ފޭކް ބޭންކެއް ހަދައިގެން މީހުން އަތުން ފައިސާ އަތުލަމުން ދިޔަބަޔަކު ހިފިއްޖެ

އިންޑިޔާގެ ޗަޓިސްގާހް ސްޓޭޓްގައި،މައިބޭންކް އެސްބީއައިގެ ވަގު ބްރާންޗެއް ހުޅުވައި، މީހުންނަށް ލަނޑުދީ ފައިސާ އަތުލަމުން ދިޔަ ސްކޭމް ގްރޫޕެއް އިންޑިޔާ ފުޅުހުން އަތުލައިގެންފި ކަމަށް ޚަބަރު ލިބެއެވެ. މިމީހުން ވަނީ ބޭންކް ގެ ލޯގޯ ޖެހި ކަރުދާސް ތައްޔާރުކޮށް،ގޮނޑިމޭޒާ މުވައްޒަފުންނާއެކު ވަކި އޮފީހެއް ހުޅުވާފައި ކަމަށް ވެއެވެ. ބީބީސީގެ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މިކަން ފަޅާއަރާފައިވަނީ ވަޒީފާއެއް ހޯދަމުން ދިޔަ ޖިއޯތީ ޔާދާވް ކިޔާ މީހަކަށް އެމީހުން ވަޒީފާ ދިން ހަމައިންނެވެ.ހަތަރު އަހަރުވަންދެން ވަޒީފާއެއްނެތިފަ ހުރި ޖިއޯތީ […]
ޕާކިސްތާންގައި ޕޯލިއޯ ފެތުރެނީ

ޕާކިސްތާނުން ޕޯލިއޯ ޖެހިފައިވާ އިތުރު ހަކުދިން ފެނިފައިވާ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ކަށަވަރު ކޮށްދީފިއެވެ. މިއާއެކު ބަލިޖެހުނުކަން މިއަހަރު ހާމަވެފައިވާ ކުދިންގެ އަދަދު މިވަނީ 39އަށް އަރާފައެވެ. އަލަށް ފެނުނު ޕޯލިއޯވައިރަސް ޓައިޕް ވަންގެ ކޭސްތައް ފެނިފައިވަނީ ބަލޮޗިސްތާނުން 3ކޭސް،ސިންދު ޕްރޮވިސްސުން 2ކޭސް އަދި ޚައިބަރު ޕަޚްތުންޚުވާއިން އެއްކޭހެވެ.ޕޯލިއޯއަކީ އެބަލިޖެހުން ކުދިންގެ ފައިކޮޅުގެ ވާގިނެތޭ ބައްޔަކަށް ވާއިރު،ބަލިނައްތާލުމަށް އަމާޒުކޮށް މުޅިދުނިޔޭގައި ހިންގުނު ވަރުގަދަ ވެކްސިނޭޝަން ޕްރޮގްރާމް ގެ ސަބަބުން ބަލީ އޮތީ މުޅިންހެން ނައްތާލެވިފައެވެ.ނަމަވެސް ފަހަކަށް […]
މަންމަ ދެކެ ލޯބިވާ ކަމަށް ބުނަން އާދަކުރާށެވެ.

އެކާވީސް އަހަރުވީ ކައިވެންޏަކަށްފަހު އަހަރެންގެ އަންހެނުން އެއްދުވަހަކު އަހަރެން އެހެން އަންހެނަކު ގޮވައިގެން ރޭގަނޑުގެ ކެއުމަކަށް ދިއުމަށް އެދުނެވެ. ”އަހަރެން ވެސް އަހުމަދު ދެކެ ވަރަށް ލޯބިވެއެވެ.އެކަމަކު މިއަންހެންމީހާވެސް އަހުމަދު ދެކެ ވަރަށް ލޯބިވެއެވެ.އަދި އަހުމަދާ އެކު ވަގުތު ހޭދަކުރަން ވަރަށް ބޭނުންވާނެ ކަން އަހަރެންނަށް އިނގެއެވެ.“ އަންހެނުން މަރީ ބުންޏެވެ. އަންހެނުން މިބުނި އަނެއް އަންހެންމީހާ އަކީ،ހަޔާތުގެ ބައިވެރިޔާ(އަހަރެންގެ ބައްޕަ) މަރުވެ، އެކަނި ދިރިއުޅެމުންގެންދާ އަހަރެންގެ މަންމައެވެ.މަންމަ އެކަނި އުޅޭތާ 19 އަހަރުވެއްޖެއެވެ.އަހަރެންގެ އޮފީހުގެ […]
ކާފަގެ ހަޔާތުން ދަސްވި އެންމެ ބޮޑުފިލާވަޅު

