ކުޅުދުއްފުށީ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ކުޅުދުއްފުށި ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން ހަވާލުކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ބައެއް މަޝްރޫއުތައް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށް ގެންދިއުމަށް ޕްރައިވެޓް ކޮންޓްރެކްޓަރުންނާއެކު ސޮއިކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިންނެވެ.. މިވަޤްފު މަޝްރޫއަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެކެވެ. މި […]
ނޮވެމްބަރ 4ގައި އެމެރިކާގައި ބޭއްވުނު ގަވަރނަރުން އިންތިޚާބުގައި ކުރި ހޯއްދެވި ބޭފުޅުންގެ ޚުލާސާއެއް

2025 ނޮވެމެބަރ 4 ވަނަދުވަހު އެމެރިކާގައި ބޭއްވުނު ގަވަރނަރުން ނުވަތަ މޭޔަރުންގެ އިންތިޚާބު ކުރުން ބޭއްވުމުގެ މާކުރިއްސުރެންވެސް މީޑިއާތަކުން ފަލަ ސުރުޚީއެއް ހޯދަމުން ދިޔައެވެ. ފާއިތުވެގެންދިޔަ ޒަމާންތަކުގައި މޭޔަރ ނުވަތަ ގަވަރނަރ ގެ މަގާމު މިލިއަނަރުންގެ އަތްމަތީގައި އޮތް ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ މުއްސަނދިންގެ ޝަހަރު ކަމުގައިވާ ނިއުޔޯރކް ސިޓީގެ ގަވަރނަރ ކަމަށް އޭޝިއާއަށް ނިސްބަތްވާ ބޭފުޅަކު ކުރިމަތި ލައްވަން ކެރުން ވެގެންދިޔައީ ނިއު ޔޯރކް ސިޓީގެ ރައްޔިތުންނަށްވެސް ހައިރާން ކަމެއް ލިބިގެން […]
މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. އަތޮޅު ރިސޯޓަކުން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. އަތޮޅު ރިސޯޓަކުން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ ވ. ފެލިދޫ / ސްނޯލައިޓް، މުޙައްމަދު ނަލީޒު (41އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހު ފޯކައިދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އެގޮތުން މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާ […]
މާލޭގެ ގެއެއްގެ ވައި ގޮޅިއަކުން ވެއްޓުނު ބިދޭސީއަކު ނިޔާވެއްޖެ

މާލޭގެ ގެއެއްގެ ވައި ގޮޅިއަކުން ވެއްޓުނު ބިދޭސީއަކު ނިޔާވެއްޖެއެވެ. ފުލުހުން މިރޭ ބުނީ މާފަންނުގައި ހުންނަ ގެއެއްގެ ވައި ގޮޅިއަށް މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިއަދު އިރުއޮއްސި 6:30 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގައި ވައި ގޮޅިން ވެއްޓި މަރުވި މީހާ އަކީ އުމުރުން 47 އަހަރުގެ ބަންގްލާދޭޝް މީހެއް ކަމަށެވެ. އެގޮތުން އޭނާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. […]
އައްޑޫހުޅުދޫ އާއި އައްޑޫމީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ހަމަޖައްސައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫހުޅުދޫ އާއި އައްޑޫމީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައި، ރައީސްގެ ޤަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައިފިއެވެ. ރައީސްގެ ޤަރާރު އިޞްލާޙުކުރައްވާފައި ވަނީ، އައްޑުއަތޮޅު ހުޅުދޫ އާއި އައްޑުއަތޮޅު މީދޫ އާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށްޓަކައި 2025 އޮކްޓޫބަރު 25 ވީ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، އައްޑުއަތޮޅު […]
ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލި ހާދިސާގައި 6 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެނީ

ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލި ހާދިސާގައި 6 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ދެންމެ ބުނީ މި ހާދިސާގެ މައުލޫމާތު މިއަދު 3:44 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 2 ބިދޭސީންނާއި 4 ދިވެހީން ކަމަށް ފުލުހުން ބުނެފައި ވެއެވެ. މީގެ އިތުރުން ފުލުހުން ބުނީ މި ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި […]
ބަނގުރާ ގެންގުޅުނު މައްސަލައިގައި ސަސްޕެންޑްކުރި އަންހެން ފުލުހަކު ވަކި ކުރުމަށް ލަފާދީފި

ބަނގުރާ ގެންގުޅުނު މައްސަލައިގައި ސަސްޕެންޑްކުރި އަންހެން ފުލުހަކު ވަކި ކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ލަފާދީފިއެވެ. އެ މައްސަލައިގައި މަގާމުން ވަކިކުރުމަށް ލަފާދީފައިވަނީ ފުލުސް އޮފިސަރެއް ކަމަށްވާ ކޮންސްޓަބަލް އާމިނަތު މާޔާ ހުސައިން ބަޝީރު އެވެ. ފުލުހުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ބަންގުރާ ގެންގުޅޭ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުުލުހުންނަށް ލިބުނު މައުލޫމަތަކާއި ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު ތުލުސްދޫ ގެސްޓް ހައުސްއެއް ބަލައިފާސްކޮށް، 23 އަހަރުގެ ތިން […]
”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ ރާއްޖޭގައި ތަންފީޒު ކުރަން ފަށައިފި

”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ ޤާނޫނީގޮތުން މިއަދު ރާއްޖޭގައި ތަންފީޒު ކުރަން ފަށައިފިއެވެ. އެގޮތުން 1 ޖަނަވަރީ 2007 ގައި އުފަންވެފައިވާ ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވާ އެއްވެސް ފަރާތެއް ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ދުންފަތުގެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއްގައި ބައިވެރިވުމާއި ބައިވެރިކުރުމަކީ މިއަދުން ފެށިގެން ޤާނޫނީގޮތުން މަނާކަމެކެވެ. އަދި ދުންފަތުގެ ބާވަތެއް ވިއްކުމުގެ ކުރިން އެ ފަރާތަކީ ޤާނޫނު ހުއްދަކުރާ އުމުރު ހަމަވެފައިވާ ފަރާތެއްކަން ކަށަވަރު ކުރުމަށް ރަސްމީ ލިއުމެއް ބަލާ ޗެކްކޮށް، އުމުރު ކަށަވަރުކުރުން، […]
ހިޔާގެ އަށް ވަނަ ޓަވަރުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް 2ގެ ހިޔާ ފްލެޓުގެ އަށް ވަނަ ޓަވަރުގެ 14 ވަނަ ފްލޯއިން މީހަކު ވެއްޓި މަރުވެއްޖެއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 8:32 އެހާކަންހާއިރު ހިޔާ ޓަވަރުގެ 8 އިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. މި ހާދިސާގައި ވެއްޓުނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ފުލުހުން […]
ޖެނަރޭޝަނަލް ބޭން އާ ގުޅިގެން 32 ގަޑި އިރަށް ކުރިއަށްގެންދާ ޓެލެތޯން ފަށައިފި

ދުންފަތާއި ދެކޮޅަށް ތަންފީޒުކުރާ ޖެނަރޭޝަނަލް ބޭން އާ ގުޅިގެން 32 ގަޑި އިރަށް ކުރިއަށްގެންދާ ޓެލެތޯން ފަށައިފިއެވެ. މިއީ ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯންއެކެވެ. މިއަދު ހަވީރު 16:00 ހާއިރު ފެށި މި ޓެލެތޯނު މިރޭވެސް ކުރިއަށް ގެންދާނެއެވެ. އަދި މި ޓެލެތޯން ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12 ޖަހާއިރުގައެވެ. މި ޓެލެތޯން ކުރިއަށްގެންދަނީ ޖެނެރޭޝަން ބޭންއަށް އަމަލުކުރަން ފެށުމާއެކު 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެ އުމުރުފުރައިގެ ކުދިންނަށް […]