ސްރީލަންކާއަށް އެހީތެރިވުމަށް ބާއްވާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯން ފަށައިފި

ރާއްޖޭގެ މީޑިއާތަށް ގުޅިގެން ”ދިތްވާ“ ތޫފާނުގައި ސްރީލަންކާގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީވުމަށް ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯން ފަށައިފިއެވެ. ޕީއެސްއެމުން އިސްނަގައިގެން ކުރިޔަށް ގެންދާ މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. ތޫފާން ”ދިތުވާ“ ގައި ލަންކާއަށް ކުުރަމުން އަންނަ ބޯވިއްސާރައިގައި ގަދަ ވަޔާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތަކުގައި އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 100 އަށްވުރެ މައްޗަށް […]
ޖަޕާނު ސަރުކާރުން ކަސްޓަމްސްއަށް ކަނޑު އުޅަނދެއް ހަދިޔާކޮށްފި

ޖަޕާނު ސަރުކާރުން 82 ފޫޓުގެ ޕެޓްރޯލް ވެސަލްއެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހަދިޔާކޮށްފިއެވެ. މިއީ ރާއްޖޭގެ ބައިނަލްއަޤްވާމީ ބަނދަރުތައް ބެލެހެއްޓުން ހަރުދަނާ ކުރުމާއި ސަރވެއިލެންސްގެ މަސައްކަތަށް ހަދިޔާކުރި އުޅަނދެކެވެ. އެގޮތުން މި އުޅަނދު ހަދިޔާ ކުރުމަށް ބުރާސްފަތި ދުވަހު ކަސްޓަމްސް ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހޯމް މިނިސްޓަރު ޢަލީ އިޙްސާނެވެ. މި އުޅަނދު ރަސްމީކޮށް ޙަވާލުކޮށްދެއްވީ، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އުޅަނދާ ޙަވާލުވެ ވަޑައިގެންނެވީ، […]
ލަންކާއަށް އެހީވާން ރާއްޖޭން 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަނީ

ލަންކާއަށް އެހީވާން ރާއްޖޭން 50،000 ޑޮލަރާއި 25،000 މަސްދަޅު ހަދިޔާކުރަން ނިންމައިފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ މި ނިންމުމަކީ ސްރިލަންކާއަށް އެރި “ދިތުވާ” ތޫފާންގެ ސަބަބުން އެ ގައުުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ގައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން އެ އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ގައުމުގެ ދެމެދުގައި އޮތްގާތްއެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި […]
ލަންކާއަށްކުރާ ވިއްސާރައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން އެދިއްޖެ

ލަންކާއަށް މިހާރު ކުރަމުން އަންނަ ބޯވިއްސާރައާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވާން އެދިއްޖެއެވެ. މިގޮތަށް އެދިފައި ވަނީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނީ ތޫފާން ”ދީތުވާ“ ގެ ސަބަބުން ލަންކާއަށް ބޯކޮށް ވާރޭވެހި އަދި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އަދި އެ ހާލަތު ކުރިމަތިވެފައި ވާތީ އެ ގައުމަށް ރެޑް އެލާޓް ނެރެފައިވާ […]
ކުރީގެ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހާއަށް 10 އަހަރުގެ ޖަލު ޙުކުމެއް!

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި ދަޢުވާ ކުރި މީހާ 10 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ހ. ލައިޓްނައިޓް، އިސްމާޢީލް ޔާފިސް އެވެ. މަރުގެ އިންޒާރު ދީފައި ވަނީ ރައީސް ނަޝީދު، މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވިއިރު 2021 ވަނަ އަހަރުއެވެ. ފޭސް ބުކުގައި އެ މީހާ ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް […]
ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭކަން މިއަދުގެ ހުތުބާގައި ހަނދާންކޮށްދީފި

މިއަދުގެ ހުތުބާގައި ފާޙިޝް ކަންކަމަށް މަގުފަހިވާ ތަކެތި ފެތުރުމާއި ޢާންމުކުރުމުން ދުރުހެލިވާންޖެހޭކަމަށް ހަނދާންކޮށްދީފިއެވެ. މިއަދުގެ ހުކުރު ހުތުބާގެ މައުލޫއަކީ ”ފާހިޝް އަމަލުތަކާއި ދުރުހެލިވުން“ މިއެވެ. މިއަދުގެ ހުކުރު ހުތުބާގައި ބުނީ އިސްލާމްދީންވަނީ ފާޙިޝްކަންތައްތަކާ ދުރުހެލިވުމުގެ އިތުރުން އެ ފަދަ ކަންތައްތައް ފެތުރުމާއި އެ ފަދަ ކަންކަމަށް މަގުފަހިކޮށްދޭ ހުރިހައި ކަމެއް ވެސް ޙަރާމްކުރައްވާފައި ކަަމަށެވެ. ”لَمْ تَظْهَرِ الْفَاحِشَةُ فِيْ قَوْمٍ قَطُّ حَتَّى يُعْلِنُوْا بِـهَا، إِلَّا فَشَا فِيْهِمُ الطَّاعُوْنُ وَالْأَوْجَاعُ الَّتِيْ لَمْ […]
މާލޭ ވޮކޭޝަނަލް ހައި ސްކޫލް ރަސްމީކޮށް ހުޅުވައިފި!

މާލޭ ވޮކޭޝަނަލް ހައި ސްކޫލް ރަސްމީކޮށް ހުޅުއްވައިފިއެވެ. ަެއެ ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ. ެެއެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިއީ، ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކުން ކުރިއަށް ދިއުމަށް ޝައުޤުވެރިވާ ދަރިވަރުންނަށް އަމާޒުކޮށްގެން ހުޅުވި ސްކޫލެއް ކަމަށެވެ. މި ސްކޫލް ހުޅުވިގެން ދިއުމާއެކު މަތީ ސާނަވީ ތަޢުލީމުގެ ޕާތްވޭއެއް އިތުރުވެ، ޢަމަލީ އަދި ސިނާޢީ ދާއިރާއަށް ގުޅޭ ތަމްރީނަށް ޝައުޤުވެރިވާ ދަރިވަރުންނަށް ފުރުޞަތުތައް […]
ޤާނޫނާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓުކުރަން އެދިއްޖެ

ޤާނޫނާ ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ރިޕޯޓުކުރުމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އެދިއްޖެއެވެ. އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާ ކަމަށެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ […]
މަޖިލީހުގެ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރު ކުރުމަށް ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުއްވީ ރިޔާސަތުންނެވެ. އަދި އެ ގޮތަށް ނިންނީ މި ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ. މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު އަންނަ ހަފުތާގެ ނިޔަލަށް އިތުރު ކުރަން ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 55 […]
ރަޝިޔާ-ޔޫކްރޭނަށް އެމެރިކާއިން ހުށަހެޅި ޕްލޭނާ ބެހޭ ގޮތުން އީޔޫގެ ލީޑަރުން މަޝްވަރާކުރަނީ

ރަޝިޔާ-ޔޫކްރޭން ހަނގުރާމަ ހުއްޓާލަން އެމެރިކާއިން ހުށަހެޅި ޕްލޭނާ ބެހޭ ގޮތުން އީޔޫގެ (ޔުރަޕިއަން ޔޫނިއަނުން) ލީޑަރުން މިއަދު މަޝްވަރާކުރަން ނިންމައިފިއެވެ. .