މުޅި ދުނިޔެޔަށް މަޝްހޫރުވި ދުބާއީ ޗޮކްލެޓަށްފަހު ދެކުނު ކޮރެޔާގައިވެސް އެފަދަ ކެއުމުގެ ފޮނިބާވަތެއް އުފައްދައި މަޝްހޫރުވާން ފަށައިފި

މުޅިދުނިޔެޔަށް މަޝްހޫރުވި ދުބާއީ ޗޮކްލެޓް ކުނާފާ އަށްފަހު ދެކުނު ކޮރެޔާގައިވެސް އެފަދަ ކެއުމުގެ ފޮނިބާވަތެއް އުފައްދައި އެއަށް މަގްބޫލްކަން ލިބެންފަށާފައިވާ ކަމަށް ޚަބަރުލިބެއެވެ. ޕިސްތާޝިއޯ ކްރީމް އާއި ކުނާފާ ޕޭސްޓްރީ އެތެރެޔަށް އަޅައިގެން ދުބާއީގައި ފުރަތަމަ ތައްޔާރުކުރި ކުނާފާ ޗޮކްލެޓަކީ ގިނަ ބައެއްގެ މަގްބޫލުކަން އެއަށް ލިބިގެން ދިޔަ ބާވަތެކެވެ. މިޗޮކްލެޓަށް ދުނިޔޭގައި އެހާ މަގްބޫލުކަން ލިބިފައިވުމާއި އެކު ދެކުނު ކޮރެޔާގައި އަލަށް އުފެއްދި ޑެސަރޓް“ ނުވަތަ ފޮނިކާއެތީގައިވެސް ބޮޑަށް ބޭނުން ކޮށްފައިވަނީ ޕިސްތާޝިއޯ އާއި ކޮކްލެޓް […]
ތައިލަންޑްގައި ރޭލެއްގެ މައްޗަށް ކޮންސްޓްރަކްޝަން ކްރޭނެއް ވެއްޓުމުގެ ސަބަބުން 22 މީހުން މަރުވެއްޖެ

ތައިލަންޑްގައި ދަތުރުކޮށްފައި ދިޔަ ރޭލެއްގެ މައްޗަށް ކޮންސްޓްރަކްޝަން ކްރޭނެއް ވެއްޓުމުގެ ސަބަބުން މަދުވެގެން 22 މީހުން މަރުވެއްޖެއެވެ.މިހާދިސާ ހިނގާފައިވަނީ މިއަދު އެތާ ގަނޑިން ހެނދުނު 9 ޖެހިއިރުއެވެ. މިހާދިސާގައި އިތުރު 80 މީހުންނަށް އަނިޔާވެފައިވާއިރު ރޭލުން އެވަގުތު 195 މީހުން ދަތުރު ކުރަމުން ދިޔަ ކަމަށް އޮފިޝަލުން މައުލޫމާތު ދީފައި ވެއެވެ.ރޭލު ދަތުރު ކުރީ ބެންކޮކުން ފުރައިގެން އިރު އުތުރު ޕްރޮވިންސަކަށް ދިއުމަށެވެ.ސަލާމަތްވި މީހަކު ކިޔާދިން ގޮތުގައި ކްރޭން ރޭލުގެ މައްޗަށް ވެއްޓުމާއި އެކު އައި ޝޮކްގެ […]
ޗައިނާގައި އެކަނި އުޅޭ މީހުންނަށް ޚާއްސަ އެޕެއް ހަދައި، އެޕް ވައިރަލް ވެއްޖެ

ޗައިނާގައި އެކަނި އުޅޭ މީހުންނަށް ޚާއްސަކޮށްގެން މޯބައިލް ފޯނަށް އަޅާ އެޕްލިކޭޝަން އެއް ހަދައި ،އެޕް ވަރަށް ބޮޑަށް މަގްބޫލް އެއްޗަކަށް ވެފައިވާ ކަމަށް ޚަބަރުލިބެއެވެ. ”އާ ޔޫ ޑެޑް؟“ ނުވަތަ ”ތިބާ ދިރި އެބަހުރިތަ؟“ ގެ ނަމުން ނަންދީފައިވާ އެޕް ބޭނުން ކުރާ ފަރާތްތަކުން، މަދުވެގެން ކޮންމެ ދެދުވަހުން އެއްދުވަހު ، އެޕްގައި ހިމެނޭ ޚާއްސަ ފިތަކަށް ފިއްތާލަން ޖެހެއެވެ.އެއީ އެފަރާތެއް ދިރި އެބަހުރިކަން އަންގާ ދިނުމަށް ޓަކައެވެ. އެއްވެސް ފަރާތަކުން ފިތަށް ނުފިއްތާނަމަ އެމީހެއްގެ […]
ކައިވެނިޕާޓީއަކަށްފަހު ނިދާފައިތިއްބާ ގޭސް ފުޅިއެއް ގޮވުމުން ކައިވެނިކުރި ދެމަފިރިންނާއެކު 8 މީހުން މަރުވެއްޖެ

