ޔަހޫދީން ފަލަސްތީނުގެ ނަސްލު ނައްތާލަން ހަނގުރާމަކުރާތާ 78 އަހަރު!

ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހަކީ ފަލަސްތީނުގެ ބިމުގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ”ނަކްބާ ދުވަސް“ ފާހަގަކުރާ ދުވަހެވެ. މިއީ ހިތާމައާއި، ހަނދާންތައް އާކުރުމާއި، އަދި އިސްތިއުމާރާ ދެކޮޅަށް ތެދުވުމުގެ ދުވަހެކެވެ. އަރަބި ބަހުން ”ނަކްބާ“ ގެ މާނައަކީ ”ކާރިސާ“ އެވެ. މި ބަސް ނިސްބަތްވަނީ 1948 ވަނަ އަހަރު އިޒްރޭލުގެ ދައުލަތް އުފެއްދުމަށްޓަކައި، ޒަޔަނިސްޓް ހަނގުރާމަވެރިން ފަލަސްތީނުގެ ރަށްތައް ސުންނާފަތިކޮށް، އެތައް ހާސް އާއިލާއެއް އެމީހުންގެ އަމިއްލަ ވަޒަނުން […]
އެތައް މިލިއަން އަންހެނުންނަށް އޮޅިފައިވާ ބަލީގެ ނަމަށް ބަދަލެއް!

އަހަރުތަކެއް ވަންދެން، ގުނާ އަދަދު ނުކުރެވޭހާ ގިނަ އަންހެނުން ކްލިނިކްތަކުން ނުކުމެގެން ދިޔައީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި، މާޔޫސްކަމާއި އެކުގައެވެ. އެ މީހުންނަށް ދިމާވަމުންދިޔައީ މައްސަރުކަންތައް ގަވާއިދުން ނުވުމާއި، ކުއްލިއަކަށް ބަރުދަން އިތުރުވުމާއި، ފިލައިގެން ނުދާ ބޮޑެތި ބިހިތައް ނެގުމާއި، މޫނުގައި އިސްތިހާ ފެޅުމާއި، ބޯކޮޅުން އިސްތިރި ފޭބުމާއި، ދަރިމައިވުމުގެ ދަތިތަކާއި އަދި އަބަދު ވަރުބަލިވުން ފަދަ ކަންކަމެވެ. ނަމަވެސް، ގިނަ އަންހެނުންނަށް އިވެނީ އެއް ޖަވާބެކެވެ: ”ސްކޭން ރިޕޯޓް ނޯމަލް، އެހެންވީމާ ކަލޭގެ ގައިގައި ޕީ.ސީ.އޯ.އެސް އެއް […]
ބާސެލޯނާގެ ލަމީން ޔަމާލް، ލަ ލީގާގެ ކާމިޔާބީގައި ވިހުރުވާލީ ފަލަސްތީނުގެ ދިދަ!

ދުނިޔޭގެ ސަމާލުކަން ހުއްޓުނު ވަގުތެއްގައި، ބާސެލޯނާގެ އެންމެ ޒުވާން އަދި އުންމީދީ ތަރި ލަމީން ޔަމާލް، ހޯމަ ދުވަހު ބޭއްވި ލަ މީގާ ކާމިޔާބީގެ އުފާފާޅުކުރުމުގެ ތެރޭގައި ފަލަސްތީނުގެ ދިދައެއް ހޫރުވައި، ފުޓްބޯޅައިގެ ކާމިޔާބީއާއެކު ސިޔާސީ ވަރުގަދަ މެސެޖެއް ދީފިއެވެ. ބާސެލޯނާގެ މަގުތަކަށް ގާތްގަނޑަކަށް 750,000 ސަޕޯޓަރުން ޖަމާވެ، ކްލަބުގެ ތަށީގެ ކާމިޔާބީ ފާހަގަކުރަމުން ދިޔައިރު، އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ހުޅުވާލެވިފައިވާ ބަހެއްގެ މަތީގައި ހުރެ ދިދަ އުފުލާލާފައެވެ. އަދި ފަހުން އެ […]
އީރާނުން އަނެއްކާވެސް އެމެރިކާއަށް ވަރުގަދަ އިންޒާރެއް!

