ރައީސްގެ އެމެރިކާގެ ދަތުރުފުޅުގެ ޚަރަދުތައް ހާމަކުރަން އެންގި މައްސަލަ ސްޕްރީމް ކޯޓަށް

އދ. ގެ ޢާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް އިބުރާހިމް މުޙައްމަދު ޞާލިހު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ޚަރަދުތައް ހާމަކުރެއްވުމަށް އިންފޮރމޭޝަން ކޮމިޝަނަރު އެންގި މައްސަލަ ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. އދ ގައި ތަގުރީރު ކުރެއްވުމަށް ރައީސާއި ސަރުކާރުގެ އިސް ވަފުދެއް 2021 ވަނަ އަހަރު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތައް ހިމެނޭ ރިސީޓްތައް ހާމަކުރުމަށް އިންފޮރމޭޝަން ކޮމިޝަނަރު އެންގެވި މައްސަލައަށް މިދިޔަ މެއިމަހު ހައިކޯޓުންވަނީ ތާއީދު ކޮށްފައެވެ. އެ ހުކުމް އިސްތިއުނާފުކުރަން […]

އެފްރިކާގެ އެރިތުރިޔާއިން ހިހެއްޓީ ދެޓަގު ބޯޓު ރާއްޖެ ގެނެވޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓްރީއިން ދީފި

މިސްރުގައި ބަނދެގެން ރާއްޖެ އަންނަނިކޮށް މޫސުމް ގޯސްވެގެން އެފްރިކާގެ އެރިތުރިއާގައި ބަނދަރު ކިރުމުން އެގައުމުން ހިފަހައްޓާފައިވާ ފިއުލް ސަޕްލައި މޯލްޑިވުސް ( އެފްއެސްއެމް) ގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެވޭނެކަމުގެ ޔަގީންކަން ރާއްޖޭގެ ފޮރިން މިނިސްޓްރީ ދީފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ދެޓަގު ބޯޓު އެރިތުރިޔާގައި  ބަނދަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. އެފްރިކާގެ ސިފައިން އެ ދެ ބޯޓު ހިފެހެއްޓީ ހުއްދަ ނުހޯދައި އެރިތުރިޔާގަށް އެތެރެވިކަމަށް ބުނެއެވެ. ބޯޓުގައި ތިބި […]

ރިޔާސީ އިންތިޚާބަށް އޮންލައިންކޮށް ރީރަޖިސްޓްރީވެވޭ ގޮތަށް މި މަހުގެ 16 ގައި ހުޅުވައިލަނީ

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ އެހެން ރަށެއްގައި ވޯޓުލާން އޮންލައިންކޮށް ރީރަޖިސްޓްރީވެވޭ ގޮތަށް މިމަހުގެ 16 ވަނަދުވަހު ރެޖިސްޓްރޭޝަނަށް ހުޅުވާލަން ނިންމައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކާއެކު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނާއިބު ރައީސް އިސްމާއީލް ޙަބީބު ވިދާޅުވީ ރީރެޖިސްޓްރީ ކުރަން 21 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އެކަމަކު މިފަހަރު ލިބޭނެ ފަސޭހައަކީ އެމީހަކު ހުރިތަނަކުން އޮންލައިންކޮށް ފޯމު ހުށަހެޅޭގޮތަށް އޮތް އޮތުން ކަން ފާހަގަކުރެއްވިއެވެ. ކޮންމެ […]

އާރުޑީސީގެ ސީއެފްއޯގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި މައްސަލައެއް ތަހުގީގު ކުރަނީ

އާރުޑީސީގެ ޗީފް ފައުނޭންޝަލް އޮފިސަރު ( ސީއެފްއޯ ) ޔާސިރު ޙަސަންގެ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. އެނގިފައިވާ ގޮތުގައި ޔާސިރުގެ އެކައުންޓަށް އެއްފަހަރާ ގިނަ އަދަދެއްގެ ފައިސާ ޖަމާވި ކަމަށް ބުނާ މައްސަލަ ފުލުހަށް ހުށަހެޅީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް (އެފްއައިޔޫ) އިންނެވެ. ނަމަވެސް އޭނާގެ އެކައުންޓަށް ފައިސާ ޖަމާވީ ސީދާ އާރުޑިސީގެ އެކައުންޓުން ކަމެއް ސާފެއް ނުވެއެވެ. އެކަމަކު ފުލުހުން މީޑިއާތަކަށަ ފޮނުވި […]

ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ “ބޮޑުބައި“

”ދަ ޑިމޮކްރެޓްސް“ އަކީ އެމްޑީޕީގެ ބޮޑުބައި ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ “ ދަ ޑިމޮކްރެޓްސް“ ުއުފެއްދުމަށްޓަކާ އެ ޕާޓިގެ ފަރާތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރަޢީސް ނަޝީދު ވިދާޅުވީ “ ދަ ޑިމޮކްރެޓްސް “ އަކީ އެމްޑީޕީގެ ބައެއް ކަމަށާއި އެމްޑީޕީ ދެބައިވީ އެ ޕާޓީގެ ފަރާތުން ވެފައިވާ ރިޔާސީ ވަޢުދުތަކަށް އެ ޕާޓީން އިހުތިރާމު ނުރުމުން ކަމުގައެވެ. އޭގެ އިތުރުން ރައްޔިތުމީހާއަށް ދައުލަތުން ލިބެންޖެހޭ މިންވަރު […]

މުއްދަތު ހަމަވީއިރުވެސް ޖާހުގެ ފްލެޓް ތަކެެއް ނުނިމުނު

ޖާހު އިންވެސްޓްމެންޓުން ހުޅުމާލޭގައި ހަދަމުން އަންނަ ފުލެޓްތައް ހަދަންދިން މުއްދަތުގައިވެސް އެތަންތަން ނުނިމި ދިގުލައިގެން ހިގައްޖެއެވެ. މެދުފަންތީގެ ހައުސިން މަޝްރޫއުއް ހިންގުމަށް އާބަންކޯއިން އެކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރުގައެވެ. އެއީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެއްބަސްވެގެން އެކުންފުންޏާ ހަވާލު ކުރި މަޝްރޫއެކެވެ. ނަމަވެސް މަސައްކަތް ނުނިމި ދިގުލައިގެންދާތީ އެ މަޝްރޫއުގެ ފުލެޓް ގަތް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ އެ މައްސަލަ ބެލުމަށްފަހު އެ ފުލެޓްތައް ނިންމުމަށާއި ބިމުގެ އަގުދެއްކުމަށް […]

ބޮޑުޗުއްޓީއަށް ދާ މީހުންގެ ގެދޮރު ވަގުންގެ އަތްދަށުން ސަލާތްވާނޭހެން ބަންދުކުރައްވާ!

ދިރާސީ އަހަރުގެ ބަންދާއި ބޮޑު ޢީދު ބަންދުގެ ތެރޭގައި މާލޭ ސަރަހައްދު ގެތަކުން ވައްކަން ކުރުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އެގޮތުން ޗުއްޓީއަށް ދާ މީހުން ޗުއްޓީ ނިންމާފައި އެނބުރި އަންނައިރު ގިނަ ގޭގެ ފަޅާލައި ގޭގެއިން ވައްކަންކޮށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންވެފައި ހުރެއެވެ. އެހެންކަމާއެކު ޗުއްޓީއަށް ފުރުމުގެ ކުރިން އަވަށްޓެރީންނާ ބައްދަލުކޮށް ގޭގެ ސެކިއުރިޓީ ބެލެހެއްޓުމާއި ވެހިކަލްތައް ވެސް އަށްޓެރީންނާ ހަވާލު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އަދި ގޭގެ ދޮރުތައް ފަރުވާތެރިކަމާއެކު […]

ހުޅުމާލެ މަސްޖިދުއްރަޝީދުގެ ތަޅުމުގައި ޖަހާފައިވާ މާބުލް ތަށިމުށީގައި އޮރިޔާން ސިފަވާ ކުރެހުން

