ޕާރކިންގ ސްލޮޓްތައް ވިއްކުން ހުއްދަ ނޫންކަން އެނގުމުން ޕާރކިންގް މައްސަލަ ޙައްލުވީތަ

މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދުފަހަދު ޕާރކުކުރުން އުދަނގުލަކަށް ވެފާއޮންނަތާ ޒަމާންގަނޑެއްވެއްޖެއެވެ. އެކަމަށް އެދެވޭ ހައްލެއް ނުލިބި އެއްގަމު އުޅަނދު ބޭނުންކުރާ ފަރާތަތްތަކަށް ބޮލުރިހުމަކަށް ވެފައިވަނިކޮށް މީގެ ދެތިން ދުވަސްކުރިން ސަރުކާރުން ޙައްލެއް ގެނެސް ދެއްވައިފިއެވެ. އަމަލުކުރަން ވަރަށް އެދަނގޫ ހައްލެކެވެ. ބުއްދިވެރި އެކަމަކު ދެއުޅި އެއްނުވާ ޙައްލެކެވެ. މިލިއުން ލިޔާ އަޅުގަނޑުގެ އެދުރުބެއަކު ވިދާޅުވިއެވެ. ދިވެހިރައްޔިތުންނަކީ 1950 ގެ އަހަރުތަކާ ހަމަޔަށް އައިއިރުވެސް ވެރިކަމުގެ ފަރާތަށް ވަރަށް ބިރުގަންނަ ބައެކެވެ. އެ ބޭފުޅާއަކީ ޝާހީ އާއިލާއަކަށް ނިސްބަތްވާ […]
ދިވެހިރާއްޖެ ލާމަރުކަޒް ކުރުމާއި އެއްފަސްކުރުން

އެމެރިކާގެ ބައެއް ސަރަހައްދު ތަކުގައި މީހުން ދިރިއުޅުން ތޮއް ޖެހެމުން ދިއުމުގެ ސަބަބުން ނިއުކްލިއަރ ކާރިސާއެއް ފަދަ ކަމެއް ދިމާވެއްޖެނަމަ ގައުމުގެ ރައްޔިތުންގެ ހަތަރުބައިކުޅަ ތިންބައި ވަރަށްމަދު ސިކުންތު ކޮޅެއްގައި އަނދާ އަޅިޔަށް ވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ތަޖްރިބާކާރުންގެ ދިރާސާ ތަކަށް ޙަވާދީ ވަރަށްފަހުން ހިންދުސްތާން ޓައިމްސް ގައި ޝާއިއުކޮށްފައިވާ ރިޕޯރޓެއް ކިޔާލީމެވެ. އެ ރިޕޯރޓުގައި ބާރުއަޅާފައިވާ މައުލޫމާތުތައް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ވެއްޓަށް އަމާޒުކޮށްލައިފިނަމަ ނިއުކްލިއަރ ކާރިސާއެއް ނޫނަސް ހިތަށް ބިރުވެރިކަމާއި ނުތަނަވަސްކަން ވައްދައިދޭނެ […]
ހަދިޔާގެ ގޮތުގައިދޭން މިލިއަނުން ރުފިޔާ ހޯދަނީ ކިހިނެއް

މަޖިލީހުގެ ބައެއްް މެންބަރުންނަށް ހަދިޔަަގެ ގޮތުގައި އަހަރަކު މިލިއަނުން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ބަޔާންތަކުން ދައްކައިފި އެވެ. ސުވާލަކީ މިފަދަ ބޮޑެތި ޢަދަދުން އެފައިސާ އެ ހޯދަނީ ކާކުއަތުން ކީއްކޮށްދޭން ބުނެގެންހެއްޔެވެ؟ ގައިމުވެސް ކަމަކާނުލައި ފައިސާތަކެއް އެކުވެސް ނުދޭނެއެވެ. މެންބަރުން ހުވާ ކުރައްވާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަން ޖެހޭނެއޭ މަޖިލީހުގެ ގަވާއިދު ބުނެއެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭނީ މިދިޔަ މެއި […]
ބްރިޓިޝް އީސްޓް އިންޑިއާ ކުންފުނީގެ ބާނީ މަރުވީ އަމިއްލައަށް ކަރުބުރިކޮށްލައިގެންތަ!