ޕާކިސްތާންގެ ވެރިރަށް އިސްލާމް އާބާދުގައި ކައިވެނި ޕާޓީއަކަށްފަހު މީހުން ނިދާފަތިބި ގެއެއްގައި ގޭސް ސިލިންޑަރެއް ގޮވުމުގެ ސަބަބުން، އަލަތު ކައިވެނި ކުރި ދެމަފިރިންނާއެކު އަށް މީހުން މަރުވެއްޖެ ކަމަށް ޚަބަރު ލިބެއެވެ. މިހާދިސާގައި ހިނގި ބާރުގަދަ ގޮވުމުގެ ސަބަބުން އެގޭގެ އެއްބައި ވެއްޓިފައިވާ ކަމަށް ވެއެވެ.އެގޭގައި އެވަގުތު ކައިވެންޏަށް އައި ބައެއް މެހްމާނުންވެސް ނިދާފައި ތިބި ކަމަށް ވެއެވެ.އާދީއްތަ ދުވަހު ފަތިހު ހިނގި މިހާދިސާގައި އިތުރު އެތައް ބަޔަކަށް އަނިޔާތައް ލިބިފައި ވެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ […]
ސައޫދީއަރަބިއްޔާގައި ހުރި ދިރިއުޅުމަށް އެކަށީގެންނުވާ އެއްހާހަށްވުރެގިނަ އިމާރާތް ތަޅާލަނީ

ސައޫދީއަރަބިއްޔާގެ ޖިއްދާގައި ހުރި،ދިރިއުޅުމަށް އެކަށީގެންނުވާ އެއްހާހަށްވުރެގިނަ އިމާރާތް ތަޅާލުމުގެ ޕްރޯސެސް ފަށައިފިއެވެ. މިގޮތުން ޖިއްދާގެ އަލްރުވައިސް ނޭބަރހުޑްގައި ހުރި، ދިރިއުޅުމަށް އެކަށީގެންނުވާކަމަށް ފާހަގަ ކުރެވުނު 1،011 އިމާރާތުގެ ވެރިފަރާތްތަކަށް އެތަންތަން ހުސްކުރުމަށް ކްރައިސިސް މެނޭޖްމަންޓް އިދާރާ އިން އެންގުމަށް ފަހު އެތަންތަނަށް ގުޅާދީފައިވާ ޔުޓިލިޓީޒް ޚިދުމަތްތައް މޭޔަރުގެ އޮފީހުން އަންގާރަދުވަހު ކަނޑާލާނެކަން އަންގާފައިވާ ކަމަށްވެއެވެ. އަދި އޭގެފަހުން އެތަންތަން ތަޅާލުމުގެ ކަންކަން، އެމަސައްކަތާ ހަވާލުވެފައިވާ ކޮމިޓީން ކުރިޔަށް ގެންދާނެއެވެ. ދިރިއުޅުމަށް އެކަށީގެން ނުވާކަމަށް ފާހަގަ ކުރެވޭ އިމާރާތްތައް […]
އީރާނުގައި ކުރިޔަށްދާ މުޒާހަރާތަކާ ދެކޮޅަށް ސަރުކާރުން ހަރުކަށި ރައްދު ދެމުން ގެންދިޔަނަމަވެސް މުޒާހަރާތައް ދަނީ ކުރިޔަށް

އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރިޔަށްދާ މުޒާގަރާ ތަކުގެ ބައިވެރިންގެ ގަޔަށް ސިފައިން ބަޑިޖަހަމުން ގެންދިޔަނަމަވެސް މަގުތަކުމައްޗަށް ނިކުމެ ޝުއޫރު ފާޅުކުރަމުންދާ މީހުންގެ އަދަދު އަދިވެސް މަދުނުވާކަމަށް ޚަބަރުލިބެއެވެ. ދެ ހޮސްޕިޓަލަކުން ބީބީސީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި ފާއިތުވި ދެދުވަހުގެ ތެރޭގައި ސަތޭކައަށް ވުރެ ގިނަ ހަށިގަނޑު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.ވީޑިއޯތަކުން ފެންނަ ގޮތުގައި ސަރުކާރުން ގެންދަނީ ރައްދު ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އަދި ވެރިކަމާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ބައިވެރިވާނީ ކަނލާގެ އަމުރުފުޅާ ޚިލާފްވާ […]
އޮންލައިންކޮށް ޖަރީމާ ހިންގާ، ކުދިން އަމިއްލަޔަށް މަރުވާހިސާބަށް ގެންދިޔަ ޒުވާނަކަށް ދައުވާކޮށްފި

