ފަލަސްތީނު ދޫކޮށް ކަލޭމެން އައިތާކަށްދޭ!

އިސްރާއީލު ދޫކޮށް އަވަހަށް ދިޔުމަށް އިސްރާއީލުގެ އާންމުންނަށް އިރާނުން ކުއްލި އެންގުމެއް އަންގައިފިއެވެ. ރައްދު ހަމަލާތައް ވަރުގަދަ ކޮށްފައިވުމުން ޔަހޫދީ ރައްޔިތުން އިސްރާއީލު ދޫކޮށް އަވަހަށް ދިޔުމަށް އިރާނުން ވަނީ އިލްތިމާސްކޮށްފައެވެ.އިރާނުގެ ދައުލަތުގެ މީޑިއާއިން ދާދި ދެންމެ އަކު ގެނެސްދިން އަސްކަރިއްޔާގެ ޚާއްސަ އެންގުމެއްގައި ބުނީ އިސްރާއީލުން ހިފާފައިވާ ފަަލަސްތީނުގެ ބިން ދޫކޮށް ޔަހޫދީން ވީ އެންމެ އަވަހަކަށް ދިޔުމަށް އަންގާ ކަމަށެވެ. އަދި މިވަގުތުވެސް އިސްރާއީލުގެ ސަރުކާރުގެ އިމާރާތްތަކާއި އަސްކަރިއްޔާގެ އިމާރާތްތަކާއި ވީހާވެސް ދުރަށް ދިޔުމަށް […]

އިންޑިޔާގެ ނިރުބަވެރި ޙަމަލާ ޕާކިސްތާނުގެ ބޮލުގައި އަޅުވާ މުޅި ސަރަހައްދު ނުރައްކާ ކޮށްލައިފި

އިންޑިޔާގެ ޖުއްމޫ ކަޝްމީރުގައި ކާކުކަން ނޭނގޭ ބަޔަކު ހިންގި ނިރުބަވެރި ޙަމަލާއެއްގައި 26 މީހަކު މަރުވުމާއި ގުޅިގެން ، އެކަން ޕާކިސްތާނު ބޮލުގައި އަޅުވައި ، ޕާކިސްތާން ކޮންޓްރޯލްކުރާ އާޒާދު ކަޝްމީރުގެ ސަރަހައްދުތަކަށް އިންޑިޔާއިން ދިން އުދުވާނީ ޙަމަލާތަކެއްގައި ޕާކިސްތާނުގެ 31 މީހަކު ޝަހީދުވެ 57 މީހުން ޒަޚަމްވި ހާދިސާއަށް ރައްދުގައި ޕާކިސްތާނުން ދިން ޙަމަލާތަކުގައި ،އިންޑިޔާގެ 5 ފައިޓަރ ޖެޓް 31 ޑްރޯން އެކެއް ބްރިގޭޑް ހެޑްކުއާރޓާޒް ޙަލާކުކޮށްލުމުގެ އިތުރުން ގިނަ ޢަދަދެއްގެ ސިފައިންގެ ޕޯސްޓްތަކެއް […]

މިހެން ވާނެކަން ވިސްނާލަން ވެސް ނުއެނގުނެވެ. މިދިޔައީ ވަރަށް ދެރަކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ރައީސްކަމަށް ހޮވުނު ދުވަހު އަހުރެން އުފަލުން ރޮވުނެވެ. ޝުކުރުގެ ސަޖިދައެއް ކުރީމެވެ. ހެޔޮ އިޙްސާންތެރި ވެރިއަކަށްވާނެ ކަމަށް އުއްމީދުކޮށް އޭނާ ހޮވުމަށް ކުރި މަސައްކަތް ކާމިޔާބުވި ކަމަށްޓަކައެވެ. ނަމަވެސް މިއަދު ތަފާތެވެ.މިއަދު ރޮވެނީ، އޭނާ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީއެވެ. ދަންނަ މީހުންނާއި ނުދަންނަ އެތައްބަޔަކު އެކަމާ ހިތާމަ އެބަ ކުރެއެވެ.މިހާ އަވަހަށް ރައްޔިތުންގެ ތާއީދު ގެއްލުނު ވެރިކަމެއް ނުދެކެމެވެ. މިއީ އަޅުގަނޑު ނޫން ކިތަމެ ބަޔަކު ބުނާތީ އިވޭ ވާހަކައެކެވެ. ބޮޑެތި […]

ހާދަ ޚަބަރެއް ނުވެޔޭ….، ކީހާ ޅެން ފަރިއްސަށްވީތަ!

