ރައްޔިތުން ބަނޑަށް ޖެހެނީބާ؟

ރާއްޖޭގައި ބޭނުން ކުރެވޭ ރިޒާވް މި މަހު އެކީ ހުސްވެއްޖެނަމަ ދެންވާނީ ކިހިނެއްބާ ވައެވެ. ޢުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނެމުން އަންނަ އިރު މިއީ މިފަދަ ވާހަކައެއް އަޑުއެހި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ ރައްޔިތުންނަށް ކާންބޯން ދެނީ ދައުލަތުގެ ރިޒާވްގައި ހުރި އެއްޗަކުންނެވެ. އެހެންކަމުން ފެތުރެމުން ދާ އެ އަޑުތަކަށް ބަލާއިރު އެއީ ތެދު ޙަގީގަތަކަށް ވެއްޖެނަމަ ކުރިއަށް އޮތް މަހު ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށް ބަލަން ޖެހެއެވެ. އުފެދޭ ސުވާލަކީ ސަރުކާރުގެ އިސްވެރިން މިކަން […]

ލޭނު މަސްވެރިކަން ކުރުމުން މަސްވެރިންނަށް މިހާރަށްވުރެ ގިނަ ރުފިޔާ ލިބޭނަމަ އެކަން ނުކުރަންވީ ސަބަބެއް ނެތް

ލޭނުއަޅައިގެން މަސްވެރިކަން ދިވެހިމަސްވެރިން ތަޖުރިބާ ކޮށްފައިވަނީ އަލަކަށް ނޫނެވެ. ކުރިންވެސް ރާއްޖޭގެ މަސްވެތިން ލޭނުގެ މަސްވެރިކަން ކޮށްފައިވެއެވެ. އޭރު މަސްވެރިންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެއްކަމަށް މަސްވެރިން ބުނަމުން އައީ މިޔަރުގެ އުނދަގޫ ބޮޑުކަމުން ލޭނުއަޅައިގެން ކުރާ މަސްވެރިކަމުން މާބޮޑު ފައިދާ އެއް ނުލިބޭ ކަމުގައެވެ.  ލޭނުގައި ޖެހިފައި ހުންނަ މަސްތައްނަގާއިރު ލޭނުގައި ގިނައިން ހުންނަނީ ބޯބުރި ކަމަށް ވުމުން އެކަށޭނެ ފައިދާ ނުލިބޭތީ ލޭނުމަސްވެތިކަން ކުރުމުގެ ޝައުގު ވެރިކަން ގެއްލި ލޭނުއަޅަން ދާނޭމީހުން ނުލިބި އެކަންވަނީ […]

ރައްޔިތުންގެ ބޭނުންތައް ފުއްދުމަކީ ސަރުކާރުގެ ވާޖިބެއް

ރައްޔިތުންގެ އަސާސީ ޙައްގުތައް ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރަންޖެހޭނެ ގައުމީ މަސައްކަތެކެވެ. ރައްޔިތުންގެ އަސާސީ ޙައްގުތަށް އެއްވެސް ރައްޔިތަކު އިސްތިސްނާ ކުރުމެއްނެތި ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމަކީ ސަރުކާރުކާރުގެ މައްޗަށް އޮތް ގާނޫނީ ފަރުޟެކެވެ. މިގޮތުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ފުރިހަމަ ކޮށްދެވޭފަދަ މާލީ ތަނަވަސްކަން ދައުލަތުގެ މާލިއްޔަތުގައި ނެތްނަމަ ލޯނު ނަގައިގެން ވިޔަސްވެސް އެޚިދުމަތްތައް ރައްޔިތުންނަށް ފުރިހަމަކޮށް ދޭންޖެހޭނެއެވެ. ރައްޔިތުން ސަރުކާރެއް އުފައްދަނީ މިދެންނެވި ބޭނުންތައް ފުއްދުމުގެ ބޭނުމުގައެވެ. ރައްޔިތުން ވޯޓުދީގެން ވެރިޔަކު […]

