ރަޙިމްގެ ގުޅުން ދެމެހުއްޓުމަކީ ވާޖިބެއް

ރަޙިމްގެ ގުޅުން ދެމެހުއްޓުމުގެ ވާޖިބުކަމާއި، ގުޅުން ކަނޑާލާ މީހާގެ މައްޗަށް އައިސްފައިވާ ވަޢީދުގެ ބަސްތައް އެއީ ނުހަނު ގިނަވެގެންވާ އެންމެންނަށްވެސް އެނގޭ ކަމެކެވެ. ޙަދީޘްފުޅެއް އަޑުއަހާލާތޯއެވެ! “ މާތްﷲ އާއި އާޚިރަތް ދުވަހަށް އީމާންވެއްޖެ މީހާ ފަހެ ރަޙިމްގެ ގުޅުން ދަމަހައްޓާށެވެ.“ ކޮންމެ މީހެއްވެސް ރެޔާއި ދުވާލު މަސައްކަތް ކުރަނީ މުދަލާއި ރިޒްޤު އިތުރުކޮށް ހޯދާ، ޞިއްޙަތު ސަލާމަތުން ދުނިޔޭގައި ހުރެ ރަނގަޅު މަރަކުން މަރުވުމަށެވެ. އެކަމަކު އެ ކަމަށްވާ ސަބަބު ދޫކޮށްލާފައި ކިތަންމެ މަސައްކަތެއް ކުރިޔަސް އޭގެ […]
އައްޝައިޚް މުޙައްމަދު ބުނު ޢަބްދުލް ވައްހާބު – 2

https://sandhaanu.today/24668/ އާއި ގުޅޭ…. އަނެއްބަޔަކީ ދީނުގެ ޢިލްމް ލިބިފައިވާ މީހުންނެވެ. މި ގޮވާލެވެނީ ޙައްޤަށްކަން އެމީހުން ދެނެތިއްބަސް މާތްﷲގެ ރުއްސެވުމުގެ ކުރިޔަށް ދުނިޔޭގެ އެދުންވެރިކަން ނެރޭމީހުންނެވެ. އެއީ ތިމަތިމާމެންގެ ވަޒީފާއާއި މަގާމްތަށް ގެއްލިދާނެ ކަމުގެ ބިރު ހީވުންފަދަ ކަންކަމެވެ. ނުވަތަ ހަމަ ކަނޑައެޅިގެން ހުރި ޙަސަދަ ވެރިކަމުން ދެކޮޅު ހެދި މީހުންނެވެ. ކޮންމެ ޒަމާނެއްގައިވެސް ގިނަ މީސްތަކުންގެ ޙާލަކީމިއެވެ. ނަމަވެސް، ޝައިހު ޢަބުދުލް ޥައްހާބު ކެތްތެރިކަމާއި އެކު ކީރިތި ޤުރުއާނާއި މާތް ސުންނަތުން ދަލީލު ދައްކަވައި މީސްތަކުން […]
ފިތުނައިގެ ތެރެއަށް ގެނބިގެންމިދާ އިސްލާމީ އުންމަތް

