ތަރައްގީއޭ އެ ކިޔަނީ ކޮން އެއްޗަކަށްތޯ ރައްޔިތުންނަށް އެނގެންވެއްޖެ

ރާއްޖެ ތަރައްގީ ކޮށްފީމޭ ކޮންމެ ސަރުކާރަކުންވެސް ބުނެއެވެ. އެހެނަސް އެބުނާ ތަރައްގީ އަކީ ކޮބައި ކަމެއް ރައްޔިތު މީހާއަކަށް ކުޑަކޮށް ވެސް ރޭކާނުލަވެއެވެ. ރާއްޖޭގައި ޑިވެލޮޕްމެންޓް ވިޝަންއެއް ގާނޫނަކުން ބާރު ލިބިގެން އެކުލަވާލާފައެއްނެތެވެ. އެހެން ކަމުން ތަރައްގީގެ މާނަ ދިވެހީންނަށް އެވަނީ އޮޅިފައެވެ. މިސާލަކަށް ކުންފުންޏެއް ހިންގަމުން އައި ބަޔަކު އެކުންފުނި ނުހިންގިގެން އެހެން ބަޔަކާ ހަވާލު ކުރާނީ އެކުންފުނި ހިންގާނޭ ފައިސާ ނެތީމައެވެ. އެހެނެއްކަމަކު އަލަށް ކުންފުންޏާ ޙހަވާލުވާ ފަރާތުން އެކުންފުނީގައި ކުރިންތިބި 50 ހަކަށް […]

ގިނަމީހުން މާލެއަށް ބަދަލުވަނީ ރަށްރަށުގެ ތަޢުލީމީ ހާލަތު ދަށްވުމުން

ރާއްޖެތެރޭގެ މީހުން މާލެއަށް ބަދަލުވަނީ ރަށްރަށުގައި ހުންނަ ރަށު ސްކޫލް ތަކުގެ ތަޢުލީމީ ޙާލަތު ދަށްވުމުން ކަމަށް ގިނަބަޔަކު ބުނެއެވެ. -/18000 ރުފިޔާ އަށް 3 ކޮޓަރި އެޕާޓްމެންޓެއް ނަގައިގެން އުޅޭ އަންހެނަކު ވަރަށް އަސަރާއެކު ބުންޏެވެ. އޭނާގެ ތިބީ ދެކުދީންނެވެ. މި ދެކުދީން ކިޔަވައި ނިމެންދެން މާލޭގައި އުޅެން މިވަނީ މަޖުބޫރުވެފައެވެ. ފިރިމީހާ ބުރަ މަސައްކަތްކޮށްގެން ވެސް ކުދިންނަށް ތަޢުލީމު ހޯދައި ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށާއި ގައުމުގެ މުސްތަގުބަލަކީ ރަނގަޅު ތަޢުލީމު ލިބިގެން […]

ރާއްޖޭގެ ބައެއް އާސާރީ ބިނާތައް ނެތި ހިނގައިދާނެ ކަމުގެ ބިރު

ރާއްޖޭގެ އަސާރީ ބިނާތަކަކީ ފަތުރުވެރިންގެ ސިނާޢަތުގެ އެއްރުކުނެވެ. އެހެން ކަމުން ރާއްޖޭގެ އާސާރީ ބައެއް މިސްކިތްތަކާއި އަދި އެނޫންވެސް އާސާރީތަންތަން ބަލަހައްޓާން އެބަޖެހެއެވެ. ނަމަވެސް މިފަދަ ތަންތަން އެހެރަދަނީ ފަނާވަމުންނެވެ. މިސާލަކަށް 2008 ވަނަ އަހަރު އެކިރަށްރަށަށް މީހުން ބަދަލު ކުރެވިފައިވާ ގއ. ދިޔަދޫގައި މީގެ 500 އެއްހާ އަހަރު ކުރީގެ އާސާރީ މިސްކިތެއް ހުރެއެވެ. ބުނެވޭ ގޮތުގައި މިދެންނެވި މިސްކިތަކީ ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތެކެވެ. ނަމަވެސް މި މިސްކިތްވެސް އެދަނީ ވީރާނާ ވަމުންނެވެ. ވަރަށް […]

