ނިލަންދޫ ދާއިރާގެ މެމްބަރު ޖޭފޯ އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލްމުޙުސިން ޙަމީދު (ޖޭފޯ) މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. މެންބަރު ޢަބްދުލްމުޙުސިން ޙަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިހާރު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ނިލަނދުއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި މެންބަރު ޢަބްދުލްމުޙުސިން ޙަމީދުގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ރައީސް ޞާލިޙެވެ. ޢަބްދުލްމުޙުސިން ޙަމީދު މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނިލަންދޫގެ ގޮނޑިއަށް ވާދަކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅެކެވެ. އެމްޑީޕީއަށް ސޮއިކުރެއްވުމާ ހަމައަށް އޭނާ […]
ނަޢީމާ މަރައިލުމަށް ބޭނުންކުރި ދެ ވަޅި ހޯދައިފި

ނ.މަނަދޫ ނަޢީމާ މޫސާ މަރައިލުމަށް ބޭނުންކުރިކަމަށް ބެލެވޭ ދެ ވަޅިއާއި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު, ފުލުހުން އެ ރަށުން ހޯދައިފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ނަޢީމާ މަރައިލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި މި މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބިކަން ހާމަކުރައްވައިފައެވެ. އަދި މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން […]
ނަޢީމާ މަރައިލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ނ.މަނަދޫ ގެއެއްގެ ތެރޭގައި މަރާލައިފައި އޮއްވައި ފެނުނު އެ ރަށު ނަޢީމާ މޫސާގެ މަރުގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޢީމާ މަރައިލި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި މި މައްސަލާގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށެވެ. މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލައި ފާސްކުރަމުންދާ ކަމަށް ވެސް […]
އީވާއާއި ރިފްޢަތާއި ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާއާއި ބަންޑާރަނައިބު އިބްރާހީމް ރިފްޢަތާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތާވަލުކޮށްފިއެވެ. އެމްޑީޕީގެ 55 މެންބަރުންގެ ތެރެއިން 49 މެންބަރުންނާއި މިނިވަން މެންބަރެެއްގެ ގޮތުގައި ހުންނެވި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލް މުޙުސިން ޙަމީދުގެ ސޮޔާއެކު, އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުންނެވެ. ޗާގޯސްއާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް […]
ރިޔާސީ އިންތިޚާބު : 8 ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 8 ގައުމެއްގައި ވޯޓުލާ މަރުކަޒު ގާއިމު ކުރުމަށް އިލެކްޝަން ކޮމިޝަނުން އިއްޔެ ނިންމައިފިއެވެ. އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭން ބޭރުގައި ދިރިއުޅޭ ވީހާ ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 8 ގައުމެއްގެ 9 ސިޓީއެއްގައި ވޯޓުލާ މަރުކަޒު ގާއިމު ކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ޙަބީބު ވިދާޅުވި ގޮތުގައި ވޯޓުލާ މަރުކަޒު ގާއިމު ކުރުމަށް […]
ތިނަދޫ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގދ.ތިނަދޫ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފްއިން ބުނީ ގދ.ތިނަދޫ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓު ލިބުނީ މިއަދު 11:30 ހާއިރު ކަމަށާއި މިހާރު އަލިފާން ނިއްވާލައިފައިވާ ކަމަށެވެ. “ގދ.ތިނަދޫ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ހަރަކާތްތެރިވެ ނިއްވާލައިފި. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 11:30 ހާއިރު“ އެމްއެންޑީއެފްއިން ކުރި ޓުވީޓެއްގައިވެއެވެ. ނަމަވެސް މި ހާދިސާއާގުޅޭ […]
ޤާސިމަށް ރިޔާސީ ޓިކެޓު ހަވާލުކުރުން އަންނަ މަހުގައި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބާއްވާ ޖަލްސާ އަންނަ މަހުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ. ޖޭޕީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން އަންނަ ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމައި, ރިޔާސީ ކެންޑިޑޭޓްކަމަށް ކުރިމަތިލުމަށް ހުޅުވައިލުމުން އެކަމަށް ކުރިމަތިލެއްވީ އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެކަންޏެވެ. އެހެންވެ އެ ޕާޓީގެ ރިޔާސީ ޓިކެޓް ޤާސިމަށް ދިނުމަށް ޕާޓީގެ ކައުންސިލުގެ އިއްތިފާގުން ވަނީ ނިންމައިފައެވެ. ޖޭޕީން […]
މައުމޫނުގެ އެމްއާރްއެމް އުވައިލަން އީސީން ނިންމައިފި

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވައިލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އެމްއާރްއެމް އުވައިލަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެންބަރުން ހަމަނުވާތީ އެ އަދަދަށް މެންބަރުން ހަމަކުރަން ނޯޓިސް ދިނުމުން އެ އަދަދަށް މެންބަރުން ހަމަކޮށް އީސީއަށް ހުށަހަޅާފައިނުވާތީއެވެ. “މެންބަރުން ހަމަކުރުމަށް ދެވުނު 3 މަސްދުވަހުގެ މުއްދަތުގައި 3000 މެންބަރުން ހަމަވެފައި ނުވާތީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (MRM) އުވައިލުމަށާއި މިއަދުން ފެށިގެން އެއްވެސް ސިޔާސީ […]
ޕާޓީ އުވައިލަން ނިންމީ ގާނޫނީ އިމުން ބޭރުން, ނިންމުމުގެ މައްޗަށް ކުރި ހޯދާނަން: ފާރިޝް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވައިލަން އިލެކްޝަން ކޮމިޝަނުން ނިންމީ ގާނޫނީ ތަރަހައިން ބޭރުން ކަމަށާއި އެ ނިންމުމުގެ މައްޗަށް ކުރި ހޯއްދަވާނެކަމަށް އެ ޕާޓީގެ ރައީސް ފާރިޝް މައުމޫން ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދަރިކަލުން ފާރިޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޯލްޑިވްސް ރިފޯމް މޫވްމަންޓް އުވައިލެއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމަވައި އެކަން މިއަދު އަންގަވާފައިވާ ކަމަށެވެ. ފާރިޝް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމެވުމަކީ ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން ގާނޫނީ […]
ނަޝީދުގެ ”ދަ ޑިމޮކްރެޓްސް“ ޕާޓީ އުފައްދަން ހުއްދަދީފި

އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ”ދަ ޑިމޮކްރެޓްސް“ ޕާޓީ އުފައްދަން އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަދީފިއެވެ. ރައީސް ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަނުން ”ދަ ޑިމޮކްރެޓްސް“ ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ހުށަހެޅީ މި މަހުގެ 21 ގައެވެ. ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދައަށް އެދުނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަޠީފްގެ ނަމުގައެވެ. އިސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ޕާޓީ އުފައްދަން ހުއްދަ ދިނުމަށް […]