މެރިޑް ވިސާގައި ރާއްޖޭގައި އުޅޭބިދޭސީންނަށް ހިލޭ ބޭސްފަރުވާ ލިބެންޖެހޭ.

ދިވެހި ފިރިހެނުންނާ، ދިވެހި އަންހެނުންނާއި ކައިވެނި ކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ނިސްބަތުން ވަރަށް ގިނައެވެ. ބޮޑު ރަށެއްގެ އާބާދީއަށް ވުރެން ބިދޭސީ ފިރިހެނުންނާއި ކައިވެނި ކޮށް ދަރިންލިބި ދަރިން ބޮޑުވެ މީހުންނާ ކައިވެނި ކުރާ ޢުމުރަށް ގޮސް ކާފަ މާމަ ކިޔާފައި ވާއިރު މި އެންމެންގެ ތެރެއިން މަދު ބަޔަކު ފިޔަވާ ރާއްޖޭގައި ދިރިއުޅެނީ ކައިވެނި ވިސާގައި އަމިއްލަ އަށް ޚަރަދު ކޮއްގެން ބޭސްފަރުވާވެސް އަމިއްލަ ޚަރަދުކޮށްގެންނެވެ. ދިވެއްސަކަށް ވާން އޭ.ޖީ އޮފީހުންނާ، އެޑިއުކޭޝަން މިނިސްޓްރީއާއި […]

ރައްޔިތުންގެ ގެއްލިފައިވާ ފައިސާ ލިބޭނެތޯ؟

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވިގޮތުގައި، ޔާމީނުގެ ސަރުކާރުން ހަމައެކަނި ފަޅުފަޅާއި ފަޅުރަށްތައް ވިއްކާފައިވާ އަގުތަކަށް ބަލާއިރު ސަރުކާރަށް ލިބެންޖެހޭ ތިރީހަކަށްބިލިއަން ރުފިޔާއަށް އެސަރުކާރުން ޚިޔާނާތްތެރި ވެފައިވެއެވެ. މިފައިސާއަކީ ރައްޔިތުންގެ ޚަޒާނާއަށް ވަންނަންޖެހޭ ފައިސާ ކަމަށް ވީހިނދު މިމައްސަލަ ތަޙުގީގުކޮށް އިންސާފުގެ ކުރިމައްޗަށް ގެންދެވޭވަރުގެ ކުޅަދާނަކަމެއް އެމްޑީޕީ ކޯލިޝަން ސަރުކާރުގައި ނެތްކަން ހާމަވާފަދަ ގޮތަކަށް ކަންކަން ވަމުންދާތަން ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ. ރައްޔިތުމީހާއަށް ހީވަނީ ކޮންމެވެސް ސަބަބަކާހުރެ ރައީސުލްޖުމްހޫރިއްޔާ އަށް މިކަން ބައްލަވަން ކެރިވަޑައި ނުގަންނަވަނީކަމަށެވެ. […]

ސްޓެލްކޯ ބޯޑު ރައްޔިތުންގެ ޙާލާއިމެދު ވިސްނަންޖެހޭ!

ސްޓެލްކޯގެ ބޯޑުގައި ތިއްބަވާ ބޯޑުމެންބަރުންނަކީ ދިވެހިރައްޔިތުންގެ ޙާލާއިމެދު ވިސްނަވާ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ”ރައްޔިތުން ފުރަތަމަ“ ކަމަށް މޮޓޯގެންގުޅުއްވާ އަދި އެގޮތަށް ޢަމަލުކުރާ ބަޔަކަށް ވާންޖެހޭނެކަމުގައި ދެކެމެވެ. އެގޮތުން ބޯޑުން ނިންމަވާ، ރައްޔަތުން ދުވަހުންދުވަހަށް ދިރިތިބުމަށް ފޯރުކޮށްދޭ ޚިދުމަތްތަކާބެހޭ ނިންމުންތައް ޒިންމާދާރުގޮތެއްގައި ނިންމަންޖެހޭނެއެވެ. މިޔާޚިލާފަށް އަނިޔާވެރި ނިންމުންތައް ނިންމިގެންނުވާނެއެވެ. އެހެނީ ސްޓެލްކޯއަކީ ރައްޔަތުންނަށް އަސާސީ ޚިދުމަތެއް ފޯރުކޮށްދޭ ތަނެއްގެގޮތުގައި އުފެދިފައިވާ ދައުލަތުގެ ކުންފުންޏަކަށްވާތީއެވެ. ދުނިޔެއާއި ރާއްޖެއަށް ކުރިމަތިވި ކޮވިޑްގެ މިބޮޑު މުޞީބާތާގުޅިގެން މުޅި ރާއްޖެ ލޮކްޑައުންއަކަށް ދިޔަހިސާބުން […]

އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނެ

އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް، ފުއްދަވާ ދެއްވާނެ ކަމަށް، އެމް.ޑީ.ޕީ ގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އާއި ގައުމުގެ ރައީސް ސޯލިޙު އެގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ. އެމް.ޑީ.ޕީ އިން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކަކީ އެޖެންޑާ 19 ގައި ބަޔާންވެގެންވާ ވަޢުދުތަކެވެ. މި 5 އަހަރު ނިމޭނީ މިދެންނެވި ވަޢުދުތައް ފުދި، ރައްޔިތުންނަށް އުފާވެރި ޒަމާނެއް ދައްކާދީފައެވެ. ޚާއްޞަކޮށް އެންމެހާ ރައްޔިތުން ޝާމިލްކޮށް ރައްޔިތު މީހާއަށް ތާހިރު ދިރިއުޅުމެއް ދައްކާދީފައެވެ. ޝައްކު ނުކުރައްވާށެވެ. ކޮރޯނާ ވައިރަސްގެ […]