ގައުމީ އުފެއްދުންތެރިކަން ފުރަތަމަ ފަހަރަށް 100ބިލިއަނަށްވުރެ މައްޗަށް

ދައުލަތުގެ ނޮމިނަލް ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަން ފުރަތަމަ ފަހަރަށް މި އަހަރު މައްޗަށް އަރާނެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ހާމަކުރައްވައިފިއެވެ. މިކަން ހާމަކުރެއްވީ އިގްތިޞާދީ ޙާލަތު ބަޔާންކޮށް އެ މިނިސްޓްރީން އާންމުކުރައްވާފައިވާ ”މެކްރޯ އިކޮނޮމިކް އަޕްޑޭޓްރިޕޯޓް“ ގައެވެ. ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 107.2 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރާއިރު, މިއީ އިގުތިޞާދީ ގޮތުން އަންނާނެ އެންމެ ބޮޑު ބަދަލުކަމަށް ރިޕޯޓުގައި ފާހަގަކުރައްވާފައިވެއެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދުނިޔެއާއި ރާއްޖެއަށް އިގްތިޞާދީ […]
ޚިޔާނާތުގެ މުގުލުގައި ހުންނެވި އަދީބު ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދަން ދައުލަތުން ކޯޓަށް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދަން ބަންޑާރަނައިބުގެ އޮފީހުން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ސާބިތުވިއެވެ އަދީބުގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއާއި މަނީލޯންޑަރ ކުރުމުގެ ދެ ދައުވާގެ […]
މޫސުމް ގޯސްވާނެ ކަމަށް ލަފާކޮށް އައްޑޫ އާއި ފުވައްމުލަކަށް ޔެލޯލާރޓު ނެރެފި

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރަޔާ ގުޅިގެން އައްޑޫ ސިޓީއަށާއި ފުވައްމުލަކު ސިޓީއަށް ވިއްސާރަ ވާނެކަމަށާއި ކަނޑުތައެް ވަރަށް ގަދަވާނެކަމަށް ބަލައި ޔެލޯއެލާރޓް ނެރެފިއެވެ. ދަތުރުފަތުރު ކުރާ އެންމެގެ ސަމާލުކަަމަށް ވާހާގިނަ ބަޔަކަށް މޫސުމް އެގެންޖެހޭނެއެވެ. ވަރަށް ނުރައްކާތެރި ޙާދިސާތައް މިހާރުވެސް ދަނީ ފެންނަމުންނެވެ. އެލާރޓްނެރެފައި ވަނީ ރޭގަޑު 7.30ން 11.30 އަށެވެ. މިވަގުތަކުގައި އައްޑޫއާއި ފުވައްމުލަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ކޮޅިގަޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކިށްފައެވެ. އާންމުގޮތެއްގައި ކަނޑުތައް ވަރަށް ގަދަވާނޭކަމަށް ބުނެފާވެއެވެ. މިވަގުތު ރާއްޖެއަށް […]
ކަނޑު އުޅަދު ދުއްވުމުގެ ލައިސަންސް ހިފަހައްޓާނޭކަމުގެ އިންޒާރުދީފި

މާލެއާއި ވިލިމާލެ ކަނޑުއޮޅިން ދަތުރު ކުރާނަމަ ލައިސަންސް ހިފަހައްޓާނޭ ކަމުގެ އިންޒާރު ދީފިއެވެ. ތިލަމާލެ ބުރިޖް އެޅުމުގެ މަސަކަތް ކުރަމުންދާތީ އެސަރަޙައްދުގެ ކަނޑުއޮޅިން ދަތުރު ނުކުރުމަށާއި މާލެ ވިލިމާލެ ތިލަމާލެ ހިމެނޭ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅާ ކަމަށް ޓްރާންސްޕޯޓު އެން ސިލްއޭވިޝަން މިނިސްޓްރީއިން ބުނެފައި ވެއެވެ. ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުން ދާތީ މާލެ ވިލިމާލެ ތިލަމާލެއާއި ގުޅުފައިވާ ކަނޑުއޮޅިތަކުން ދަތުނުކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިއޭވިއޭޝަނުނުން ވަނީ މީގެކުރިންވެސް އެއީ މަނާ ކަމެއްކަމުގައި އަންގާފައެވެ. އެހެން […]
ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުހޮވުން މިމަގެ

ރާއްޖޭގެ އެންމެ ކުރިއަރާފައި 100 ކުންފުނި ހޮވުން މިމަހު އޮނަނާނޭކަމަށް މި އިވެންޓް އިންތިޒާމް ކުރާ “ ގޯލްޑް100 ގާލާ“ ކޯޕަރޭޓް މޯލްޑިވުސް އިން ބުނެފިއެވެ. މި އިވެންޓް އޮނާނީ މިހިނގާ މޭމަހުގެ 16 ވަނަ ދުވަހުއެވެ. މިޙަފްލާގައި އެންމެ ކުރިއަރާފައި 100 ކުންފުންޏަށް މެގަޒިން އިފްތިތާހު ކުރުމާއި “ ގޯލްޑް 100 ހޮވުމާއި އެވޯޑު ދިނުން އޮނާނޭކަމަށް ކޯޕަރޭޓް މޯލްޑިވުސް އިން ބުނެއެވެ. ”ގޯލްޑް 100 އަކީ ކޮންމެ އަހަރަކުވެސް ކޯޕަރޭޓް މޯލްޑިވުސް އިން ނެރޭ އެންމެ […]
ހުޅުުމާލޭ ކެފޭތަކުގެ ދުވާރު މަތިން ގޮނޑިއާއި މޭޒުތައް ނަގަން އާބަންކޯއިން އަންގައިފި