އޮޑި ބެހިގެން އޮޔާދަނީ

މާލިމީ ކިތަންމެ މޮޅަސް ފަޅުވެރި ކުދިން ކަންނެތް ވެއްޖެނަމަ އޮޑި ނުބެހި ނުދާނޭ ކަމަށް މުސްކުޅިން ބުނާތީ އަހަމެވެ. އަނެއްކޮޅުން އޮޑިއެއް ދުއްވޭނީ ހިސާބުކިތާބު ބަލަހައްޓާނޭ ތަޢުލީމީ ގާބިލް ޒުވާނުންވެސް އޮޑީ އަށްލައިގެންނެވެ. އެގޮތުން މިފަދަ ތަޢުލީމީ ޒުވާނުންނާ ނުލައި އޮޑިއެއްގައި ދަތުރުފަށައިފިނަމަ މާލިމީއަށް އެ އޮޑިދުއްވަންވީ މިސްރާބު އޮޅި ދާންވީ މަންޒިލާ ހަމައަށް ނުދެވި ބެހިގެން އޮޔާވެސް ހިނގައިދާނެއެވެ. ދުނިޔޭގައި އިންސާނުން ތަރައްގީވެ ކުރިއަރަމުން އަންނަނީ ތަޢުލީމުގެ ޒަރީޢާއިން ހޯދިފައިވާ ފަތްފުށްތަކުގެ އަލީގައެވެ. އެހެންކަމުން މިއަދު […]

ޝަރީޢަތް ނިމެންދެން ރައްޔިތުމީހާ ޖަލުގައި ބަންދު ކުރުމަކީ ރައްޔިތަކަށްދެވޭ ފޫނުބެދޭވަރުގެ އަނިޔާއެއް

ޖިނާޢީ އިޖުރާޢަތުގެ ގާނޫނަށް މިފަދަ އިސްލާޙެއް ގެނެސް ޝަރީޢަތް ނިމެންދެން ކަމަށް ބުނެ ރައްޔިތުންގެ މަންދޫބުން އެފަދަ އިސްލާޙެއް ފާސްކުރުމަކީ އިންސާނީ ކަރާމަތަށް އަރައިގަތުމެއް ކަމުގައި ދެކެމެވެ. މިގޮތުން ރައްޔިތުންގެ މަންދޫބުންގެ ނަމުގައި ތިބެ ހުޅުވާލި މިދޮރަކީ ނާމާންކަމާއި އަނދިރި ކަން އެކަމުގައި ޝާމިލުވެގެން ދިޔަ އަނިޔާވެރި ޢަމަލަކަށް މެނުވީ ނުވެއެވެ. މިގޮތުން ޝަރީޢަތް ނިމެންދެން ރައްޔިތު މީހާ ޖަލުގައި ބަންދުކުރެވޭ ބަންދު ކުރުމަށް ވާ ނުވާއޭ ބުނެ އުޅެނީ ޙަގީގަތުގައިވެސް ޖަލުގައި ބަންދު ކުރެވޭ ރައްޔިތުމީހާއަށް […]

ރާއްޖޭގެ އާބާދީގައި ހިމެނޭ މަސައްކަތް ކުރާޢުމުރުގެ ފިރިހެނުންގެ ޢަދަދަށްވުރެ ބިދޭސީންއިތުރު

ރާއްޖޭގެ އާބާދީގައި ހިމެނޭ މަސައްކަތް ކުރާ ޢުމުރުގެ ފިރިހެނުންނަށްވުރެ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޢަދަދު އިތުރު ކަމަށް ދިރާސާތަކުން ދައްކައިފިއެވެ. މިއީ ބިރުގަންނަން ޖެހޭ ކަމެއް ކަމަށް ގިނަބަޔަކު ދެކެއެވެ. ދާދި ފަހުން ބިދޭސީން ވަނީ ރާއްޖޭގެ ފުލުހުންނާ ސިފައިންނާ ވެސް ކުރިމަތިލާފައެވެ. ރާއްޖޭގައި ބިދޭސީން އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު ރާއްޖޭގެ އަބާދީގައި ހިމެނޭ ފިރުހެނުންގެ ޢަދަދަށް ވުރެ ބިދޭސީންގެ ޢަދަދު އިތުރުވުމުން ބިރުގަންނަން ޖެހޭ އެއް ސަބަބަކީ އެބައިމީހުން ސަރުކާރާ ދެކޮޅަށް ނުކުމެ ކުރިމަތިލުމަކަށް މަގުފަހިވެދާނެފަދަ […]

ސްޕާތަކަށް ގެންނަ ބިދޭސީ އަންހެނުންގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ގެއްލުންވޭ

ރާއްޖޭގައި ހިންގާ ސްޕާތަކަށް އެތައް ގައުމެއްގެ އެތައް ހާސް އަންހެނުން ވަނީ ގެނެވިފައެވެ. މި ދެންނެވި އަންހެނުންތައް ސްޕާތަކުގައި މަސައްކަތް ކުރަމުން އަންނަ އިރު މަސާޖަށް ދައްކާ ފައިސާނޫން ފައިސާއެއް ސްޕާހިންގާ ވެރިން ނުހޯދައެވެ. އެހެނަސް ހުރިހާ ބަދުނާމެއް ބޮލުގަ އަޅަން ޖެހެނީ ސްޕާ ހިންގާ ވެރީން ކަމީ ދެރަވަރުގެ ކަމެއް ކަމަށް އެވެރިން ދެކެވެ. ސްޕާތަކަށް މަސާޖުކުރަން ދާމީހުން ކައުންޓަރަށް މަސާޖު ފީ ދެއްކުމަށްފަހު މަސާޖު ކޮށްދޭ ރޫމަށް ވަދެއެވެ. މަސާޖުކޮށް ނިމުމަށްފަހު މަސާޖު ކުރެވުނު […]

