އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމުގެ ބާރު ރައީސަށްދޭ ބިލު ތަސްދީގު ކުރައްވައިފި

ސިންގަލް ޔޫސް ޕްލާސްޓިކް އެތެރެކުރުން މަނާކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލެވެ. މި ބިލުގައި އިސްްލާހު ހުށަހަޅާފައި ވަނީ މި ގާނޫނުގެ އަށް ވަނަ މާއްދާގެ ފަހަތަށް، ’ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން‘ މި […]
ކުޑަކުއްޖަކަށް ބިރުދައްކައި ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާކޮށްފި

އައްޑޫސިޓީގައި ކުޑަކުއްޖަކަށް ބިރު ދައްކައި ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ ފުލުހަކަށް ދައުވާ ކޮށްފިއެވެ. މި މައްސަލައިގައި ޖިންސީ ގޯނާ ލިބިފައިވާ ކުއްޖާ އަކީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށެގެން އެކި ދުވަސް މަތިން އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކަށް ބިރު ދައްކައިގެން އެކުއްޖާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ ނެގުމަށްފަހު، އެ ފޮޓޯ ބޭނުން ކޮށްގެން ބްލެކްމެއިލްކޮށް […]
ރައީސުލް ޖުމްހޫރިއްޔާ ލަންކާ ރައީސް އާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ސްރީލަންކާގެ ރައީސް ދެ ގައުމުން އިސްކަންދޭ މުހިންމު މައުޟޫއުތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގެންފައި ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް […]
ހަންގޭރީ ގައި ކިޔެވުމަށް ސޮކޮލާޝިޕްތަކެއް

މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ރާއްޖެ ދަރިވަރުންނަށް ޔޫރަޕްގެ ގައުމެއްކަމަށްވާ ހަންގޭރީގައި ކިޔެވުމަށް ސްކޮލާޝިޕްތަކެއް އެގައުމުގެ ސަރުކާރުން ދީފިއެވެ. މި ސްކޮލާޝިޕްތަކާ ގުޅިގެން ރާއްޖެއާއި ހަންގޭރީ ސަރުކާރުން ވަނީ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައެވެ. ވާޗުއަލްކޮށް ބޭއްވި އެ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ރާއްޖެއިން ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އެވެ. ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރީ އެންޑް ޓްރޭޑްގެ ސްޓޭޓް ސެކްރެޓަރީ ޑރ. […]
އޮޑިޓް ކުރުން ހަރުދަނާ ކުރުމަށް ދެ ގަވާއިދެއް

އޮޑިޓް ކުރުން ހަރުދަނާ ކުރުމަށް ދެ ގަވައިދެއް ނެރެފި އެވެ. މި ގަވާއިދު ނެރުމަށް އޮޑިޓް އޮފީހުގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެ ދެ ގަވައިދު ނެރެ ދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. މިއަދު ނެރެފައިވަނީ ”ރެގިއުލޭޝަން އޮން އޮޑިޓް އެންޑް އެކައުންޓެބިލިޓީ އޮފް އެސްއޯއީސް“ އަދި ”ރެގިއުލޭޝަން އޮފް ޕަބްލިކް އިންޓްރަސްޓް އެންޓިޓީ އޮޑިޓާސް“ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ދެ ގަވައިދަކީ ސަރުކާރު ކުންފުނިތައް […]
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ބަޔަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށް ހަތަރުމީހަކު ހޯދުމަށް އެމީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ. ފުލުހުން ހޯދަމުންދަނީ، ނ. ހޮޅުދޫ، ޕިންކްރޯޒް، އަހުމަދު އަރީފް (41އ) އާއި ކ. މާލެ، މއ. ބިންމާވިލާ، އިސްމާއީލް ވަހީދު (52އ) އާއި ހއ. ތަކަންދޫ، އާފެހި، މުހައްމަދު މިދުހަތު (27އ) އާއި ޏ. ފުވައްމުލައް ،ލޭޒާ، އާލިފް އަހްމަދު (26އ) އެވެ. ފުލުހުން ބުނީ އެމީހުން ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން […]
ސިވިލް ސާވިސް މުއައްޒަފުންގެ މަސައްކަތުގެ ވަގުތު އިތުރުކުރުމާ މެދު މަޝްވަރާ ކުރަނީ

ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ވަގުތު އިތުރު ކުރުމާމެދު ވިސްނާ، އެކަމާ މަޝްވަރާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ. މިނިމަމް ވޭޖް އިއުލާނު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިވިލް ސާވިސް މުވައްޒަފުން މިހާރު މަސައްކަތް ކުރަނީ ހަ ގަޑިއިރަށް ކަން ފާހަގަކުރައްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޕަބްލިކް ސެކްޓާގައި ހިމެނޭ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ ވަގުތު ދުވާލަކު އަށް ގަޑިއިރަށް އިތުރު ކުރުމަށް […]
ބޯޑުގެ ލަފައާ އެއްގޮތަށް މިނިމަމްވޭޖް ކަނޑަނޭޅުނީ ކޮވިޑްގެ ސަބަބުން: ފައްޔާޒް

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅަން އެ މަސައްކަތް ހަވާލުކުރި މިނިމަމް ވޭޖު ބޯޑުން ލަފާދިން މިންވަރަށް މިނިމަމް ވޭޖް ކަނޑަނޭޅުނީ ކޮވިޑްގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. މިނިމަމް ވޭޖް އިއުލާން ކުރުމަށް ހޮޓެލް ޖެންގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖު ބޯޑުން އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވި އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް ނަމަވެސް އެ އަދަދުތައް […]
މިނިމަމް ވޭޖް: އެންމެ ދަށް މުސާރައަކީ 4،500ރ

އެންމެ ދަށް މުސާރައަކީ 4500 ރުފިޔާގެ ގޮތުގައި ކަނޑައަޅައި މިނިމަމް ވޭޖް އިއުލާންކޮށްފި އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖެއް ކަނޑައަޅައި އިއުލާން ކުރަން ހޮޓެލް ޖެންގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މިނިމަމް ވޭޖް ގަރާރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސޮއިކުރައްވައި މިނިމަމް ވޭޖް އިއުލާން ކުރައްވާފައެވެ. މިނިމަމް ވޭޖް ކަނޑައެޅިވަރު ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ. – މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ. – ބޮޑެތި ވިޔަފާރިތަކަށް، މަހަކު […]
ގައުމީ ކުތުބުހާނާއި ގައުމީ ދާރުލްއާސާރު ހުޅުވައިފި

ކޮވިޑް-19ގެ ބަލިމަޑުކަމާއިގުޅިގެން ބަންދުކުރި ގައުމީ ކުރުބުހާނާ އާއި ގައުމީ ދާރުލް އާސާރު މިއަދު ހުޅުވައިފި އެވެ. ރާއްޖޭގެ އެންމެ ބޮޑު ލައިބްރަރީ މިއަދު ހުޅުވައިލީ ކޮވިޑުގެ މިހާރުގެ ހާލަތަށް ބަލާބަލާފަ ކަަމަށް ހެރިޓޭޖު މިނިސްޓްރީން ބުނެއެވެ. ހެރިޓޭޖުން ބުނީ ދާރުން އާސާރު ހުޅުވަނީ ބަދަލުތަކަކާ އެކީގައި ކަމަށާ އެގޮތުން ކުރިން ދާރުލްއާސާރުން ފެންނަން ނެތް ބައެއް އާ އެއްޗެހި މިހާރު ބަހައްޓާފައި ވާނެކަމަށެވެ. ހެރިޓޭޖު މިނިސްޓްރީން ބުނީ ލައިބްރަރީގެ ހިދުމަތް ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި […]