ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ޢިބުރަތެއް

ކޮންމެ މަގާމެއްގައި ހުއްޓަސް އަދި މަގާމެއްގައި ނެތަސް ޒުވާނަކަށް ވިޔަސް މުސްކުޅިއަކަށް ވިއަސް ކޮންމެ އިންސާނަކުމެ މަރާ ބައްދަލު ކުރަންޖެހޭނެއެވެ. އެ ވަގުތަކީ އެއްވެސް އިންސާނަކަށް އެނގިގެންވާ ވަގުތެއް ނޫނެވެ. ބައެއް ސިޔާސީ ބޭފުޅުން ސިޔާސީ އިސް މަގާމު ތަކުގައި ތިއްބަވައިގެން ރިޝްވަތު ނަންގަވައި ވައްކަންކޮށް މަގާމުގެ ނުފޫޒު ބޭނުން ކުރަމުން ގެންދަވާއިރު ތިމާގެ ގާތަށް ވެސް މަރު އަންނާނެ ކަން ކަށަވަރުކޮށް އިޚުލާޞްތެރިކަމާއި އަމާނާތްތެރިކަމާއެކު ވަޒީފާ އަދާކުރުން މަތީގައި ދެމިހުރުމަކީ ފަހުން އުފާ ލިބޭނެ ކަންކަމެވެ. […]
ރާއްޖޭގެ އިގުތިޞާދުގެ ހަގީގީ ލޭނާރަކީ ކަނޑު ރޯދީގެ ސިނާޢަތެވެ.

ރާއްޖެއަކީ ޒަމާނުއްސުރެ ކަނޑުރޯދީގެ ޒަރީޢާއިން ބަނޑުފުރާނަ މުއްތިކުރަމުން އަންނަ ގައުމެކެވެ. އެހެން ކަމުން ރަންބިސް އަޅާ ކުކުޅަށްވުރެ މުޅި ދިވެހީ އުންމަތަށް އެންމެ ފައިދާހުރި ސިނާޢަތަކީ ކަނޑުރޯދީގެ ސިނާޢަތެވެ. އެއީ އެންމެ ގިނަ ދިވެހީންނަށް ބެހިގެންދަނީ ކަނޑުރޯދީގެ ނަފާ ކަމަށް ވީތީއެވެ. ފަތުރުވެރިކަމުގެ ސިނާޢަތަށް ވުރެ މުޅި ދިވެހި އުންމަތަށް ދިވެހި މަސްވެރިކަމުން ލިބޭ އާމްދަނީ ހަގުނަ އިތުރެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަސް 1970ގެ ިކުރީގައި ކިރުވަނީ ރަށްރަށުގައި ތިބޭ މަހުޖަނުންގެ ވިޔަފާރި ގެތަކަށެވެ. އޭރު […]
ދިވެހި ފިލްމީ ސިނާޢަތު އޮޔާދާން ދޫކޮށްލާފައި

ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ފިލްމް އުފައްދާ މީހުންނާ މެދު ސަރުކާރުތަކުން އަޅާނުލާ ދޫކޮށްލުމަކީ ހިތާމަ ކުރަން ޖެހިފައިވާ ކަމެކެވެ. ރާއްޖޭގެ ފިލްމީ ސިނާޢަތުގައި ގިނަ ޒުވާނުން ޙަރަކާތްތެރިވަމުންދާއިރު އެއްވެސް ސަރުކާރަކުން އެ ސިނާޢަތު ކުރިއެރުވުމުގެ ވިސްނުމެއް ނުގެންގުޅުއްވާތީ ފިލްމް އުފައްދާ ފަރާތްތަށް އެވަނީ މާޔޫސްވެފައެވެ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ދިވެހި ފިލްމު ބެލުމުގެ ޝައުވެރިކަން އިތުރުވަމުން އަންނައިރު ދިވެހި ފިލްމީ ސިނާޢަތު ކުރިއެރުވުމަށްޓަކާ އެއްވެސް ސަރުކާރަކުން އަޅާނުލާއިރު އުފައްދާ ފިލްމު ތައް އަޅުވާނެ ސިނަމާތަކެއްވެސް ސަރުކާރުން […]
ރާއްޖޭގެ ސިއްޙީ ދާއިރާ އޮތީ ބަރަހަނާ ޙާލުގައި

ގައުމެއް ތަރައްގީ ވާނީ އެގައުމެއްގެ ރައްޔިތުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބެގެންނެވެ. ރައްޔިތުމީހާ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަކީ ސަރުކާރެއްގެ އެންމެ މައިގަނޑު އަސާސެވެ. ކަން މިހެން ހުރިނަމަވެސް މިހާތަނަށް އުފެދުނު އެއްވެސް ސަރުކާރަކުން ރާއްޖޭގެ ސިއްޙީ ދާއިރާއަށް މާބޮޑު ސަމާލު ކަމެއް ދޭތަނެއް ނުފެނެއެވެ. ރާއްޖޭގެ ސިއްޙީ ދާއިރާ އޮތީ ބަރަހަނާ ޙާލުގައެވެ. ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އަބަދުގެ ޝަކުވާއަކީ އެބަޔަކު އެ ދިރި އުޅޭ ސަރަޙައްދަކުން އެކަށޭނެ ބޭސްފަރުވާ ނުލިބުމުގެ ޝަކުވާއެވެ. އެހެނަސް އެއްވެސް ސަރުކާރެއްގެ […]
ގއ.ދިޔަދޫ އަކީ އަދިވެސް ފަޅުރަށެއް ނޫނެވެ.

ގއ.ދިޔަދޫގެ ރައްޔިތުން ރާއްޖޭގެ އެކި ރަށްރަށަށް ބަދަލުކުރިތާ 16 އަހަރު ވެގެން ދިޔަ އިރު އަދިވެސް އެރަށަކީ ފަޅުރަށެއް ނޫނެވެ. ދިޔަދޫ އަކީ ބުނެވޭ ގޮތުގައި 18 ވަނަ ގަރުނުގައި އާބާދީ ބޮޑުރަށެކެވެ. އެ ރަށު ރައްޔިތުން މައިގަނޑު ގޮތެއްގައި އޭރުގެ ކޮށް އުޅުނު މަސައްކަތަކީ މަސްވެރިކަމެވެ. ދިޔަދޫއަކީ ދިގުމިނުގައި މޭލެއް، އަދި އެންމެ ފުޅާދިމާގައި ބައިމޭލު ހުރި ރަށެކެވެ. އެ ރަށުގެ ޖަންގައްޔަށް ބަލާލުމުން އެރަށަކީ ގިނަ ޢަދަދެއްގެ ރައްޔިތުން ދިރި އުޅުނު ރަށެއްކަން އެނގެއެވެ. […]
އެމްޑީޕީން ފާސްކުރި ބިލަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް

19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ އަރިހަށް ފޮނުވި ބިލަކީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުކަށް ނޫނީ ނުވާނެއެވެ. އެހެނީ އެ ބިލުގައިވާ ގޮތުން 3 މަސްދުވަހުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރުންދީފައިވާ ގޯތިތައް, އެ ގޯތިތައް ލިބިފައިވާ ފަރާތްތަކާ ޙަވާލު ކުރަން ޖެހެއެވެ. ޢިއްޒަތްތެރި ރައްޔީތުންނޭވެ. އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދީފައިވާ ގޯތި ތަކުގެ ތެރޭގައި ކަނޑުން ދީފައިވާ ގޯތިތައްވެސް އެބަ ހިމެނެއެވެ. އެހެންކަމާއެކު ކަނޑު ހިއްކައިގެން 3 މަސް ދުވަހުގެ […]
ބިދޭސީންގެ މައްސަލަ ހައްލު ކުރަން އެނގުމަކީ އެކަން ހައްލުވާ ކަމެއް ނޫން

ސަރުކާރަށް ނޭނގި ގަވާޢިދާ ޚިލާފަށް ރާއްޖޭގެ އާބާދީ އާ ނުބައްދަލު މިންވަރަކަށް ބިދޭސީން ދިރިއުޅެމުން އެބަގެންދެއެވެ. ސަރުކާރުން މިކަން ޙައްލުކުރުމަށް ރާވާފައިވަނީ ވަރަށް ރަނގަޅު ރޭވުމަކަށް ވީނަމަވެސް އެރޭވުން ތަންފީޒު ނުކުރާހާ ހިނދަކު ބީދޭސީންގެ މައްސަލަ ޙައްލުވެގެން ނުދާނެއެވެ. އެމްއެންޑީއެފުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ ނުބައި މަގަކުން ހިނގިއްޖެ ނަމަ ބިރުގަންނަފަދަ މިންވަރަކަށް ބިދޭސީން ރާއްޖޭގައި އެބަ ދިރިއުޅޭ ކަމަށެވެ. އެ އޮފިޝަލް މިހެން ވިދާޅުވީ ހުޅުމާލޭގައި ބިދޭސީން އެއްވެ ސަރުކާރަށް ކުރި ޕްރެޝަރާ ގުޅިގެން އެބައި […]
މެންބަރުން އިތުރުވަމުން ދިއުމަކީ ރައްޔިތުންނަށް ގެއްލުންހުރި ކަމެއް

