ރައްޔިތުންގެ މަޖިލީހުގެ ސައިޒު ކުޑަކުރުމަކީ ގައުމުގެ މާލިއްތަށް ލިބޭ ލުޔެއް

ރައްޔިތުންގެ މަޖިލީހުގެ ސައިޒް ކުޑަކޮށް މެންބަރުންގެ ޢަދަދު 72 އަށް މަދުކޮށްލުމުން ދައުލަތުގެ މާލީ ޙާލަތަށް ހެޔޮބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. އަދި ހަމަ އެހެންމެ ވުޒާރާތައް މަދު ކޮށް ސިޔާސީ މަގާމުތައް މަދުކޮށްލުމަކީ ވެސް ރައްޔިތުންގެ ތިޖޫރީއަށް ލުއިވާނެ އެއްގޮތެވެ. ރައްޔިތުންގެ މަޖިލީހުގެ ސައިޒު މިހާރު ބޮޑުވަމުން އެދާ ރޭޓުން ބަލާނަމަ ދައުލަތަށް ނުއުފުލޭވަރު ބޮޑު ބުރައެއް މުސްތަގުބަލުގައި އުފުލަން ޖެހިދާނެއެވެ. ކޮންމެ މެންބަރެއްގެ ހަމައެކަނި މަހު މުސާރައަށް ރައްޔިތުންގެ ޓެކްސް ފައިސާއިން 82000 ރުފިޔާ […]
ސްކޫލް ތަކުން ދަރިވަރުންނަށް ދުރޫސުލް އަޚުލާގު ކިޔަވައިދޭންޖެހޭ

ރާއްޖެއަށް ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ކިޔަނީ ގާނޫނުއަސާސީގައި އެހެން ލިޔެފައިވާތީ ހެއްޔެވެ. އަދި ދިވެއްސެއްގެ ގާތުގައި ޣައިރު މުސްލިމަކު ކަލެއަކީ މުސްލިމެއްހޭ އަހައިފިނަމަ ފަޚުރުވެރިކަމާއެކު ވަގުތުން އާއެކޭ ބުނެ ޖަވާބުދެއެވެ. ކަން އޮތީ ހަމަ މިހެންތޯއެވެ. މުސްލިމަކަށް ވަނީ ތިމަންނާއަކީ މުސްލިމެކޭ ބުނީމަތޯއެވެ. ދިވެއްސަކަށް ވިޔަސް މުސްލިމަކަށް ނުވާނެއެވެ. ތިމާއަކީ މުސްލިމެކޭ ބުނެވޭނީ މުސްލިމެއްގެ ކިބައިގާ ހުންނަންޖެހޭ ޝަރުތު ތިމާގެ ކިބައިގާ ފުރިހަމަ ވަންޏާއެވެ. މިހާރަކަށް އައިސް ރާއްޖޭގެ ސްކޫލްތަކުން ތަޢުލީމު ޙާޞިލު ކުރަމުން އަންނަ […]
ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ ދެބައި މީހުން މިހާރުވެސް ކައި އުޅެނީ ގަރުދިޔަ/ބަތް

ރާއްޖޭގެ އާބާދީގެ 2/3 ރައްޔިތުން މިހާރުވެސް ޢާންމުކޮށް ކައިބޮއި އުޅެނީ ގަރުދިޔައާއި ބަތެވެ. އާބާދީގެ 1/4އެއްބައި މީހުނަށް ދެއިރު ހަމައަށް ކާންބޯންވެސް ނުލިބޭ ކަން އާރިފަށް ނޭނގުނީތީ ހިތާމަކުރަމެވެ. ދެވަނަ ބޮޑުހަނގުރާމަ ނިމުނު ހިސާބުން ފެށިގެން މުޅި ދުނިޔެ ތަޙައްމަލް ކުރަމުން އައި ހައިހޫނުކަން މަޑުމަޑުން ރާއްޖޭގެ ބައެއް ރައްޔިތުން މިހާރުވެސް އެދަނީ ތަޙައްމަލް ކުރަންފަށާފައެވެ. މިކަން އެނގެނީ ސަރުކާރުގެ އިސްބޭފުޅުންގެ ތެރެއިން ކޮން ބޭފުޅުންނަށް ބާވައެވެ. އެހެނަސް ބަރާބަރަށް ދައުލަތަށް ޓެކްސް ނުދައްކާ ރައްޔިތަކު މިގައުމަކު […]
ޝަރީޢަތް ނިމެންދެން ބަންދު ނުކުރިޔަސް, މުޖުތަމަޢުއަށް ނުރައްކަލެއް ނެރެއެތައް ބަޔަކު ޖަލުގައި

