ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް ހުއްދަދީފި

ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް ހުއްދަދީފިއެވެ. މިކަންހާމަކޮށް އިކޮނޮމިކް މިނިސްޓްރީން ބުނީ ސްޕެޝަލް އިކޮނޮމިކް ޒޯންސް ގާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓް ތަރައްގީކުރުމަށް ބޭނުންވާ ހުއްދަ، ސަރުކާރުން ބޯޑް އޮފް އިންވެސްޓްމަންޓްސް މެދުވެރިކޮށް އިއްޔެ ދޫކޮށްފައިވާ ކަމަށެވެ. މި ހުއްދަ ދޫކޮށްފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އެ ކުންފުނިން ރަސްމީކޮށް ހުށަހެޅި އެޕްލިކޭޝަނަށް ހުއްދަ ދިނުމަށް ފާސްކޮށްފައިވަނީ 2025 ވަނަ އަހަރު ބޭއްވުނު ބޯޑުގެ […]
ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ އެއްބަސްވުމަކާ ހަމައަށް އައުމަށް އޮތީ މައިގަނޑު 2 މައްސަލައެއް: ކީތު ކެލޮގް

ޔޫކްރެއިން އާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް އެއްބަސްވުމަކާ ހަމައަށް އައުމަށް އޮތީ މައިގަނޑު ދެ މައްސަލައެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިންއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު، ކީތު ކެލޮގް ވިދާޅުވެއްޖެއެވެ. . ެއޭނާ މިހެން ވިދާޅުވީ ކެލިފޯނިއާގައި ހުންނަ ރޮނަލްޑް ރޭގަން ޕްރެޒިޑެންޝަލް ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި ފޯރަމެއްގައި ވާހަކަ ދައްކަވަމުންނެވެ. މަންދޫބު ކީތު ކެލޮގް ވިދާޅުވީ، ޔޫކްރެއިންގެ މައްސަލަ ހައްލު ކުރަން ކައިރިވެފައިވާ ކަމަށާއި ނަމަވެސް ޒަޕޯރިޒްޒިއާ […]
އިންޑޮނީޝިއާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 914 މީހުން މަރުވެއްޖެ

އިންޑޮނީޝިއާގެ ސުމަޓްރާގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސާތަކުގައި 914 މީހުން މަރުވެއްޖެއެވެ. އެ ގައުމުގެ ނޭޝަނަލް ޑިޒާސްޓާ މިޓިގޭޝަން އޭޖެންސީ (ބީއެންޕީބީ) އިން ވަނީ އިންޑޮނީޝިއާގެ ސުމަޓްރާގެ ތިން ޕްރޮވިންސެއްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މިހާތަނަށް 914 މީހުން މަރުވެފައިވާކަން ހާމަކޮށްފައެވެ. ބީއެންޕީބީގެ ޑޭޓާ، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ސެންޓަރުގެ ވެރިޔާ އަބްދުލް މުހާރީ ވިދާޅުވީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހާ ހަމައަށް މަރުވި […]
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 936،000 ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 936،000 ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައި ގަނެފައި ވަނީ މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި އަތުލައިގަނެފައި ވަނީ ކެނެބިސް ފަތް ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 1.170 ގްރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން ބުނެފައި ވެއެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލު ކަސްޓަމްސް އިން ދީފައެއް ނުވެއެވެ.
މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖްތަކެއް ހޯދައިފި

މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އަދި ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ފުލުހުން ބުނީ އެ ތަކެތި ހޯދާފައި ވަނީ މި […]
މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިިނުމުގެ ބިލު ތަސްދީގުކުރައްވައިފި

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2025 ޑިސެންބަރު 3 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ. މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކްކުރުމާއި މަސްތުވާތަކެތީގެ އެ ނޫންވެސް ވިޔަފާރިކުރުން ހުއްޓުވައި، ދިވެހިރާއްޖޭގައި މަސްތުވާތަކެތި ގެންގުޅޭ އަދި ބޭނުންކުރާ މިންވަރު މަދުކޮށް، […]
ގެސްޓްހައުސްގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުން 818 ގުރާމުގެ މަސްތުވާތަކެތި!

ހުޅުމާލޭ ގެސްޓްހައުސްއެއްގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުން 818 ގުރާމުގެ މަސްތުވާތަކެތި ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުުހުން ރޭ ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ، 40 އަހަރުގެ ނޭޕާލު ފިރިހެނެއް ކަމަށާއި މިހާތަނަށް ބެލި ބެލުމުން މަރުވެފައި އޮއްވާ ފެނުނު މީހާ ރާއްޖެ އައިސްފައިވަނީ އިތުރު ދެ މީހަކާއެކު ނޮވެންބަރު މަހުގެ 26 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށެވެ. އެ މީހުން މާފުށީގައި […]
ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވާން އެދިއްޖެ

ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާތީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާންމުން ސަމާލުވާން އެދިއްޖެއެވެ. އެ ކޯޕަރޭޝަނުން ރޭ ބުނީ ޙައްޖަށް ދިއުމަށް އިތުރަށް ފައިސާ ދެއްކުމުން ޙައްޖު ދަތުރުގެ ޖާގަ ކަށަވަރުވާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދުމަށް ޙައްޖު ކޯޕަރޭޝަންގެ ނަމުގައި އާންމުންގެ ފޯނުތަކަށް މެސެޖުތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އަގުގެ އިތުރަށް އެ ކޯޕަރޭޝަނުން އެއްވެސް ފައިސާއެއް […]
ލަންކާއަށް އެހީވުމަށް ކުރިއަށްގެންދިޔަ ޓެލެތޯނަށް ލިބުނު 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފި

ތޫފާން ދީތުވާގެ ސަބަބުން ލަންކާގެ ރައްޔިތުން ހާލުގައި ޖެހިފައިވާތީ އެ ގައުމަށް އެހީވުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިޔަށްގެންދިޔަ ޓެލެތޯނަށް ލިބުނު 12 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ގައުމާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. ެއެ ފައިސާ ލަންކާ ސަރުކާރާ މިއަދު ހަވާލުކޮށްދެއްވީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ. އެ ޓެލެތޯން ކުރިއަށްގެންދިޔައީ ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ 37 މީޑިއާ އަކާ ގުޅިގެންނެވެ. އެ ޓެލެތޯން ފެށީ 30 ނޮވެމްބަރު ގައެވެ. އަދި […]
އޮޕަރޭޝަން އަލިމަގުގައި އައްޑޫ ސިޓީގެ 10 ތަނެއް ބަލާފާސްކޮށް 10 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަން އަލިމަގުގެ ދަށުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތާނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ރޭ ބުނީ މި އޮޕަރޭޝަންގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން އައްޑޫ ސިޓީގެ 10 ތަނެއް ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެ މީހުންގެ ތެރެއިން 6 މީހަކު […]