މި ބަލާލަނީ ޝައިޚް މުޙަންމަދު އަލްނަގްވީގެ ޚުތުބާއަކުން ކިތަންމެ ކުޑަނަމަވެސް ފިލާވަޅެއް ކިއުންތެރިންނާ ހަމަޔަށް ގެނެސް ދެވޭތޯއެވެ. ޝައިޚުގެ ޚުތުބާއަށް އެކަށީގެންވާ ގޮތެއްގައި އިންސާފު ކުރުމުގެ ޢިލްމާއި ވިސްނުން ލިޔުންތެރިޔާގެ ކިބައިގާ ނެތްކަމަށް އިޢުތިރާފު ވަމުންނެވެ. އެހެންނަމަވެސް އެ ޚުތުބާއިން ކިތަންމެ ކުޑަނަމަވެސް ހެޔޮ ވިސްނުމެއް ކިއުންތެރިއަކަށް ލިބި ތެދުމަގު ޚިޔާރުކުރުމަށް އެހީތެރިވެ ދީފިނަމަ މަގްސަދު ޙާސިލް ވީކަމަށް ދެކޭނަމެވެ. ޝައިޚްގެ ޚުތުބާ ފެއްޓެވީ ފިތުނައިގެ ތަޢާރުފަކުންނެވެ. އިންސާނާގެވިސްނުމާއި ފިކުރަށް މެދުވެރިވެފައިވާ ފިތުނައެވެ. އަޅުގަނޑުމެންގެ އަޚްލާގާއި ސުލޫކަށް މެދުވެރިވެފައިވާ ފިތުނައެވެ. […]
އައްޝައިޚް މުޙައްމަދު ބުނު ޢަބްދުލް ވައްޙާބު – 1

އައްޝައިޙް މުޙައްމަދު ބުނު ޢަބްދުލް ވައްޙާބަކީ މިފަހަކަށް އައިސް އިސްލާމީ އުއްމަތަށް ލިބުނު އެންމެ ވަރުގަދަ އެއް ޝަޚްޝިއްޔަތެވެ. އޭނާގެ ޙަޔާތްޕުޅު ހޭދަވެގެން ދިޔައީ ޝިރުކާއި ބިދުޢަ ތަކުގު ސަބަބުން އިސްލާމީ އުއްމަތް ވެއްޓިފައިވާ ވަޅުގަނޑުން ނެންގެވުމުގެ ގިނަގުނަ މަސައްކަތްޕުޅު ގައެވެ. މުޙައްމަދު ބުނު ޢަބްދުލް ވައްހާބް އުފަންވެ ވަޑައިގަތީ ނަޖްދު ކަރައިގެ ޔަމާމާގެ ކަރައިގައިވާ ރަށެއްގައެވެ. ހިޖްރައިން 1115 (މީލާދީން 1703) ގައެވެ. ވަރަށް ތުއްޕުޅު އިރު ޢިލްމުގެ މައިދާނަށް ނިކުމެ ވަޑައިގަތެވެ. ޢުމުރުފުޅުން އެންމެ […]
އިސްލާމީ ދައުލަތެއް ދެކެ ބިރުގަންނަންވީ ކީއްވެ؟

އިސްލާމީ ޝަރިޢަތަކީ ފުރިހަމަ ވެފައިވާ ޝަރީޢަތެކެވެ. ދައުލަތާއި ވެރިކަމުގެ ވާހަކަ އިސްލާމީ ޝަރީޢަތުގައި އައިސްފައިވެއެވެ. މުޙައްމަދުގެފާނު މައްކާއިން މަދީނާއައް ހިޖުރަ ކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ ވެސް ކުރެއްވި ކަންކަމުގެ ތެރޭގައި އިސްލާންދީނާއި، މުސްލިމުން ޙިމާޔަތްކުރާނޭ ދައުލަތެއް އިޢުލާން ކުރެއްވިއެވެ. އިސްލާމްދީން ޙިމާޔަތްކޮށް، ދީނުގެ ޙުކުމްތަށް ތަންފީޒުކުރާ ދައުލަތެއް އޮތުމަކީ ދީނުގެ ޙުކުމްތަށް ތަންފީޒު ކުރަން އުފެއްދެވި ދީނުގެ އެއްބައެވެ. ދީނުގެ ޙުކުމްތައް ތަންފީޒް ކުރުމަކާނުލާ ދީނަށް ފުރިހަމަ ކަމެއް ނާންނާނެއެވެ. އިސްލާމްދީނާއި، އިސްލާމީ ދައުލަތެއް ހިންގުމުގެ […]
ނިދީގައި ޙަމަލާދޭ ”އަލްކަބޫސް“ ޖިންނި

މިއީ އަލްކަބޫސް ކިޔާ ޚާއްޞަ ޖިންނިއެއްގެ ވާހަކައެވެ. މިއީ ނިދީގައި ޙަމަލާދޭ ނުވަތަ މީހުންނާ ނިދީގައި ހުށަހެޅި ގަންނަ ޖިންނިއެކެވެ. މިއީ ވަރަށް ގިނަ މީހުންނަށް ކުރެވިފައިވާނެ ތަޖުރިބާއެވެ. މިގޮތަށްވުމުންރާއްޖޭގެ ބައެއް ރަށްރަށުގައި ”ހަންޑިހުއްޓުވުން“ ކިޔައެވެ. އެހެން ނަމަވެސް ޑޮކްޓަރީ ގޮތުން ނިދީގައި މި ދިމާވާ މައްސަލައަށް ކިޔަނީ ”ސްލީޕް ޕެރަލައިލިސް“ އެވެ. މިކަމުގެ އަލާމާތްތަކަކީ: މެއަށް ފިތި ބާރުވުމާއި ނޭވާ ހާސްވުން. މޭމައްޗަށް ބަރު އެއްޗެއް އަރުވާފައިވާކަމުގެ އިޙުސާސްވުމާއި ނޭވާލާން އުނގަދޫވުން. ދެބަދޭތެރޭގައި މީހާ އޮތުމާއެކު ދޫބަންދުވެ އަޑުބެދި […]
ލިވާޠާއި ސިޙާޤަކީ، ބޮޑުވެގެންވާ ޙަރާމް ފާޙިޝްކަންބޮޑު ދެފާފަ

ލިވާޠާއި ސިޙާޤު ނުރައްކާތެރިކަން: ދީނީ ގޮތުން ހުރި ނުރައްކާތެރިކަން: ލިވާތަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. ދުނިޔެއާއި ދީން ހަލާކު ކޮށްލާ ކަމެކެވެ. ﷲ ގެ ކޯފާއަށް ހުށަހެޅޭ ކަމެކެވެ. ކައިވެނީގެ ޝަރްޢީ ނިޒާމު މުގުރާލާކަމެކެވެ. އަދި މުޖްތަމަޢުގެ މަޢްނަވިއްޔާތު ނެތިދާކަމެކެވެ. އަދި އެތަނަކު ރޯދި ބަރަކާތް ކެނޑިދާނެ ކަމެކެވެ. { ﻭَﻣَﺎ ﻫِﻲَ ﻣِﻦَ ﺍﻟﻈَّﺎﻟِﻤِﻴﻦَ ﺑِﺒَﻌِﻴﺪٍ} [ ﻫﻮﺩ : 83 ] . އަދި އަނިޔާވެރިންނާއި ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ. ލިވާޠާއި ސިޙާޤުގެ ސަބަބު ލިބޭ ޞިއްޙީ ގެއްލުން އެއްޖިންސުން ގުޅުން ހިންގުމަކީ ރާމާމަކުނު ޕޮކްސް އާއި އެޗްއައިވީއެއިޑްސް ބަލި ޖެހުމަށް މަގުފަހިކޮށްދޭ ޢަމަލެކެވެ. އަދި ނޮން ކޮމިއުނިކިބަލް ޑިޒީޒްތައް އެރުމަށް […]
ލިވާޠުކުރި މީހާއާއި ލިވާޠުކުރެވުނު މީހާގެ ޢުޤޫބާތް

ލިވާޠުކުރި މީހާގެ މައްޗަށް އޮތް ޢުޤޫބާތަކީ އޭނާ މެރުން ކަމަށް އަޞްޙާބު ބޭކަލުން ވަނީ އިޖުމާޢުވެ ވަޑައިގެން ފައެވެ. އެ ބޭކަލުންގެ މެދުގައި އިޚުތިލާފެއް އޮތީ އޭނާ މަރާނެ ގޮތަކާމެދުގައެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ، އޭނާ އަލިފާނުން އަންދާލުމަށެވެ. މިހެން ވިދާޅުވި ބޭކަލުންގެ ތެރޭގައި ޢަލީގެފާނު ހިމެނިވަޑައިގަންނަވައެވެ. ލިވާޠުކުރި މީހާ އަލިފާނުން އެންދުމުގެ ރަަޢުޔަށް ބާރުދެއްވި ބޭކަލުންގެ ތެރޭގައި އަބޫބަކުރުގެފާނު ހިމެނިވަޑައި ގަންނަވައެވެ. ބައެއް އަޞްޙާބު ބޭކަލުން ވިދާޅުވެފައިވަނީ ލިވާޠުކުރި މީހާ، އެ މީހާ ހުރި ރަށެއްގައިވާ އެންމެ އުސް ތަނެއްގެ މަތިން […]
ގަލޮޅު ދަނޑުގައި ހިނގާދިޔަ ހާދިސާ !

ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެ ފަށައިގެން ބޭރު ދުނިޔޭގެ ފަރާތްތަކުގެ މެދުގައި މަޤުބޫލު އަދި އެހާމެ ހިތްފަސޭހަ އަމާން މަންޒިލެކެވެ. މިހެންވުމާއިއެކު މިލިއަނުން ބޭރު ޤައުމުތަކުގެ މީހުން އަންނަނީ މި ފަސްގަނޑަށް ޒިޔާރަތްކުރަމުންނެވެ. މިމަގުން މިކަން ދާ މައިގަނޑު ސަބަބަކީ، ދިވެހިރާއްޖޭގެ ދުސްތޫރު ދިވެހި ރައްޔިތުން ބިނާކޮށްފައިވާ މައިގަނޑު އަސާސްގެ ސަބަބުންނެވެ. އެއީ އިސްލާމްދީނެވެ.(AbrahamicMonotheism) އެއް ދީނަކަށް ތަބާވާ، ތަފާތު ދީނީ މަޒުހަބީ ތަޅާފޮޅުން ނެތުމާއި، އެ މައިގަނޑު އަސާސްއާއި ޚިލާފު އެއްވެސް އަޤީދާއެއް މުޖުތަމަޢުގައި ފާޅުވެފައި ނެތުމެވެ. މި ހަމަތައް […]
ޢިބުރަތް ލިބިގަތުން، އަނިޔާވެރި ނުވުން

އަލްއިމާމުއް ޛަހަބީ رحمه الله ވިދާޅުވެފައިވެއެވެ. ތިމަން ކަލޭގެފާނަށް ބަޔަކު މީހުން ކިޔައިދިނެވެ. ކޮނޑުހުޅާ ހަމައިން އަތް ބުރިކޮށްފައިވާ، މީހަކު މަގުމަތީގައި ހުރެ މީސްތަކުންނާއި މުޚާޠަބުކޮށް ގޮވަމުން ދިޔައެވެ. ތިމަންނާ އަށް ބަލާ ޢިބުރަތް ލިބިގަންނާށެވެ. އެއްވެސް މީހަކު އަނެކާއަށް އަނިޔާވެރި ނުވާށެވެ. ތިމަންމެން އޭނާގެ ގާތަށް ގޮސް ބުނީމެވެ. އޭ އަޚާއެވެ! ތިބާގެ ވާހަކަ ނިކަން ކިޔައިދީ ބަލާށެވެ. އެމީހާ ބުންޏެވެ. ތިމަންގެ ވާހަކައަކީ ވަރަށް އަޖާޢިބު ކުރުވަނިވި ވާހަކައެކެވެ. ތިމަންނާ އަކީ މީސްތަކުންނަށް އަނިޔާވެރިވަމުން ދިޔަ ޖަމާޢަތެއްގެ މީހަކީމެވެ. އެއްދުވަހަކު […]