ފުލުހުން ބުނީތީ ނުވަތަ ޕީޖީން ބުނީތީ މުޖުތަމަޢުއަށް ނުރައްކަލެއް ނެތަސް ޝަރީޢަތް ނިމެންދެން ރައްޔިތު މީހާ ބަންދުގައި ބެހެއްޓުމުން ޖަމާޢަތަށް ލިބޭ ގެއްލުން މާ ބޮޑެވެ. ފުލުހުންނާއި ޕީޖީއިން ބުނާހައި ގޮތަކަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ޢަމަލު ކުރާކަށް ނުޖެހެއެވެ. އެހެނީ ފަނޑިޔާރުންނަކީ ނުފޫޒާ ބާރުން އެއްކިބާވެގެން މުސްތަގިއްލު ބަޔަކަށްވީތީއެވެ. ޝަރީޢަތުން ރައްޔިތެއްގެ ހައްގަށާއި އޭނާގެ ޢާއިލާގެ ޙައްގަށް ބެއްލެވުމެއްނެތި, އެމީހަކު ބަންދުގައި ބަހައްޓައިފިނަމަ, އެކަމުގެ ސަބަބުން އެމީހެއްގެ ޢާއިލާއަށާއި މުޖުތަމަޢުއަށް ލިބޭ ގެއްލުންތަކުގެ ޒިންމާ ފަނޑިޔާރު […]
މަސްޖިދުއްރަޝީދުގައި ޢާންމުކޮށް ނަމާދުކުރަމުން އައި މީހުން އެ މިސްކިތަށް ނަމާދަށް އެރުން ހުއްޓާލައިފި

ހުޅުމާލޭގައި އާރުސީސީ ކޮމްޕެނީގެ ފަރާތުން ކާނަލް މުޙައްމަދު ނާޒިމްގެ ލޮބުވެތި ބައްޕާފުޅު އަލްމަރުޙޫމް ޢަބުދުއްރަޝީދުގެ ނަންފުޅުގައި ޢިމާރާތް ކޮށްފައިވާ މަސްޖިދުއްރަޝީދުގައި ނަމާދުކުރަން ފެށީއްސުރެ އެމިސްކިތުގައި ނަމާދުކުރަމުން އައި އެސަރަޙައްދުގެ އެންމެން އެ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލައިފިއެވެ. މިކަމާ ބެހޭގޮތުން ކުރިން އެ މިސްކިތުގައި ނަމާދު ކުރި އަދި މިހާރު އެމިސްކިތުގައި ނަމާދު ނުކުރާ މީހަކާ ސުވާލު ކޮށްލީމެވެ. އޭނާ ވިދާޅުވީ އެ މިސްކިތުގައި ނަމާދު ކުރުން ހުއްޓާލީ އެ މިސްކިތުގައި ޖަހާފައިވާ މުށިތަކުގައި އޮރިޔާން ސިފަވާފަދަ […]
މަސްވެރިއެއްގެ ޝުޢޫރު

އައްޑު އަތޮޅު ގައި މި ފަހުން ކުރި މަސްވެރިން ކުރި އިހުތިޖާޖުގެ ބައިވެރިއަކު އޭނާގެ ހިތުގެ ޝުޢޫރު ސަންދާނާއި ހިއްޞާކުރަމުން ކިޔައި ދިނެވެ. އަހުރެމެން އެއްވެ މިއުޅެނީ އެއްވެސް ހަމަނުޖެހުމެއް ހިންގުމުގެ މަގުޞަދު އޮވެގެނެއް ނޫނެވެ. އަދި ދައުލަތުގެ މުދަލަށް ގެއްލުންދޭކަށެއް ވެސް ނޫނެވެ. ފުލުހުންނާ ކުރިމަތިލުމުގެ ނިޔަތެއް އޮވެގެން ވެސް ނޫނެވެ. ކޮންމެ ބޭފުޅަކު ވެސް ފުންކޮށް ވިސްނަވައިލައްވާށެވެ. ތިމާގެ އަނބިދަރިން ބަނޑަށް ޖެހިއްޖެނަމަ ތިމާގެ ހިތަށް ކުރާނެ ފުން އަސަރާއި ލޮލުން ފޭދިގެންދާނެ ކަރުނައިގެ […]
ދިވެހި އަންހެނުން ބާރުވެރި ކުރުވާ ވާހަކަ އަކީ ކޮންކަހަލަ ވާހަކައެއްބާ!

