ގައުމީދުވަހު ރައީސް ސޯލިޙު ގައުމާއި މުޚާތަބުކުރައްވައިފި.

ރާއްޖޭގެ ފަޚުރުވެރި ގައުމީދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެރި ރައްޔިތުންނަށް ވަރަށް އިޚުލާސްތެރިކަމާއިއެކު ތަޙުނިޔާދަންނަވާ ހެޔޮއެދުންތައް ފޮނުއްވަވައިފިއެވެ. ރާއްޖޭގެ އުފާވެރި ގައުމީދުވަހުގެ ހަނދާންތައް ގުޅިފައިވަނީ ވަރަށްމަތިވެރި ގައުމީ ބަތޮލެއް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ކުރެއެވި މަތިވެރި ޖިހާދަކުންކަމުގައި ހަދާންކޮށްދެއްވިއެވެ. މިއަދަކީ ޕޯޗްގީސްގެ އަޅިވެތިކަމުން ދިވެހިރާއްޖެ މިނިވަނަކުރުމަށް އުތީމު ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާންތަަައް އަޅުގަނޑުމެން އާކުރާދުވަސް. އެހެންކަމުން އެމަތިވެރި ޖިހާދުގެ ޒިކުރާ އާކުރަމުން އެ ރަދުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވުންއެދި ދުޢާކުރެއްވިއެވެ. ގައުމީ ޙަޔާތުގެ […]

އުންމީދުގެ ގުލްޒާރު

މިއީ 2008 ގައި ސަންދާނުގައި ޝާއިއުކުރެވިފައިވާ ހަނދާނީ ލިޔުމެކެވެ. ހަމަ ހަނދާން އާކޮށްލުމަށް ރިޕީޓް ކޮށްލަމެވެ. އުންމީދުތަކުގެ ފޮލާތައް އަޅުގަޑުމެންގެ ހިތުގައި ކެކެމުން ދަނީއެވެ. އައު ދުވަހެއް ދުށުމުގެ ހުވަފެންތައް ދެކެވެމުން ދަނީއެވެ. ބިރުވެރި ކަމާއި ހާސްކަމުގެ ކަޅު އަދިރި ތާރީޚަށް އަލްވަދާޢު ކިޔުމުގެ ރޫހު އާލާވަމުން ދަނީއެވެ. ދުވަސްވީ މީހުންނާއި ގައުމުގެ ޒުވާނުން އަތުގުޅާލާފައި ތިބީ އަޅުވެތި ކަމުން މިންޖުވުމުގެ މަގުސަދު ހާސިލް ކުރުމަށެެވެ. އަމިއްލަ ވަތަނުގެ މުއްސަދި ކަމާއި ތަނަވަސް ކަމުގެ ރަހަ އެވެރިންގެ […]