އަޅުގަނޑުމެންގެ މި ލިއުމަކީ ފާޑު ކިއުމުގެ ލިއުމެކެވެ. ހިތް ހަމަނުޖެހިގެން ބޭރުކޮށްލާ ޝުއޫރުތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ އެއްވެސް ވަޒީފާއަކަށް އައްޔަންކުރައްވާ ބޭފުޅަކު، ތިމަންނައަށް އެ ދެއްވީ ހުރިހާ ގައުމެއްގެ ވިސާ ޖައްސަވާފައި އޮތް ޕާސްޕޯޓެކޭ ހީކޮށްގެން ނުވާނެއެވެ. ދައުލަތުގެ ފައިސާއަކީ ހުރިހާ ރައްޔިތުންގެ ހިއްސާ އެއްވަރަކަށް އޭގައި އެކުލެވިފައިވާ އެއްޗެކެވެ. ސަރުކާރުގެ ވަޒީފާއެއް ލިބުމަކުން ތިމާއަށް ނޭނގޭ ކަންތަކުގެ ތެރެއަށް ވަދެ އެ ފައިސާ އިސްރާފުކުރުމަށް ދިވެހި އެއްވެސް ރައްޔިތަކު ނޭދޭނެއެވެ. އަމުދުން ގައުމުގެ ދަރަނި އިންތިހާއަށް […]

އިޤްތިޞާދާމެދު މިހާރު ގެންގުޅޭ ވިސްނުން ބަދަލުނުކޮށް ރާއްޖެ ކުރިއެއް ނާރާނެ!

ޒަމާނުއްސުރެ ރާއްޖެއަކީ ފަތުރުވެރިކަމުގެ އެއްމާނައަކަށްވެފައި، ރާއްޖޭގެ ގޮނޑުދޮށަށް އެތައް މިލިއަން ބަޔަކު ޒިޔާރަތްކުރެއެވެ. މިގޮތުން، 2023 ވަނަ އަހަރު 1،878،000 މީހުންނަށް މަރުހަބާ ކިޔައި، 2024 ވަނަ އަހަރަށް 2 މިލިއަން ޓޫރިސްޓުން ގެންނަން ޓާގެޓް ކުރި ނަމަވެސް، ޓޫރިޒަމަށް ބަރޯސާވާ މި ބަރޯސާވުމަކީ “ދެބުރި ކަނޑިއެއް“ ކަން ދަނީ ސާބިތުވަމުންނެވެ. ރާއްޖޭގެ އިޤްތިޞާދު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ. ސަރުކާރުގެ ޚަރަދުތައް ބޮޑުވެ، ބޭރުގެ ދަރަންޏާއި ބޮންޑާއި ޓީބިލްތައް ގިނަވުމުން މިކަމުން ލިބޭ އާމްދަނީ ދަރަނި […]

މިވަނީ ކީއް؟ މި ސަރުކާރަކީ ހާދަބައެއްގެ ދުޢާއާއި ބުރަ މަސައްކަތެވެ!

މިއަދު ސަރުކާރުގެ މަތީ މަޤާމުތަކެއް ކުރިން އަދާކުރައްވާފައިވާ ޤަދަރުވެރި ޢާއިލާއެއްގެ ޢިލްމީ ބޭފުޅަކު އަޅުގަނޑާ ބައްދަލުކޮށްލުމަށް ވަޑައިގެން ދެކެވުނު ވާހަކައެއްގެ ތެރޭގައި ވިދާޅުވިއެވެ. އަޅުގަނމެން ވެރިކަން ޙަވާލުކުރީ ޑރ. މުޢިއްޒު އާއެވެ. އެޑްވައިޒަރުން އައްޔަންކުރެއްވުމަކުން މައްސަލައެއް ނޫނެވެ. އެކަމަކު ވެރިކަން ކުރައްވަންވާނީ ރައީސްއެވެ. ޕާޓީ ހިންގަން ވަކިބަޔަކު ތިބެންވާނެއެވެ. ސަރުކާރުން ދޭނީ ސަޕޯޓެވެ. އެހީތެރިކަމެވެ. ސަރުކާރު ހިންގަވާންޖެހޭތީ ޕާޓީ ނުހިންގުނު ވާހަކަ ނުވަތަ ޕާޓީ ހިންގަންޖެހޭތީ ސަރުކާރު ނުހިންގޭ ވާހަކަ ޤަބޫލެއް ނުކުރެވެއެވެ. މާލޭގެ މޭޔަރުކަން ގެއްލުނު […]

ޔަހޫދީންގެ ދީނީ ޖަމާޢަތް, ”ނާޓޯރީ ޤަރްޓާ“ އިން ގޮވާލަނީ އިސްރާއީލޭ ކިޔާ ދައުލަތް ރޫޅައިލަން

ޔަހޫދީންގެ ދީނުގައި ޔަހޫދީންގެ ދައުލަތެއް އުފައްދާނެ ބިމެއް ނެތެވެ. އެކަން ޤަބޫލުކުރާ ޔަހޫދީންގެ ދީނީ ޖަމާޢަތްތައް ވެއެވެ. އެއިން އެއް ޖަމާޢަތަކީ ”ނާޓޯރީ ޤަރްޓާ“ އެވެ، ކިޔާ ޖަމާޢަތެވެ. ”ނާޓޯރީ ޤަރްޓާ“ އަކީ އަރަމައިކް ނުވަތަ އާރާމީ ނަމެކެވެ. މި ނަމުގެ މާނައަކީ ”ސަހަރުގެ ފާރަވެރިން“ އެވެ. އިނގިރޭސި ބަހުން އެ ޖަމާޢަތަށް ކިޔަނީ (Guardians of the City) އެވެ. ޔަހުދީންގެ ޢިބްރާނީ ބަހުން އެ ޖަމާޢަތުގެ ނަން ލިޔަނީ (שׁוֹמְרֵי הָעִיר) މިހެންނެވެ. އާރާމީ […]

