“ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެނަމަ އިސްވެ އެ މީހަކަށް ފިޔަވަޅު އަޅާނީ އަޅުގަނޑު“
އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެނަމަ އިސްވެ އެ މީހަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ލ.ގަމުގެ އަލަށް އާބާދުވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. “އެފަދަ ކަމެއް ކުރާ ފަރާތެއް ފާހަގަވެއްޖެއްޔާ އަޅުގަނޑު އިސްވެ އެމީހަކަށް ފިޔަވަޅު އަޅާނަން“ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު […]
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހައިލަމްގެ ތާއީދު މުޢިއްޒަށް
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަޙްމަދު ހައިލަމް މިއަދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައިލަމް ވިދާޅުވީ ރާއްޖޭގެ ސިޔާދަތާއި އަމާންކަމަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތައް ނައްތާލައި, ހަމަޖެހުމާއި އަމާންކަން ގާއިމުކޮށް; އިސްލާމްދީނަށް މި ގައުމުގައި ކުރިމަތިވަމުންދާ ފުރައްސާރަ ކުރުންތައް ހުއްޓުވަން ޖެހިފައިވާ ކަމަށެވެ. އަދި ދީނީ ވަހުދަތު ގާއިމުކޮށް, އިގުތިސާދީ […]
އަލަށް ވޯޓުލެވޭ 408 މީހުންނާއެކު ދެވަނަ ބުރުގެ ވޯޓާސް ލިސްޓް އާންމުކޮށްފި
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ. ލިސްޓުގައިވާ ގޮތުން ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282,803 އެވެ. އޭގެތެރޭގައި ހިމެނެނީ 144,410 ފިރިހެނުންނާއި 138,394 އަންހެނުންނެވެ. ފުރަތަމަ ބުރުގައި ވޯޓު ދިން މީހުންނަށްވުރެ އިތުރު 408 މީހުންނަށް ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވެއެވެ. މި ލިސްޓަކީ ޝަކުވާއަށް ހުޅުވާލުމަށްފަހު ނެރުނު ދާއިމީ […]
އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން: މުޢިއްޒު
އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ގިރާވަރު ކޮމިއުނިޓީއާ ބައްދަލުކުރައްވަން ރޭ މާލޭގައި ބޭއްވި ކެމްޕޭން އިވެންޓްގައި މުޢިއްޒު ވިދާޅުވީ ޤައުމީ ދިފާޢީ ބާރުން ވިދާޅުވިޔަސް އުތުރުތިލަފަޅަކީ މިހާރު ސިފައިންގެ ބާރު ހިނގާ ތަނެއްނޫން ކަމަށެވެ. އަދި ސިފައިންނަށް ވެސް އެތަނަށް ދެވެނީ ބަޔެއްގެ ހުއްދަ ހޯދައިގެން ކަމަށެވެ. “މިތަނުގައި ތިބި އިންޑިޔާ ސިފައިން ބޭލުމަކީ އުނދަގޫކަމެއް ނޫން. 51 ޕަސެންޓަށް އިތުރުވާ ކޮންމެ ވޯޓަކީ […]
ރީ-ރަޖިސްޓަރީ ލިސްޓަށް ޖުމްލަ 361 ޝަކުވާ, ޝަކުވާތަކަށް ދަނީ ޖަވާބު ދެމުން
ރީ-ރަޖިސްޓަރީވުމަށް ހުށަހެޅި ފޯމުތަކާ ގުޅޭ ގޮތުން ޖުމްލަ 361 ޝަކުވާ ލިބިފައިވާ ކަމަށާއި އެ ޝަކުވާތަކަށް ޖަވާބުދެމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ރީ-ރަޖިސްޓްރީވުމަށް 42867 ފޯމު ހުށަހެޅިއިރު ދެވަނަބުރުގައި ގާތްގަނޑަކަށް 47000 ފޯމު ހުށަހެޅިއެވެ. ެއެ ފޯމުތަކުގެ ތެރެއިން ސައްހަވީ 38763 ފޯމު ސައްހަކަމަށް ނިންމިއިރު, 11284 ފޯމުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް އީސީން ވަނީ ނިންމާފައެވެ. ރަޖިސްޓަރީ އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލީ […]
ހދ.އަތޮޅު ކައުންސިލުގެ ރައީސް ސިރާޖު ޕީޕީއެމްއަށް
ހދ.އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ސިރާޖު ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ. ސިރާޖު ޕީޕީއެމްއަށް ސޮއިކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައެވެ. އެ ޖަލްސާގައި ސިރާޖުގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގެންނެވީ މުޢިއްޒުގެ އިތުރުން ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) އެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ހދ.އަތޮޅު ކައުންސިލުގެ ރައީސްކަމަށް އިންތިޚާބުވި ސިރާޖު ޕީޕީއެމްއަށް ސޮއިކުރެއްވިއިރު ށ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ވެސް ވަނީ […]
