ރައީސްކަން ކުރަން ދެން ބޭނުމެއްނޫން – ނަޝީދު

މީ ކުރިން ދެ ފަހަރެއްގެ މަތިން ދެން ރާއްޖޭގެ ރައީސްކަން ބޭނުންފުޅު ނޫންކަމަށް ވިދާޅުވި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ވާހަކައެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ނުހަނު ތާއީދުކުރައްވާ ކަމަށާއި ސަރުކާރަށް ކުޑަ ނަމަވެސް ހީނަރުކަމެއް އަންނަން އެދިވަޑައި ނުގަންނަވާކަން ފާހަގަކުރައްވައި ރާއްޖޭގެ ރައީސްކަން އިތުރަށް ކުރަން ބޭނުންފުޅު ނުވާކަމަށް ނަޝީދު އެންމެ ފަހުން ވިދާޅުވީ 16 ސެޕްޓެމްބަރު 2020 ގައެވެ. “އަޅުގަނޑު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނުއެދެމެވެ. އަޅުގަނޑު އެދެނީ އެމްޑީޕީން ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތުގައި ވެރިކަން ކޮށްދިނުމަށެވެ.“ އޭރު އެމްޑީޕީން ނެރެމުން […]

މިއީވެސް ހަމަ ނަމޫނާ ޑިމޮކްރެސީއެކެވެ.

އިކްވިޓޯރިއަލް ގިނީގެ މިޚަބަރާމެދު ޝައުގުވެރިކަން އުފެދުނީ އެވެރިކަމުގައި ދިވެހިރާއްޖޭގައި ވެރިކަން ކުރެވެމުން ދިޔަގޮތާ އަދި މިހާރު ވެރިކަން ކުރެވޭގޮތާވެސް އެއްކަހަލަ ސިފަތަކެއް ހުރީމައެވެ. ފަހަރެއްގައި އެމީހުން ދަސްކުރީ އަހަރެމެންކައިރިން ކަމަށްވެސް ވެދާނެއޭވެސް ހިތައް އަރައެވެ.                                            އިކްވިޓޯރިއަލް ގިނީގެ ރައީސްކަމަށް މިހާރުވެސް އެމަގާމުގައި ހުންނެވި ތިއޮޑޯރޯ އޯބިއަންގް އެންޖިއުމާ އިންތިޚާބު ކުރުމަށްޓަކައި މިދިޔަ އާދީއްތަދުވަހު ވޯޓުލުން […]

އަހަރެންނެތަސް މުޒާހަރާތައް ކުރިއަށް ގެންދޭ – އިމްރާން ޚާން 

ޕާކިސްތާނުން އެންމެފަހުގެ ޚަބަރުތައް ބުނާގޮތުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރަށް ބައިވެރިވެ ވަޑައި ނުގެންނެވުނު ނަމަވެސް އިސްލާމްއާބާދުގައި އާންމު އިންތިޚާބު އަވަސްކުރަން ގޮވާލައި ކުރިއަށް ގެންދަން ރާވާފައިވާ މުޒާހަރާ ކުރިޔަށް ގެންދިއުމަށް އެދިވަޑައިގެން ބައިވެރިންނަށް ގޮވާލައްވައިފިއެވެ. އަދި ރާވަލްޕިންޑީ އާ ހަމައިން މުޒާހަރާގައި ބައިވެރި ވެވޭތޯ ބަލާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.                                 އިމްރާން ޚާން އަވަހާރަ ކޮށްލުމަށްޓަކައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ދެވުނު ބަޑީގެ ޙަމަލާގައި ފަޔަށް ހަތަރު ވަޒަން އެރުމުގެ ސަބަބުން ޒަޚަމްވެ ވަޑައިގެން […]

މަޖިލިސްގެ ރައީސް ނަޝީދު އަކީ ގޭންގެއްގެ ބޮހެއް! – ރޮޒެއިނާ

މުޙައްމަދު ނަޝީދު އެމްޑީޕީގެ ރައީސް އޭނާގެ ފުލް ”ގޭންގް“ ރޮޒޭ އާއި ޖައްސާލާ ބިރުދައްކަމުން ދާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އޭނާގެ ޓްވިޓްގައި ބުނެފިއެވެ. އެމްޑީޕީ ތެރޭގައި އުފެދިފައިވާ ރައީސް ސޯލިޙު އާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެޕާޓީގެ ރުޙާނީ ލީޑަރ، ނަޝީދުގެ ފެކްޝަންގެ ކޯޅުން ބޮޑުވެ އެއްބަޔަކު އަނެއް ބަޔަކަށް ދަނީ ބަހުގެ ޙަމަލާތަށް ދެމުންނެެވެ. އަދި މަޖިލިސްގައިވެސް އެދެފެކްޝަނުން ދަނީ އިންތިހާއަށް ދެބައިމީހުންގެ އަބުރުކަތިލަމުންނެވެ.  އެންމެފާހަގަ ކޮއްލެވޭ ކަމަކީ އަޚުލާގި މިންގަނޑު ހިފޭއްޓުމަށް ދެފެކްޝަނުންވެސް މަސައްކަތް ކުރާކުރުމެވެ. މިސާލަކަށް، ކުނި ފުޅަ އާއި ޙަޔާތް […]

