ޝަރީއަތް ނިމެންދެން ޝައްމާން ބަންދުކޮށްފި

ޝަރީއަތް ނިމެންދެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ބަންދުކޮށްފިއެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު ޝަމްއާން މަޤާމުން ވަކިކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން އޭރު ބުނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި […]

ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯރަފުށިން ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް!

ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހޯރަފުށިން ހައްޔަރުކުރި މީހާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ހޯރަފުށީގައި ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ސިހުރު ހަދާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ވ. ކެޔޮދޫ / ތިބުރޯޒުގެ، މުޙައްމަދު ޢަބްދުލްކަރީމް (34އ) އެވެ. ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން […]

ކެފޭއެއް ބަލައި ފާސްކޮށް 11 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

 މާލޭގެ ކެފޭއެއް ބަލައިފާސްކޮށް، 11 ބިދޭސީއެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ރޭ ބުނީ ގަވާއިދާ ހިލާފަށް ރާއެްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯހުން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި، ރޭ މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަަމަށެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިއަ އެ ކެފޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 11 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުނެފައި ވެއެވެ. އިމިގްރޭޝަނުން ރޭ ބަލާ ފާސްކޮށްފައި ވާ […]

ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިގެން ހުއްޓުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ދިޔަ މީހެއްގެ އަތުން ވަޒަންތަކެއް ފެނިގެން އޭނާ ހުއްޓުވައިފިއެވެ. ފުލުހުން މިއަދު ބުނީ ވަޒަންތައް ފެނުނީ ރޭ ވީއައިއޭ އިން ފުރަން ދިޔަ ބިދޭސީއެއްގެ އަތުން ކަމަށެވެ. އެގޮތުން އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 6 ދުވަހަށް ޖަހާފައެވެ. އެ މީހާއަކީ ޓޫރިސްޓު ވިސާގައި ރާއްޖެ އައި މީހެކެވެ. ނަމަވެސް އޭނާ އަކީ […]

މުސްލިމް ޤައުމުތައް އެއްބައިވެއްޖެނަމަ ދުޝްމަނުންގެ މައްޗަށް ކުރި ހޯދޭނެ

މުސްލިމް ޤައުމުތައް އެއްބައިވެއްޖެނަމަ ދުޝްމަނުންގެ މައްޗަށް ކުރި ހޯދޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ. ްޕްރެސް ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕެޒެސްކިއަން މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ޔަމަނުގެ އެންމެ މަތީ ސިޔާސީ މަޖިލީހުގެ ޗެއާމަން މަހުދީ އަލް މަޝާތަށް ފޯނުން ގުޅުއްވާ ވާހަކަ ދައްކަވަމުންނެވެ. ފޯނުން ގުޅުއްވާ އެ ދެ ބޭފުޅުން ވާހަަކަދައްކަވާފައި މި ވަނީ އެމެރިކާގެ ވައިގެ ހަމަލާތައް ޔަމަނަށް ފޮނުވާލާ އެ ގައުމުގެ އާންމުން ޝަހީދުވެ ޒަޚަމްވެފައި ވަނިކޮށެވެ. މީގެ […]

’ޖެނެރޭޝަން ބޭން‘ އަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ޚާއްސަ ޕޯލެއް!

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވާނޭ ގޮތާމެދު ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒު ޕޯލެއް ހުޅުވާލައްވައިފިއެވެ. މިއީ ރާއްޖޭގެ ރައީސަކު ދައުރުގެ ތެރޭގައި، މުހިންމު ނިންމެވުމަކާ ބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް، މީސް މީޑިއާ މަންސައެއްގައި ހުޅުވާލެއްވި މިފަދަ ފުރަތަމަ ޕޯލެވެ. ރައީސް މުޢިއްޒުގެ ރަސްމީ ”އެކްސް“ އެކައުންޓުން ހުޅުވާލައްވާފައިވާ ޕޯލްގައި ވަނީ، ޖެނެރޭޝަނަލް ބޭން ކަނޑައެޅުއްވުމުގައި އެ މަނިކުފާނު ހުށައަޅުއްވާ ގޮތްތައް ހިއްސާކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު […]

އަލިފާނުގެ ހާދިސާ ހިނގި މުދާ އުފުލާ ބޯޓުން ޒުވާނަކު ގެއްލިގެން ހޯދަނީ

އަލިފާނުގެ ހާދިސާ ހިނގި މުދާ އުފުލާ ބޯޓު ”ހޮޅުދޫ ބޯޓު“ އިން ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެ ބޯޓުގައި އަލިފާން ރޯވެގެން ކައްދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެފައި ވާއިރު އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ލ. މާވަށު ޒުވާނެއް ކަމަށްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. ލ. އަތޮޅާއި މާލެއާ ދެމެދު ދަތުރުކުރާ އެ ބޯޓުގައި އަލިފާން ރޯވެފައި ވަނީ ތ. ކަނޑޫދޫން މުދާ ނަގައިގެން ނުކުންނަނިކޮށް ކަނޑޫދޫ ނެރާ ދިމާ […]

ދުންފަތުން ޖީލެއް ދުރުކުރުމަކީ ޕްރިވެންޓިވް ހެލްތު ކެއަރގެ ތެރެއިން ހާސިލުކުރެވޭނެ އެންމެ ބޮޑު އަމާޒު

ދުންފަތުގެ އިސްތިއުމާލުކުރުމުން ޖީލެއް ދުރުކުރެވުމަކީ ޕްރިވެންޓިވް ހެލްތު ކެއަރގެ ތެރެއިން ހާސިލުކުރެވޭނެ އެންމެ ބޮޑު އަމާޒުކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ ”ރައްޔިތުންނާ އެކު“ ސިލްސިލާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުންނެވެ. ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ”އިންވެސްޓްކުރަން“ ނުވަތަ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަމަށާއި، އެފަދަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށް […]

އޯޓިޒަމް ހުންނަ ކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ޤައުމީ ވާޖިބެއް 

އޯޓިޒަމް ހުންނަ ކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ޤައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އޯޓިޒަމް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވައި އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ކޮންމެ ދިވެހި ދަރިޔަކީ މި ޤައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމަށާއި އޯޓިޒަމް ތަޙައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ޤައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދީން ކަމަށެވެ. މީގެ […]

އައްޑޫ ސިޓީ ކުޅިއެއްތެރެއިން މަރުވެފައި އޮތް މީހެއް ފެނިއްޖެ

އައްޑޫ ސިޓީގެ ކުޅިއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. ފުލުހުން ދެންމެ ބުނީ އައްޑޫ ސިޓީ ހިތަދޫގައި އޮންނަ އާރިކިޅީގައި ހަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ މައުލޫމާތު ލިބިފައި މިއަދު ހެނދުނު 9:33 ހާއިރު ލިބިފައިވާ ކަމަށެވެ. އެގޮތުން އޭނާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނުނީ ބިދޭސީ ފިރިހެނެއްް ކަމަށެވެ. ފުލުހުން […]