ހުޅުމާލޭގެ އޭޓީއެމްތަކުން ފައިސާ ހުސްވުމުގެ މައްސަލަ ވަރަށް ބޮޑު

ދޮޅުލައްކައެއްހާ ރައްޔިތުންގެ އާބާދީއެއް އޮންނަ ހުޅުމާލޭގެ ދެ ފިޔަވަހީގައި ދިރިއުޅޭ އެންމެންވެސް ފައިސާ ނަގަނީ ހުޅުމާލެ އެއްވަނަ ފިޔަވަހީގައި ހުންނަ އޭޓީއެމް ތަކުންނެވެ. އެގޮތުން އެއްވަނަ ފިޔަވަހީގައި ހުންނަނީ ފައިސާ ނަގާ ފަސް މެޝިނާއި ޑޮލަރު ނަގާ އެއް މެޝިނެވެ. ހުޅުމާލޭގައި ދިރިއުޅޭ ދިވެހިންނަށްވުރެ ހުޅުމާލެ ސިޓީގައި ދިރިއުޅޭ ބިދޭސީން ވެސް މަދެއްނޫނެވެ. ކަންމިހެން ހުރުމާއެކު މިދެންނެވިހާ ކަސްޓަމަރުން އެންމެ ފަސްމެޝިނުންފައިސާގެ މުޢާމަލާތްތައް ކުރަން ޖެހިފައިވާއިރު މެޝިންތަކުން ފައިސާ ހުސްވެފައި ހުންނަ ވަގުތު ގިނަވަމުންދާތީ ކަސްޓަމަރުން ތިބެނީ […]

ވޯޓު ގަނެގެން ރައްޔިތުންގެ މަގާމުތަކަށް އައުން ނިމުމަކަށް ގެންނަންޖެހޭ

ވޯޓު ގަނެގެން ރައްޔިތުންގެ މަޖިލީހަށާއި ގައުމުގެ ވެރިކަމަށް އައުން ނިމުމަކަށް ގެންނަން އެބަޖެހެއެވެ. ވޯޓު ގަނެގެން ރައްޔިތުންގެ މަގާމުތަކަށް ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި އިޚުލާޞްތެރިކަމުގެ ގޮތުންނާއި ތެދުވެރިކަމުގެ ގޮތުން ކަމަށް އެކަށީގެން ނުވާ މީހުން ހޮވޭ ގޮތް އަންނަނީ މެދުވެރިވަމުންނެވެ. މި ސިސްޓަމަކީ ރަނގަޅު ސިސްޓަމެއްކަމަށް ގައުމާދޭތެރޭ ވިސްނާ ހެޔޮލަފާ އެއްވެސް ރައްޔިތަކު ގަބޫލު ކޮށްފާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. މި ނިޒާމަކީ މުޅިން ވެސް ގަޑުބަޑު ނިޒާމެއްކަމަށް ބަލަން އެބަޖެހެއެވެ. މި ނިޒާމުގެ […]

ޓެކްސީތަކުން ނަގާ ފީ ބޮޑުވަމުންދަނީ

އެއަރޕޯޓުން ހުޅުމާލެއަށް ދިއުމާއި މާލެއަށް ކުރާދަތުރުތަކުންނާއި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ބައެއް ޓެކްސީތަކުން ނަގާ ފީ ބޮޑުވަމުންދާކަމުގެ ޝަކުވާ ބައެއްފަރާތްތަކުން ކުރަމުން އެބަދެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ ހުޅުމާލެ ފޭސް އެކަކުން ދޭކަށް އަދި ފޭސް ދެއަކުން އެކަކަށް ޓެޖްސީ ދަތުރު ކުރާއިރު ފަސިންޖަރުންގެ އަތުން ނަގާ ފީގެ މިންވަރު ކަނޑައަޅާފައެވެ. މީގެ އިތުރުން މާލެސިޓީއިން ހުޅުމާލޭގެ ސިޓީގެ ފޭސް އެކަކާ ދެއަކަށް، އަދި އެ ތަންތަނުން މާލެއަށް ކުރާ ޓެކްސީ ދަތުރު ތަކުން ފަސިންޖަރުންގެ އަތުން […]

ރާއްޖޭގައި އޮތީ ހަތަރު ބާރޭ ބުނުމަކުން ދޮގަކަށް ނުވާނެ

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާން ކުރެވިފައިވަނީ ތިން ބާރެއްގެ ވާހަކައެވެ. ނަމަވެސްގާނޫނު އަސާސީގައި ބަޔާން ކުރެވިފައި ނުވާ ބާރެއްވެސް ރާއްޖޭގައި ހަރަކާތްތެރިވަމުން އެބަދެއެވެ. މިއީ ރައްޔިތުން ވިސްނާލަންވެއްޖެ ކަމެކެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކުރެވިފައި ނުވާ މިދެންނެވި ބާރަކީ އަނެއް ތިންބާރަށްވުރެ މާގަދަފަދަ ބާރެކެވެ. މިބާރުގެ ސަބަބުން ރާއްޖޭގައި ގަތުލުޢާންމުތަކާއި ބޮންގޮއްވުމާއި މާރާމާރީ ހިންގުންފަދަ ބިރުވެރި އެތަކެއް ޙާދިސާއެއް ހިނގަމުން ދެއެވެ. ކަންމިހެން ހުރިނަމަވެސް ސަރުކާރުތަކުން މި ނުރައްކާތެރި ބިރުވެރި ބާރު ނައްތާލަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. […]

ގައުމީ އެެއްބައިވަންތަކަން ނަގާނުލާށެވެ.