ހުޅުުމާލޭ ބައެއް މަގުތަކުގެ ދުވާރު މަތީގައި ގޮނޑި މޭޒު ޖަހައިގެން ވިޔަފާރިކުރުން އާންމުވެފައިވާތީ އެކަން ހުއްޓައިލުމަށް އާބަންކޯއިން އަންގައިފިއެވެ. އާބަންކޯއިން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި ޓޭކްއަވޭ ޝޮޕްތަކަށް އެ ކުންފުނީގެ ފަރާތުން ދީފައިވާ ހުއްދައާ ޚިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނަކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ގޮތުން ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭ ޚިދުމަތް […]
ރައީސް ނަޝީދުއަށް ތާއީދު ކުރާ މެނަބަރުން ހުށަހަޅާ ބިލްތައް ބޭރުކުރާތީ އެޕާޓީގެ މެންބަރުން ރަތަށް

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންގެ މެދުގައި އުފެދިފައިވާ ދެފެކްޝަންގެ ޚިޔާލު ތަފާތުވެ ނަޝީދަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހަށް ހުށަލަޅާ ބިލްތައް މަޖިލީހުން ބޭރުކުރަމުން ދާތީ އެމްޑީގެ މެންބަރުން އިންތިހާއަށަ ކަންބޮޑުވާކަމަށް ބުނެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުންވަނީ ދެބައިވެފައެވެ. އެއީ ރައީސް ނަޝީދަށް ތާއީދު ކުރާމެންބަރުންނާއި ރައީސް ޞާލިހަށް ތާއީދު ކުރާ މެންބަރުންނެވެ. މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ޒުވާނުން ރަނގަޅުކޮށް ޒުވާނުންނަކީ މުޖުޖުތަމަޢަށް ފައިދާ […]
ހުޅުމާލެއިން ފުލެޓް ލިބިފައިވާ މީހުންގެ ތެރެއިން ފުލެޓް ތަކަށް ކުލިނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ!

ހުޅުމާލެސިޓީއިން ފުލެޓް ލިބިފައިވާ ފަރާތް ތަކުގެ ތެރެއިން ފުލެޓްތަކަށް ކުލިނުދައްކާ ފަރާތްތައް އެ ފުލެޓްތަކުން ނެރުމުގެ މަޝްވަރާތައް ކުރަމުން ދާކަމުގެ މަޢުލޫމާތު ލިބެމުން އެބަދެއެވެ. ޚަބަރު ލިބޭ ގޮތުގައި ކުލިނުދައްކާ ފަރާތްތަކުގެ މައްޗަށް މާ ދުރުނޫންމުސްތަގުބަލެއްގައި ދަޢުވާ އުފުލާނޭކަމަށް ބެލެވެއެވެ. ބޯހިޔާވަހިކަން ނެތް ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢު ތަކުގެ ތެރޭގައި ފުރަތަމަ މަޝްރޫޢުގައި ހިމެނެނީ 3ކޮޓަރީގެ ފުލެޓާއި 4 ކޮޓަރީގެ ފުލެޓެވެ. މީގެ ތެރޭގައި ހިމެނޭ 3ކޮޓަރީގެ ފުލެޓެއްގެ ކުއްޔަކީ 3500ރުފިޔާކަމަށް […]
ދައުލަތުގެ ދަރަނި އަތްނުފޯހިސާބަށް ދުއްވާލައިފި

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ ހަދާނެގޮތް ހުސްވެ މިހާރު ފިހާތަށް މެދުވެރި ކޮށް ރައްޔިތުންނަށް ކޮތަޅު ވިއްކަން ފެށުމަކީ މިހާތަނަށް ރާއްޖޭގައިދައުލަތް ހިންގަދޭން އުފެއްދި އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާފަދަ ހުތުރުކަން ބޮޑު ޢަމަލެކެވެ. ރާއްޖޭގެ ރައްޔިތުން ނުހަނު ދަތި ޙާލުގައި އުޅެން ޖެހިފައިވާ މި ދަނޑިވަޅު ރައްޔިތުންނަށް ކޮތަޅުވިއްކައިގެން މިސަރުކާރުން ދައުލަތުގެ ދަރަނި ފިލުވަން އުޅުމަކީ ލަދުުގަންނަން ޖެހޭނެވަރުގެ ޢަމަލެކެވެ. ފިހާރައިގެ ބޮސްެގެ އަތުން ދެރުފިޔާ ފިހާރައިން ވިޔާފާރި ކުރަން ދާމީހާގެ އަތުން ވެސް ދެރުފިޔާ ކޮންމެ ކޮތަޅަކުން ސަރުކާރަށް ނަގަން ނިންމެވީ ކޮންފަދަ ދިރާސާއެއް […]
ކުށްކުރާ މީހާ ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމުން މުޖުތަމަޢަށް ލިބޭ ގެއްލުން އަގު ކުރެވޭވަރަށްވުރެ ބޮޑު

ކުށްކުރާ މީހާ ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓަނީ އެމީހާ މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމުން މުޖުތަމައަށް ގެއްލުން ވާނެކަމަށް ޕީޖީއިން ބުނާތީ އެވެ. ކުށް ކުރި މީހާ ކުރި ކުށާއި އެކުށުގެ ބާވަތަށް ބެއްލެވުމެއް ނެތި ފަނޑިޔާރު ކުށްކުރި ފަރާތް ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް އަމުރު ކުރައްވަނީ ޕީޖީގެ ފަރާތުން ކަނޑައަޅާފައި ހުންނަ ވަކީލު ވިދާޅުވާތީއެވެ. ކަން މިހެން ހުރިނަމަވެސް ކުށްކުރި ފަރާތް ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމުން ޖަމާޢަތަށް ލިބޭ ގެއްލުން މާ […]