ޗައިނާ އަދި ރަޝިޔާގެ ރައީސުން މިއަދު ބައްދަލް ކުރައްވަނީ

ޗައިނާގައި މިއަދު ފެށުނު ވިންޓަރ އޮލިމްޕިކްސް 2022 ގެ ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރަސްމިއްޔާތުގެ ކުރިން ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބައްދަލް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ ކޮވިޑް 19 ފެތުރެން ފެށިގެން މިވީ ދެއަހަރުތެރޭ ރައީސް ޝީ ދުނިޔޭގެ ލީޑަރަކާ ބައްދަލް ކުރައްވާ ފުރަތަމަ ފަހަރެވެ. ޜައީސް ޝީ ޖިން ޕިން 2020 ވަނައަހަރުގެ ފަހުން ގައުމުން ބޭރަށް ދަތުރުފުޅު ކުރައްވާފައެއް ވެސް […]
އެމެރިކާ ސިފައިންގެ ހަމަލާއެއްގައި އިސްލަމިކް ސްޓޭޓް ޖަމާއަތުގެ ލީޑަރު މަރާލައިފި

ސޫރިޔާގެ އުތުރުގެ ހިސާބެއްގައި ހަރަކާތްތެރިވި އެމެރިކާ ސިފައިންގެ ޚާއްސަ ޔުނިޓަކުން ދިން ވަރުގަދަ ހަމަލާތަކަކަށް ފަހު އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތުގެ ވެރިޔާ މަރާލެވިއްޖެ ކަމަށް އެމެރިކަގެ އޮފިޝަލުން ހާމަ ކޮށްފިއެވެ. ޚަބަރު ލިބޭ ގޮތުގައި އެމެރިކާ ސިފައިންގެ ޚާއްސަ ޔުނިޓަކުން މި އޮޕަރޭޝަން ހިންގީ އިދްލިބްގައި ހުރި ދެބުރި ގެއެއްގެ ކައިރިއަށް ވައިކުޑައިން ފާބައި އެގެއަށް ވަރުގަދަ ހަމަލާތަކެއް ދީގެންނެވެ. މި ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް 12 މީހުން މަރުވިކަމަށާއި އެމެރިކާ ސިފައިން […]
ނިއުޒިލަންޑުން ބޯޑަރު ހުޅުވުމާބެހޭ ޕްލޭން އާންމު ކޮށްފި

ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ނިއުޒިލަންޑުން ބަންދުކުރި ބޯޑަރުތައް އަލުން ހުޅުވާނެ ތާރީޚްތައް އާންމުކޮށްފިއެވެ. މިގޮތުން އޮސްޓްރޭރިޔާގައި ތިބި ނިއުޒިލަންޑްގެ ރައްޔިތުން ގެ ތެރޭން ވެކްސިން ޖަހާފައިވާ މީހުން 27 ފެބްރުއަރީ އިން ފެށިގެން ގައުމަށް އެތެރެވެވޭނެއެވެ. އަދި އެހެން ގައުމުތަކުގައި ތިބި އެގައުމުގެ ރައްޔިތުންގެ ތެރޭން ވެކްސިން ޖަހާފައިވާ މީހުންނަށް 13 މާޗުން ފެށިގެން އަމިއްލަ ގައުމަށް ދެވޭނެ ކަމަށް ބޮޑުވަޒީރު ޖެސިންދާ އާޑަން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް މިގޮތަށް ގައުމަށް އެތެރެވާ ފަރާތްތަކުން ދިހަ ދުވަހު […]
އިންޑިޔާގެ އައުބަޖެޓުން ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދޭނެތަ

އިންޑިޔާ ސަރުކާރުން ކުރިޔަށް އޮތް މާލީ އަހަރަށް އެކުލަވާލި ބަޖެޓް، އަލަށް ހުޅުވުނު ގާނޫނުހަދާ މަޖިލީހަށް އަންގާރަ ދުވަހު މާލީ ވަޒީރު ނިރުމަލާ ސީތާރާމަން ހުށައެޅުއްވިއިރު،ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުން ފޫބެއްދުމަށް ޚާއްސަ ފިޔަވަޅުތަކެއް އެކުލެވިފައިވޭތޯ ގިނަބަޔަކު ސުވާލު ކުރެއެވެ. އައު ބަޖެޓްގައި އެންމެ ފާހަގަ ކޮށްލެވެނީ އިންފްރާސްޓްރަކްޗަރ އަށް ކުރެވޭ ޚަރަދު އިތުރުކުރަން ނިންމާ ކުދި ވިޔަފާރިތައް ނެގެހެއްޓުމަށް ދޭ ކްރެޑިޓް ގަރަންޓީ ވެސް އިތުރުކުރަން ނިންމާފައިވާކަމެވެ، އިންޑިޔާ އަކީ މުޅިއޭޝިޔާގެ ވެސް ތިންވަނަޔަށް […]
ޑެންމާކުން ކޮވިޑް19ފިޔަވަޅުތައް އުވާލައިފި

