ޖުލައިގެ ނިޔަލަށް 114 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައި

މި އަހަރުގެ ފުރަތަމަ 7 މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިކަން ހާމަކޮށްފައި ވަނީ ފާއިތުވި 7 މަސްދުވަހު ޑްރަގް އެންފޯސްމަންޓުން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.ފުލުހުން ބުނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް އެ މުއްދަތުގެތެރޭގައި ފައިސާއާ ގުޅުންހުރި ތަހުގީގުތައް ވަނީ […]
ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކޮށްފި

ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމައިފިއެވެ. ެއެމްއެމްއޭ އިން ބުނީ މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާއަށް މި ގެނައި 51 އިންސައްތައިގެ އިތުރުވުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބޭނެ މަގު އިތުރަށް ފަހިކޮށްދީ، މުދާ […]
”ކިބުރުވެރިކަމެއް ނެތި މަޑުމައިތިރިވުމާއި، އޯގާތެރިވުމަކީ ސުވަރުގެ ލިއްބައިދޭ މާތް ސިފަތަކެއް“

އޯގާތެރިވުމަކީ ސުވަރުގެ ލިއްބައިދޭ މާތް ސިފަތަކެއް ކަމަށާއި، ބޮޑާވުމާއި، ހިތްހަރުކަމާއި، ރުޅިވެރިކަމަކީ ނަރަކައަށް މަގުދައްކާ ކަންކަން ކަމެއް ހުކުރު ޚުޠުބާގައި ބުނެފިއެވެ. މިއަދުގެ ހުކުރު ޚުޠުބާ ދީފައި ވަނީ ”މަޑުމައިތިރިކަން އިސްކުރުން“ މި މައުޟޫއަށެވެ. ޚުޠުބާގައި ބުނީ އަހަރެމެންގެ މި މާތް ދީނަކީ ފުރިހަމަ، ދީނެއް ކަމަށާއި އަޅުކަމުގެ އިތުރަށް ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް އިސްލާމް ދީން ބާރުއަޅާ ކަމަށާއި މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ މި ދީނުގެ […]
މިފްކޯ މަސްފިހާރަ ހުކުރު ދުވަހުވެސް ހުޅުވާގޮތަށް ހަމަޖައްސައިފި

މިފްކޯ މަސްފިހާރައިގެ ވިޔަފާރި ފުޅާކޮށް، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، 01 އޮގަސްޓް 2026 އިން ފެށިގެން ކުންފުނީގެ ރީޓެއިލް ފިހާރަތައް ހުކުރު ދުވަހުވެސް ހުޅުވާ ގޮތަށް ނިންމައި، ވިޔަފާރިކުރާ ގަޑިތަކަށް ބޮޑު ބަދަލެއް ގެނައުމަށް ނިންމައިފިއެވެ. މިފްކޯ އިން ބުނީ މި ބަދަލާއެކު ހުކުރު ދުވަސްތަކުގެ ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށެވެ. އަދި ހަފުތާގެ އެހެން ދުވަސްތަކުގައި […]
އެޗްޕީއޭގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފިއެވެ. އެޗްޕީއޭ އިން މިހާތަނަށް ޚިދުމަތް ދެމުން އައީ ސިއްޙީ ވުޒާރާ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގުގައެވެ.އެގޮތުން އެ އޮފީސް މިހާރު ބަދަލުކޮށްފައިވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް ތަރައްގީކޮށްފައިވާ މެންހެޓަން ގްރޭންޑް ހޮޓެލްސް އިމާރާތަށެވެ. އެޗްޕީއޭ އިން ބުނީ މާދަމާ އިން ފެށިގެން އެ އިދާރާ ހިންގަމުން ގެންދާނީ ހުޅުމާލެ 1 ގައި ވެމްކޯ ހުޅުމާލެ އޮފީހާ ޖެހިގެން ހުންނަ މެންހަޓަން ގްރޭންޑް ހޮޓަލުގެ ދެވަނަ ފަންގިފިލާގައި […]
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 2 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މަމްނޫރް ރަހްމާން، ބަންގްލަދޭޝް (27އ) އާއި އޮމެތަރަން ކަންދަސަމީ، އިންޑިއާ (26އ) އެވެ. 2026 ޖުލައި 28 ވަނަ ދުވަހުގެ ރޭ ހިންގި […]
މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ”މާފަންނު ބަސް ސްޓޭޝަން“ ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެހީއާއެކު މާލެ ސިޓީ ކައުންސިލުން މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ޒަމާނީ ފެންވަރުގެ ބަސް ސްޓޭޝަން ހުޅުވައިފިއެވެ. މި ބަސް ސްޓޭޝަނަކީ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމަށް ހެދި ތަނެކެވެ. މި ބަސް ސްޓޭޝަން ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުޙައްމަދު ޒުހައިލް ޒަޢީމެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ […]
ރޮބަޓްގެ އެހީގައި އައިޖީއެމްއެޗްގައި އޮޕަރޭޝަން ކުރަން ވަސީލަތްތައް ހޯދައިދޭނެ ބަޔަކު ހޯދަނީ

ރޮބަޓް ބޭނުންކޮށްގެން އައިޖީއެމްއެޗްގައި ސާޖަރީކުރަން ބޭނުންވާ ވަސީލަތްތައް ހޯދައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް ގެނެސްދީ، އެ ތަކެތި ހަރުކޮށް އަދި މެއިންޓެނެންސްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކުން މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާން ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،500ރ. ނުވަތަ 100 ޑޮލަރު ދައްކަންޖެހޭއިރު، އެއަށްފަހު، އެ މަސައްކަތްކޮށް […]
އިމާރާތަކުން ވެއްޓުނު މުށިގަނޑެއް މީހެއްގެ ބޮލުގައި ޖެހިގެން ފަރުވާދެނީ

މާލޭގެ އިމާރާތަކުން ވެއްޓުނު މުށިގަނޑެއް، މަގުމަތިން ދިޔަ މީހެއްގެ ބޮލުގައި ޖެހިގެން އެ މީހާއަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.ފުލުހުން ބުނީ ބޮޑުތަކުރުފާނުމަގުގެ މާފަންނުގައި ހުރި އިމާރާތަކުން އެއްޗެއް ވެއްޓި މީހެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާ ކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އިމާރާތެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެގޮތުން އެ ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތް 41 އަހަރުގެ ފިރިހެނަކަށެވެ. އަދި އެ މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި […]
ސަފާރީ ދާއިރާއަށް ހާއްސަކޮށްގެން ބީއެމްއެލްއިން ”ލިވްއެބޯޑް ފައިނޭންސް“ ތައާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވަބޯޑް ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ”ލިވަބޯޑް ފައިނޭންސް“ މިއަދު ތައާރަފުކޮށްފިއެވެ. އެ ބޭންކުން ބުނީ މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށް ކަމަށެވެ. އަދި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބޭނުންކުރަމުންދާ ބައު އުޅަނދުފަހަރު އާބާތުރަ ފިލުވައި […]