ޙަލާލު ތަކެތި ކައިބޮއި އުޅުމުގެ އެއްވެސް ވިސްނުމެއް ބައެއް ދިވެހިންގެ ކިބަޔަކު ނެތް

އިންސާނުންގެ ދިރިއުޅުމުގެ ޙާލަތަށް ބަދަލު އައި ނަމަވެސް މުސްލިމުން އުޅެންވާނީ ހަތް އުޑުމަތިން މާތް އިލާި ވަހީކުރައްވާފައިވާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ތިޔަބައި މީހުން ޙަލާލު ތަކެތި ކައިބޮއި އުޅުމަށެވެ. 1960 ގެ އަހަރު ތަކުގެ ތެރޭގައި ދިވެހިން ކައިބޮއި އުޅުނީ ބަތާއި ކަނޑުމަހުގެ ގަރުދިޔަ ނުވަތަ ދިޔާހަކުރާއި ކާށްޓެވެ. ފެންވަރަން ބޭނުންކުރަނީ ދަނޑި ސައިބޯންޏެވެ. ބޯދޮންނަނީ ކުކުޅުބިހާއި އުނދުނުން ނަގާއަޅި އެއްކުރުމަށްފަހު ލަންސިމޫ ނުވަނަ ފޮނިމާ އެޅުމަށްފަހު އަވީގައި ބެހެއްޓައިގެން ތައްޔާރު ކުރާ ޝޭމްޕޫ […]

ފުލެޓާ ގޯތިތައް އޭގެ ހައްގުވެރީންނަށް ނުލިބި ލަސްވާތީ އެފަރާތްތަކުން ދަނީ ކަން ބޮޑުވުން ފާޅު ކުރަމުން

ކުދިންނަށް ކިޔަވައި ދިނުމަށްޓަކާ މީގެ ފަންސަވީސް އަހަރު ކުރިން މާލެއަށް ޙިޖުރަކުރި ދިވެހި އަންހެނަކު އޭނާގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އޭނާ ބުންޏެވެ. ރަށުގައި ހުރި ސްކޫލުން އެކަށޭނެ ތަޢުލީމެއް ލިބެން ނެތުމާއެކު އޭނާގެ ދަރިފުޅަށް ކިޔަވައި ދިނުމަށް މާލެއައީ މީގެ ފަންސަވީސް އަހަރު ކުރިންނެވެ. އޭރުން ފެށިގެން އުޅެން ޖެހިފައި މިވަނީ މާލޭގެ ގެދޮރު ވެރީންނަށް ކުލިދީގެން ވަރަށް ނިކަމެތި ޙާލުގައެވެ.ދަރިފުޅު ކިޔަވާ ނިމުނުއިރު އަޅުގަނޑަށް ދެކުދިން ލިބި އެކުދިންވެސް ސްކޫލަށްތަކަށް ވައްދަން ޖެހުނެވެ. ރަށުގައި އެކަށާނެ […]

ހޯމް މިނިސްޓަރަކީ ޖަލުތަކާބެހޭ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެއް

ޖަލުތަކަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށްޓަކައި ހޯމް މިނިސްޓަރު ކިތަންމެ އޮޕަރޭޝަނެއް ހިންގެވިޔަސް އެފަދަ ތަކެތި ވެއްދުން ނުހުއްޓުވޭނެ ކަން އެބޭފުޅާއަށް ޖަލުތަކާެެއި ބެހޭ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައި ނެތުމުން އެނގިވަޑައި ނުގެންފާނެއެވެ. ރިހިމަޅީގައި ނުބެދި ދާ ދޫނި ރަންމަޅީގައި ބެދުމަކީ ފިތުރަތުގެ އުސޫލުން ހިނގާ ކަމެކެވެ.މިނިސްޓަރަކަށް ވިޔަސް ޖަލު އޮފިސަރަކަށް ވިޔަސް އޮތީ ހަމަ އެ އުޞޫލެވެ. ޖަލުތަކުގައި ކިތަންމެ އަގުބޮޑު އަދި ކިތަންމެ ފެންވަރު ރަނގަޅު ސެކިއުރެޓީ ސިސްޓަމެއް ވެސް ބެހެއްޓިދާނެއެވެ. އެހެނަސް އެސިސްޓަމުގެ ތެރެއިން […]