ބޭރު ގަނޑު ބަލާފަ ފޮތުގެ ގޮތް ކަނޑަ ނާޅާށެވެ.

އާދައިގެ މަތިން އަހަރެންގެ މަސައްކަތުގައި އެއްތަނުން އަނެއް ތަނަށް ދަތުރު ކޮށް އުޅުމުގެ ތެރޭ އެއްދުވަހަކު ސްކޫލް ދުވަސްވަރުގެ އެކުވެރިއަކާ ބައްދަލްވިއެވެ. ދެމީހުން ވަރަށް އުފަލުން ސަލާން ކޮށް ހެދުމަށް ފަހު ހާލުގެ ވާހަކައިން އަހާ އޮޅުން ފިލުވާލުމަށް ވަގުތު ކޮޅެއް ހޭދަ ކުރީމެވެ. އޭނައަށް ބަލާ ފެންވަރު ”ޖަޖް“ ކޮށްލީމެވެ. ލައިގެން ހުރީ އާދައިގެ ގަމީހަކާ ފަޓުލޫނެކެވެ. ބޫޓުވެސް މާ ”ފެންސީ“ ބޫޓެއް ނޫނެވެ. ފެންނަ ފެނުމަށް އަތުގަ އަޅާފަ އޮތް ގަޑިއަކީވެސް މާ އަގުބޮޑު […]
އީރާންގެ ރައީސް އަވަހާރަވެއްޖެ

އީރާންގެ ރައީސް އިބްރާހީމް ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ވެއްޓި އާދީއްތަ ދުވަހު ހިނގި އެކްސީޑެންޓްގައި ރައީސީ އާއި އެގައުމުގެ ޚާރިޖީ ވަޒީރު ހުސެއިން އަމީރު އަބްދު ﷲ ހިއާން އަވަހާރަ ވެފައިވާކަން އެގައުމުގެ ދައުލަތުގެ މީޑިޔާއިން ޔަގީން ކޮށްދީފިއެވެ. ހެލިކޮޕްޓަރު ވެއްޓިފައިވަނީ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސަށެވެ. އެއީ އީރާންގެ އިރުމަތީ ސިޓީ އެއްކަމަށްވާ ތަބްރީޒް އަށް ކުރެއްވި ދަތުރު ފުޅެއްގައެވެ. ހެލިކޮޕްޓަރު ވެއްޓިފައިވާ ސަރަހައްދަކީ ފަރުބަދަމަތީގެ ސަރަހައްދަކަށްވެފައި ގަސްތައް ހެދިފައިވާ ގޮތުން އެހީގެ މަސައްކަތުގައި […]
ސްކޫލްގަ ބުލީ ކުރުމުގެ ސަބަބުން 10 އަހަރުގެ ކުއްޖަކު އަމިއްލަޔަށް މަރުވެއްޖެ

އެމެރިކާގެ އިންޑިއާނާ ސްޓޭޓްގައި 10 އަހަރުގެ ކުއްޖަކު ސްކޫލްގައި ބުލީކުރުމުގެ ސަބަބުން އަމިއްލަޔަށް މަރުވެއްޖެއެވެ. ކުއްޖާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ބުލީ ކުރާމައްސަލަ އާއިލާގެ ފަރާތުން ސްކޫލްގެ އިދާރާ އަށް ފާއިތުވި އެއްއަހަރު ތެރޭވެސް 20 ފަހަރު ހުށައަޅާފައި ވީނަމަވެސް ސްކޫލުން އެކަމާ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ކުއްޖާގެ ބައްޕަ ސޭމް ބުނެފައިވާ ގޮތުގައި ރަހުމެއް ނެތި އެހެން ކުދިން ބުލީ ކުރަމުން ދިއުމުގެ ސަބަބުން އަމިއްލަޔަށް މަރުވި ދަރިފުޅުގެ ހަށިގަޑު ނަގަން ޖެހުނު ވަގުތު […]
އިންޑިޔާގެ ފުޓްބޯޅަ ލެޖެންޑް ސުނިލް ޗެތުރީ ގައުމީޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި

އިންޑިޔާގެ މަޝްހޫރު ފުޓްބޯޅަ ތަރި ސުނިލް ޗެތުރީ އިންޑިޔާގެ ނެޝަނަލް ޓީމަށް ކުޅުން ހުއްޓާލާ ކަން އިއުލާން ކޮށްފިއެވެ. އޭނާގެ ސޯޝަލް މީޑިޔާ ހެންޑްލް ތަކުގައި ކޮށްފައިވާ ޕޯސްޓެއްގައި ސުނިލް ބުނެފައިވާ ގޮތުގައި ފީފާ ވަރލްޑްކަޕް ކޮލިފައިންގ ގައި ކުވޭތާ ދެކޮޅަށް ކުޅޭ މެޗް ވެގެން ދާނީ އޭނާ ގައުމީ ޓީމްގެ ޖަރޒީ ގައި ކުޅޭ އެންމެ ފަހު މެޗް ކަމުގައެވެ. ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިމެޗް އޮންނާނީ ޖޫން 6ވަނަ ދުވަހުއެވެ. ހަތަރު ޕޮއިންޓާއެކު މިވަގުތު […]
”އެއާ އިންޑިޔާ އެކްސްޕްރެސް“ ގެ ދަތުރުތައް އަންގާރަދުވަހު ހަމަޔަކަށް އެޅޭނެ

ގިނަ އަދަދެއްގެ ކެބިން ކްރޫ އެއްފަހަރާ ސަލާން ބުނުމުން ދަތުރުތައް މެދުކަނޑާލަން ޖެހުން އިންޑިޔާގެ އެއާލައިން ”އެއާ އިންޑިޔާ އެކްސްޕްރެސް“ ގެ ދަތުރުތައް އަންގާރަދުވަހު ހަމަޔަކަށް އެޅޭނެ ކަމަށް އެފަރާތުން ބުނެފި އެވެ. 300 އެއްހާ ކެބިންކްރޫ އެއްފަހަރާ ”ސިކްލީވް“ ނެގުމަށްފަހު ފޯނުތައްވެސް ނިއްވާލުމާއި ގުޅިގެން ”އެއާ އިންޑިޔާ އެކްސްޕްރެސް“ ގެ 80 ވަރަކަށް ފްލައިޓް ކެންސަލް ކުރަން ޖެހިފައި ވެއެވެ. އެގޮތުން މޭ 8 ވަނަ ދުވަހާ 9ވަނަ ދުވަހު ކެންސަލް ކުރަން ޖެހުނު ފްލައިޓް […]
ރަޝިޔާގެ ޑިފެންސް މިނިސްޓަރ މަގާމުން ދުރުކޮށްފި

ރަޝިޔާގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ގިނަ އަހަރު ތަކެއްވަންދެން ހުންނެވި ސަރުގެއި ޝޮއިގޫ އެމަގާމުން ދުރު ކޮށްފިއެވެ. މިއީ ރައީސް ވްލަޑިމިއަރ ޕޫޓިން މިދިޔަހަފްތާގައި ރައީސް ކަމުގެ ފަސްވަނަ ދައުރެއް ފެއްޓެވުމާއިއެކު ކެބިނެޓަށް ގެންނެވި ބަދަލު ތަކުގެ ދަށުން ގެނައި ބަދަލެކެވެ. ޝޮއިގޫ އަށްފަހު ޑިފެންސް މިނިސްޓްރީއާ ހަވާލުވެވަޑައިގަންނަވާނީ ވިޔަފާރީގެ ދާއިރާގައި މަޝްހޫރު ބޭފުޅެއްކަމަށްވާ އަންދްރޭ ބެލޯސޮވް ކަމަށް ވަނީ އިއުލާން ކުރެވިފައެވެ. ކެބިނެޓަށް އަދިވެސް އިތުރު މުހިންމު ބަދަލުތައް ގެނެވޭނެ ކަމަށް ބެލެވެއެވެ. އައު ޑިފެންސް […]
ހޮސްޕިޓަލް ބިލް ނުދެއްކިގެން އަނބިމީހާ މަރާލައިފި

އެމެރިކާގެ ކެންޒަސް ސިޓީގައި، ހޮސްޕިޓަލުގައި އޮތް ބަލި އަނބިމީހާ މަރާލިކަމުގެ ކުށުގައި މީހަކު ހައްޔަރު ކޮށްފިއެވެ. އޭނާ ފުލުހުން ކައިރީ އެއްބަސްވެފައިވާ ގޮތުގައި އޭނާ އެގޮތަށް އެކަންތައް ކުރީ އަންހެނުންގެ ސިއްހީފަރުވާ ގެ ބިލްތައް ނުދެއްކިގެން ކަމަށެވެ. ރޮނީ ވިގްސް ނަމަކަށް ކިޔާމީހާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މޭ ހަވަނަ ދުވަހު ބާއްވާފައިވާއިރު ދެވަނަ އަޑުއެހުމެއް މޭ 9ވަނަ ދުވަހަށް ވަނީ ތާވަލު ކުރެވިފައެވެ. ރޮނީ ވިގް ގެ އަނބިމީހާ އައީ ޑަޔަލިސިސް ގެ ޚިދުމަތްހޯދަމުން ކަމަށްވެއެވެ. އެންމެ ފަހުން މެޑިކަލް ސެންޓަރެއްގަ އެޑްމިޓް ކޮށްފަ އޮތީ އައު ޕޯޓެއް […]
މިއަދަކީ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް

ދުނިޔޭގެ ޕްރެސް ފްރީޑަމް ޑޭ މޭ މަހުގެ ތިން ވަނަ ދުވަހު ފާހަގަ ކުރަމުން ދާއިރު އެފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމާމެދު ވިސްނާލަން ޖެހެއެވެ. އދގެ ކަނޑައެޅުމަކަށް އެފަދަ ދުވަހެއް ފާހަގަކުރަން ނިންމީ ނޫސްވެރިކަމުގެ މިނިވަންކަން އޭގެ ޒާތުގައި ހިމާޔަތް ކޮށް،ރައްކާތެރިކުރުމަށް ކަނޑައަޅާފައިވާ ޕްރިންސިޕަލްސް ނުވަތަ އުސޫލުތައް އެގޮތުގައި ހިފަހައްޓާ އެކަމަށް އެންމެންގެ މެދުގައިވެސް ހޭލުންތެރިކަން އިތުރު ކުރުމަށެވެ. ކޮންމެ ގައުމެއްގައިވެސް ނޫސްވެރިކަމަކީ އެކި ކަންކަމާގުޅޭ ތެދު ހަގީގަތް ހާމަކުރުމަށް އޮންނަ ވަސީލަތެވެ. ނަމަވެސް ނޫސްވެރިން ނުވަތަ މީޑިޔާ ބޭނުން […]
އިންޑިޔާގެ މުސްލިމުން : އަމިއްލަ ގައުމުގަވެސް ފަރުދާވެފަ؟

އިންޑިޔާގެ އާގްރާ ގައި ދިރިއުޅެމުން އައި މުސްލިމް އާއިލާ އަކަށް ނިސްބަތްވާ އުމުރުން 6 އަހަރުގެ ފިރިހެން ކުއްޖަކު އެއްދުވަހަކު ރޮމުން ރޮމުން ގެއަށް އައެވެ. މަންމަ ސުވާލު ކުރުމުން އޭނާބުނީ ކްލާސްކުދިން ތިމަންނާއަކީ ޓެރަރިސްޓެއް ކަމަށް ބުނެ އެއްޗެތި ކީ ކަމަށެވެ. ކުއްޖާގެ މަންމަ ކިޔާދިން ގޮތުގައި އެދުވަހު އެކުޑަކުއްޖާގެ ހިތުގައި ނަފްރަތުގެ ހުޅު ރޯވިއެވެ. ގެއަށް އައިއިރު ހުރީ އަތް ގޮއްމުށް ކަވައިގެން ކަމަށް މަންމަ ބުންޏެވެ. ހަމައެކަނި މުސްލިމަކަށް ވީތީ ފާޑުފާޑު ނަންތައްކިޔާ ޖެއްސުންތައް […]
އިންޑޮނީޝިޔާގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން 7 އެއާޕޯޓެއް ބަންދުކޮށްފި

އިންޑޮނީޝިޔާގެ ޖަޒީރާއެއްގައިވާ އަލިފާން ފަރުބަދައެއް ތިން ފަހަރު ގޮވައި، ވަރަށް ބޮޑަށް ދިޔާ އަލިފާނާއެކު ދުމާއި އަޅި އަރަމުންދާތީ އެ ގައުމުގެ 7 އެއާޕޯޓެއް ބަންދުކޮށް އެ ހިސާބުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބު ތަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ. ފަރުބަދައިން ފައިބާ ދިޔާ އަލިފާނާއި އަޅި ގިނަ އަދަދަކަށް ކަނޑަށް އެޅުމުން ސުނާމީ އުފެދޭނެ ކަމަށް ބަލާ މީހުން ސަލާމަތް ކުރުމަށްޓަކައި ސަރުކާރުން ވަނީ އެހީގެ މަނަވަރަކާ އަދި ހަނގުރާމަމަތީ އުޅަނދެއް ވެސް އެ ހިސާބަށް […]