ޗައިނާގައި ހައިވޭ އަކުން ބަޔެއް ވެއްޓި 19 މީހުން މަރުވެއްޖެ

ޗައިނާގެ ގުއަންގޑޮންގ ޕްރޮވިންސްގައި ފަރުބަދަމަތީގެ ހައިވޭއަކުން ބަޔެއް ވެއްޓުމުގެ ސަބަބުން 9 މީހުން މަރުވެ އިތުރުއެތައްބަޔަކަށް އަނިޔާތައް ލިބިއްޖެއެވެ. މިހާދިސާ ހިނގަން ދިމާވީ އެތައްދުވަހެއް ވަންދެން ބޯކޮށް ވާރޭ ވެހިފައި ވުމުން ކަމަށް ޚަބަރުތައް ބުނެއެވެ. މީލޯންގ އެކްސްޕްރެސްވޭ ގެ ފަންސާހަކަށް ފޫޓު ހާތަން ވެއްޓުމުގެ ސަބަބުން މަރުވި މީހުންގެ އިތުރުން 30 މީހުންނަށް އަނިޔާވެ ހޮސްޕިޓަލް އަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް އެމީހުންގެ ފުރާނަޔަށް މިވަގުތު ނުރައްކަލެއް ނެތް ކަމަށް ދައިލަތުގެ މީޑިޔާއިން ބުނެފައި ވެއެވެ. […]