އަންހެނުން ބާރުވެރި ކުރުވުމުގެ ވާހަކައަކީ ކޮންކަހަލަ ވާހަކައެއް ބާވައެވެ! ކޮންމެ ސަރުކާރަކުން ވެސް އަންހެނުން ބާރުވެރި ކުރުވާ ވާހަކަ ދައްކައެވެ. އެހެނަސް މިވާހަކަ ދެއްކުން ފިޔަވައި އިތުރު އެހެން ކަމެއް ކުރާ ތަނެއް ނުފެނެއެވެ. އަންހެނުންގެ ތެރޭގައި އެކި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ ހާހުން ގުނާލެވޭހާ ގިނަ އަންހެނުން ރާއްޖޭގައި ވަޒީފާ ނުލިބިގެން އުޅޭކަން ސަރުކާރަށް އެނގޭ ހެނެއް ހީއެއް ނުވެއެވެ. ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ކަޅި ހިންގާލާއިރު އެފަދަ މަގާމުތަކުގައި އަންހެނުން ވަރަށް މަދެވެ. […]
ރާއްޖެއަކީ ރިޝްވަތާ ފަސާދައިގެ ހާއްޔެއް

ރާއްޖޭގެ އެންމެހައި މުވައްސަސާތަކާއި އަމިއްލަ ކުންފުނި ތަކުގައިވެސް އޮތީ ރިޝްވަތާ ފަސާދަ ޢާންމުވެފައެވެ. މި ނުރައްކާތެރި ވަބާ ރާއްޖޭގައި ފެތުރެމުން އަންނަތާ އެތަކެއް ޒަމާނެެއްވެއްޖެއެވެ. މިއީ އިއްޔެއަކު ނުވަތަ މިއަދަކު ހިނގާ ކަމެއް ނޫނެވެ. އަންޒަމާނުއްސުރެ ރާއްޖޭގައި ވަނީ މިވަބާ ފެތުރެން ފަށާފައެވެ. އިންސާނާ މުސްލިމެއްގެ ގޮތުގައި ހުރުމަށްޓަކައި ކުރަންވާނެ ކަންތަކާ ކުރަން ނުވާނެ ކަންތައްތައް މާތްރަސްކަލާނގެ ބާވައިލެއްވި ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުން ވަނީ ސާބިތުކޮށް ދެއްވާފައެވެ. ރިޝްވަތު ނަގާމީހާ އެ ރިޝްވަތު ނަގަނީ މާތްރަސްކަލާނގެއަށް […]
ބަލިމީހުންނަށް ވެސް ފަސޭހަކަމާއެކު ފުލެޓުތަކުގައި ދިރިއުޅެވޭނެ އިންތިޒާމުތައް ހަމަޖައްސަންޖެހޭ

އެކި ސަރުކާރުތަކުން ހުޅުމާލޭގައި 3 ބުރީގެ އެތައް ހާސް ފުލެޓެއް އަޅައި ދީފައިވާއިރު އެެއިން އެއްވެސް ތަނެއްގައި ލިފުޓެއް ނުބަހައްޓައެވެ. އެއީ ޢުމުރުން ދުވަސްވެފައިވާ ބަލި މީހުން އެ ތަންތަނުގައި ދިރިއުޅެފާނެ ކަމަށް ބަލައިގެން ފަރުމާކޮށްފައިވާ ފުލެޓްތަކެއް ނޫންކަން ފެންނަމުންދާ މަންޒަރު ތަކުން އެނގެެއެވެ. އެހެނަސް މި ދެންނެވި ފުލެޓްތަކުގައި ޙާލުދެރަ, ޢުމުރުން ދުވަސްވީ ގިނަ ޢަދަދެއްގެ ބަލިމީހުން ދިރިއުޅެމުން އެބަދެއެވެ. ޢުމުރުން ދުވަސްވީ ގިނަ ބަލިމީހުންނަކީ މުސްކުޅި ބަލީގައި މަރާ ހަނގުރާމަކުރަމުންދާ މީހުންނެވެ. އޭތެރޭގައި ތަފާތު […]
މިޔަރު ހިމާޔަތް ކުރުމުގެ ގާނޫނު އިސްލާހު ކުރަންޖެހޭ

ރާއްޖެއަކީ ނުރައްކާތެރި އެތަށް ބާވަތެއްގެ މިޔަރު ގިނަ ގައުމެކެވެ. އެހެންކަމާއެކު ފަތުރުވެރީންގެ އިތުރުން ދިވެހި ޒުވާނުންނާ ކުޑަކުދީން ރާއްޖޭގެ ރަށްރަށުގެ މޫދަށްއެރިއުޅުމުގެ ނުރައްކާތައް ދުވަހެއް ދުވަހެއް އަންނަނީ ބޮޑުވަމުންނެވެ. ކުރިއަށް އޮތް މުސްތަގުބަލުގައި ވެސް މި ނުރައްކާތެރިކަން ދާނީ ބޮޑުވަމުންނެވެ. ސަރުކާރުން މިޔަރު ހިމާޔަތްކޮށްފައި ވަނީ މޫދަށް އެރި ފީނާ އަދި އެކި ތަމްރީނުތަކުގައި ބައިވެރިވާ މީހުން މިޔަރުގެ ނުރައްކަލުން ސަލާމަތް ވާގޮތަކަށް ނޫނެވެ. އެހެންކަމުން ރާއްޖެއަކީ ކަނޑުތަކާއި ފަރު ފަދަ ތަންތަން އިންތިހާއަށް ރީތި އަދި […]