މެދުއިރުމަތީގެ މަސްރަހު މިހާރު މިވަނީ ކުރިއަށްވުރެ ނުރައްކާތެރި ދަރަޖައަކަށް ގޮސްފައެވެ. އެމެރިކާއިން އީރާނުގެ އުޅަނދުފަހަރަށް ދޭ އެއްވެސް ހަމަލާއަކަށް، ސަރަހައްދުގައި ހުރި އެމެރިކާގެ މަނަވަރުތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ސީދާ އަސްކަރީ ރައްދެއް ދޭނެކަމަށް ބުނެ އީރާނުން ވަނީ މިހާތަނަށް ދިން އެންމެ ވަރުގަދަ އެއް އިންޒާރު ދީފައެވެ. އާދީއްތަ ދުވަހު އީރާނުގެ އޮފިޝަލުން މި އިންޒާރު ދީފައިވަނީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޯރްމުޒް ކަނޑުއޮޅީގައި ކުރިމަތިލުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. […]
އީރާނުން ދިން އައު އިންޒާރާއެކު ދުނިޔޭގެ މަޝްރަހު ހޫނުވެއްޖެ

އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތާއީދުކުރާ ގައުމުތަކަށް، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި އިސްތިރާތީޖީ ގޮތުން އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ހަރުކަށި އިންޒާރެއް އީރާނުގެ އަސްކަރިއްޔާއިން ދީފިއެވެ. މި އިންޒާރު ދެއްވީ އީރާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު މުޙައްމަދު އަކްރަމީނިއާއެވެ. އޭނާ ވިދާޅުވި ގޮތުގައި، ތެހެރާނާ ދެކޮޅަށް ވޮޝިންޓަނުން ހިންގާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ކެމްޕޭނުގައި ބައިވެރިވާ ގައުމުތަކަށް، ފާރިސްކަރަ ކަނޑުއޮޅިއާއި ދުނިޔޭގެ ވިޔަފާރީގެ މަގުތައް […]
ދުނިޔެ ސިހިއްޖެ، މަރުވާ ނިސްބަތް ބޮޑު ބައްޔެއް!

އާޖެންޓީނާގައި ހެންޓާވައިރަސް ޖެހޭ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާތީ، އެކަމުގެ ބިރުވެރިކަން މުޅި ދުނިޔެއަށް ވަނީ ފެތުރިފައެވެ. ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު ބަލިޖެހޭ މީހުންގެ އަދަދު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވާއިރު، މިއީ 2018 ވަނަ އަހަރަށްފަހު އެ ގައުމުގައި މި ބަލި މިހާ ބޮޑަށް ފެތުރުނު ފުރަތަމަ ފަހަރެވެ. އާޖެންޓީނާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، 2025 ޖޫން މަހުން ފެށިގެން މިހާތަނަށް 101 މީހަކަށް މި ބަލި ޖެހިފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. މިއީ […]
”މަރުގެ އުޅަނދު“ ސްޕެއިންއާ ކައިރިކުރަނީ!