ސިޔާސީ ޕާޓީ ތަކުގެ މަގުސަދަކީ ގައުމީއެއްބައިވަންތަކަން ނަގާލުމެއް ނޫނެވެ. ކަން މިހެން ހުރިނަމަވެސް މި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވެރިން ދެކެލައްވަނީ އެހެނެއްނޫނެވެ. ރާއްޖެއަށް ރައީސުލްޖުމްހޫރިއްޔާއަކު ކަނޑައަޅަނީ ރައްޔިތުންނެވެ. އެހެންކަމުން ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެހެނަސް ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ސިޔާސީ ވާދަވެރިކަން ބޮޑުވެ ރައްޔިތުންގެ ހިތްތަކުގައި ނަފުރަތުގެ ޝުޢޫރު ތައް އަށަގެންނެވުމުގެ ސިލްސިލާ އިދިކޮޅު ޕާޓީތަކުން އެދަނީ އުފައްދަމުންނެވެ. މުޅި ގައުމުގެ ރައްޔިތުން އުފައްދާފައިވާ ސަރުކާރެއް ވައްޓާލަން އެެއްވެސް ޕާޓީއަކުން ގޮވާލުމަކީ ވެސް […]

މާފުށީ ޖަލުގައި ތިބި ދާއިމީ ބަލިތަކަށް ބޭސްފަރުވާދެމުން އަންނަ މީހުންގެ ބޭސް މެދުކަނޑާލައިފި

މާފުށީ ޖަލުގައި ތިބި ހަކުރުބަލީގެ މީހުނާއި ލޭމައްޗަށްދާ މީހުންގެ ބޭސްފަރުވާ މެދުކަނޑާލާފައިވާ ކަމަށް މާފުށީ ޖަލުގައި ތިބިގައިދީންނާއި ޝަރީޢަތް ނިމެންދެން ޖަލަށްލާފައިވާ މީހުންގެ ޢާއިލާތަކުން ބުނެފިއެވެ. ޢާއިލާތަކުން ބުނާގޮތުގައި ބޭސްފަރުވާ މެދުކެނޑުނީ ކީއްވެތޯ ޖަލުގައި ތިބޭމީހުނަށް ބޭސް ގެނެސްދޭ ފަރާރާތްތަކާއި ސުވާލުކުރުމުން ބުނާކަމަށް ވަނީ ޖަލުގައި ތިބި ދާއިމީ ބަލިތަކަށް ފަރުވާ ދެމުން އަންނަ މީހުންގެ ލިސްޓް މުރާޖައާ ކުރަން ފޮނުވާފައިވާ ކަމަށާއި ލިސްޓް މުރާޖައާކޮށް ނިމުނުހާ އަވަހަކަށް ބޭސް ލިބޭނެ ކަމަށެވެ. ޖަލުގައި ބަންދުކުރެވިފައިވާ މީހުންގެ […]

ކެތްތެރިވެލައްވާ

ރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށް ވެގެން ނޫނީ މިގައުމުގައި ދޮންވެ ފައްކާވަމުން އަންނަ ޑިމޮކްރަސީގެ ފޮނިމީރުކަން ރައްޔިތުންގެ ކަރުބުޑުގައި ނުލާނެއެވެ. މިގައުމުގައި ކޮންމެ ފަސް އަހަރަކުން އެއްފަހަރު ވެރިޔަކު ނުވަތަ ރައީސަކު ހޮވުމުގެ ފުރިހަމަ މިނިވަންކަން ރާއްޖޭގެ ގާނޫނު އަސާސީއިން އެވަނީ ރައްޔިތުންނަށް ކަށަވަރު ކޮށްދީފައެވެ. ރާއްޖޭގައި އުފެދެމުން އަންނަ ސަރުކާރުތަކުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކާއި ކޮށްނުދޭ ކަންކަން ބަލައި ފާރަވެރިވުމަށް ވެސް ބަޔަކު ކަނޑައެޅުމުގެ ފުރިހަމަ މިނިވަންކަން ރާއްޖޭގެ ޖުމްހޫރިޔާގެ ގާނޫނު އަސާސީއިން އެވަނީ ރައްޔިތުންނަށް ކަށަވަރު […]