ޖަރމަނީގެ ހެމްބަރގްގައި އޮންލައިންކޮށް އެތައް ޖަރީމާތަކެއް ހިންގައި،އޭނާގެ އަމަލުތަކުގެ ސަބަބުން 13 އަހަރުގެ ކުއްޖަކު އަމިއްލަޔަށް މަރުވުމާއި ގުޅިގެން 21 އަހަރުގެ ޒުވާނެއްގެ މައްޗަށް ކޯޓުގައި ދައުވާ އުފުލައިފި އެވެ.“ވައިޓް ޓައިގަރ“ ގެ ނަމުގައި ހަރަކާތްތެރިވާ މި ޒުވާނާއަކީ ދުނިޔޭގެ އެތައް ގައުމެއްގައި ސައިބަރ ޖަރީމާތައް ހިންގާ ފަރާތްތައް ހިމެނޭ ގްރޫޕް ”764“ ގެ މެމްބަރެއް ކަމަށް ވެއެވެ. އިދާރާތަކުން ބުނެފައިވާ ގޮތުގައި ”ވައިޓް ޓައިގަރ“ ވަނީ އުމުރުން 11 އަހަރާ 15 އަހަރާ ދެމެދުގެ އެތައް […]
”ބައުންޑަރީ“

އަހަރެންގެ ނަމަކީ ރޯސް އެވެ.އުމުރަކީ 63 އަހަރެވެ. އަހަރެންގެ އަމިއްލަ ގެޔެއް ގަތުމަށް ލާރި އެއްކުރުމަށްޓަކާ 40 އަހަރުވަންދެން އަހަރެން މަސައްކަތް ކުރީމެވެ. ލިބުނު އެންމެ ފިރިހެން ދަރިފުޅު އީތަންއާއި ފިރިމީހާ އާއި އެކު އުފާވެރި ދިރިއުޅުމެއް އުޅެނިކޮން ފިރިމީހާ މަރުވީއެވެ. ދެންވެސް ވަރުބަލިކަމެއް ނެތި އީތަން ބަލާބޮޑުކޮށް ރަގަޅަށް ކިޔަވާދީ އޭނާޔަށް ހަޔާތެއް ހޯދާދިނީމެވެ. އީތަން މިހާރު މީހަކާ އިނދެގެން އުޅެނީ ވަކިންނެވެ.އެއްދުވަހެއްގެ ހެދުނު އަހަރެން ހޭލައިގެން ކޮފީތައްޓެއް ހަދައިގެން އިށީންތަނާ އީތަން އައިސް ބުންޏެވެ. […]
ނޫމާ އިންޑިޔާގައި މިހާރު ބޮޑު އަގު ލިބޭ މަލެއް

އިންޑިޔާގެ އާސާމް ސްޓޭޓްގައި ދިރިއުޅޭ އަންހެނަކު ކިޔާދިން ގޮތުގައި މީގެ ދެތިން އަހަރު ކުރިޔާ ޖެހެންދެންވެސް ”ބަޓަރފްލައި ޕީ“ ގެ ނަމުން ނަންދީފައިވާ ނޫމަލަކީ ހަމައެކަނި ފާރުތައް ޒީނަތްތެރި ކުރުމަށް އަރުވާ ވެޔޮގަނޑެކެވެ. ނަމަވެސް ފަހުން އޭނާޔަށް އަޑުއިވުނު ގޮތުގައި ކުދި ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ބައެއް އަންހެންވެރިން ވިޔަފާރިޔަށް މިމާ ހައްދަން ފަށާފައިވެއެވެ. މި ހަބަރު ލިބުމާއި އެކު އެމީހުންނާ ގުޅިގެން މި ވިޔަފާރީގައި ބައިވެރިވުމަށް ނިންމީ ކަމަށް އޭނާ ކިޔާދީފައި ވެއެވެ. މި ނޫމާ ބޭނުން […]
ވެނެޒުއޭލާއިން 50 މިލިއަން ފީފާގެ ތެޔޮ އެމެރިކާއާއި ހަވާލުކުރާނެ: ޓްރަމްޕް

ވެނެޒުއޭލާގައި ނަގާތެލުގެ 50 މިލިއަން ފީފާއާއި ހަމަޔަށް އެމެރިކާ އަށް ލިބޭނެ ކަމަށް އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. މިއީ 2.8ބިލިއަން ޑޮލަރުގެ ތެލެވެ. ސޯޝަލް މީޑިޔާ ޕްލެޓްފޯމް ޓުރުތު ސޯޝަލްގައި ލިއުއްވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ މިގޮތުން އަތުލާ ތެޔޮ ސީދާ އެމެރިކާގެ ބަނދަރުތަކަށް ގެންގޮސް، ބާޒާރުގެ އަގުގައި ވިއްކައިގެން ލިބޭ ފައިސާ ވެނެޒުއޭލާގެ ރައްޔިތުންނާއި އެމެރިކާގެ މަންފާއަށް ބޭނުންކުރުމަށްޓަކައި، އެ ފައިސާގެ ކޮންޓްރޯލް އޭނާ ނަންގަވާނެ ކަމަށެވެ. މި މަޝްރޫޢު ”ވަގުތުން“ ތަންފީޒުކުރުމަށް އެމެރިކާގެ […]