 އެޗް.ޑީ.ސީ އާއި ދޭތެރޭ ބިރުގަންނަނީ މިހެން ވެދާނެތީ:  1

މިލިއުން ފަށާގަތުމުގެ ކުރިން ދެތިން ޖުމުލައެއް މިތާގައި ފާހަގަކޮށްލަން ބޭނުންވެއެވެ. އެހެންނޫނީ އެތައް ފަހަރަކު އެވާހަކަ ތަކުރާރު ކުރަން ޖެހިދާނެތީއެވެ.                                                ދިވެހި ދައުލަތަކީ ދިވެހި ހުރިހާ ރައްޔިތުންގެ ޙިއްސާ އެއްމިން ވަރަކަށް ހިމެނިފައިވާ އެއްޗެކެވެ. އެހެން ގޮތަކަށް ބުނާނަމަ ދިވެހި ދައުލަތަކީ އެންމެހާ ދިވެހި […]

އިނގިރޭސީންގެ އިސްތިއުމާރީ ވެރިވެގަަތުން ވަރަށް އަނިޔާވެރި

އިނގިރޭސީންގެ އިސްތިއުމާރީ ވެރިކަމަކީ މަދުރަސީ ތާރީޚު ކިޔަވައިދޭ ހިސްޓްރީ ފޮތްތަކުން ކިޔައިދެމުންދާ ކަހަލަ ނަލަ ވިރާސީ ވެރިކަމެއް ނޫނެވެ. އެއަށްވުރެ މާ ނުތާހިރު އަދި އެހާމެ އަނިޔާވެރި ވެރިކަމެކެވެ. ޖަރުމަނުން ހަގުރާމައިގާ ޒައެނިސްޓުންނާއި ދެކޮޅަށް ހިންގި ލާއިންސާނީ ޢަމަލުތަކަށްވުރެވެސް އަނިޔާވެރި ހިޔަޅު ވެރިކަމެކެވެ. ހިސްޓްރީ އޮޅުވާލުމަކީވެސް ޙީލަތްތެރި ޢަމަލެކެވެ. އެންމެ ފުރިހަމަ ގޮތަކީ އިގިރޭސިވިލާތުން، އެފަދަ ލާއިންސާނީ ޢަމަލުތަށް ހިންގައި އަޅުވެތިކޮށް މީހުންތައް މަރާފައިވާ ގައުމުތަކުގެ ރައްޔަތުން ކިބައިން ކުޑަމިނުން މަޢާފަށް އެދުމެވެ.  މިލިޔުމުގައި އިނގިރޭސި ވިލާތުގެ ރާނީ އަވަހާރަވުމާއި ގުޅިގެން އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުގައި އުޅެންޖެހުން ބައެއްގައުމުތަކުގެ ޒުވާނުންގެ ވިސްނުން ހުރިގޮތުގެ ޚުލާސާއެކެވެ. ދިވެހި ތާރީޚުގައިވެސް ކޮންމެވެސް […]

ތުންބުރިކާޅަށް ލިބިދޭ އިއްޒަތާއި ގަދަރު 

ދިވެހިރާއްޖޭގައި އަންޒަމާނުއްސުރެން ވެރިކަން ކުރެވެމުން އަންނަނީ އަޖައިބެއް ކަހަލަ ގޮތަކަށެވެ.  ކުރީގެ މާޒީގައި ދަތުރުވަރިއެއްގައި އަންނަމީހުންވެސް ރާއްޖޭގެ ވެރިކަމުގެ އެންމެ އުސް މަގާމުތައް ފުރުއްވާފައި ހުރިކަމަށް ވެއެވެ. އަދި ބައެއް ދަތުރުވެރިންނަކީ ވަލީވެރިން ކަމުގައި ގަބޫލުކޮށް ރައްޔިތުންގެ މެދުގައި ޚާއްސަ މަގާމެއް ލިބިފައިވާ މީހުންވެސް ތިބިކަމަށްވެއެވެ. އޭރުގެ ހާލަތަށް ބަލާއިރު މިއީ އަޖައިބު ކުރުވަނިވި ހާލަތެކޭވެސް ނުބުނެވޭނެއެވެ.  އޭރުގެ ދިވެހިންނަކީ ގައުމުގެ އަސްދަނޑިން ބޭރު ދެކިފައިވާ ބައެއް ނޫނެވެ. މިއަށްވުރެން ތަފްސީލުކޮށް ބުނާނަމަ ދިރިއުޅޭ ރަށުގެ ކަނޑުއޮޅިން ބޭރަށް ގޮސްއުޅޭނެ ވަސީލަތެއްވެސް ލިބިފައެއް ނުވެއެވެ. މިފަދަ […]

ރައީސް ބައިޑަން ވަލީ އަހްދު މުޙަންމަދާ ކުރެއްވި ގޮށްމުށުގެ ސަލާން ގޮވީ އަތަށް!

