ފެނަކަ ކޯޕަރޭޝަންގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، ފެނަކަ އުވާލައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޚިދުމަތްތައްވެސް އެމްޓީސީސީގެ ދަށަށް ބަދަލުކޮށް އާރްޑީސީވެސް އުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ތެރޭގައި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން ފަނަކަ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގިދާނެ ކުންފުންޏެއް ނޫންކަން އޮޑިޓް ރިޕޯޓުން އެނގޭ ކަމަށާއި އެހެންކަމުނަ ފެނަކަ ކޯޕަރޭޝަން އުވާލުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ެއަދި ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީ ކުރުމަށް އުފެއްްދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، އެ ކުންފުނީގެ ދަށުން ހިންގަމުންދާ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
![]()