ޑެންމާކުންވެސް ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އެޅިގިނަ ފިޔަވަޅުތައް އެއްކޮން އުވާލައިފިއެވެ. މީގެ ތެރޭގައި މާސްކް އެޅުންވެސް ހިމެނެއެވެ. މިހާރު އެގައުމުގައިވަނީ ނައިޓްކްލަބްތަކާ ބާ ފަދަ ތަންތަން ދަންވަރުގެ ގަޑިތަކާ އެކުހުޅުވާފައި ބެހެއްޓުން ހުއްދަ ކޮށްފައެވެ. އަދި އެކިތަންތަނަށް ވަންނައިރު ކުރިންއޮތްގޮތަށް ކޮންޓެކްޓް ޓްރޭސިނގ އެޕްގެ ބޭނުން ކުރާކަށް ނުޖެހެއެވެ. ބަލިޖެހިފައިވާ ގިނަބަޔަކު އަދިވެސް ތިބިނަމަވެސް މިހާރުފެތުރޭ އޮމިކްރޯން ވައިރަސް އަކީ މިހާރު ނުރައްކާތެރި ގޮންޖެހުމެއްކަމަށް ނުބެލެވޭ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެފައިވެއެވެ. ޑެންމާކްގެ އާބާދީގެ ވަރަށް […]
ދެކުނު އެފްރިކާގައި ކޮވިޑް އުސޫލްތަކަށް ބަދަލު ގެނެސްފި

ދެކުނު އެފްރިކަގައި ކޮވިޑް 19 ޖެހޭ މީހުންގެތެރޭން ބަލީގެ އަލާމާތްތައް ހުންނަ މީހުން އެކަހެރިވާން ޖެހޭ މުއްދަތު ހަތް ދުވަހަށް މަދުކޮށް އަލާމާތް ނެތް މީހުން އެކަހެރި ވާން ނުޖެހޭނެ ކަމަށް އަންގައިފިއެވެ. އަދި ސީދާ ކޮންޓެކްޓް ވާ މީހުންގެ ތެރޭންވެސް އަލާމާތްތައް ނެތް މީހުން އެކަހެރިވާކަށް ނުޖެހެއެވެ. ކުރިން އެގައުމުގަވެސް އޮންނަނީ ބަލީގެ އަލާމާތްތައް ހުންނަ މީހުން ދިހަ ދުވަހު އެކަހެރިވާން ޖެހޭ ގޮތަށެވެ. ދެކުނު އެފްރިކަގައި ކޮވިޑް އުސޫލަށް ބަދަލު ގެނެސްފައިވަނީ ވެކްސިން ދެވުނު […]
އެމެރިކާގެ ކުރީގެ ރީތީގެ ރާނީއެއް އަމިއްލައަށް މަރުވެއްޖެ

2019 ވަނައަހަރުގެ މިސް ޔޫއެސްއޭ ޗެސްލީ ކްރިސްޓް މަރުވެއްޖެ އެވެ. އުމުރުން 30 އަހަރުގެ ޗެސްލީ މަރުވެފައިވަނީ މޭންހެޓަންގެ އުސް އިމާރާތަކުން ފުންމާލައިގެން އާދީއްތަ ދުވަހު ކަމަށް ނިއުޔޯކްސިޓީ ޕޮލިސްޑިޕާޓްމަންޓުން ބުނެފައިވެއެވެ. ޗެސްލީގެ މަރުގެ ޚަބަރު ހާމަކުރުމަށް އޭނާގެ އާއިލާއިންވެސް ކުރު ބަޔާނެއް ނެރެފައި ވެއެވެ. މީގައި އެމީހުން ވަނީ ޗެސްލީ އަކީ އޭނާގެ އުފާވެރި ތަބީއަތާ މިޒާޖުގެ ސަބަބަން އެތައްބަޔަކަށް އުންމީދު ގެނުވި ޒުވާނެއް ކަމަށް ބުނެފަ އެވެ. މަރުވުމުގެ ކުރިން ޗެސްލީ ވަނީ އިންސްޓަގްރާމް […]
އިޒްރާއިލްގެ ރައީސް ޔޫއޭއީއަށް ވަޑައިގެންފި