މި ލިއުމުގައި ގެނެސަދީފައިވާ ހަގީގީ ހާދިސާގައި ފާހަގަކޮށްފައިވާ ޝަޚްސިއްޔަތުގެ އަމަލުތައް އަޅުގަނޑުމެންގެ ސިޔާސީ ވެށިން ފެންނަ ބައެއް ޝަޚްސިއްޔަތު ތަކުގެ ކިބައިންވެސް މިހާރު ފެންނަމުން ދާކަމަށް ބުނަންޖެހެނީ ހިތާމައާއެކުގައެވެ. އަމިއްލަ އެދުމުގައި ސިޔާސީ ވެށިން ފެންނަ މޫނުތައް ދިވެހިރާއްޖޭގައި ވެސް މިހާރަކަށް އައިސް މަދެކޭ ނުބުނެވޭނެއެވެ. ކޮރަޕްޝަނާއި ފަސާދަ އާންމުވެގެން ދާއިރު އެ ޖަރީމާތަކުގެ ތުހުމަތު ކުރެވޭ ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ގެނެވޭތަނެއް ނުފެނެއެވެ. ކޮންމެވެސް އިޖުރާއަތުތަކެއް ފުރިހަމަ ނުވާތީ ކުށުން ބަރީއަ ވަނީއެވެ. ގައުމުގެ […]
ފަލަސްޠީނުގެ ރައްޔިތުން ދިރިތިއްބާ އަލިފާނުން އަނދަމުން ދާއިރު ދެ ޙަރަމުގެ ޚާދިމުގެ ހިތަށް އަސަރެއް ނުކުރެއެވެ.

ފަލަސްޠީނުގައި ދިރިތިއްބައި އެތަށް ބަޔަކު އަލިފާނުގައި އެދަނީ އަނދައި އަޅިއަށް ހަދަމުންނެވެ. ނަމަވެސް ޢަރަބި ޤައުމުތަކުގެ ވެރިންގެ ލޮލުން ކަރުނައެއް ނާޅައެވެ. ހިތުގައި އިންސާނިއްޔަތުކަމުގެ ޒައްރެއް ނެތްތަނުގައި ޣީރަތްތެރިކަމެއް ޟަމީރެއް ނެތީތޯއެވެ؟ ހިތުގައި އީމާންތެރިކަމުގެ ކުޑަވެސް މިންވަރެއް ނެތީތޯއެވެ؟ ޢަރަބި ޤައުމުތަކުގައި އަމިއްލަ ޤައުމުގެ ރައްޔިތުންނަށް ވެސް އިންޞާފު ހޯދައި ނުދެވޭތާނގައި ވެރިކަމުގެ ސިޔާސަތަށް ފާޑުކިޔުމުން ރައްޔިތުންނަށް ދެމުންދާ އަނިޔާއަށް ބަލާއިރު އިޒްރޭލުން ހިންގާ ޖަރީމާތަކަށް ފިޔަވަޅެއް އަޅަން ނުކެރުމަކީ ވެދާނެ ކަމެކެވެ. މިޞްރާއި އުރުދުން އެ […]
ރާއްޖޭގެ ތާރީޚްގައި އައި އެންމެ ދޯހަޅި ވެރިކަން :

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމަކީ ރާއްޖޭގެ ތާރީޚްގައި ވެސް އައި އެންމެ ދޯހަޅި ވެރިކަމެވެ. މިއީ ލިޔުންތެރިޔާގެ އެކަނި ޚިޔާލެއް ނޫނެވެ، މިއީ ރާއްޖޭގެ މިހާރުގެ 3/2 ތިންބައިކުޅަ ދެބައި މީހުންނަށްވުރެ ގިނަ ރައްޔިތުން ދެކޭގޮތެވެ. އަދި ބުނާ ވާހަކައެވެ. ވެރިކަމުގައި ތިބި މީހުންނަށް މިކަން އިޙްސާސް ނުކުރެވޭނަމަ އެއީ ވެސް ސަރުކާރު ހިންގަންތިބި ބައެއްގެ ދޯހަޅި ކަމެވެ. އެހެނީ ރައްޔަތުން ފަޅީގައި ތިބެ ކުރެވޭ ވެރިކަމެއްގައި މާއަވަހަށް ވެސް ރައްޔިތުންނާއި ދުރައް ދެވިއްޖެއްޔާއި އެނގޭނެއެވެ. މިކަން […]
ގަތަރުގެ ޝާހީ އާއިލާއިން އެމެރިކާގެ ރައީސަށް ޖައްވުތެރޭގެ ގަނޑުވަރެއް ހަދިޔާކުރަނީ

އޭބީސީ ނިވްސް އިން މި ޚަބަރު އަޑުއިވުމުން ކުއްލިއަށް ހަނދާނަށް އައީ މީގެ ދުވަސްކޮޅެއް ކުރިން މި ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް ތުޙުމަތު ކޮށް އިވެމުން ދިޔަ އަޑުފަށް ގަނޑެކެވެ. އެމެރިކާ ރައީސްގެ ރަސްމީ އެއާރކްރާފްޓަކަށް ބޭނުންކުރައްވާނެ އެއާފޯރސް -1، ބޯއިން 8-747 ގެ ލަގްޒަރީ ޖަމްބޯ ޖެޓެއް ގަތަރުގެ ޝާހީ އާއިލާއިން ރައީސް ޓްރަމްޕަށް ހަދިޔާކުރައްވަން ނިންމަވައިފިއެވެ. ޚަބަރުތަކުގައި ބުނެފައިވާގޮތުން މިއީ ބޭރުގެ ގައުމަކުން އެމެރިކާގެ ރައީސަކަށް ދެއްވާ އެންމެ އަގުބޮޑު ހަދިޔާއެވެ. […]
ދައުލަތް ޙިމާޔަތް ކުރުމަކީ ސަރުކާރެއް އެންމެބޮޑު ވާޖިބު!