ހުޅުމާލޭގައި ކުރީގެ ޑިފެންސް މިނިސްޓަރު އެމަނިކުފާނުގެ ބައްޕާފުޅުގެ ހަނދާނުގައި ޢިމާރަތްކޮށްދެއްވި މަސްޖިދުއްރަޝީދުގެ ތަޅުމުގައި ޖަހާފައިވާ މާބުލް ތަށިމުށިގައި އޮރިޔާން ފޮޓޯ ސިފަވާފަދަ ކުރެހުމެއް ފެންނަ ކަމަށް ބުނެ, އެ މިސްކިތުގައި ނަމާދުކުރަމުން ދިޔަ އެތައް ބަޔަކު އެމިސްކިތުގައި ނަމާދު ކުރުން ހުއްޓާލައިފިއެވެ. މި މިސްކިތަކީ އާރްސީސީ ކޮމްޕެނީއިން 3 ބުރިޔަށް ޢިމާރާތްކޮށް އެއަރކޯނުކޮށްފައިވާ ވަރަށް ރީތި މިސްކިތެކެވެ. މި މިސްކިތަކީ ހުޅުމާލޭގައި ގާއިމުކުރެވިފަވާ އެންމެ ރީތި މިސްކިތް ކަމަށް ގިނަބަކު ދެކެއެވެ.  މިސްކިތް ހުޅުވައި ދެއްވީ ރައީސުލްް […]

ބޮޑު ޗުއްޓީއަށް ފުރާމީހުންނަށް މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސެއް

ޢީދު ބަންދާއި ސްކޫލްތަކުގެ ބަންދާ ދިމާކޮށް ރާއްޖޭގެ  އެކި ކަންކޮޅުތަކަށް ޗުއްޓީ ހޭދަ ކުރަމުންދާ ގިނަ ޢާއިލާތައް މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އިލްތިމާސް ކުރަމެވެ. ޗުއްޓީއަށް ފުރުމުގެ ކުރިން ދަތުކުރަން ހަމަޖެހިފައި އުޅަނދާއި އަދި އެ އުޅަނދަކީ ރައްކާތެރިކަމާއެކު ދަތުރު ކުރެވޭވަރުގެ އުޅަނދެއްކަން ޔަގީން ކުރެެއްވުމަކީ ފުރާނަ ސަލާމަތް ކުރުމަށް ކޮންމެހެން ވެސް ކުރަންެކެ ޖެހޭނެ ކަމެކެވެ. އެގޮތުން ލޯންޗުގެ ކެޕޭސިޓީއަށްވުރެ އިތުރަށް ފަސިންޖަރުން އިތުރު ނުކުރުމާއި ލައިފްޖެކެޓް ހަމަކުރުމާއި ވިއްސާރަ މޫސުމުގައި ރޭގަނޑު ދަތުރުކުރުމަކީ ނުހަނު […]

ބޮޑު ޗުއްޓީއާއެކު ބޮޑު ވިއްސާރަ

މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ކިޔަވަމުން އައި ދަރިވަރުންގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެއެވެ. މާލެއާއި ރަށްރަށުގެ ގިނަ ސްކޫލްތަކުން ވަނީ ދަރިވަރުންނަށް ބުރާސްފަތި ދުވަހު ރިޕޯޓް ފޯމް ދީފައެވެ. ބޮޑު ޗުއްޓީއަށްފަހު އަލުން ކިޔެވުން ފެށޭނީ އަންނަ އޯގަސްޓުމަހުގެ 6 ވަނަ ދުވަހުއެވެ. ކުރިއަށް އޮތީ ބޮޑުވިއްސާރަ: މިހާރު ބޮޑު ޗުއްޓީ ހަމަޖައްސާފައިވާ ގޮތުން ދިމާވަނީ ހުޅަނގު މޫސުމުގެ އެންމެ ގަދަ ވިއްސާރަ ދުވަސްވަރު ކަމަށްވާ ޖޫން ޖުލައި […]