މިދިޔަ ހުކުރުދުވަހު ރައީސް ޖޯ ބައިޑަން ސަޢޫދީ އެރޭބިޔާ އަށް ކުރެއްވި ދަތުރުފުޅުގައި ސަޢޫދީގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާނާއި ބައްދަލު ކުރެއްވިއިރު ތުރުކީގައި މަރާލެވުނު ޚަޝޯގީ މަތިން ހަނދާން ނެތުނީތޯ އާއި ސައޫދީ އެރޭބިޔާގައި އިންސާނީ ޙައްގުތައް ނެތިގެންދިޔަސް މިހާރު ވަރިހަމަވީތޯ ނޫސްވެރިން ސުވާލުކުރަން ފެށުމުން އަހަރެންނަކީ އެމެރިކާގެ ރައީސް ކަން އެ ޖާރނަލިސްޓަށް ހަނދާންކޮށް ދެއްވިއެވެ.  އެހެންވީމާ އިންސާނީ ޙައްގުތަކާބެހޭ މައްސަލަތަކުގައި ހަމަހިމޭނުން ނުހުންނާނެކަން ވަރަށް ސާފު ބަހުން ވަލީ އަޙްދު މުޙައްއމަދު ބިން ސަލްމާނަށް އޮންނާނީ އޮޅުންފިލުވާ ދީފާކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި މުޙައްމަދު އެކަމަށް އިންކާރުކުރުމުން […]

ދިވެހި ސަރުކާރުން ލަންކާގެ ރައްޔަތުންގެ އުންމީދުތަކުގައި ކޮޅުފައިން ޖަހައިފި 

ރެއަކީ ދިވެހި ތާރީޚުގައި ކަޅުން ފަވާލެވޭނޭ ރެއެކެވެ. ލަންކާ ރައްޔަތުން އެތަކެއް މަސްދުވަސް ވަންދެން ޢަދުލު އިންސާފުހޯދުމަށް ކުރަމުންގެންދިޔަ މުޒާހަރާތަކުގެ އުންމީދީ ފޮނި ނަތީޖާ އާއި ހަމަށް ދެވިފައި ވަނިކޮށް ދިވެހި ރާއްޖެއިން އެގައުމުގެ ދާޚިލީ މިބޮޑު މައްސަލަތަކުގެ ތެރެއަށް ވަދެ ލަންކާ މީހުންގެ ފޮނި އުންމީދު ތަކުގައި ކޮޅުފައިން ޖަހައި އެގައުމުގެ ބޮޑުވަގު ގޯތާބާޔާގައުމުން ފިލުވައިދިން ރޭކަމަށް ވާތީއެވެ. ރައީސް ގޯތާ އަކީ އެގައުމުގެ އެންމެ ގިނަ މީހުންގެ މަގުބޫލު ލިބިގެން ރައީސް ކަމަށް އިސްކުރެވުނެ ރައީސްއެވެ. އަދި މީގެ ކުރިން އެގައުމު ރައްޔަތުންގެ ވަރަށް ލޯބިލިބިފައިވާ ވެރިއެކެވެ.ލަންކާއިން ވަކިވެ ގަންނަން ޖަފުނާ ސަރަަަހައްދުގައި ޓެމިލް އީލާމްގެ ނަމުގައި […]

ސްރީލަންކާ ތިބާގެ އެހީއަށް އެދި ގޮވަނީ

ދިވެހިންގެ އެންމެގާތް އެކުވެރި އަބަދުމެ ދެގޮތެއްނުވެ ގާތް ގުޅުމެއް ބާއްވާ ދިވެހީންގެ ޔާލޫ ސިރީލަންކާ މިއަދުވަނީ ވަރަށް ހިތާމައިގައެވެ. ވަކިދީނެއް ވަކީ ދަރިކޮޅެއްގެ ބައެއްގެ ކޯޅުމުގައި ނުވަތަ ނަސްލީ ހަމަނުޖެހުމަކާއި ހުރެއެއް ނޫނެވެ. ސަބަބަކީ ވެރިކަމަށް ނުހަނު ދަހިވެތި ޢާއިލާއެއްގެ ވެރިކަންމުގައި ގައުމުން ފޭރީގެން ވަގަށް ނަގައި ބޭރުކޮށްފައިވާ ފައިސާ އާއި މުދަލުގެ ސަބަބުންނެވެ. ގައުމު ތަރައްގީ ކުރުމުގެ ނަމުގައި ގައުމަށް ލިބުނުހާ ފައިސާއަކާއި އަދި ޢާމު ރައްޔަތުންގެ ނަމުގައި ބޭރުގައުމުތަކުންނާއި ބޭރުގެ ބޭންކުތަކުން ނެގި ލޯންތަކަށް […]