އެއްދުވަހަކު ދިހަބާރަ އަހަރަށްދާވަރުގެ ފިރިހެން ކުއްޖަކު އޭނާގެ ކާފަ ކައިރީ އެހިއެވެ. ”ކާފަގެ ހަޔާތުން ދަސްވި އެންމެ ބޮޑުފިލާވަޅަކީ ކޮބައިތޯއެވެ؟“ މިހެން އެހުމުން ކާފަ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ބުންޏެވެ. ”މިވަގުތު މީނީ ކަމަކާ ވަރަށް ބޮޑަށް ކަންތައް ބޮޑުވެ ހާސްވެފައެވެ.މިވަގުތު ވާހަކަ ދައްކާ މޫޑެއް ނެތެވެ.“ މިއާއެކު ކުއްޖާ ސުވާލު ކުރިއެވެ. ”އެއީ ކޮންކަމަކާ ތޯއެވެ؟“ ކާފަ ޖަވާބުގައި ބުންޏެވެ. ”ކާފަ ގެންގުޅޭ ގެރި ބަނޑު ބޮޑުވެ ވިހަން ބަނޑުގަ ރިއްސާތާ ވިހި ގަޑިއިރުވަނީއެވެ.އަދިވެސް ނުވިހައެވެ. […]
މަތިންދާބޯޓެއްގެ އިންޖީނަށް ކާގޯ ކޮންޓެއިނަރެއް ދަމައިގެންފި

އެމެރިކާގެ ޗިކާގޯ ގެ އެއާޕޯޓެއްގައި ޖެއްސި އެމެރިކަން އެއާލައިންސް މަތިންދާބޯޓެއް،ގޭޓަށް ދިއުމަށްޓަކާ ޓެކްސީ ކުރަމުން ދަނިކޮށް ކައިރީގައިވާ ކާގޯ ކޮންޓެއިނަރެއް ބޯޓުގެ އެއްއިންޖީނަށް ދަމައިގެންފިއެވެ. އެމެރިކަން އެއާލައިންސް ފްލައިޓް47 ދަތުރުކުރީ ލަންޑަންގެ ހީތުރޯ އިން ފުރައިގެންނެވެ. އަދި ހާދިސާ ހިނގާފައިވަނީ އެތާގަޑިން މެންދުރުފަހު 3ޖަހާއެހާކަންހާއިރު ބޯޓު ޖެއްސުމަށްފަހު ހުއްޓުމަށް ދަނިކޮށްނެވެ. ބޯޓުގެ އިންޖީނަށް ކާގޯ ކޮންޓެއިނަރު ދަމައިގަތުމާއިއެކު ބޯޓުގެ އިންޖީނަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ޚަބަރު ލިބެއެވެ.ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް […]
ދުނިޔޭގައިވެސް ޔޫއެސް ޑޮލަރަށް ބަރޯސާވުން ނިމުމަކަށް އަންނަނީތަ؟

ދުނިޔޭގައި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ފަސް ގައުމު ކަމަށްވާ ބްރެޒިލް ރަޝިޔާ، އިންޑިޔާ، ޗައިނާ، އަދި ސައުތު އެފްރިކާ، މި ފަސް ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ އަގުގެ 65 އިންސައްތަ، ޔޫއެސް ޑޮލަރުގެ ބަދަލުގައި އެގައުމެއްގެ އަމިއްލަ ފައިސާއިން ދެއްކޭ ގޮތަށް ނިންމައިފިއެވެ. މި ނިންމުން ފައިނަލް ކުރާގޮތަށް ހަމަޖެހިފައިވަނީ ،މި މަހުގެ 20ން 22ރަޝިޔާގެ ކަޒާން ގައިބައްވާ، މިފަސް ގައުމު ގުޅިގެން އުފައްދާފައިވާ ގްރޫޕް ”ބްރިކްސް“ ގެ ވެރިންގެ ސަމިޓް ބައްދަލްވުމުގައެވެ. މިސަމިޓް ބައްދަލްވުން […]
ބޮން ގޮއްވާނެ ކަމަށް ބުނެ އިންޑިޔާގެ ދިހަ ފްލައިޓަކަށް ބިރު ދައްކައިފި

ބޮން ގޮއްވާނެ ކަމަށް ބުނެ ފާއިތުވި 48 ގަޑިއިރުތެރޭ އިންޑިޔާގެ ދިހަ ފްލައިޓަކަށް ބިރު ދައްކައިފި ކަމަށް ޚަބަރު ލިބެއެވެ. މިކަމުގެ ސަބަބުން ފްލައިޓްތައް ގިނަ އިރުތަކަކަށް ލަސްވެ އަދި ދަތުރު ބަދަލުކުރަންވެސް ޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. ބޮން ގޮއްވާނެ ކަމުގެ އިންޒާރު ލިބުމާއި ގުޅިގެން ސިންގަޕޫރުން ފުރި އިންޑިޔާ އެކްސްޕްރެސް ގެ ބޯޓެއް ”އެސްކޯޓް“ ކުރުމަށް ސިންގަޕޫރު އެއާފޯސްގެ ދެ ފައިޓަރޖެޓް ފޮނުވާފައިވެއެވެ.އޭގެ ދެތިން ގަޑިއިރުކުރިން ޑެލްހީއިން ޗިކާގޯއަށް ދިޔަ އެއާ އިންޑިޔާގެ ބޯޓެއް،ރައްކާތެރި […]
ދަހި މީހާގެ ފައިސާޔަށް ވީގޮތް

