓީ އޮފިސަރުން ތަމްރީނު ކުރުމުގެ ކޯހެއް ފަށައިފި

ްމޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން، އެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީހްއެވެ. މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސާވިސް، ޖެނެރަލް މެނޭޖަރ ހަސަން […]

1447ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ’ފިޠުރު ޕޯޓަލް‘ ތަޢާރުފުކޮށްފި

ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ފައިސާއިން ޒަކާތް ދެއްކުމުގެ އިންތިޒާމު ފަހިކޮށްދިނުމަށް ”ފިޠުރު ޕޯޓަލް“ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ޒަކާތު ހައުސްއިން ތަޢާރުފުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ފިޠުރު ޕޯޓަލް ތަޢާރުފުކުރުމުގެ މަޤްޞަދަކީ، ރަށު ކައުންސިލުތަކާއި ޒަކާތު ހައުސް މެދުވެރިކޮށް ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެއް އުޞޫލަކުން އެ ކަން ކުރިއަށް ގެންދިއުން ކަމަށެވެ. ”މި ޕޯޓަލް މެދުވެރިކޮށް، […]