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ކޮންމެ ފަސްއަރަކުން އެއްފަހަރު އިންތިޚާބު ކުރާ މަޖިލީހެކެވެ. އެހެން ކަމުން މާޟީވަމުން އަންނަ ކޮންމެ ފަސްއަހަރެއްގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް 18 އަހަރުން މަތީގެ އެތަކެއް ހާސް ރައްޔިތުން އަންނަނީ އިތުރުވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތިއްބަވަނީ ރާއްޖޭގެ އާބާދީގެ ކޮންމެ 5000 ރައްޔިތުންނަށް މެންބަރެކެވެ. ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރެއްގެ މައްޗަށް ބިނާކޮށް ކޮންމެ ފަސްއަހަރެއްގެ ތެރޭގައި ދާއިއިރާތައް ވެސް އަންނަނީ އާބާދީގެ ނިސްބަތުން އިތުރުވަމުންންވެ. އެގޮތުން ކޮންމެ ފަސް އަހަރެއްގެ […]
ރަށްޔިތުންނަށް ފައިދާ ބޮޑީ އަތޮޅުވެރިންނާ ކަތީބުން ތިބެގެން

މީގެ 16 ވަރަކަށް އަހަރު ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެނީ 2 ކަތީބުންނާ ޕިޔޯނަކާ މުދިމަކާ ގާޟީ އަކާ އެވެ. އޭރު ރާއްޖޭގެ އިގްތިޞާދު އޮތީ ވަރަށް ދަށުގައެވެ. އެހެނަސް ދަރަންޏެއްނެތެވެ. ނަމަވެސް މިހާރު ރާއްޖޭ ރައްޔިތުނާއި ދައުލަތްވިއްކާލައިގެން ސަރުކާރުތަކުން ވަނީ ރާއްޖޭގެ އިގްތިޞާދުވަރަށް ބޮޑަށް ފުޅާ ކޮށް ވެރިކަމުގައި ތިބޭ ބަޔަކު ވެރިކަމުގައ ބާރުގައި ތިބެވޭނެ އެންމަހާ ގޮތަކަށް ބަށްޓަން ކޮށްފައެވެ. އެހެންކަމުން ރައްޔަތުން އަތުން ނެގޭ ޓެކްސް ފައިސާއާއިރާއްޖެއަށް ގައުމުތަކުން ހޯދާ އެނހީއާއި ދަރަންޏަށް ބެލުމެއްނެތި ނަގަމުންދާ ލޯނަތަކާއި، އެލިބޭ ފައިސާ ރައްޔިތުންގެ ބޭނުންތަކަށް ޚަރަދު ކުރަކުދު ކޮށްދާނެވަރަށް ނުހުންނަކަމަށްވެއެވެ. މިދެންނެވުނު ވެރިކަމުގައި ހިފެހެށްޓުމަށްޓަކައި ސުމާރެއްނެތި ސިޔާސީ މަގާމުތައް ސުމާރެއްނެތި ދިނުމާއި […]
ވާނުވާ ޖަހައި ބަންދުކޮށްފައި އެތިބަ އިންސާނުންނަކީ ޖަނަވާރުން ކަމަށް ކަރެކްޝަނަށް ހިވަނީބާ!

ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުގައި ވަކި ހަމަތަކަކާ ވަކި އުޞޫލުތަކެއް ކަނޑައެޅިފައި އޮންނާން ވާނެކަމަށް އިންސާނީ ނަޒަރަކުން ވިސްނާލާއިރު ގަބޫލުކުރަން އެބަޖެހެއެވެ. މާފުށީ ޖަލުގައި ވާނުވާޖަހާފައިވާ މީހުން ތިބެނީ ކަރަންޓު ވެސް ނެތްތަނެއްގައި ކަމަށް ޢާއިލާތަކުން ބުނެއެވެ. އެހެންކަމާއެކު ފަންކާގެ ވައި ނުލިބި ގޮޅިތެރޭގައި ހޫނުގަދަވުމުގެ ސަބަބުން ހަމުގެ ބަލިތައް އިތުރުވަމުންދާކަމަށް ވެސް ވާނުވާގައި ތިބި މީހުންނާ ޙަވާލާދީ ޢާއިލާތަކުން ބުނެއެވެ. ކޮންމެއަކަސް ކުނަލަކާއެކު ތަޅުންގަނޑުތަކަށް އުކާލެވިފައިވާ މިފަދަ މީހުންނާމެދު ކަރެކްޝަނުން ޢަމަލުކުރަނީ ޖަލުގައި ތިބޭ ގައިދީންނާ […]