ކޮންމެވެސް ރަށެއްގައި ވަރަށް ދަހި މީހަކު އުޅުނެވެ.މިމީހާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކޮށް ފައިސާ ޖަމާކުރުމަށް ލޯބިކުރި މީހެކެވެ.ނަމަވެސް އޭނާ އެއްކުރާހާ ގިނަ ފައިސާ ޚަރަދު ކުރަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ.ފައިސާ އަތުގަ ޖަމާކޮށްފަ ބެހެއްޓުމަށް ލޯބިކުރިވަރުން އޭނާގެ ފަރާތުން އެއްވެސް މީހަކަށް އެހީއެއްލިބުމަކީ އަދި އަމުދުން ވީކަމެއް ނޫނެވެ. މިކަމުގެ ސަބަބުން އޭނާގެ އަންހެނުންނަށްވެސް އޮތީ ދިރިއުޅުން ވަރަށް ބޮޑަށް ދަތިވެފައެވެ.ކެއިން ބުއިމަށާ ގޭތެރޭގައި ހިފާގެންގުޅޭ އެއްޗެތި ގަތުން ކަހަލަ ކަންތަކަށް ފައިސާ […]
ނޯބެލް ސުލްހައިގެ އިނާމު ދޭނެކަމަށް ހީކުރީ ޣައްޒާ ގައި ބުރަކޮށް މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ކަމަށް: އިނާމު ލިބުނު ޓޮޝިޔޫކީ މިމާކީ

ދެވަނަ ބޮޑުހަނގުރާމައިގައި އެމެރިކާއިން ޖަޕާނަށް އެޅި އެޓޮމިކް ބޮމުގެ ހަމަލާއިން ސަލާމަތްވި މީހުންގެ ޖަމިއްޔާ އެއްކަމަށްވާ ”ނީހޮން ހިޑަންކިޔޯ“ ގެ ކޯ-ޗެއާ ޓޮޝިޔޫކީ މިމާކީ އަށް މިއަހަރުގެ ނޯބެލް ޕީސް ޕްރައިޒް ދީފިއެވެ.ހުކުރު ދުވަހު ނޯބެލް އިނާމުކޮމިޓީން އެކަން އިއުލާން ކުރުމުން ޓޮޝިޔޫކީ މިމާކީ ބުނެފައިވަނީ އެނާޔަށް އިނާމު ލިބޭނެކަމަށް އެއްގޮތަކަށްވެސް ގަބޫލު ނުކުރެވޭ ކަމުގައެވެ. އިތުރަށް ވާހަކަ ދައްކަމުން ޓޮޝިޔޫކީ މިމާކީ ބުނީ އޭނާ ޔަގީން ކޮށްގެން ހުރީ މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ލިބޭނީ […]
ކަރުދިގު،ދެފައިދިގު،“ދޫންޏެއް“

ވަރަށް ރީތިކޮށް ހެދުން އަޅާފަ ހުރި،ވަރަށް މުއްސަނދި ވައްތަރުޖަހާ ފިރިހެނަކު އެއްދުވަހަކު ރެސްޓޯރަންޓަކަށް ދިޔައެވެ.އޭނާޔާއެކު ފުރިހަމަޔަށް ބޮޑުވެފައިވާ،އިސްކޮޅުން ދިގު އޮސްޓްރިޗެއް ވެސް ގޮސް ރެސްޓޯރަންޓަށް ވަނެވެ. މިމީހާ ގޮސް މޭޒެއް ކައިރީ އިށީނުމަށްފަހު އޭނާބޭނުން ކާއެއްޗަކަށް އޯޑަރު ދިނެވެ.ބާގާ އަކާއި ފްރައީސް އަދި ކޯކެއް ގެނެސް ދިނުމަށް އެދުނެވެ.އެއަށްފަހު އޮސްޓްރިޗް އާއި ދިމާލަށް ބަލާލަމުން ބުންޏެވެ.ކަލޭ ބޭނުމީ ކޮން އެއްޗެއްހެއްޔެވެ. މިހެން ބުނުމުން އޮސްޓްރިޗް ބުންޏެވެ.އަހަރެންވެސް ބޭނުމީ ބާގާއަކާއި ފްރައީސް އަދި ކޯކެކެވެ. ވެއިޓަރު ވަރަށް އަވަހަށް […]