ދައުލަތަކީ ކޮބައިކަން އޮޅި ބޮޑުވަރިހަމައިގާ ސަރުކާރުތައް އޮޕަރޭޓް ކުރެވިގެން ނުވާނެއެވެ.ދައުލަތުގެ މުދަލާއި ފައިސާ އާއި ރައްޔިތުންގެ ފުރާނަ އާއި ޢަބުރު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ،ކޮންމެ ސަރުކާރެއްގެ މައްޗަށް ވެސް މަތި ކުރެވިފައިވާ ޤާނޫނީ ޒިންމާއެކެވެ. ރާއްޖެ އަށް ހުޅަގުގެ ޑިމޮކްރަސީ އައި ފަހުން ރަނގަޅު ކަންކަމަށް ވުރެ ބޮޑަށް ޕްރޮމޯޓް ކުރަމުން އަންނަތަން ފެންނަނީ ގެއްލުންހުރި ކަންކަމާއި މަންޒަރު ތަކެވެ. މިހާރު ގިނަ މީހުން ގަބޫލުކުރާ ގޮތުގައި މިއުޅެނީ އަކީ ސިސްޓަމްގެ މައްސަލައެއް ނޫނެވެ. […]
ރަޝިޔާއިން އަފްޣާނިސްތާނުގެ ޠާލިބާނުން ޓެރަރިސްޓުންގެ ލިސްޓުން އުނިކޮށްފި

ރަޝިޔާއިން އަފްޣާނިސްތާނުގެ ޠާލިބާނުން ޓެރަރިސްޓުންގެ ލިސްޓުން އުނިކޮށްފި އެވެ. ވިހި އަހަރު އަފްޣާނިސްތާނުގައި ޖަރީމާތަކާއި ޤަތުލު ޢާއްމުތައް ހިންގުމަށް ފަހު ޠާލިބާނުން ބަލިކުރެވޭގޮތް ނުވުމުން، އެމެރިކާ އަފްޣާނިސްތާނު ދޫކޮށް ދިޔަފަހުން ޠާލިބާނުންގެ ސަރުކާރު ދުނިޔޭގެ އެއްވެސް ޤައުމަކުން މިހާތަނަށް ޤަބޫލު ކޮށްފައެއް ނުވެއެވެ. އެމެރިކާ އަފްޣާނިސްތާނުން ފޭބިއިރު އަފްޣާނިސްތާނުގައި އޮތީ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް ކަމަށް ވިޔަސް ފޭބުމާއެކު ޠާލިބާނުން ވަނީ އެ ސަރުކާރު ވައްޓާލުމަށް ފަހު އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވެފައެވެ. އަންހެންކުދިންނަށް މަތީތައުލީމު ދިނުމާއި ކާކުކަން […]
ވަޢުދުތައް ފޭލިވެ ނިމުނީބާ؟

މިއަދު މިއޮތް ސަރުކާރަކީ، އަމިއްލަ މަޞްލަޙަތުނެތް އެއްވެސް ކަމެއް ރަނގަޅު ކުރަން ބޭނުންވާ ސަރުކާރެއް ނޫންކަމަށް ބުނާތީ އެއަޑު އަހާ ކޮޅުން ލާކަށެއް ނެތެވެ. މި ވާހަކައަކީ ޙަޤީޤަތެއް ކަން ނުވަތަ ނޫންކަން ބެލުމަކީ ހަމަބުއްދިން ކުރަންޖެހިއްޖެ ކަމެކެވެ. ހަމަ ބުއްދިން ވިސްނޭނީ، ތިމާ ކުރާ ކޮންމެކަމެއް ބައްލަވާ ދެނެވޮޑިގެންވާ އެއްކައުވަންތަ ފަރާތެއް ވާކަމާއި ޢަމަލުތައް ކިރާނެ ދުވަހެއް އޮތްކަމާއި ހަރާމް ޙަލާލު އޮތްކަމާއި ނަރަކަ އާއި ސުވަރުގެ ވާކަން ދަނެ އެކަން ހިތުގެ އަޑިން ޤަބޫލުކޮށް […]