ނޫސްވެރިކަމުގެ މިނިވަން ކަމަށް ”ސަންދާނު“ ކުރި ބިރުވެރި ދަތުރު

ދުވަސްވަރަކީ ދެހާސް އެއްވަނަ އަހަރެވެ.  ދުލުގެ މިނިވަންކަމާއި ގަލަމުގެ މިނިވަންކަމަކީ އެއިރު ދިވެހިން ދަންނަ އެއްޗެއް ނޫނެވެ. މިނިވަން ކަމާއެކު ޚިޔާލު ފާޅުކުރުމާއި މަޝްވަރާކުރުން އޭރު ވަނީ ވަރަށްވެސް ބޮޑަށް ހިފަހަށްޓާފައެވެ. ވެރިކަމުގެ ފަރާތުން އެކަމަށް ބިރުވެރިކަން އުފަށްދާފައިވާ ހިނދުމެ ހިތުގެ ޝުޢޫރު ފާޅުކޮށްލުމަށް ”ސަންދާނު“ގެ ނަމުގައި ޤައުމީ ލޯބި ހިތުގައި އިންތިހާއަށް އުފެދިފައިވާ ތިން ދިވެހި ދަރިޔަކު ސިއްރުން ލިޔުމެއް ލިޔެ ސަންދާނު ނިވެސް ބުލެޓިންގެ ގޮތުގައި ޚިޔާލުތައް އިންޓެނެޓްގެ ޒަރީޢާއިން ފާޅު ކުރަން ފަށިއެވެ. […]

ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ 30 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ޑްރެޖަރެއްގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކަށް އަނިޔާވެގެން މިއަދު ހެނދުނު 10:38 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.  އެގޮތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.  މީގެ އިތުރުން މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން […]

ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދެއްވާނެ ކަމުގެ ޔަޤީންކަން ރައީސްދެއްވައިފި

ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަންކަމުގައި ފާހަގަކުރައްވައި، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މި ސަރުކާރުން ނަގާފައިވާ އިސްނެންގެވުން، ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހަކާއެކު ހަޤީޤަތަކަށް ހައްދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.  ރައީސްގެ ޚިޠާބުގައި އެ މަނިކުފާނު ވަނީ ދުނިޔޭގެ […]

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި  ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.   ފުލުހުން ބުނީ ބަނގުރާ ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.   ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ ބްރޭންޑެޑް 1117 ފުޅި، 210 ޕެޓް ފުޅި އަދި 2357 ދަޅު ބިޔަރެވެ.  މީގެ އިތުރުން […]

އައިސީއާރްސީގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ ނައިބު ރައީސްގެ އަރިހަށް  ޒިޔާރަތް ކުރައްވައިފި

އިންޓަރނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ މި ސަރަޙައްދުގެ ވަފްދުގެ އިސްވެރިޔާ މިސްޓަރ ކަދިރް އޮމަރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.  މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އައި.ސީ.އާރު.ސީ. އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.  އަދި ރެޑް ކްރެސެންޓްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން ވަފުދުގެ […]

ސްޕާއަކުން ދިވެހި 2 ފިރިހެނަކާއި ތައިލެންޑު 3 އަންހެނަކު ހައްޔަރުކޮށްފި 

އައްޑޫ ސިޓީގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑް 3 އަންހެނަކު ހައްޔަރުކޮށްފިއެވެ.  ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ސްޕާއެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.  މިގޮތުން އެ އޮޕަރޭޝަނުގައި ދިވެހި 2 ފިރިހެނަކާއ ތައިލެންޑުގެ 3 އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.  ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. 

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން  48 ގަޑިއިރުތެރޭގައި ޑިޕޯޓު ކުރަނީ

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ބަންދުކޮށް 48 ގަޑިއިރުގެ ތެރޭގައި ޑިޕޯޓު ކުރަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިޠާބުގައެވެ.  އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓް ކުރަން މިހާރު ވަނީ ފަށާފައި ކަމަށެވެ.  ހަމަ އެހެންމެ އަޅާނުލާ […]

އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓު ގަންނަން ހުށަހެޅި ފޯމްތައް ބާތިލުކޮށްފި

އޮންލައިން ޕޯޓަލް މެދުވެރިކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުށަހެޅި ފޯމްތައް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބާތިލުކޮށްފިއެވެ. އެޗްޑީސީން ބުނީ އޮންލައިންކޮށް ވިނަރެސް ފްލެޓު ގަތުމަށް ހުޅުވާލި ފުރުސަތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ގިނަ ޝަކުވާތަކެއް ލިބިފައިވާތީވެ އެ ފޯމްތައް ބާތިލްކޮށްފައިވާ ކަމަށެވެ.  އެގޮތުން ދިމާވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ގިނަ ބަޔަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ގެއްލުނު ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ. ހަމަ އެހެންމެ އެޗްޑީސީން ބުނީ ހުޅުމާލޭގައި ފަށާފައިވާ އެކިއެކި ސޯޝަލް ހައުސިން […]

ރާއްޖޭގައި މީޑިއާ އެތިކްސް ކޯސް ހިންގުމަށް 5 ފަރާތަކާއެކު ސޮއި ކޮށްފި  

ރާއްޖޭގައި މީޑިއާ އެތިކްސް ކޯސް ހިންގުމަށް 5 ފަރާތަކާއެކު ސޮއި ކޮށްފިއެވެ. މިއީ ޔޫކޭ ޑިވަލޮޕްމެންޓްއިން ރާއްޖޭގައި ހިންގާ މޯލްޑިވްސް ކޮމިޔުނިކޭޝަން ގަވަނަންސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ކޯހެކެވެ.  އެގޮތުން މި ކޯހަކީ ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ނޫސްވެރިންނަށް ވީތީ ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.  ނޫސްވެރިކަމުގެ އެތިކްސް ކޯސް ހިންގަން ފަސް ފަރާތެއް ތަމްރީނުކޮށްފައި ވަނީ ބްރިޓިޝް ހައި ކޮމިޝަންގެ އެހީގައެވެ.  މި ކޯސް ހިންގުމަށް ސޮއި ކޮށްފައި ވަނީ […]

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާގެ ހަށިގަނޑު ފެނިއްޖެ 

ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު މީހާގެ ހަށިގަނޑު ފެނިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. ގެއްލިގެން ހޯދަމުން އައީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި “ލިއޯ ޕާލް” ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި މީހެކެވެ.  އެމްއެންޑީއެފުން ދެންމެ ބުނީ ”ލިއޯ ޕާލް“ ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާގެ ހަށިގަނޑު، ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓްގެ ދަށުގައި އޮއްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ހޯދައިފި ކަމަށެވެ. […]