ނަގޯރނޯ ކަރަބާހަކީ އަޒަރބާއިޖާންގެ ސަރަޙައްދެއް – ރަޝިޔާ
އަރްމޭނިއާގެ ނަސްލީ ހަނގުރާމަ ވެރިންނާއި އަޒަރްބާޖާންގެ ސިފައިންނާ ދޭތެރޭ ހިނގަމުންދިޔަ ދެކޮޅުވެރި ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ރަޝިޔާގެ ސުލްޙަބަލަހައްޓާ ސިފައިންގެ ބާރުގައި ގާއިމްކުރެވުނު އެއްބަސްވުމުގެ މައްޗަށް ބިނާކޮށް އަރްމީނިޔާގެ ހަނގުރާމަވެރިން އަމާންދީ އެމީހުންގެ ހަތިޔާރުތައް ބަހައްޓައިފިކަމަށާއި އެސަރަޙައްދުވެސް ދޫކޮށް ހިނގައްޖެއެވެ. މިކަން އަޒަރްބާއިޖާންގެ ރައީސް އިލްހާމް އަލީޔޭވް އަޢި އަދި އެގައުމުގެ ދިފާއީ ވުޒާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަޒަރްބާޖާންގެ ޚާރިޖިއްޔާގެ ތަރުޖަމާނު އައިޚާން ހާޖީޒާދާ އަލްޖަޒީރާއަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ ވަކިވެގަތުމަށް މަސައްކަތްކުރާ އާރްމޭނިޔާ ނަސްލުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ހަތިޔާރު ބަހައްޓަން މި އެއްބަސްވުމުގެ ދަށުން އެމީހުނަށް މަޖުބޫރު […]
ކުޅުދުށްފުށީގައި 2,000 ހައުސިންގ ޔުނިޓުގެ މަޝްރޫއުއެއް ހިންގާނަން: ޑރ.މުޢިއްޒު
ކުޅުދުށްފުށި ސިޓީގައި 2,000 ހައުސިންގ ޔުނިޓުގެ ހައުސިންގ މަޝްރޫއުއެއް ހިންގުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ. ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އެ ސިޓީއަށް އެންމެ މުހިންމު ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން އެ ސިޓީގައި 2,000 ހައުސިންގ ޔުނިޓުގެ ހައުސިން މަޝްރޫއުއެއް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ހައުސިންގް ޔުނިޓްތަކަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ލިބި ސިޓީއަށް އެކަމުން ފައިދާވެގެންދާނެ ކަމަށާއި ގޯތީގައި ގެދޮރު […]
މުޢިއްޒު އަނިޔާވެރިވާނެ ކަމަށް ބުނަނީ ދައްކާނެ ވާހަކައެއް ނެތުމުން: ޝަހީމް
ޕީޕީއެމް/ޕީޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމެއްގައި އަނިޔާވެރިއެއް ނުވާނެ ކަމަށާއި ވާދަވެރިން އެފަދަ ވާހަކަތައް ދައްކަނީ ދައްކާނެ ވާހަކައެއް ނެތުމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ޑރ.މުޢިއްޒުގެ ވާދަވެރިން އެންމެ ބޮޑަށް ދައްކާ ވާހަކައަކީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ހިންގި ކަމަށް ބުނާ އަނިޔާވެރިކަން މުޢިއްޒުގެ ވެރިކަމެއްގައި އިއާދަވާނެ ކަމުގެ ވާހަކައެވެ. ބ.ކަމަދޫގައި ރޭ ބޭއްވި ޑރ.މުޢިއްޒުގެ ކެމްޕޭން ޖަލްސާގައި ޝަހީމް ވަނީ އަނިޔާއެއް ދީފައި އޮތީ ކޮން […]
އިގުތިސާދީ ގޮތުން މި ގައުމު އޮތީ އެެއް އަތަކަށް ގޮސް އަޅުވެތިވެފައި: މުޢިއްޒު
އިގުތިސާދީ ގޮތުން މި ގައުމު އޮތީ އެެއް އަތަކަށް ގޮސް އަޅުވެތިވެފައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާާާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ބ.ކަމަދޫގައި ރޭ ބޭއްވި ޖަލްސާގައި ޑރ.މުޢިއްޒު ވިދާޅުވީ އަޅުވެތިވާނީ ހަމައެކަނި ބޭރު ސިފައިން ވެސް ތިބުމަކުން ނޫން ކަމަށާއި އިގުތިސާދީ ގޮތުން މި ގައުމު އޮތީ އެެއް އަތަކަށް ގޮސް އަޅުވެތިވެފައި ކަމަށެވެ. “އަޅުވެތިވަނީ ހަމައެކަނި ބޭރު ސިފައިން ތިބެގެނެއް ނޫން. މިއަދު އިގުތިސާދީ ގޮތުން މިތިބީ އެއް އަތަކަށް [އިންޑިއާ] ގޮސް […]