ހަމަ ރަނގަޅަށް ވެސް ރައްޔަތުން ފެލައިލީ

ހެޔޮވެރިކަމެއްގެ ތެރެއިން އުފާވެރި ދިރިއުޅުމެއް ހޯދަން ކުރި ދަތުރު ނިމުނީ ޗާޓުން ބޭރުވެ ކައްޕިިތާނުގެ ގަޅިކަމުން އޮޑި ފަރަށް އަރައި ފޫގޮސް ފަޅުވެރިންތައް ކަނޑުވެގެންނެވެ. އެންމެ ދެރަކޮށް ދިމާވި ކަމަކީ ފަޅުވެރިން ދޫކޮށްލައި އަދި އޮޑީގެ ވެރިފަރާތަށް އެންގުމެއްނެތި ކައްޕިތާނު އޮޑިން ފުންމާލައި ފިލައި ރައްކާވީތީއެވެ. އެހެންވުމުން ދެންވާނޭ ގޮތް އަމިއްލައަށް ހިތްޕުޅަށް ގެންނަވާށެވެ. އޮޑިގަނޑު އޮތީ އިންޝުއަރެންސް ނުކޮށެވެ. ގެއްލުމާއި ނިކަމެތިކަމާއި ކުރިމަތިލާންޖެހުނީ އޮޑިވެރީންނާއި އޮޑީގެ ފަޅުވެރީންނަށެވެ. އެއީ ފުރަތަމަ ހުވަފެނީ ދަތުރެވެ. އަނެއް ދިވެހިރާއްޖެއަށް […]

ޑިމޮކްރެސީގެ ނަމުގައި ދިވެހިންނަށް އޮޅުވާލަމުންގެންދާ އިގްތިސާދީ ސިޔާސަތު

ފެނުނު މަންޒަރުތަކާއި އިވެމުންދިޔަ އަޑުތަކުން ދިވެހިންނަށް އެނގިފައިއޮތީ ދިވެހިރާއްޖޭގެ ވެރިކަމާއި އިގްތިސާދުގެ ސިޔާސަތާއި އަދި ވެރިކަމުގައި ދިވެހިންގެ ބައިވެރިވުން އޮންނަން ޖެހޭ މިންވަރު ކަނޑައެޅުމަކީ 2000 ވަނަ އަހަރުގެ ކުރީކޮޅާ ހަމަޔަށް ހަމައެކަނި ވަކި މީހަކަށް ޚާއްސަ ކުރެވިފައިވާ ބާރެއްކަމަށެވެ.  އެހެންނަމަވެސް ދިވެހިންވެސް ދުނިޔެއަށް ލޯހުޅުވި ބޭރުގެ މަދަރުސާތަކުން ބޮޑެތިހާ ފާސްތައް ނަގައިގެން އެމީހުންގެ ވެރިކަމުގެ ނިޒާމާއި އާދަކާދަ ދަސްކޮށްގެން އައިސް ދިވެހިންނަށް ދަސްކޮށްދީފައި މިއޮތީ ރަނގަޅަށް ނޫންކަމާއި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުންނެތި ވެރިކަން އިންތިޒާމް ނުކުރެވޭނެ ކަމާއި ވެރިކަމަކީ […]

ދޮގުމައްޗަށް ދޮގު ހައްތާވެސް ދޮގު 1

މި ލިއުމަކީ ބައިނަލް އަގްވާމީ ތަފާތު މީޑިއާތަކުގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ދުނިޔޭގައި އުފަންކުރުވަމުން ގެންދާ ހަނގުރާމަތަކާއި އެހަނގުރާމަތަކުން އިންސާނިއްޔަތަށް މެދުވެރިވަމުންދާ މުސީބާތާއި ބަލާވެރިކަމާއި ބެހޭގޮތުން ބައެއް މަޝްހޫރު ލިއުންތެރިންނާއި ސިޔާސީ ބޭފުޅުންގެ ދެކިވަޑައި ގަންނަވާ ގޮތުގެ ކުޑަކުޑަ މިންވަރެއް ނަމަވެސް ސަންދާނުގެ ކިއުންތެރިންނާހަމަޔަށް ގެނެސް ދިނުމެވެ. އެއްވެސް ބޭފުޅަކަށް ނުވަތަ އެއްވެސް ގައުމަކަށް އަމާޒުކޮށް އެއްވެސް އެއްޗެއް ލިއުމަކީ އަޅުގަނޑުގެ ވިސްނުމެއް ނޫނެވެ.                   […]