އިޒްރާއިލްގެ ރައީސަކު ޔޫއޭއީ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރައީސް އައިސަކް ހަރްޒޯގް ޔޫއޭއީ އަށް ވަޑައިގެންގެންފިއެވެ. މިއީ އެދެގައުމުދެމެދު ޑިޕްލޮމެޓިކްގުޅުން ގާއިމް ކުރަން ޔޫއޭއީ އިން ނިންމިތާ އެގާ މަސް ފަހުން ހަމަޖެހިގެން ދިޔަ ދަތުރު ފުޅެކެވެ. މިދަތުރުފުޅުގައި ރައީސް ހަރްޒޯގް ޔޫއޭއީގެ އެންމެ އިސް ވެރިންނާބައްދަލް ކުރައްވާނެއެވެ. މިވާހަކަފުޅުތަކުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ އެމެރިކާއިން މެދުވެރިވެގެން މިހާރުފައްޓާފައިވާ ”އެބްރެހަމް އެކޯޑް“ ކާމިޔާބް ކުރެވޭނެ ގޮތްތަކާބެހޭ މަޝްވަރާތަކެވެ.މިއެކޯޑްގެ ދަށުން އަރަބި އެހެން ތިންގައުމުކަމަށްވާ ބަހްރެއިން […]
އުތުރުކޮރެޔާއިން ހަތްވަނަ މިސައިލް ޓެސްޓެއް ކޮށްފި

2017 ވަނަ އަހަރަށް ފަހު ކުރި އެންމެ ބޮޑު މިސައިލް ޓެސްޓް އުތުރުކޮރެޔާއިން ކޮށްފިއެވެ. އަވަށްޓެރި ދެކުނު ކޮރެޔާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިފަހަރުގެ މިސައިލް ޓެސްޓް ކުރިޔަށް ގެންގޮސްފައިވަނީ އާދީއްތަދުވަހު އެގައުމުގެ ގަޑިން ހެދުނުގެ ވަގުތެއްގަ، އެގައުމުގެ އިރުމަތީ އައްސޭރި ފަޅީގައެވެ މިއީ މިމަހު އުތުރު ކޮރެޔާއިން ކުރި މިފަދަ ހަތްވަނަ ތަޖްރިބާއެވެ.މިފަހަރުގެ ޓެސްޓްވެސް ވަނީ ދެކުނު ކޮރެޔާ ޖަޕާން އަދި އެމެރިކާއިން ވަގުތުން ކުށްވެރި ކޮށްފައެވެ. އދ މަޖިލީހުން ވަނީ މިފަދަ މިސައިލް ޓެސްޓްތައް […]
10 ގައުމަކުން ކޮރޯނާއަކީ މޫސުމީ ރޯގާއެއް ކަމަށް ކަޑައަޅައި ފިޔަވަޅުތައް ދޫކޮށްލައިފި

ކޮރޯނާ ވައިރަހުން ޖެހޭ ކޮވިޑް 19 ބައްޔަކީ ހަމައެކަނި މޫސުމީ ރޯގާއެއް ކަމަށް ކަޑައަޅައި 10 ގައުމަކުން ކޮރޯނާ ޓެސްޓް ކުރުމާ ބަލިޖެހުމުން ކަރަންޓީން ކުރުމާއި އަދި މަޖްބޫރުން ވެކްސިން ޖެހުން ހުއްޓާލައިފިއެވެ. މިފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ތުރުކީ ވިލާތް ، ބްރެޒިލް ، އިގިރޭސި ވިލާތް، ސްވީޑްން ، ސްޕެއިން، ޗެކް ރިޕަބްލިކް. މެކްސިކޯ .އެލްސެލްވެޑޯ ،ޖަޕާން އަދި ސިންގަޕޯރ އެވެ. މިގައުމުތަކުން ކޮވިޑް19 އާގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވީއްލުމުގެ ކުރިން ޖަރުމަނުވިލާތުގެ […]