ހަންޓާވައިރަސް ފެތުރި، ބައެއް މީހުން މަރުވެފައިވާ ”އެމް.ވީ ހޮންޑިއަސް“ ކްރޫޒް މޮނިޓަރ ކުރަމުން ދަނިކޮށް، އެ އުޅަނދު ސްޕެއިންގެ ކެނޭރީ އައިލެންޑްސްއާ ގާތްކުރަމުން ދާތީ ބައިނަލްއަޤުވާމީ މައިދާނުގައި ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. ހަންޓާ ވައިރަހުގެ ވޭދަނަތައް މައިގަނޑު ގޮތެއްގައި މި ފަހަރު ފެނިފައި މިވަނީ އާޖެންޓީނާއިން ނައްޓާލައިގެން ދަތުރުކުރަމުން ދިޔަ ކްރޫސް ލައިނާއެއްކަމުގައިވާ ”އެމް.ވީ ހޮންޑިއަސް“ގެ ތެރެއިންނެވެ. އެގޮތުން މި ބަލީގައި މިފަހަރު އެންމެ ފުރަތަމަ މަރުވެފައިވަނީވެސް މި ކްރޫސްއިން ދަތުރުކުރި މީހެކެވެ. އެހެންކަމުން މި […]
އެެމެރިކާގެ ރައްޔިތުންގެ ކުރިމަތީގައިވެސް ޓްރަމްޕްގެ އަގެއް ނެތް!

ޕީ.ބީ.އެސް ނިއުސް، އެން.ޕީ.އާރު އަދި މަރިސްޓް ގުޅިގެން ކުރިއަށްގެންދިޔަ އާ ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާގޮތުގައި، އީރާނާއެކު ހިނގަމުންދާ ކުރިމަތިލުންތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭ ސިޔާސަތުތަކާމެދު ގިނަ އަދަދެއްގެ އެމެރިކާ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައެވެ. މި ސާވޭގެ ނަތީޖާއަށް ބަލާއިރު، ކޮންމެ ދިހަ މީހަކުން ހަ މީހަކު ޓްރަމްޕުގެ ނިންމުންތަކަށް ތާއީދު ނުކުރާއިރު، އިގްތިސާދީ ހީނަރުކަމާއި ތެލުގެ އަގު އުފުލުމާ ގުޅޭގޮތުން އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ. މި ހަނގުރާމައިގެ ސަބަބުން […]
އީރާނާ ދެކޮޅަށް ޓްރަމްޕް ކުރާ ހަނގުރާމައިގައި ނާކާމިޔާބުވަނީ!

މިއަހަރުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ފެށިއިރު، ބޮޑެތި ވައުދުތަކެއް ވިއެވެ. އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ ކަމަށް ތަކުރާރުކޮށް ބުނުމުގެ އިތުރުން، ޝަރުތަކާ ނުލައި އީރާނުން އަމާންދިނުމަށާއި، އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް ފާޅުގައި ގޮވާލެއްވިއެވެ. އަދި ހަމާސް އާއި ހިޒްބުالله ފަދަ ޖަމާއަތްތަކަށް އީރާނުން ދޭ އެހީތެރިކަން މުޅިން ހުއްޓުވާނެ ކަމަށްވެސް ވައުދުވެވަޑައިގަތެވެ. ނަމަވެސް، އެންމެ ދެ މަސް ފަހުން ފެންނަމުންދަނީ މި ވައުދުތައް ފުނޑުފުނޑުވަމުންދާ […]
ހަންޓާ ވައިރަހުގެ މައްސަލަ އާޖެންޓީނާއިން ބަލަން ފަށައިފި!

އާޖެންޓީނާގެ ކްރޫޒް ޝިޕެއްގައި ފެތުރެމުންދާ ނުރައްކާތެރި ހަންޓާވައިރަސްގެ މައްސަލަ އެ ގައުމުގެ ސިއްހީ އިދާރާތަކުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ބަލި ފެތުރެން ފަށާފައިވަނީ އާޖެންޓީނާގެ ދެކުނު ސަރަހައްދުން ކަމަށް ބެލެވޭއިރު، ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.މި ބަލީގެ ސަބަބުން މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ’އެމް.ވީ ހޮންޑިއަސް‘ ނަމަކަށް ކިޔާ ކްރޫޒް ޝިޕުން ދަތުރުކުރި ނެދަލޭންޑްސްގެ ދެމަފިރިއަކާއި ޖަރުމަނުވިލާތުގެ ފަސިންޖަރެކެވެ. ބަލިޖެހުނު ބައެއް މީހުންނަށް ފަރުވާ […]